މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (287 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
287 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

287 ޚަބަރުގެ ތެރެއިން
މިލަންދޫގެ މަގުތައް ޒަމާނީ ފެން ވަރަށް ތަރައްގީކޮށް ނިންމައިފި 📍 ށ. މިލަންދޫ

މިލަންދޫގެ މަގުތައް ޒަމާނީ ފެން ވަރަށް ތަރައްގީކޮށް ނިންމައިފި

ށ.މިލަންދޫގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ. އާރުޑީސީން ބުނީ މިލަންދޫގެ މަގުތައް ޒަމާނީ ފެން ވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އިމާރާތް ކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން އެ މަޝްރޫއުގެ “ފައިނަލް އިންސްޕެކްޝަން” ހެދުމުގެ މަރުހަލާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން މިލަންދޫގެ 8 މަގެއްގައި ވަނ...

އިބްރާހިމް ޚަލީލް
ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ، ހަނިމާދޫ އަދި މިލަންދޫ 📍 ހއ. އިހަވަންދޫ

ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ، ހަނިމާދޫ އަދި މިލަންދޫ

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ތިން ރަށެއް ހިމެނިއްޖެއެވެ. މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްުޔާތެއްގައި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއ...

ޔުމްނާ ޢަލީ
މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް 📍 ށ. މިލަންދޫ

މިލަންދޫ ޕޮލިހުން، އަލްޙާފިޡާ ޢިޝާ އަށް ހިތްވަރުދީ ހަނދާނީ ފިލައެއް

ޤުރްއާން ހިތުދަސްކޮށް، ހާފިޡުކަމުގެ ސަނަދު ހާސިލްކޮށްފައިވާ އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ އަށް ށ. މިލަންދޫ ޕޮލިހުންގެ ފަރާތުން ހިތްވަރުދީ ހަނދާނީ ފިލައެއް ދީފިއެވެ. ށ. ޕޮލިހުން މިއަދު ބުނީ، ށ. މިލަންދޫއިން ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކުރި ޢިޝާ އާއި ޢިޝާގެ އާއިލާއާއި މިލަންދޫ ޕޮލިސް ސްޓޭޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ. މިގޮތުން ޢިޝާ ޙާފިޡާކަމުގެ ސަނަދު ޙާޞީލްކޮށްފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާއެއް ދީފައިވާކަމަށް ށ. ޕޮލިހުން ބުންނެއެވެ. ”އަދި […]

ޔުމްނާ ޢަލީ
ށ. މިލަންދޫއިން 20 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

ށ. މިލަންދޫއިން 20 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. މިލަންދޫ އާއި ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ށ. މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިލަންދޫ ޕޮލިސް ސްޓޭޝަނުން މި މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައިފާސްކުރި އިރު...

އަލީ އާދިލް
މިލަންދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. މިލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 31 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބަނދަރުގެ ޕޭވިން މަސައްކަތްތަކުގެ 22 އިންސައްތަ ނިމިފައިވާ ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، […]

އަޙްމަދު ވަހީދު
މިލަންދޫ ބަނދަރުގެ ބޮޑުބައެއްގެ މަސައްކަތް ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫ ބަނދަރުގެ ބޮޑުބައެއްގެ މަސައްކަތް ނިންމާލައިފި

ށ. މިލަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، ބޮޑު ހިލައިގެ 7 ވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި، ރިވެޓްމަންޓް މަސައްކަތުގެ 55 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ، މި މަޝްރޫއުގެ ދަށުން ގްރޮއިންސް މަސައްކަތުގެ 65 އިންސައްތަ ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ 58 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަަަށްވެސް އެމްޓީސީ...

އަޙްމަދު ވަހީދު
މީހުން ބަރަހަނާކޮށްގެން ފޭރޭ މައްސަލައެއްގައި ނިލަންދޫ ދެމަފިރިއަކު ހައްޔަރުކޮށްފި

މީހުން ބަރަހަނާކޮށްގެން ފޭރޭ މައްސަލައެއްގައި ނިލަންދޫ ދެމަފިރިއަކު ހައްޔަރުކޮށްފި

މީހުން ރަހީނު ކުރުމަށް ފަހު ބަރަހަނާ ކޮށްގެން، ފައިސާ ފޭރޭ ކަމަށް ތުހުމަތުކޮށް ފ. ނިލަންދޫއަށް ނިސްބަތްވާ ދެމަފިރިއަކު ބަންދުކޮށްފި އެވެ. އެ މައްސަލާގައި އެ ދެމަފިރިން ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެއީ ނިލަންދޫއަށް ނިސްބަަތްވާ 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ. އޭރު ފިރިމީހާގެ ބަންދަށް 15 ދުވަސް އަދި އަނބިމީހާގެ ބަންދަށް 10 ދުވަސް ޖެހި އެވެ. އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން އިއްޔެ އިތުރު […]

ހުސައިން ހަބީބް
އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑަކަށް ލަންދޫ 📍 ނ. ލަންދޫ

އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑަކަށް ލަންދޫ

އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު ނ. ލަންދޫ އަށް ލިބިއްޖެ އެވެ. އުރީދޫން ބުނީ ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހު ކުރުމަކީ، އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. މި މަސައްކަތަކީ އުރީދޫއިން މުޅި ރާއްޖެ އެއްކޮށް ޑިޖިޓަލް މޯލްޑިވްސް އަކަށް ހަދައި ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް […]

އިބްރާހިމް އަސްވާޤް
އެއްވަނައަށް އުމްރާ ދަތުރެއް ދޭ މިލަންދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ށ. މިލަންދޫ

އެއްވަނައަށް އުމްރާ ދަތުރެއް ދޭ މިލަންދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދޭ “މިލަންދޫ ކައުންސިލް ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހު 30 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މިލަންދޫގެ ކުދިބޮޑު އެންމެންގެ ހިތުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އެ ރަށުގައި ކުރިއެރުވުމާއި، ޤުރުއާން ކިޔެވުމުގެ ތަޖުވީދު ހަމަތަކާއި ހުކުމްތަކާއި އެއްގޮތަށް ކިޔަވާ […]

އިބްރާހިމް ޚަލީލް
މިލަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވޮލްކޯ ޔުނައިޓެޑަށް 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވޮލްކޯ ޔުނައިޓެޑަށް

ށ.މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ، ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވޮލްކޯ ޔުނައިޓެޑުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ވޮލްކޯ ޔުނައިޓެޑާއި ސިކްސްޕެކް ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ތަށި ހޯދީ ވޮލްކޯއިންނެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް [...

އިބްރާހިމް ޚަލީލް
ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދައިދޭނަން: ރައީސް

ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދައިދޭނަން: ރައީސް

ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް އެ އަތޮޅުގެ ވެރިރަށް ނިލަންދޫ ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ފ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ނިލަންދޫއަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާގޮތަކަށް ކަންކަން ކުރުމެވެ. އެގޮތުން މި ސަރުކާރ...

ޔުމްނާ ޢަލީ
މަޝްހޫރު ކުޅުންތެރިންނާއިއެކު މިލަންދޫ ކައުންސިލް ކަޕް އީދު ދުވަހު ފަށަނީ 📍 ށ. މިލަންދޫ

މަޝްހޫރު ކުޅުންތެރިންނާއިއެކު މިލަންދޫ ކައުންސިލް ކަޕް އީދު ދުވަހު ފަށަނީ

ށ.މިލަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “މިލަންދޫ ކައުންސިލް ކަޕް 2024” ފުޓްސަލް މުބާރާތް އީދު ދުވަހު (މާދަމާ) ފަށާނެއެވެ. މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ރޭ 08:30 ގައެވެ. ނަމަވެސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު 8 ޖަހާއިރު ފަށާނެއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި، ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ކެޕްޓަން އައްސަދު އަބްދުލް ގަނީ ބައިވެރިވާނެއެވެ. ވާދަވެރިކަން ބޮޑު މި މުބާރާތުގައި މި އަހަރު ވަނީ އަށް ޓީމަކުން ބައިވެރިވެފައެވެ. […]

އިބްރާހިމް ޚަލީލް
ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް

ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް

ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމި...

އަޙްމަދު ވަހީދު
މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން 📍 ށ. މިލަންދޫ

މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން

ށ. މިލަންދޫގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަޤީންކަން  ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ މިއަދު އެރަށަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، އެމަނިކުފާނު ކެމްޕޭންގައި ވަޢުދުވެވަޑައިގެންނެވި ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މިގޮތުން މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާކަ...

ޔުމްނާ ޢަލީ
މިލަންދޫ ސްކޫލުގައި ތަރައްގީކުރި "އަލިމަސް ރީޑިން ޕާކް" ހުޅުވައިފި 📍 ށ. މިލަންދޫ

މިލަންދޫ ސްކޫލުގައި ތަރައްގީކުރި "އަލިމަސް ރީޑިން ޕާކް" ހުޅުވައިފި

ށ.މިލަންދޫ ސްކޫލުގައި ތަރައްގީކުރި “އަލިމަސް ރީޑިން ޕާކް” ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. މިލަންދޫ ސްޕޯޓްސް ކްލަބުން ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ ދަށުން ތަރައްގީކުރަން ފެށި މި ޕާކްގެ މަސައްކަތް ނިމި މިދިޔަ ބުދަ ދުވަހު ހުޅުވާފައިވާއިރު، މި ޕާކް ފުރިހަމަ ތަނަކަށް ހެދުމަށް މާލީ ގޮތުންނާއި އަމަލީގޮތުން ގިނަ ބަޔަކު ވަނީ ގުޅިގެން މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މި ޕާކް ތަރައްގީ ކުރުމަށް މިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ މާލީގޮތުން […]

އިބްރާހިމް ޚަލީލް