މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (287 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
287 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

287 ޚަބަރުގެ ތެރެއިން
ކުޅުދޫފުއްޓަށް ދަތުރު ކުރަމުން ދިޔަ ލޭންޑިންގް ކްރާފްޓެއް ނަލަންދޫ ފަރަށް އަރައިފި

ކުޅުދޫފުއްޓަށް ދަތުރު ކުރަމުން ދިޔަ ލޭންޑިންގް ކްރާފްޓެއް ނަލަންދޫ ފަރަށް އަރައިފި

ހދ. ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގް ކްރާފްޓެއް ށ. ނަލަންދޫ ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ މިއީ 7 މީހުންނާ އެކު މާލެއިން ފުރައިގެން ހދ. .ކުޅުދާފުއްޓަށް ދަތުރު ކުރި 140 ފޫޓްގެ ހެވީ ސްޓަރ ނަމަކަށް ކިޔާ ލޭންޑިންގް ކްރާފްޓެއް ކަމަށެވެ. މި ލޭންޑިންގް ކްރާފްޓް ނަލަންދޫ ފަރަށް އަރައި، ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާރޑް ނޮދާން އޭރިޔާ ސްކުއަޑްއިން ހަރަކައިތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފްއިން...

ޝިއުނާ އާދަމް
ނަލަންދޫއާއި ހޮނޑައިދޫ ސަރުކާރަށް ނަގަނީ

ނަލަންދޫއާއި ހޮނޑައިދޫ ސަރުކާރަށް ނަގަނީ

ށ. ނަލަންދޫއާއި، ހދ. ހޮނޑައިދޫ ދައުލަތުގެ ބޭނުމަކަށް ސަރުކާރުން ނެމަށް، އެ ރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ޢިއުލާން ކޮށްފިއެވެ. މިކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ކުރި ޢިއުލާނުގައިވާ ގޮތުން ނ. ނަލަންދޫ އަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަލުން މިއީ ޢިއުލާނުކުރި ދެވަނަ ފަހަރެވެ....

ޔުމްނާ ޢަލީ
މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތަށް ކުރިމަތިލާން ހުޅުވާލައިފި 📍 ށ. މިލަންދޫ

މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތަށް ކުރިމަތިލާން ހުޅުވާލައިފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ށ. މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތްތަށް ޝަރުތުހަމަ...

ޔުމްނާ ޢަލީ
މިލަންދޫން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ށ. މިލަންދޫ

މިލަންދޫން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫއިން ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫ ސިއްހީ މަރުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ފާމަސީއެއްގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށެވެ. އެރަށުން ޕޮޒިޓިވްވެފައިވާ ބިދޭސީ މީހާއާއި އެއްވެސް މީހަކު ޑައިރެކްޓް ކޮންޓެކްޓްވެފައި ނުވާކަމަށް ވެސް މިލަންދޫ ސިއްޙީ މަރުކަޒުން ބުންޏެވެ. މީގެ ކުރިންވެސް އެރަށުން ކޯވިޑަށް ވަނީ މީހަކު ޕޮޒިޓިވްވެފައިއެވެ. އެފަހަރު ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައި ވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކޭހުގައ...

ޝީޒާ މުހައްމަދު
ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި މިލަންދޫއަށް ދާ މީހުންނަށް ހުއްދަ ނުދޭން ނިންމައިފި 📍 ށ. މިލަންދޫ

ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި މިލަންދޫއަށް ދާ މީހުންނަށް ހުއްދަ ނުދޭން ނިންމައިފި

ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި ށ. މިލަންދޫއަށް ދާ މީހުންނަށް، އެ ރަށުގައި ކަރަންޓީނު ވުމަށް ހުއްދަ ނުދޭން އެ ރަށު ކައުންސިލުން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައި ވަނީ މިއަދު މެންދުރުފަހު 13:00 ގައި އޮތް މިލަންދޫ ކައުންސިލުގެ ތިންވަނަ ދައުރުގެ 93 ވަނަ ޢާއްމު ޖަލްސާގައެވެ. މިއަދު އެ ކައުންސިލުން އެކަމާއި ގުޅިގެން ނިންމި ނިންމުމުގައި ބުނަނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ކޯވިޑް-19 ހަލުއިކަމާއި އެކު ފެތުރެމުންދާ މިދަނޑިވަޅުގައި އެހެނިހެން ރަށްރަށުގެ މީހުން ހަމައެކަނި ކަރަންޓީނުވުމުގެ ބޭ...

