މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (287 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
287 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

287 ޚަބަރުގެ ތެރެއިން
މިލަންދޫގައި އެއްގަމު ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫގައި އެއްގަމު ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފި

ށ. މިލަންދޫގައި ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުމުގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފަށާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އާއި، މިލަންދޫ ކައުންސިލަރުންނާއި، މުވައްސަސާތަކުގެ ވެރިންނާއި އަދި ކައުންސިލް އިދާރާއާއި، ސަރުކާރުގެ މުވައްޒަފުން ބައިވެރިވިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް ”ތިލަދުން” އަށް ވިދާޅުވީ، އެރަށުން ދޫކުރަން ފަށާފައި ވަނީ އޭ ޒޯންގެ އެއްގ...

ޙުސައިން ޝަހުދީ
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިލަންދޫއާއި ކަނޑިތީމު ސެމީއަށް 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިލަންދޫއާއި ކަނޑިތީމު ސެމީއަށް

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން މިލަންދޫއާއި ކަނޑިތީމް ޖާގަ ހޯދައިފިއެވެ. މިއަދު މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހައި މެޗެއް ކުޅެ ވަނީ ނިމިފައެވެ. ގްރޫޕް އޭގެ ފަހު މެޗުގައި މިއަދު މިލަންދޫއާއި ނަރުދޫ ބައްދަލުކުރި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ މިލަންދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް 📍 ށ. ނޫމަރާ

މިއަދުގެ މެޗުތައް މިލަންދޫއާއި ނޫމަރާ އަދި ނަރުދޫއިން ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު ގޮއިދޫއަށް ހަނި މޮޅެއް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މިލަންދޫއާއި ނަރުދޫ އަދި ނޫމަރާއިން ފަސޭހަ ކަމާއިއެކު މޮޅުވިއިރު ގޮއިދޫ ވެސް ފޭދޫއަތުން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ. މިއަދު ގްރޫޕް އޭގައި ނަރުދޫގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މިލަންދޫއާއި ފީވަކެވެ. މި މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗްތަކުން ކުރި ހޯދީ ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫ

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ގެ ތިންވަނަ ދުވަހުގެ މެޗުތައް ނަރުދޫ، މިލަންދޫ، ކަނޑިތީމު، ގޮއިދޫ، ކޮމަންޑޫ އަދި ފުނަދޫއިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި ނަރުދޫގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފީވަކާއި ނަރުދޫއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނަރުދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
މިލަންދޫން ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުރަން ފަށަނީ 📍 ށ. މިލަންދޫ

މިލަންދޫން ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުރަން ފަށަނީ

ށ. މިލަންދޫން ދާއިމީކޮށް އެއްގަމު ލައިސަންސް ދޫކުރަން ފަށަން އެރަށު ކައުންސިލުން ތައްޔާރުވެއްޖެއެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް ”ތިލަދުން” އަށް ވިދާޅުވީ، އެކަމަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް މިހާރު އެރަށުގައި ގާއިމު ކުރެވިފައިވާ ކަމަށެވެ. މިގޮތުން ދުއްވާ ޓްރެކާއި، ލައިސަންސް ކާޑް ޕްރިންޓް ކުރަން ބޭނުންވާ އާލާތާއި، އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުންފަދަ ހުރިހާ މަރުޙަލާއެއް ފުރިހަމަވެ، ޓްރާންސްޕޯޓް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ވެސް ނަގާފައިވާ ކަމަށް އާތިފް ވ...

ޙުސައިން ޝަހުދީ
ނިލަންދޫ އާއި ދާންދޫގައި ތަރައްގީކުރި އައުޓް ޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި

ނިލަންދޫ އާއި ދާންދޫގައި ތަރައްގީކުރި އައުޓް ޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި

ގއ. ނިލަންދޫ އާއި ގއ. ދާންދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓު، ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހްލޫފް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ. މި ދެރަށުގެ އައުޓްޑޯ ވޮލީކޯޓުތައް ހުޅުވާފައިވަނީ މިނިސްޓަރ މަހްލޫފު، ގއ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. ދާންދޫ ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ޚާއްސަ ވޮލީ މެޗެއް ކުޅެފައިވާއިރު، މި މެޗުގައި މިނިސްޓަރ މަޙްލޫފް އާއި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދު الله ވަނީ ބައިވެރިވެވަޑައިގެންފަ އެ...

މުޙައްމަދު އަފްރާޙް
ކުނިނެގުމަށް ރަޖިސްޓަރީ ކުރި މިލަންދޫގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިނެއް 📍 ށ. މިލަންދޫ

ކުނިނެގުމަށް ރަޖިސްޓަރީ ކުރި މިލަންދޫގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިނެއް

ށ. މިލަންދޫ ކައުންސިލުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތުގެ ދަށުން ކުނިނެގުމަށް ރަޖިސްޓަރަރީ ކުރި އެރަށުގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިން ހަދިޔާކޮށްފިއެވެ. މިލަންދޫ ކައުންސިލް ރައީސް ޢަބުދުﷲ އާތިފް ”ތިލަދުން” އަށް ވިދާޅުވީ، އެ ޑަސްބިންތައް ގޭބިސީތަކަށް ހަދިޔާ ކުރުމަށް ކައުންސިލްގެ ބަޖެޓުން 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މި ހުރިހާ ޑަސްބިންތަކެއް ދީފައި ވަނީ ހިލެއެވެ. މިގޮތުން ގޭބިސީތަކަށް ވަނީ 20 ލިޓަރުގެ 500 ޑަސްބިން ހަދިޔާކޮށްފައެވެ. އަދި […]

ޙުސައިން ޝަހުދީ
ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯގެ އެހީތެރިކަން 📍 ނ. ލަންދޫ

ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯގެ އެހީތެރިކަން

ނ. ލަންދޫ އާއި މާޅެންދޫއަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ރަށްތަކަށް ދަތުރު ކުރި ބޯޓެއް އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ކާޑުގެ ބާވަތްތަކަށް ގެއްލުންވުމުންނެވެ. މުދާ ހިފައިގެން ދިޔަ ބޯޓު އަޑިއަށްގޮސް އޭގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ އޮޔާ ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ލަންދޫ އާއި މާޅެންދޫ ކައުންސިލުން ވަނީ އެ ރަށްތަކަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދޭން ފަށާފައެވެ. އެސްޓީއޯއިން […]

އަޙްމަދު ވަހީދު
އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން އެދިއްޖެ 📍 ނ. ލަންދޫ

އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން އެދިއްޖެ

އަޑިއަށް ދިޔަ ލަންދޫ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ކައިރިއަށް ދިޔައީ މިއަދު ހެނދުނުއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގާފަރު ފަރުގެ އުތުރުން ދަތުރުކުރަމުން ދިޔަ ލަންދޫ ބޯޓު، އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރު ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ. […]

ޔުމްނާ ޢަލީ
ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފި 📍 ނ. ލަންދޫ

ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފި

ނ. އަތޮޅާއި، މާލެއާއި ދެމެދު ދަތުރުކުރާ، ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ “ލަންދޫ ބޯޓު” ވަނީ ދިޔަވެ ކ. ގާފަރު ފަރަށް އަރާފައި ކަމަށެވެ. މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގާފަރު މީހުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައް ވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. ”ކޯސްޓްގާޑުން މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން. މި ހާދިސާގެ މަޢުލޫމާތ...

ޔުމްނާ ޢަލީ
މިލަންދޫ ސްކޫލަށް އެސްޓީއޯގެ އެހީތެރިކަން 📍 ށ. މިލަންދޫ

މިލަންދޫ ސްކޫލަށް އެސްޓީއޯގެ އެހީތެރިކަން

މިލަދުންމަޑުލު އުތުރު ބުރީ (ށ. އަތޮޅު) މިލަންދޫ ސްކޫލަށް، ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިލަންދޫ ސްކޫލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އަދި ޓްވީޓާގައި ބުނެފައި ވަނީ އެ ސްކޫލަށް އެސްޓީއޯގެ ފަރާތުން ފަސް ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފަ ވާކަމަށެވެ. އެހެންވެ، އެ ސްކޫލުން ވަނީ އެސްޓީއޯގެ މި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. މި އެހީތެރިކަމާ ގުޅިގެން އެސްޓީއޯއިން ބުނީ މި އެހީތެރިކަން ދެވުނީތީ އުފާކުރާ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ކުރިމަގުގައި މިލަ...

