މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (287 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
287 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

287 ޚަބަރުގެ ތެރެއިން
ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް 📍 ށ. މިލަންދޫ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް

ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިރޭ ކުރީ އިޢުލާނެއްގައި ބުނެފައިވަނީ، ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމާ އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ […...

އަލީ އާދިލް
އެވިޑް ކޮލެޖްގެ ފަރާތުން މިލަންދޫގައި ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް 📍 ށ. މިލަންދޫ

އެވިޑް ކޮލެޖްގެ ފަރާތުން މިލަންދޫގައި ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް

ށ. މިލަންދޫގެ މުއައްސަސާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރި ކުރުވުމުގެ ގޮތުން، ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ، އެވިޑް ކޮލެޖްއާއި މިލަންދޫ ކައުންސިލް ގުޅިގެންނެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތުން މިޕްރޮގްރާމްގައި މިލަންދޫ ސްކޫ...

އައިޝަތު ނަސާޔާ
މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި 📍 ށ. މިލަންދޫ

މިލަންދޫ ކައުންސިލުން ރިކްރިއޭޝަން ކްލަބެއް އުފައްދަން ނިންމައިފި

ށ. މިލަންދޫ ކައުންސިލްއިން ރެކްރިއޭޝަން ކުލަބްއެއް އުފައްދަން ނިންމައިފިއެވެ. އެކައުންސިލުން މިގޮތަށް ނިންމާފައިވަނީ 09 މާރޗް 2022 ގައި ބޭއްވުނު އެކައުންސިލުގެ 04 ވަނަ ދައުރުގެ 40 ވަނަ ޢާއްމު ޖަލްސާގައެވެ. މި ގޮތަށް ހުށައަޅާފައިވަނީ ކައުންސިލްގެ ރައީސް ޢަބްދުﷲ ޢާޠިފް އެވެ. އާޠިފްގެ މި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ތިން މެންބަރުންގެ ވޯޓުންނެވެ. އާތިފްގެ ހުށަހެޅުމުގައި ކައުންސިލުން އެފަދަ ކްލަބެއް އުފައްދަން ހުށަހަޅާ ބޭނުމެއްކަމަށް ވިދާޅުވެފައި ވަނީ، މިލަންދޫގަ...

އައިޝަތު ނަސާޔާ
މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާންކޮށްފިއެވެ. އެމިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ...

އައިޝަތު ނަސާޔާ
ފާއިތުވި އަހަރު މިލަންދޫ އަންހެނުންގެ ކޮމެޓީން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައި 📍 ށ. މިލަންދޫ

ފާއިތުވި އަހަރު މިލަންދޫ އަންހެނުންގެ ކޮމެޓީން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައި

ފާއިތުވި 2021 ވަނަ އަހަރު ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމުގައި އެ ކޮމެޓީގެ ފާއިތުވި އަހަރު ލަނޑުދަނޑިތައް ހާސިލް ކުރެވިފައިވާ މިންވަރު އަންގައިދޭ ރިޕޯޓުގައި ހާމަ ކޮށްފިއެވެ. މިގޮތުން ފާއިތުވި އަހަރު އެ ކޮމެޓީން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ ތެރޭގައި އެ ކޮމެޓީން އިސް ނަގައިގެން މިލަންދޫ ސްޕޯޓްސް ކުލަބާއި ގުޅިގެން ހޭންޑްބޯލް މުބާރާތެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ވަނީ ކުރިއަށް ގެންގ...

އިބްރާހިމް ޚަލީލް
މިލަންދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމާއި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމާއި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ށ.މިލަންދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާއި ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދޭން ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. ރޮސްޓްރަމް ގާއިމް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) ވަޑައިގަތުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. […]

އިބްރާހިމް ޚަލީލް
ލަންދޫގައި އަލަށް އިމާރާތްކުރި މިސްކިތް، ރައީސް ހުޅުވައިދެއްވައިފި

ލަންދޫގައި އަލަށް އިމާރާތްކުރި މިސްކިތް، ރައީސް ހުޅުވައިދެއްވައިފި

ނ.ލަންދޫގައި އަލަށް ޢިމާރާތްކުރި މަސްޖިދުލް ފުރުޤާން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ. ރައީސް މި މިސްކިތް ހުޅުވާދެއްވާފައި މިވަނީ މިއަދު ނ އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެރަށަށް ވަޑައިގެންނެވެ. 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މި މިސްކިތް އިމާރާތް ކުރުމަށް ހަވާލު ކުރެވުނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އަންހެނުންނަށް ވަކިން ވުޟޫކުރުމާއި، ނަމާދުކުރެވޭނެ ގޮތް ހަމަޖައްސާފައިވާ މި މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑުމިނުގަ...

