މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ތުރާކުނު (72 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
72 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ތުރާކުނުގެ އެންމެ ފަހުގެ ޚަބަރުތައް

72 ޚަބަރުގެ ތެރެއިން
ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް 📍 ހއ. ތުރާކުނު

ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް

ހއ. ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ވަނީ ހާމަކޮށްފައެވެ. އެމްޓީސީސީން މިއަދު އާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، މިސްކިތް އިމާރާތުގެ ރޫފް ބީމްތަކާއި ނަމާދުކުރާ ސަރަހައްދުގެ ތިންވަނަ ފަންގިފިލާގެ ސްލެބްގެ ޝަޓަރިންގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ވުޟޫކުރާ ސަރަޙައްދުގެ ކޮންކްރީޓް މަސައްކަތްވެސް މިހާރު ވަނީ ނިންމާލެވިފައެވެ. 2023 ވަނަ އަ...

އަލީ އާދިލް
ތުރާކުނު، އުލިގަމު، މޮޅަދޫ އަދި ތަކަންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހއ. ތުރާކުނު

ތުރާކުނު، އުލިގަމު، މޮޅަދޫ އަދި ތަކަންދޫގައި ވެސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް ހއ. އަތޮޅުގެ ތުރާކުނު، އުލިގަމު، މޮޅަދޫ އަދި ތަކަންދޫގައި ވެސް މިއަދު ފަށައިފިއެވެ. ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް މިއަދު ވަނީ ހއ. އަތޮޅުގެ ޖުމްލަ 7 ރަށެއްގައި ފަށާފައެވެ. މި ހަތަރު ރަށުގެ އިތުރުން ދެން މި ޚިދުމަތް ފަށާފައި ވަނީ އުތީމު، މުރައިދޫ އަދި މާރަންދޫގައެވެ. ބީއެމްއެލުން މިއަދު ބުނިގޮތުގައި މި އޭޓީއެމްތައް މެދުވެރިކޮށް ހަފުތާގެ 7 ދުވަހު 24 ގަޑިއިރު ރައްޔިތުންނަށް […]

ޔުމްނާ ޢަލީ
ތުރާކުނު ޖަމިއްޔާއެއް ހިމެނޭހެން 16 ޖަމިއްޔާއަކަށް ސަރުކާރުން އެހީ ދީފި 📍 ހއ. ތުރާކުނު

ތުރާކުނު ޖަމިއްޔާއެއް ހިމެނޭހެން 16 ޖަމިއްޔާއަކަށް ސަރުކާރުން އެހީ ދީފި

ތިލަދުންމަތީ އުތުރުބުރީ ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އިންޓެގްރޭޓޭޑް އެމްޕަވަމަންޓް ސޮސައިޓީ ހިމެނޭހެން 16 ޖަމިއްޔާއަކށް 3 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ފޯރުކޮށްދީފިއެވެ. މިއީ މަދަނީ ޖަމިއްޔާތައް މާލީގޮތުން ބާރުވެރި ކުރުވުމުގެ މަގުސަދުގައި ސަރުކާރުން ހަމަޖައްސައި ދީފައިވާ ގްރާންޓެކެވެ. ގައުމުގެ ތަރައްގީގައި ޖަމިއްޔާތަކުގެ ދައުރު ފުޅާ ކުރުމަކީ ވެސް މި ގްރާންޓް ދިނުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާގެ އެހީ ލިބޭ މަދަނީ ޖަމިއްޔާތައް ކަނޑަ...

އިބްރާހިމް ޚަލީލް
ތުރާކުނުގެ އިހުތިސާސްތެރޭ ވަނގާރު ހިމަނައިފި 📍 ހއ. ތުރާކުނު

ތުރާކުނުގެ އިހުތިސާސްތެރޭ ވަނގާރު ހިމަނައިފި

ތިލަދުންމަތީ އުތުރުބުރީ ތުރާކުނާއި ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅުރަށެއްކަމަށްވާ ވަނގާރު، ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމަނައިފިއެވެ. ބޮޑުމިނުގައި އެގާރަ ހެކްޓަރު ހުންނަ ވަނގާރު ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމެނިކަން ހާމަކޮށް މިއަދު ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ. ވަނގާރުގައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކ...

