މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (287 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
287 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

287 ޚަބަރުގެ ތެރެއިން
މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެޒ އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 53 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ...

އަޙްމަދު ވަހީދު
ނިލަންދޫގެ ބިން ހިއްކުމުގެ ސާވޭ އާއި އީއައިއޭގެ މަސައްކަތް އެމްޓީސީސީ އަށް

ނިލަންދޫގެ ބިން ހިއްކުމުގެ ސާވޭ އާއި އީއައިއޭގެ މަސައްކަތް އެމްޓީސީސީ އަށް

ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ސާވޭ އާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. ނިލަންދޫގައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ މި އަހަރަށް ލަފާކޮށް މަޖިލިހުން ފާސް ކުރި ބަޖެޓުގައި ހިމެނޭ މަޝްރޫއެކެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން...

މުޙައްމަދު
ސައުތުލައިން ބޯޓު ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެ

ސައުތުލައިން ބޯޓު ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެ

ސައުތުލައިން ބޯޓު ގއ. ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެއެވެ. މި ބޯޓު އަރާފައި ވަނީ ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އެ ބޯޓު ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ‘’މި މައުލޫމާތު ލިބުމުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިވުމަށް ގޮސްފައިވޭ،’’ ފުލުހުން ބުންޏެވެ. މި ހާދިސާގައި […]

ޔުމްނާ ޢަލީ
ފަަލަސްތީނަށް އެހީވުމަށް މިލަންދޫ ރައްޔިތުން 74 ހާސް ރުފިޔާ ހަދިޔާކޮށްފި 📍 ށ. މިލަންދޫ

ފަަލަސްތީނަށް އެހީވުމަށް މިލަންދޫ ރައްޔިތުން 74 ހާސް ރުފިޔާ ހަދިޔާކޮށްފި

ޔަހޫދީންގެ އަނިޔާވެރިކަން ތަހައްމަލުކުރަމުންދާ ފަަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ށ. މިލަންދޫ ރައްޔިތުންގެ ފަރާތުން 74511 ރުފިޔާ ހަދިޔާކޮށްފިއެވެ. “މިލަންދޫ ފަލަސްތީނާއެކު” ނަމުގައި ކުރިއަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތުގައި 74511 ރުފިޔާ ވަނީ ލިބިފައެވެ. މި ހަރަކާތް އިންތިޒާމުގައި އިސްކޮށް އުޅުނު އެރަށު ޝީލްޑު ޖަމިއްޔާ އިން ”މެޓަ””ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ “މިލަންދޫ ފަލަސްތީނާއެކު” ނަމުގައި ކުރިއަށް ގެންދިޔަ ފަންޑްރައިޒިން ހަރަކާތުން ލިބުނު 74511 ރުފިޔާ ފަލަސްތީނަށް ފޮނުވުމަށްޓަކ...

މުޙައްމަދު އަފްރާޙް
މިލަންދޫގައި އާއި ހުޅުދޫގައި މިސްކިތް އަޅަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި އާއި ހުޅުދޫގައި މިސްކިތް އަޅަން ހަވާލުކޮށްފި

ށ. މިލަންދޫ އާއި އައްޑޫ ސިޓީ ހުޅުދޫގައި  އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި ދެ މިސްކިތް ވެސް އަޅަން ހަވާލުކޮށްފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތްތަކުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އެލް.އެފް.ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓ...

ޔުމްނާ ޢަލީ
ޝިޔާންޓޭ މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ 📍 ށ. މިލަންދޫ

ޝިޔާންޓޭ މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފިއެވެ. ޝިޔާންޓޭ ޕީޕީއެމާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ށ. ވެރިރަށް ފުނަދޫގައި 18 ސެޕްޓެމްބަރު 2023ގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މީސް މީޑިއާ މެދުވެރިކޮށް ޝިޔާންޓޭ މިހާރު ވަނީ އަން މަޖިލިސް އިންތިޚާބުގައި މިލަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ހާމަކުރަ...

ޔުމްނާ ޢަލީ
މިލަންދޫ ބަނދަރުގެ އެއްގަމުތޮށީގެ  މަސައްކަތް ނިމުމަކާ ގާތަށް 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ނިމުމަކާ ގާތަށް

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ގައު ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ […]

އަޙްމަދު ވަހީދު
ލަންދޫ ޕްރީސްކޫލުގެ ބެލެނިވެރިންނަށް އުރީދޫއިން ޑިޖިޓަލް ފައިނާންސްގެ ޓްރޭނިން ސެޝަނެއް 📍 ނ. ލަންދޫ

ލަންދޫ ޕްރީސްކޫލުގެ ބެލެނިވެރިންނަށް އުރީދޫއިން ޑިޖިޓަލް ފައިނާންސްގެ ޓްރޭނިން ސެޝަނެއް