ޔުމްނާ ޢަލީ
އެމްޓީސީސީން ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި 📍 ނ. ލަންދޫ

އެމްޓީސީސީން ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް، އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްގީކުރަން ބޭނުންވާ އިކުއިޕްމެންޓާއި މެޝިނަރީ މި މަހުގެ 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢުގެ އަމަލީ މަސައްކަތް 24 އޯގަސްޓް 2020 ގައި ފެށިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. […]

އަޙްމަދު ވަހީދު
އެމްޓީސީސީއިން ލަންދޫ ބަނަދރުގެ މަސައްކަތް ފެށުމަށް ތައްޔާވެއްޖެ 📍 ނ. ލަންދޫ

އެމްޓީސީސީއިން ލަންދޫ ބަނަދރުގެ މަސައްކަތް ފެށުމަށް ތައްޔާވެއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނ. ލަންދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. އެމްޓީސީސީއިން ބުނެފައިވަނީ ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ސާމާނާއި އަދި މެޝިނަރީ 12 އޯގަސްޓް 2020 ވީ ބުދަ ދުވަހު އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ގެންދެވިފައިވާ ކަމަށެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް...

އިބްރާހިމް ޚަލީލް
ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ބަލަނީ 📍 ށ. މިލަންދޫ

ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ބަލަނީ

ބ. ބޮޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާއި ހަވާލުވެފައިވާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ތުހުމަތު ކުރެވޭ މައްސަލަތަކެއްގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ރިޒް ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތ...

ޝިއުނާ އާދަމް
ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ކައުންސިލުތަކުގެ ދައުރު ކުޑައެއް ނޫން: މެމްބަރ ޢަލީ ރިޟާ 📍 ށ. މިލަންދޫ

ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ކައުންސިލުތަކުގެ ދައުރު ކުޑައެއް ނޫން: މެމްބަރ ޢަލީ ރިޟާ

މިލަންދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ޓާރފް ދަނޑުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތަކަކާއިއެކު މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޢަލީ ރިޟާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ތަރައްޤީގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމުގައި ކައުންސިލުތަކުގެ ދައުރު ކުޑަ ނޫން ކަމުގައެވެ. މިކަމާއި ގުޅޭ ގޮތުން ތިލަދުންއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޢަލީ ރިޟާ ވިދާޅުވީ މިލަންދޫގައި މިހާރު އަމަލީ މަސައްކަތް ފެށިގައިވާ ޓާރފު ދަނޑުގެ މަސައްކަތް ކުރިއަށް ނުގ...

އަބްދުލް މުޙައްމަދު
ކައުންސިލް މެމްބަރ ބޮޑޭގެ ޝުކުރު މިލަންދޫ ރައްޔިތުންނަށް! 📍 ށ. މިލަންދޫ

ކައުންސިލް މެމްބަރ ބޮޑޭގެ ޝުކުރު މިލަންދޫ ރައްޔިތުންނަށް!

މިލަންދޫ ކައުންސިލްގެ ކައުންސިލް މެމްބަރ ޢަބްދުﷲ އާތިފް (ބޮޑޭ) މިލަންދޫގެ އެންމެ ރައްޔިތުންނަށް ޝުކުރުއަދާކޮށްފިއެވެ. ޢަބްދުﷲ އާތިފް (ބޮޑޭ)ގެ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ނިމިގެންދިޔަ ދަޢުރުގައި އޭނާއަށް ވޯޓް ދެއްވައި، ވޯޓް ހޯއްދަވައިދެއްވި އެންމެހައި ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށާއި، ވޭތުވެގެން ދިޔަ ދުވަސްތަކުގައިވެސް މަސައްކަތް ކުރައްވާފައިވާނީ ލާމަރުކަޒީ ޤާނޫނުން މަތިކުރާ ކަންތައްތައް ވަކި ކުލައަކަށް ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ...

