މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (287 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
287 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

287 ޚަބަރުގެ ތެރެއިން
މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު 📍 ށ. ކަނޑިތީމު

މިލައުތުރު ފުޓްސަލް: ސެމީގައި މިލަންދޫ-ކޮމަންޑޫ، މަރޮށި-ކަނޑިތީމު

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “މިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މިއަދު ކުޅޭނެއެވެ. މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ މިލަންދޫ އާއި ކޮމަންޑޫ އެވެ. މި މެޗު ކުޅޭނީ މިއަދު ހަވީރު 16:30 ގައެވެ. މިރޭ 20:30 ގައި ސެމީގެ ދެވަނަ މެޗުގައި ކުޅޭނީ މަރޮއްޓާއި ކަނޑިތީމެވެ. ސެމީގެ މެޗުތައް ކުޅޭއިރު ކޮމަންޑޫ އާއި މަރޮށި ސަޕޯޓަރުން ތިބުމަށް  ހަމަޖައްސާފައި ވަނީ ދަނޑުގެ އުތުރު ފަރާތުގައެވެ. […]

ޔުމްނާ ޢަލީ
މިލަންދޫގައި ވެމްކޯގެ ޚިދުމަތާއި ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ގާއިމު ކުރަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ވެމްކޯގެ ޚިދުމަތާއި ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ގާއިމު ކުރަނީ

ށ.މިލަންދޫގައި ވެމްކޯގެ ޚިދުމަތް ގާއިމުކޮށް، ޕަބްލިކް ވަރކްސް މަރުކަޒެއްގެ ޚިދުމަތް ވެސް ގާއިމު ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސްގެ ށ. އަތޮޅު ދަތުރުފުޅުގައި މިލަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ވަރަށް ބޮޑަށް އިސްކަންދެމުން އަންނަ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ އާބާދީއާއި ޖާގައިގެ ނިސްބަތުން ކުނި މެނޭޖް...

ޔުމްނާ ޢަލީ
ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ 📍 ށ. މިލަންދޫ

ށ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ދެވަނަ ރަށަކަށް މިލަންދޫ

ށ. މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މިލަންދޫގައި މި ޚިދުމަތް ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ މިލަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިލަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯ...

ޔުމްނާ ޢަލީ
މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލާ ހަވާލުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް އަޅަން އެމްއޭސީއެލާ ހަވާލުކޮށްފި

ށ. މިލަންދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އިއްޔެ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުނ...

ޔުމްނާ ޢަލީ
30 މަސްތެރޭ މިލަންދޫގައި އާ ބަނދަރާއި އެއަރޕޯޓެއް ތަރައްގީކޮށް ހުޅުވާނަން: ރައީސް 📍 ށ. މިލަންދޫ

30 މަސްތެރޭ މިލަންދޫގައި އާ ބަނދަރާއި އެއަރޕޯޓެއް ތަރައްގީކޮށް ހުޅުވާނަން: ރައީސް

ކުރިއަށް އޮތް 30 މަސް ދުވަސް ތެރޭ ށ.މިލަންދޫގެ މިހާރުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށް އައު ބަނދަރެއް ހަދައި، އެރަށު އެއާޕޯޓް ތަރައްގީކޮށް ހުޅުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު މިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި މުޚާތަބު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިލަންދޫގެ ރައްޔިތުންނަށް ދެއްވައިފައިވާ އެންމެ ބޮޑު ވަޢުދަކަށް ވާނީ އެއަރޕޯޓް އެޅުމުގެ ވަޢުދު ކަމަށެވެ. އެއަރޕޯޓް އެޅުމަކީ މި ރަށަށާއި މި ސަރަޙައްދަށް ތަރައްޤީ […]

ޔުމްނާ ޢަލީ
މިލަންދޫ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގަން ހަވާލުކޮށްފި

ށ. މިލަންދޫގައި އެއާޕޯޓެއް ގާއިމުކުރުމަށްޓަކައި ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޣެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރު އަދި އެމްއޭސީއ...

ޔުމްނާ ޢަލީ
މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި 50 ހައުސިންގ ޔުނިޓް އަޅަން ހަވާލުކޮށްފި

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް ތަރައްްޤީކުރުމުގެ މަޝްރޫޢު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ޒިޔާރާތްކޮށް އެ ރަށް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެގޮތުން މިލަންދޫގައި ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމ...

އައިޝަތު އައިނީ އާމިރު
މިލަންދޫ ގޮނޑުދޮށް ހިމާޔާކުރުން އެމްޓީސީސީއަށް, މަގު ހެދުން އާރުޑީސީއަށް 📍 ށ. މިލަންދޫ

މިލަންދޫ ގޮނޑުދޮށް ހިމާޔާކުރުން އެމްޓީސީސީއަށް, މަގު ހެދުން އާރުޑީސީއަށް

ށ.މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، އެ ރަށު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. އެގޮތުން މިލަންދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ...