ލަންދޫ ޕްރީ ސްކޫލް ބެލެނިވެރިންނަށް އުރީދޫ އިން ޑިޖިޓަލް ފައިނޭންސް އަދި އެމް ފައިސާ ގެ ޓްރޭނިން ސެޝަނެއް ބާއްވައިފިއެވެ. މިއީ ޑިޖިޓަލް ދިވެހި ރާއްޖެ އެއް ބިނާ ކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ޑިޖިޓަލް ފައިނައިނޭންސް ގެ ހިދުމަތްތަކަށް އާއްމުން އަހުލު ވެރި ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ސެޝަނެކެވެ. އެގޮތުން ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ފަހި ވެގެންދާ ފުރުސަތުތަކާ، ފަސޭހަތަކާޢި އެމް ފައިސާ ބޭނުންކުރާނެ ގޮތް ވަނީ ބައިވެރިންނަށް ކިޔާދީފައިވެއެވެ. ‏‎ލަންދޫ ކައުންސިލްގެ […]

އަޙްމަދު ވަހީދު
މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރު ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ގައު އެތުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ […]

އަޙްމަދު ވަހީދު
މުޢިއްޒު، މިލަންދޫ އަށް އެެއާޕޯޓެއްގެ ވައުދު 📍 ށ. މިލަންދޫ

މުޢިއްޒު، މިލަންދޫ އަށް އެެއާޕޯޓެއްގެ ވައުދު

ށ. މިލަންދޫ ގައި އެެއާޕޯޓް އެޅުމަކީ، އެ ހިސާބުގެ ރައްޔިތުންނަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭން ދަތުރުގައި ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މުޢިއްޒުގެ ވާހަކާގައި ވިދާޅުވީ، 30 މިނެޓުން ދެވޭ ގޮތަށް ރާއްޖޭގެ އެކި […]

ޔުމްނާ ޢަލީ
ހއ. މެދަފުށި އަދި ށ. ނަލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

ހއ. މެދަފުށި އަދި ށ. ނަލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

ހއ. މެދަފުށި އަދި ށ. ނަލަންދޫގައި ފަތުރުވެރިކަން ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރައްވާފައިވާ އިއުލާނުގައި ވަނީ 21 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރަށް އެ ވުޒާރާ އަށް ހާޒިރުވެ، ބީލަން ހުށަހެޅުމަށް އެދިފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 11 ޖަހާއިރު، ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވެސް ވަނީ އެދިފައެވެ. މި މަސައްކަތާއި […]

މުޙައްމަދު އަފްރާޙް
ލަންދޫ ކައުންސިލުން އެމްފައިސާ މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފަށައިފި 📍 ނ. ލަންދޫ

ލަންދޫ ކައުންސިލުން އެމްފައިސާ މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފަށައިފި

ނ. ލަންދޫ ކައުންސިލުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ގޮތް ހަދައިފިއެވެ. މި ބަދަލާއެކު ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ލަންދޫ ގެ ރައްޔިތުންނަށް ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު މިހާރު ފައިސާ ދައްކާލެވޭނެއެވެ. އެމް-ފައިސާ އަކީ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފަރ ކުރުމާއި، ޖީއެސްޓީ ދެއްކުމުގެ އިތުރުން ކެފޭ، ރެސްޓޯރަންޓް، ފިހާރަ ފަދަ ތަންތަނަށް ފައިސާ ދެއްކޭ ޑިޖިޓަލް ވޮލެޓެކެވެ. މ...

އަޙްމަދު ވަހީދު
މިލަންދޫ ބަނދަރުގެ އެއްގަމުތޮށިލާން ބޭނުންވާ ގައު އެތެރެކުރުމުގެ މަސައްކަތް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރުގެ އެއްގަމުތޮށިލާން ބޭނުންވާ ގައު އެތެރެކުރުމުގެ މަސައްކަތް ފަށައިފި

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ދަނީ ހަލުވި ކަމާއެކު ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 72,938 ކިއުބިކް މީޓަރުގެ ސަރަހައ...

އަޙްމަދު ވަހީދު
އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ

އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ

ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ކަމަށްވާ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގއ. ނިލަންދޫއަށް ވަޑައިގެން އެމްޑިޕީގެ ސަޕޯޓަރުންނާއި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ރާއްޖޭގެ ތަރައްގީ އަށް ކުރ...

މުޙައްމަދު އަފްރާޙް
މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުވައިފި 📍 ށ. މިލަންދޫ

މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުވައިފި

މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް އިމާރާތް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު، މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ. މިލަންދޫގައި މިއަދު ހުޅުވި ފުޓުބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަށް ޓަރފްއަޅައިގެން ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެެވެ. އަދި ފެނަކަ އައު އޮފީސް ޢިމާރާތަކީ ވެސް ޒަމާނީ އޮފީސް އިމާރާތެކެވެ. މ...

މުޙައްމަދު އަފްރާޙް