މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ބީ.އެމް.އެލް މުއައްސަސާ ކަޕްގައި ޖުމްލަ 7 ޓީމް 📍 ހއ. ދިއްދޫ

ބީ.އެމް.އެލް މުއައްސަސާ ކަޕްގައި ޖުމްލަ 7 ޓީމް

ހއ.ދިއްދޫގެ ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ހއ.ދިއްދޫގެ މިޑްލް ސްޕޯޓްސް ކުލަބް އިން އިންތިޒާމް ކޮަށް ބޭންކް އޮފް މޯލްޑިވްސްއިން ސްޕޮންސަރ ކޮށްފައިވާ “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ބައިވެރިވާ ޓީމްތައް އިއުލާން ކޮށްފިއެވެ. “ބީ.އެމް.އެލް މުއައްސަސާ ކަޕް 2019” ގައި ދިއްދޫގެ ހަތް މުއައްސަސާއަކުން ހަތް ޓީމެއްވަނީ ބައިވެރިވެފައެވެ. ބައިވެރިވެފައިވާ ޓީމް ތަކަކީ ހއ. އަތޮޅު ކައުންސިލްގެ ޓީމް، ޔުނައިޓެޑް ބީ.އެމް.އެލް، ދިއްދޫ ޕޮލިސް، ހއ. އޭ.އީ.ސީ، ފެނަކަ ދިއްދޫ، ދިއްދޫ ކައުންސިލް އަދި ހއ. […]

އަޙްމަދު އަސްފާން
ސަބް ރީޖަންގެ ރޭހަށް އިހަވަންދޫ އާއި ދިއްދޫ ހޫނުވަނީ! 📍 ހއ. އިހަވަންދޫ

ސަބް ރީޖަންގެ ރޭހަށް އިހަވަންދޫ އާއި ދިއްދޫ ހޫނުވަނީ!

ފާއިތުވި ފަންސާހަކަށް އަހަރު ރާއްޖެ ތަރައްގީ ކުރެވެމުންދިޔަ ގޮތަށް ނަޒަރު ހިންގާލައިފިނަމަ ފެނިގެންދާނެ އެއް މަންޒަރަކީ، ތަރައްގީގެ މާނައަކަށް ވެފައިއޮތީ މާލޭގެ ކޮންކްރީޓް ޖަންގަލި އިތުރަށް ބައިބޯކުރުމުގެ މައްޗަށް ކަމެވެ. މިކަން ބަދަލުވޭތޯ ދިވެހިން ލާމަރުކަޒީ ގޮތުން ވެރިކަން ހިންގުމުގެ ނިޒާމެއް ގާއިމްކުރުމަށް ވެސް މަސައްކަތް ކުރިއެވެ. އެހެނަސް އެކަން އޮތީ މިއަދަށް ވެސް ފައްކާ ނުވެ އެވެ. ދެހާސް އަށާރަ ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ، އިބްރާހިމް މުހައްމަދު ސޯލިހު […]

Thiladhun
ހއ. އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރަނީ 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކުރަނީ

ހއ.އަތޮޅު ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަކުރުމަށް ނިންމައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުންދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ހޮސްޕިޓަލްގެ ބައު އިމާރާތުގެ ފުރާޅު ޓިނު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ ވާ ހޯމަދުވަހުގެ އެކެއް ޖަހާއިރު ހއ އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން މައޫލޫމާތު ސާފްކުރެއްވުމަށް އެ ހޮސްޕ...

އިބްރާހިމް އަސްވާޤް
ދިއްދޫގައި މަގުބައްތި ޖެހުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި މަގުބައްތި ޖެހުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ.ދިއްދޫގައި މަގުބައްތި ޖެހުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހީމް ރަޝީދުއެވެ. ދިއްދޫ ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމްއެވެ. ފަހަކަށް އައިސް ކައުންސިލް ތަކާއި ހޯމްމިނިސްޓްރީއާއި އެކު ތަފާތު އެކި ޕްރޮޖެކްޓް ތަކުގައި ސޮއިކުރަމުންދާކަން ފާހަގަކޮށްލެވެ.      

އިބްރާހިމް އަސްވާޤް
ދިއްދޫގައި ބޭސިކް ސްވިމިންގ ކޯޗިން ކޯހެއް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބޭސިކް ސްވިމިންގ ކޯޗިން ކޯހެއް ފަށައިފި

ހއ. ދިއްދޫގައި ބޭސިކް ސްވިމިންގ ކޯޗިން ކޯހެއް މި މަހުގެ 20 ވަނަ ދުވަހު ފަށައިފިއެވެ. މި ކޯހުގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު މިއީ ސްވިމިންގް އެސޯސިއޭޝަނާއި ދިއްދޫ ކައުންސިލް ގުޅިގެން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމަޔަށް ކުރިޔަށްގެންދާ ކޯހެކެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ އެ އެސޯސިއޭޝަންގެ ކޯޗު އާދަމް މުހައްމަދުއެވެ. މީގެއިތުރުން ށ. ކޮމަންޑޫގައި ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށާފައިވާއިރު މި ކޯހުގައި 40 ފަރާތަކުން ބައިވެރިވެއެވެ. މި ކޯހުގައި އިރުޝާދު ދެއްވަނީ […]

އިބްރާހިމް އަސްވާޤް
މިނިމަމްވޭޖް ކަނޑައެޅުމަށް ގޮވާލާ ދިއްދޫގައި މުޒާހަރާއެއް! 📍 ހއ. ދިއްދޫ

މިނިމަމްވޭޖް ކަނޑައެޅުމަށް ގޮވާލާ ދިއްދޫގައި މުޒާހަރާއެއް!

މިއަދު ހަވީރު ދިއްދޫ ސްޓޭޖު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި އެއްވުން އިންތިޒާމު ކުރީ އެ ރަށުގެ ޒުވާނުންނެވެ. އެއްވުމުގެ ބައިވެރިން ވަނީ އެ މީހުންގެ ގޮވާލުންތައް ލައުޑްސްޕީކަރުން އިއްވައިފައެވެ.

އިބްރާހިމް އަސްވާޤް
ދިއްދޫ އީދު ފުޓުބޯޅަ މުބާރާތް ”ވިހަވެ“ މާރާމާރީއަކަށް! 📍 ހއ. ދިއްދޫ

ދިއްދޫ އީދު ފުޓުބޯޅަ މުބާރާތް ”ވިހަވެ“ މާރާމާރީއަކަށް!

ހއ. ދިއްދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ތަކެއްޗަށް ގެއްލުންދީފިއެވެ. ދިއްދޫގައި މިއަދު މާރާމާރީ ހިންގާފައި ވަނީ، ބޮޑު އީދާއި ދިމާކޮށް އެރަށުގައި ކުރިޔަށްދިޔަ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގެ ތެރެއިންނެވެ. ޢީދާ ދިމާކޮށް ހއ. ދިއްދޫގައި ކުރިޔަށޤ ގެންދިޔަ ފުޓްބޯޅަ މެޗުގައި މިއަދު ހިނގި މި ހަމަނުޖެހުންތަކުގެ ތެރެއިން ދަނޑުގައި ބޭނުންކުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފައެވެ. މި މާރާމާރީ ހިނގާފައިވަނީ މެޗުގެ ދެވަނަ ހާފްގެ ތެރެއިންނެވ...

އަބްދުﷲ ޝަފީޢު