އަބްދުލް މުޙައްމަދު
އަގުބޮޑު އިނާމުތަކާއެކު މިލަންދޫ ޔޫތް މޫވްމަންޓްއިން މަދަޙަ މުބާރާތެއް ބާއްވަނީ 📍 ށ. މިލަންދޫ

އަގުބޮޑު އިނާމުތަކާއެކު މިލަންދޫ ޔޫތް މޫވްމަންޓްއިން މަދަޙަ މުބާރާތެއް ބާއްވަނީ

މިލަންދޫ ޔޫތް މޫވްމަންޓުން އިންތިޒާމުކޮށްގެން މިޖޫން މަހު މަދަޙަ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ށ. މިލަންދޫގެ ކިޔަވާ ކުދީންނަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމަށް އެޖަމްޢިއްޔާގެ އެކްޓިވްޓީސްކޮމެޓީގެ ޗެއަރ އިބްރާހިމް އަންވަރު ތިލަދުންއަށް ބުންޏެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ޒެޑްމޯބައިލް އެންޑް އެކްސްސަރީޒްއެވެ. ފައިސާގެ އިނާމާއި، ވާދައިގެ ޝީލް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށްގެންދަނީ ދެބަޔަކަށ...

އަބްދުލް މުޙައްމަދު
މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން ނެގި ސާމްޕަލްތައް ނެގިޓިވް

މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން ނެގި ސާމްޕަލްތައް ނެގިޓިވް

ށ. މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޖަމާއަތީ ފެތުރުމެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް މިލަންދޫ ސިއްޙީ މަރުކަޒުން ބުނެފިއެވެ. މިގޮތުން އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް 37 ސާމްޕަލެއް ވަނީ ނަގާފައެވެ. އެ ސިއްޙީ މަރުކަޒުން ބުނީ އިޖުތިމާއީ ގައިދުރުކަން އިސްކޮށް، ކޮންމެހެން ގެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގަ ނޫނީ އަދިވެސް ނުނިކުތުމަށް އެދޭކަމަށާއި، ގެއިން ބޭރަށް ދާނަމަ ފޭސްމާސްކު ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ....

ޝިއުނާ އާދަމް
ޖަމާއަތުގައި ނަމާދުކުރަން ދިން ހުއްދަ ބާތިލުކުރުމުން މިލަންދޫގައި މުޒާހަރާކޮށްފި 📍 ށ. މިލަންދޫ

ޖަމާއަތުގައި ނަމާދުކުރަން ދިން ހުއްދަ ބާތިލުކުރުމުން މިލަންދޫގައި މުޒާހަރާކޮށްފި

ށ. މިލަންދޫގައި ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކުރުމުން އެކަމާއި ކަންބޮޑުވެ ރަށު ކައުންސިލު ދޮށުގައި މީހުން މުޒާހަރާކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކޮށް ސިޓީއަކުން އެކަން މިލަންދޫ ކައުންސިލަށް އެންގުމުން އެކަން އާންމުކޮށް އިއުލާން ކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން 100 ވަރަކަށް މީހުން ކައުންސިލް ދޮށަށް އެ...

ޔުމްނާ ޢަލީ
މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި 📍 ށ. މިލަންދޫ

މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ށ. މިލަންދޫ މޮނިޓަރިންގ ހާލަތުން ނަގައި، އެރަށަށް އެކަން އަންގައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 13:12 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު […]

ޝިއުނާ އާދަމް
މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ 📍 ށ. މިލަންދޫ

މިލަންދޫން ނެގި 7 ސާމްޕަލެއްގެ ނަތީޖާ ލިބިއްޖެ

ށ. މިލަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްވި 8 މީހުންގެ ތެރެއިން 7 މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށް މިލަންދޫ ހެލްތު ސެންޓަރުން ބުނެފިއެވެ. އެ 7 މީހުންގެ ނަތީޖާވެސް ނެގެޓިވު ވެފައިވާ ކަމަށާއި، ބާކީ ނަތީޖާ ނުލިބޭ މީހާގެ ނަތީޖާ ނެގެޓިވު ވުމަކީ އެ މަރުކަޒާއި މިލަންދޫ ރައްޔިތުންގެ ދުޢާ ކަމަށް މިލަންދޫ ސިއްޙީމަރުކަޒުން ވަނީ ބުނެފައެވެ. އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެ އަތޮޅު ނަރުދޫ އަމާޒު ބޯޓުން އެ […]

ޝިއުނާ އާދަމް