އިބްރާހިމް ޚަލީލް
ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ

ހއ. ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ އެ އަތޮޅު ވަނގާރު ހިމަނައިދޭން އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ދެވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. ތުރާކުނަށެވެ. ރައީސް ތުރާކުނަށް ވަޑައިގެން އިއްޔެ ހަވީރު އެރަށު ސްކޫލްގައި އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ […]

ޔުމްނާ ޢަލީ
ތުރާކުނު ކައުންސިލްގެ އެމްޑީޕީ މެންބަރު ޝާފިޢު ޕީއެންސީ އަށް 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލްގެ އެމްޑީޕީ މެންބަރު ޝާފިޢު ޕީއެންސީ އަށް

ހއ. ތުރާކުނު ކައުންސިލް މެންބަރު އިސްމާއީލް ޝާފިޢު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. ޝާފިޢު އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައި އެކައުންސިލްގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރި ހަމައެކަނި މެންބަރެކެވެ. ވެރިކަންކުރާ ޕީއެންސީ އާއި ޝާފިޢު ގުޅިފައިވާކަން ހާމަކުރެއްވީ، ތުރާކުނަށް ނިސްބަތްވެވަޑައިގަންނަވާ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު އެވެ. ރައްޔިތުންގެ ހާލު ބެލުމަށް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފ...

ޔުމްނާ ޢަލީ
ކައުންސިލްތައް ހާއްސަ ވުޒާރާއެއް އުފެއްދެވުމަކީ ރައީސްގެ އެންމެ މުހިންމު ނިންމެވުން: ތުރާކުނު ރައީސް 📍 ހއ. ތުރާކުނު

ކައުންސިލްތައް ހާއްސަ ވުޒާރާއެއް އުފެއްދެވުމަކީ ރައީސްގެ އެންމެ މުހިންމު ނިންމެވުން: ތުރާކުނު ރައީސް

ލޯކަލް ކައުންސިލްތައް ހާއްސަކޮށްގެން ސަރުކާރުގެ ވަކި ވުޒާރާއެއް އުފެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުންކަމަށް ހއ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ. އަލީ މިހެން ވިދާޅުވީ، ބުދަ ދުވަހުގެ ރޭ މާލޭގެ ދަރުބާރުގޭގައި އޮތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ރައީސްކަމުގައި ހުންނެވި ތުރާކުނު ކައުންސިލަށް ވަނީ 2021 ވަނަ އަހަރު، ލޯކަލް...

ޔުމްނާ ޢަލީ
ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، ކާންނާ އެވޯޑު ނޫމަރާ އަށް 📍 ހއ. ތުރާކުނު

ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ތުރާކުނު، ކާންނާ އެވޯޑު ނޫމަރާ އަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑްގައި ތިންވަނަ އަށް އެންމެ ރަނގަޅު ކައުންސިލަކަށް ހއ. ތުރާކުނު ކައުންސިލް އަދި ށ. ނޫމަރާ ކައުންސިލަށް ކާންނާ އެވޯޑު ލިބިއްޖެއެވެ. މި އެ ވޯޑްތައް އެ ކައުންސިލަށް ދީފައި ވަނީ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައެވެ. މިގޮތުން ތުރާކުނު ކައުންސިލަށް ލިބިފައި ވަނީ 2021 ވަނަ އަހަރު، ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ ރަނގަޅު ތިންވަނަ ކައުންސިލްގެ […]

ޔުމްނާ ޢަލީ
ތުރާކުނުގައި ހިންގި "ފަތަމާ ހިނގާ" ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި 📍 ހއ. ތުރާކުނު

ތުރާކުނުގައި ހިންގި "ފަތަމާ ހިނގާ" ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި

ހއ. ތުރާކުނުގައި ހިންގި “ފަތަމާ ހިނގާ” ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އެރަށު ކައުންސިލުން ‘ތިލަދުން’ އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ މިއީ އެ ކައުންސިލާއި ފީނާ ސްވިމިން އެކަޑަމީ އާއި ދިއްދޫ ޕޮލިސް ކުލަބާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އެރަށު ސްކޫލާއި އަތޮޅު ކައުންސިލު ގުޅިގެން ހިންގި ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމު ހިންގާފައިވަނީ އޮކްޓޯބަރު މަހުގެ 17 ން 28 އަށް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން […]

މުޙައްމަދު އަފްރާޙް
ބާރަށާއި އުލިގަމާއި ތުރާކުނުގެ އިތުރުން ހޯރަފުށީގެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަން ބަޖެޓް ކޮށްފި 📍 ހއ. ބާރަށް

ބާރަށާއި އުލިގަމާއި ތުރާކުނުގެ އިތުރުން ހޯރަފުށީގެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަން ބަޖެޓް ކޮށްފި

ހއ. އަތޮޅުގެ ބާރަށް، އުލިގަމު، ތުރާކުނުގެ މަގު ހެދުމުގެ އިތުރުން ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢު ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހިމަނާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތިން ހއ. އަތޮޅުގެ ހަތަރު ރަށެއްގެ މަގު ހެދުމަށް ވަނީ ހިމަނާފައެވެ. މީގެ ތެރެ...