އައިޝަތު ނަސާޔާ
ލަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފި 📍 ނ. ލަންދޫ

ލަންދޫ ބަނދަރު ރަސްމީކޮށް ހުޅުވައިފި

ނ. ލަންދޫ ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ލަންދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި ލަންދޫ ބަނދަރުގެ މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ...

އަޙްމަދު ވަހީދު
ލަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ 📍 ނ. ލަންދޫ

ލަންދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ

ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 227 މީޓަރުގެ އެއްގަމު ތޮއްޓަކާއި387 މީޓަރުގެ ބޭރު ތޮއްޓަކާއި 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ. އަދި 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހަދައި ރޭމްޕެއް ހަދައި މަގުބައްތި ވަނީ ހަރުކޮށްފައެވެ. މިއީ...

އަޙްމަދު ވަހީދު
މިލަންދޫގެ ފެންހިންދާ ނިޒާމަށް ބޭނުންވާ ތަކެތި ގެންގޮއްސި 📍 ށ. މިލަންދޫ

މިލަންދޫގެ ފެންހިންދާ ނިޒާމަށް ބޭނުންވާ ތަކެތި ގެންގޮއްސި

ށ. މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާއިރު ތާރު އެޅުމުގެ ކުރިން ގާއިމްކުރަން ޖެހޭ ފެންހިންދާ ނިޒާމު ގާއިމްކުރަން ބޭނުންވާ ތަކެތި އެރަށަށް ގެންގޮއްސި އެވެ. މިދިޔަ އަހަރު ޑިސެމްބަރ މަހު ފަށާފައިވާ މި މަޝްރޫޢު އަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދާ މަސައްކަތެކެވެ. 156.4 މިލިއަން ރުފިޔާގެ މަޝްރޫޢު ދަށުން ޖުމްލަ 6.15 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެ އެވެ. ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން މިލަންދޫ މަގުހެދުމުގެ […]

އައިޝަތު ނަސާޔާ
މިލަންދޫ "ސިކުނޑި ކުޅި" ނޭޗާ ޕާކެއްގޮތުގައި ތަރައްޤީ ކުރުމަށް އެރަށު ޒުވާނުން އަތުކުރި އޮޅާލައިފި 📍 ށ. މިލަންދޫ

މިލަންދޫ "ސިކުނޑި ކުޅި" ނޭޗާ ޕާކެއްގޮތުގައި ތަރައްޤީ ކުރުމަށް އެރަށު ޒުވާނުން އަތުކުރި އޮޅާލައިފި

ށ. އަތޮޅު މިލަންދޫގެ މާކޯ ސަރަހައްދުގައި އޮންނަ ކުޅިއަކީ ގުދުރަތީ ހިތްގައިމުކަން ވަރަށް ފުރިހަމައަށް ފެނިގެންދާ ތަނެކެވެ. މިލަންދޫ ސިކުނޑި ކުޅީގެ ނަމުން ނަންދެވިފައިވާ މި ކުޅީގައި އޮންނަ ފެންގަނޑުގެ ވަށައިގެން ހެދިފައިވާ ކަނޑުލާއި ރަނޑުލާއި ތަކަފަތީގެ އިތުރުން ބޮޑާކި ގަސްތަކުގެ ސަބަބުން އެ ސަރަހައްދަށް ލިއްބައިދޭ ފެހިކަމަކީ އެ ސަރަހައްދަށް ޒިޔާރަތް ކުރާ ކޮންމެ މީހެއްގެ ހިތަށް ގުދުރަތީ މާހައުލުގެ ހިތްހަމަޖެހުން ލިތްބައިދޭ ކަންކަމެވެ. ބުނެވޭ ގޮތުގައި “ސިކުނޑި ކުޅި” ގެ ނަމުން އެ ތަނަށް […]