އައިޝަތު އައިނީ އާމިރު
މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި 📍 ށ. މިލަންދޫ

މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފި

ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މިލަންދޫ އިސްލާމީ މަރުކަޒުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ. މިގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ބިނާކުރާ މި އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒ...

އައިޝަތު އައިނީ އާމިރު
މިލަންދޫގައި އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫގައި އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ށ.މިލަންދޫގައި އިމާރާތް ކުރާ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިލަންދޫ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިލަންދޫއަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މިގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، އޮނަރަބަލް މޫސާ ޒަމީ...

އައިޝަތު އައިނީ އާމިރު
ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް އަނެއްކާ ވެސް ހުޅުވާލައިފި

ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް އަނެއްކާ ވެސް ހުޅުވާލައިފި

ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އަނެއްކާވެސް ހުޅުވާލައިފިއެވެ. މިގޮތުން އެ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިކަމާ ގުޅޭގޮތުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ […]

އަލީ އާދިލް
30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމަނީ

30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމަނީ

ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.   ރައީސް މިފަދައިން ވިދާޅުބީ ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރިޔާސީ އިންތިޚާބުގައި ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދަކީ ވައިގެ ބަނދަރެއް ޤާއިމުކޮށްދެއްވުން ކަމަށް ފާހަގަކުރައްވަމުން، “އެއަރޕޯޓު މަސަ...

ޔުމްނާ ޢަލީ
މިލަންދޫގައި "އާބާދު 25 ރަސްމީ ޖަލްސާ" ބާއްވައިފި 📍 ށ. މިލަންދޫ

މިލަންދޫގައި "އާބާދު 25 ރަސްމީ ޖަލްސާ" ބާއްވައިފި

ށ. މާކަނޑޫދޫ މީހުން ށ. މިލަންދޫއަށް ބަދަލުވިތާ 25 އަހަރު ފުރުމާއި ގުޅިގެން އެ ރަށުގައި ރިހި ޔޫބިލް ފާހަގަކުރުމަށް “އާބާދު ރަސްމީ ޖަލްސާ” ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. މިގޮތުން މި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލާއި، މިލަންދޫ ކައުންސިލްގެ ރައީސް ގެ އިތުރުން ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގައި [...

އައިޝަތު އައިނީ އާމިރު
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު: ކެޕްސޫލް ވަޅުލުމުގެ ހަރަކާތް ބާއްވައިފި

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު: ކެޕްސޫލް ވަޅުލުމުގެ ހަރަކާތް ބާއްވައިފި

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން ވަޅުލަން ނިންމި “ޓައިމް ކެޕްސޫލް” މިއަދު ވަޅުލައިފިއެވެ. މިލަންދޫ ކައުންސިލުން މި ކެޕްސޫލަށް އެޅުމަށް ހުޅުވާލީ މީގެ 25 އަހަރު ފަހުން މިލަންދޫ އޮންނާނެގޮތުގެ ތަސައްވުރު ހިމެނޭ ލިޔުމާއި ފޮޓެވެ. މި މަހުގެ 14 އަދި 15 ވަނަ ދުވަހު މި ކެޕްސޫލަށް ލިޔުމާއި ފޮޓޯ އެޅުމަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު މިލަންދޫ ކައުންސިލުން ވަނީ ރޭ 10:00 އާއި ހަމައަށް ރައްޔިތުންނަށް ދީފައެވެ. އެއަށްފަހު […]

ޔުމްނާ ޢަލީ
މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކައުންސިލުން އެކްސްކެވޭޓަރެއް ގެންނަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކައުންސިލުން އެކްސްކެވޭޓަރެއް ގެންނަނީ

ށ. މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އެކްސްކެވޭޓަރެއް ސަޕްލައިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަސައްކަތައް މިލަންދޫ ކައުންސިލުން އެކްސްކެވޭޓަރ ސަޕްލައި ކޮށްދީފައިވަނީ ވެލާރޯ އިންވެސްޓްމަންޓް އާއެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކޮށްފައިވާއިރު، ކުނި މެނޭޖްކުރުމަށް އެކްސްކެވޭޓަރ ސަޕްލައިކުރުމަށް ދީފައިވާ މުއްދަތަކީ 200 ދުވަހެވެ. މިލަންދޫ ކައުންސިލަށް އެކްސްކެވޭޓަރު ފޯރުކޮށްދިނުމުގެ ޖުމްލަ އަގަކީ 1،189،000 ރުފިޔާއެވެ. ކުނި...

އައިޝަތު އައިނީ އާމިރު