ޔުމްނާ ޢަލީ
📍 ހއ. ތުރާކުނު

ތުރާކުނު ރައްޔިތުންގެ ބޭނުމަށް ވަނގާރު ދެނީ

ހއ. ތުރާކުނު ރައްޔިތުންގެ ބޭނުމަށް ވަނގާރު ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ ކެމްޕެއިނަށް ހއ. އަތޮޅުގެ ބައެއް ރަަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސާލިހު ވިދާޅުވި ތުރާކުނާ އެއް ފަޅެއްގައި އޮންނަ ވަނގާރު، ޓޫރިޒަމަށް ނުނަގައި ތުރާކުނު ރައްޔިތުން އެދުނު ގޮތަށް އެ ރަށުގެ އިހުތިސާސްގައި ހިމަނާނެ ކަމަށެވެ. “ޓޫރިޒަމް ތަރައްގީ ކުރުމަށް އަ...

މުޙައްމަދު އަފްރާޙް
ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކު ހުޅުވައިފި 📍 ހއ. ތުރާކުނު

ތުރާކުނު ފުޓުބޯޅަ ދަނޑާއި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ހއ. ތުރާކުނު ފުޓުބޯޅަ ދަނޑާއި، އެރަށު ކުޑަކުދިންގެ ޕާކު “އުތުރުވެހި” މިއަދު ހުޅުވައިފިއެވެ. މި ތަންތަން ހުޅުއްވައިދެއްވީ މިހާރު ހއ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓާފްއަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިއީ ސަރުކާރުން މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެކެވެ. ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސް ވަނީ، ތުރާކުނުގައި މި ސަރުކާރ...

ޔުމްނާ ޢަލީ
ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް މާލީ އެހީ، ރަށަކަށް ލައްކައެއް 📍 ހއ. ބާރަށް

ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް މާލީ އެހީ، ރަށަކަށް ލައްކައެއް

ހއ. އަތޮޅު ކައުންސިލުން އެއަތޮޅުގެ ހަތް ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެކައުންސިލުން ވިދާޅުވީ، މާލީ އެހީގެ ގޮތުގައި ކޮންމެ ރަށަކަށް -/100،000ރ (އެއްލައްކަ ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލީ އެހީދިނުމުގެ އެއްބަސްވުމުގައި، މިއަދު ސޮއިކުރެވުނު ހަތްރަށަކީ، ތުރާކުނު، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މާރަންދޫ، އުތީމު، އަދި ބާރަށެވެ. އެކައުންސިލުން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައިވާ...

އިބްރާހިމް އަސްވާޤް
ތުރާކުނުގައި ކުރިއަށް ގެންދާ ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ތުރާކުނު

ތުރާކުނުގައި ކުރިއަށް ގެންދާ ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އައިފާސް ޑްރީމްސް ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ ބޭސިކުން ފެށިގެން އެޑްވާންސް ލެވެލް 1 އަށް ކުރިއަށް ގެންދާ މި ކޯސް އެ ރަށުގައި ބޭއްވުމުގެ މަޤުޞަދަކީ ކޯހުގެ ޒަރިއްޔާއިން އެ ރަށުގެ ގިނަބަޔަކަށް ފެހުމުގެ ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބި، އެ ފުރުޞަތުގެ ބޭނުންހިފައި އެކަމުން އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމެވެ. މި ކޯހުގައި އަމިއްލައަށް މިންނަގައިގެން...

އިބްރާހިމް ޚަލީލް
ތުރާކުނު ކައުންސިލުން އެ ރަށުގެ ގެތަކަށް ވޯޓާ ޕިއުރިފަޔާ ފޯރުކޮށްދެނީ 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލުން އެ ރަށުގެ ގެތަކަށް ވޯޓާ ޕިއުރިފަޔާ ފޯރުކޮށްދެނީ

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލުން އެ ރަށުގެ ގޭބިސީތަކަށް އިންސްޓޯލްމަންޓް އުޞޫލުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. އެ ކައުންސިލުން ވިދާޅުވެފައި ވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މި ޕޮރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 20 ވޯޓަރ ޕިއުރިފަޔަރ ކަމަށާއި މި ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދެވޭ ޕިއުރިފަޔަރގެ އަންދާޒާ އަގަކީ 5000ރ (ފަސް ހާސް ރުފިޔާ) ނުވަތަ 4500 ރ (ހަތަރު ހާސް ފަސްސަތޭކަ ރުފިޔާ) ގެ އަގެއް ކަމަށެވެ....

އިބްރާހިމް ޚަލީލް