ޔުމްނާ ޢަލީ
މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފި

ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 45.9 މިލިއަން ރުފިޔާއަށެވެ. މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ. މި އެއްބަސްވުމުގެ ދަށުން މިލަންދޫގައި އ...

އަޙްމަދު ވަހީދު
މިލަންދޫއަށް ޘަޤާފީ އިންގިލާބެއް ގެނުވި "ބޭބެ އަލީ" ވަކިވުން، އީދު ފޯރިއަށް ބޮޑުފަޅުކަމެއް 📍 ށ. މިލަންދޫ

މިލަންދޫއަށް ޘަޤާފީ އިންގިލާބެއް ގެނުވި "ބޭބެ އަލީ" ވަކިވުން، އީދު ފޯރިއަށް ބޮޑުފަޅުކަމެއް

1943 ވަނަ އަހަރު ށ އަތޮޅު މާކަނޑޫދޫއަށް އުފަންވި ޢަލީ އަހްމަދަކީ މާކަނޑޫދޫގެ ޢީދުފޯރިއަށް ބޮޑު އިންގިލާބެއް ގެނައި ކުޅަދާނަ ހުނަރުވެރިއެކެވެ. ކުޅިވަރާއި މިއުޒިކާއި ޘަޤާފީ ކުޅިވަރުތައް އަންނާން އޮތް ޖީލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި މޭސްތިރިއެކެވެ. އުމުރުގެ ވަރަށް ޅަފަތުގައި ބޮޑުބެރާއި އޭގެ ހަމަތައް ދަސްކުރެއްވެވިއެވެ. ތާރައާއި ޘަޤާފީ ކުޅިވަރުތަކުގެ ފުންކަނޑަށް ފުންމަވާލެއްވިއެވެ. އެކަނޑުގައި ޢަލީ އަހްމަދު، އެންމެން ދަންނަ ނަމުންނަމަ ( ބޭބެ ޢަލީ )...

މުޙައްމަދު ސާޖިދު
ލަންދޫގައި ދެ ރުއް ދޭތެރޭ ފިތިގެން މީހަކު ނިޔާވެއްޖެ

ލަންދޫގައި ދެ ރުއް ދޭތެރޭ ފިތިގެން މީހަކު ނިޔާވެއްޖެ

ނ. ލަންދޫގައި ދެ ރުއް ދޭތެރޭ ފިތިގެން ބިދޭސީއަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ، ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން އުޅުމުގެ ތެރޭގައި، ދެ ރުއް ދޭތެރޭ ބިދޭސީއަކު ފިތިފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް މިއަދު ހަވީރު 16:15 ހާއިރު ލިބުނު ކަމަށެވެ. “ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ” ފު...

ތިލަދުން
ފެނަކައިން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފި 📍 ށ. މިލަންދޫ

ފެނަކައިން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފި

ފެނަކަ ކޯޕަރޭޝަނުން ށ. މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން މި ސިސްޓަމް ހަދިޔާ ކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ސިސްޓަމެކެވެ. ސައުންޑް ސިސްޓަމް ހަދިޔާ ކުރުމުން މިލަންދޫ ސްކޫލުން ވަނީ ފެނަކައަށް ޝުކުރު އަދާ ކޮށްފައެވެ. ފެނަކަ ކޯޕަރޭޝަންގެ ސީ.އެސް.އާރުގެ ދަށުން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާކުރެއްވުން. މި ފަދަ އެހީ އެއް ސުކޫލަށް ވެދެއްވީތީ ފެނަކަ […]

އަޙްމަދު ވަހީދު