އިބްރާހިމް ޚަލީލް
މިލަންދޫ ގައި އޭ ޒޯން ލައިސެންސް ގެ ޚިދުމަތް ދޭން ފަށަނީ 📍 ށ. މިލަންދޫ

މިލަންދޫ ގައި އޭ ޒޯން ލައިސެންސް ގެ ޚިދުމަތް ދޭން ފަށަނީ

ށ. މިލަންދޫއިން އޭ ޒޯން ލައިސެންސްގެ ޚިދުމަތް ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް ވިދާޅުވީ އެރަށުގައި އޭ ޒޯން ލައިސެންސް ޚިދުމަތް ދޭން ނިންމާފައި މިވަނީ ރަށުގެ ރައްޔިތުންނަށް އެ ޚިދުމަތް އަވަސް އަދި ފަސޭހަ ކަމާއިއެކު ފޯރުކޮށްދިނުމުގެ ގޮތުންކަމަށެވެ. އެގޮތުން މި ޚިދުމަތް ފެށުމަށް ތައްޔާރު ވުމުގެ ގޮތުން ޓްރެކްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ. […]

އައިޝަތު ނަސާޔާ
ވާހަކަ: އިހަވަންދޫ ތުނޑު ހަސަނާއި ޖެހުނު ގައްލަންދޫ މީދާ 📍 ހއ. އިހަވަންދޫ

ވާހަކަ: އިހަވަންދޫ ތުނޑު ހަސަނާއި ޖެހުނު ގައްލަންދޫ މީދާ

ރަށަކީ ދިވެހިރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ތެރެއިން ހަމަ އެހާމެ ހިތްގައިމު ރަށެކެވެ. ތިލަދުންމަތީ ގައްލަންދުއެވެ. ރަށުގެ ގޮނޑުދޮށާ، މާ ދުރުނޫން ހިސާބެއްގައި ހުރި ބޮޑުގަހެއްގެ ދޮށުގައި ދެ މީދާ ތިއްބެވެ. ހީވާ ގޮތުން އެއީ ދެމައިންނެވެ. އެ ދެމީދާ އެތާ ތިބެގެން ވާހަކައެއްދައްކަނީއެވެ. އެ ތަނުން ކުޑަ މީދާ އޭތީގެ މަންމަ ކުރެން އެއްޗެއް އަހަނީއެވެ. އެކުރި ސުވާލެއްގެ ސަބަބުން ނުވަތަ އެ އެހި ވާހަކައެއްގެ ސަބަބުން އެތަނުން ބޮޑު މީދަލަށް ވަރަށް ފުން އަސަރެއްކޮއްފިއެވެ. އަދި […]

ތިލަދުން
މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ށ. މިލަންދޫ ފުލުހުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ކައުންސިލުން ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ރޭގައި ބޭއްވުނު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިލަންދޫ ޕޮލިސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރ އަހްމަދު ސަލީމެވެ. “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އައިޝަތު ހަނިއްޔާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު...

އައިޝަތު ނަސާޔާ
ކުކުޅަކާއި ވެލައެއްގެ މިސާލާއެކު މި ސަރުކާރުގެ ހިތްވަރު ރިޟާގެ ދުލުން! 📍 ށ. މިލަންދޫ

ކުކުޅަކާއި ވެލައެއްގެ މިސާލާއެކު މި ސަރުކާރުގެ ހިތްވަރު ރިޟާގެ ދުލުން!

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައި ދައުލަތުގެ ބަޖެޓުން ފެނިގެން ދަނީ މި ސަރުކާރުގެ ހިތްވަރާއި، ބުންވަރުކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ، ބަޖެޓް ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން ބަޖެޓް ފޮތުގެ ބަނޑޭރި ގަނޑުގައި ހުރި ލިޔުމާއި، ތަސްވީރުތަކާއި ބަޖެޓްގައި ހުރި އެއްޗަކާ ގުޅިލާމެހިފައިވާތަން ފެނިގެން ދިޔަ ކަމަށެވެ. ބެޖެޓް ފޮތުގެ ބޭރުގަނޑުގައި އޮތް ބަހުރުވާއި، ކުރެހުންތަކާއި، ތަސްވީރުތައް ބަޖެޓްގައި ލ...

ތިލަދުން