📍 ހއ. ތަކަންދޫ
ތަކަންދޫގައި ކައުންސިލްގެ ހުއްދަނެތި ގަސް އިންދުން މަނާކޮށްފި
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއްގައި ކައުންސިލްގެ ހުއްދަނެތި ގަސް ނުވަތަ ރުއް އިންދުން މަނާކޮށްފިއެވެ. ކައުންސިލުން ކުރި އާންމު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އަދި ރަށުގައި ހެދިފައިވާ ޕްލޭންތަކަށް ދަތިވާ ގޮތަށް ބައެއް ފަރާތްތަކުން ގަސް އަދި ރުއް އިންދަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވެއެވެ. މިކަމާ ގުޅިގެން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއް...