މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
13 އަހަރު ފަހުން ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑު ހުޅުވައިފި 📍 ހއ. ދިއްދޫ

13 އަހަރު ފަހުން ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑު ހުޅުވައިފި

ހއ ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑު 13 އަހަރު ފަހުން މިއަދު ހުޅުވައިފިއެވެ. ރަސްމީކޮން އުތުރު ދަނޑު ހުޅުވާފައިވަނީ މިއަދު 16:15 ގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މިމެޗުގެ ސަރަފްވެރި މެޙްމާންއަކީ ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް އެވެ. މިރަސްމިއްޔާތުގައި ދިއްދޫގެ ގިނަ މުވައްސަސާތަކުގެ އިސްވެރިންނާއި ދިއްދޫގެ ވިޔަފާރިވެރިން އައި އެކިގޮތްގޮތުން އެދަނޑު ތައްޔާރުކުރުމުގައި އެހީތެރިވި ފަރާތްތައް ވަނީ ބައިވެރިވެފައެވެ. މިދަނޑު ހުޅުވުމާއި ގުޅިގެން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހ...

އިބްރާހިމް އަސްވާޤް
ދިއްދޫ ހިމެނޭހެން 7 ރަށެއްގައި އައިސްޕްލާންޓު ތަރައްޤީކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫ ހިމެނޭހެން 7 ރަށެއްގައި އައިސްޕްލާންޓު ތަރައްޤީކުރަނީ

ހއ. ދިއްދޫ ހިމެނޭހެން 7 ރަށެއްގައި މިއަހަރުތެރޭގައި އައިސްޕްލާންޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހާމަކޮށްފިއެވެ. ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ މިހާރު 2 ރަށެއްގައި އައިސް ޕްލާންޓު ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ...

އަލީ އާދިލް
ދިއްދޫގައި ބޭއްވި ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯރޓްސް ކްލަބުން ހޯދައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ބޭއްވި ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިޑްލް ސްޕޯރޓްސް ކްލަބުން ހޯދައިފި

ހއ. ދިއްދޫގައި ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ” ދިއްދޫ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020″ ގެ ޗެމްޕިއަން ކަން ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ހއ. ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލް މެޗް އޮތީ އިއްޔެ ހަވީރު 16:15 ގައި ދިއްދޫ ޔޫތު ސެންޓަރުގައެވެ. މި މެޗްގައި ބައްދަލު ކުރީ މިޑްލް ސްޕޯޓްސް ކްލަބާއި، ހިޔަލަ ޓީމެވެ. މިޑްލް ސްޕޯޓްސް ކްލަބް މި މުބާރާތުގެ ތަށި […]

އަޙްމަދު ވަހީދު
އަސްލު ރަށުގެ މީރު ރަހަގަނޑު "ރަށު ހޮޓާ - ދިއްދޫ" ހުޅުމާލެ އިން 📍 ހއ. ދިއްދޫ

އަސްލު ރަށުގެ މީރު ރަހަގަނޑު "ރަށު ހޮޓާ - ދިއްދޫ" ހުޅުމާލެ އިން

ދިވެހިންގެ ޒަމާންވީ ކެއުންތައް މިއަދުމިވަނީ ދިވެހިންގެ އަތުން ބީވެގެން ގޮސްފައެވެ. އީދު ދުވަހު މެންދުރު ރަށުފުށުގެ ސުފުރާމަތިން ކާލަން ލިބޭ މީރު ކުކުޅު ރިހަ ގަނޑެއް މިޒަމާނުގައި އިންސާފުކޮށްލައް ލިބުމަކީ ނާދިރުކަމެކެވެ. ހުކުރު ދުވަހުގެ ކެއުންތަކަށްވެސް މިވަނީ ނުހަނު ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދިވެހި ކެއުންތަކުގެ ނަމުގައި ބިދޭސީ ކައްކާއިންގެ މާލިމީ ކަމުގައި ހިންގަމުން އަންނަ ކެފޭތަކާއި ހޮޓާތައް މިވަނީ ގިނަވެފައެވެ. ރަށްފުށުގެ ރަހަމީރު ކެއުންތައް، ހާއްސަކޮން ދިއްދޫގެ ޒަމާންވީ ކެއުންތައް ވެރ...

އަލީ އާދިލް
މިޑްލް ސްޕޯޓްސްގެ ފަރާތުން ދިއްދޫ ބަނދަރުގައި 7 ޑަސްބިން ބަހައްޓައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސްގެ ފަރާތުން ދިއްދޫ ބަނދަރުގައި 7 ޑަސްބިން ބަހައްޓައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ޖަމްޢިއްޔާގެ ފަރާތުން އެ ރަށު ބަނދަރުގެ ހަތް ސަރަހައްދެއްގައި ކުނިއެޅުމަށް ޓަކައި ޑަސްބިން ބަހައްޓައިފިއެވެ. އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ހިނގާ 2020 ވަނަ އަހަރު އެ ޖަމްޢިޔާއިން ވާނީ ދިއްދޫގެ ތިމާވެށި ހިމާޔަތް ކުރުމަށް ޕްރޮގުރާމްތަކެއް މިހާރުވެސް ހިންގާފައި ކަމަށާއި، މިގޮތުން މި ހަރަކާތަކީ ވެސް އެ ލިސްޓަށް އިތުރުވެގެން ދިޔަ ކަމެއްކަމުގައެވެ. ޑަސްބިން ބެހެއްޓުމަށް ބަނދަރު ޚީޔާރުކުރެވުނު އެންމެ ބޮޑު އެއް ސަބަބަކީ، ދިއްދޫގެ ބަނދަރު ހިމެނޭ […]

އިބްރާހިމް ޚަލީލް
ހއ. އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

ހއ. އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގުމުން ތިއޭޓަރ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:21 ހާއިރުގައެވެ. އަލިފާން ރޯވެފައިވަނީ ސީލިންގުމަތީގައި އަޅާފައިވާ ކަރަންޓު ވައިރު ތަކުގައެވެ. ފުލުހުންނާއި އާންމުން ވެގެން މި އަލިފާންގަނޑު ނިންވާލާފައިވަނީ ސީލިންގު ހަލާކުކޮށްލައިގެން އަލިފާން ނިއްވާ ފުޅި ބޭނުންކޮށްގެންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަލިފާނުގެ ހާދިސާ ހިނގިއިރު އެތިއޭޓަރުގައި ދި...

އިބްރާހިމް އަސްވާޤް
ހއ. އަތޮޅު ހޮސްޕިޓަލުގެ ދިވެހި ނަރުހުން ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފި 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލުގެ ދިވެހި ނަރުހުން ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރަށްވާ ދިވެހި ނަރުހުން، ހއ. ދިއްދޫ މިސްކިތްތަކަށް އަތްދޮންނަ ފުޅި ހަދިޔާ ކޮށްފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަށްވާ ދިވެހި ނަރުހުންގެ ފަރާތުން ދިއްދޫ މިސްކިތްތަކުގައި ބޭނުން ކުރުމަށް އަތްދޮންނަ ފުޅި ހަދިޔާކޮށްފައިވާ ކަމަށެވެ. މި ތަކެތި ހަދިޔާ ކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ދިއްދޫ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައިއެވެ. މިބައްދަލުވުމުގައި ހއ. އަތޮޅު ހޮސްޕިޓަލް ތަމްސީލުކުރާ ދިވެހި ނަރުހުން ވަނީ ބައިވެރިވެ، މިތަކ...

ޔުމްނާ ޢަލީ
ދިއްދޫ ހުޅަނގު ފަރާތާއި ރަށުގެ މެދުތެރެއިން 200 ފޫޓަށް ވުރެ ބޮޑު ބައެއް ގިރާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ހުޅަނގު ފަރާތާއި ރަށުގެ މެދުތެރެއިން 200 ފޫޓަށް ވުރެ ބޮޑު ބައެއް ގިރާލައިފި

ދިއްދޫ ހުޅަނގު ފަރާތާއި ރަށުގެ މެދުތެރެއިން 200 ފޫޓަށް ވުރެ ބޮޑު ބައެއް ގިރާލައިފިކަމަށް ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ ޢަބްދުﷲ ވަޙީދު ހާމަކޮށްފިއެވެ. އާދަޔާއި ޚިލާފަށް ދިއްދޫ ގިރަމުންދާތީ ކަންބޮޑުވުން ފާޅުކޮށް މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މީހުން އުޅޭ ގެތަކާ ހަމައަށް ރާޅުތައް ފޯރަމުންދާ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ. މި މައްސަލައަށް ޙައްލެއް ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރަމުން ވަޙީދު ބުނެފައިވަނީ 11 ޖޫން 2020 ގައި...

ޔުމްނާ ޢަލީ
ކޭޑީ އެންޓަޕްރައިސަސްގެ ފަރާތުން ދިއްދޫ ރައްޔިތުންނަށް ފޮގު ކުރާ މެޝިންއެއް! 📍 ހއ. ދިއްދޫ

ކޭޑީ އެންޓަޕްރައިސަސްގެ ފަރާތުން ދިއްދޫ ރައްޔިތުންނަށް ފޮގު ކުރާ މެޝިންއެއް!

ކޭޑީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. ދިއްދޫ ރައްޔިތުންނަށް ފޮގު ކުރާ މެޝިންއެއް ހަދިޔާކޮށްފިއެވެ. މިއަދު ދިއްދޫ ކައުންސިލްގައި ކުރިއަށްދިޔަ މިރަސްމިއްޔާތު އޮތީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. ކޭޑީ އެންޓަޕްރައިސަސްގެ ފަރާތުން ދިއްދޫ ކައުންސިލްއާއި މިމެޝިން ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މާހިރު މަޖީދު (ކޭޑީ) އެވެ. މިއެހީތެރިކަމާއި ގުޅޭ މަޢުލޫމާތު ތިލަދުންއަށް ހިއްސާކުރަމުން ކޭޑީ ހާމަކުރިގޮތުގައި މިއީ ދިއްދޫ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހަދިޔ...

އަލީ އާދިލް
މަސައްކަތްތެރިންނަށް ހައްޤު މިންވަރު ހޯދައިދިނުމަށް ގޮވާލާ ދިއްދޫގައި މުޒާހަރާކޮށްފި 📍 ހއ. ދިއްދޫ

މަސައްކަތްތެރިންނަށް ހައްޤު މިންވަރު ހޯދައިދިނުމަށް ގޮވާލާ ދިއްދޫގައި މުޒާހަރާކޮށްފި

މަސައްކަތްތެރިންނަށް ކުރާ އަނިޔާ ހުއްޓާލާ މިނިމަމްވޭޖް އަވަސްކުރުމަށް ގޮވާލާ ހއ. ދިއްދޫގައި މުޒާހަރާކޮށްފި އެވެ. ދިއްދޫ ފުލެޓް ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ދިއްދޫގެ ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ. ރިސޯޓު ތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޒުވާނުން ދިއްދޫގައި އުޅެމުންއަންނައިރު ދިއްދޫގެ ގިނަ އަދަދެއްގެ މުވައްޒަފުން ރިސޯޓުތަކުން ކަނޑާލާލަމުން އަންނާތީ ދިއްދޫ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދިއްދޫގައި ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ޒުވާނުން...

އިބްރާހިމް އަސްވާޤް
ދިއްދޫ ބަންޑާރަވިތާ 90 އަހަރު! 📍 ހއ. ދިއްދޫ

ދިއްދޫ ބަންޑާރަވިތާ 90 އަހަރު!

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ބަންޑާރަވީ ހިޖުރައިން 1351 ވަނަ އަހަރު ޝައްވާލް މަހުން 20 ވަނަ ދުވަހުއެވެ. އެއީ އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި، އެއިރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެވުނު ޚާއްސަ ޤާނޫނަކުންނެވެ. މިގޮތުން ދިއްދޫ ބަންޑާރަކުރުމާމެދު އެއިރުގެ ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާ ހިސާބަށް ކަންތައްދިޔައީ، ދިއްދޫ ރައްޔިތުންނާއި އޭރުގައި ވަރުވާއަށް ދިއްދޫ ދީފައިވާ އުތީމު ރައްޔިތުންނާ ދެމެދު ހިނގަމުންއައި އަރައިރުންތަކަށް ދާއި...

ނައްޝާމް ނަސީރު
ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި 📍 ހއ. ދިއްދޫ

ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުންއަންނަ ގިނައަދަދެއްގެ ޒުވާނުން ރިސޯޓުތަކުން ވަކިކުރަމުން ދާތީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރިސޯޓްތަކުން، އެތަންތަނުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ދިއްދޫ ކައުންސިލުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް -19 ގެ ބަލިމަޑު ކަމުގެ ސަބަބުން، ޢާއްމު...

އަލީ އާދިލް
ދިއްދޫ ޒުވާނުން ނުކުމެ ހުއްޓުވި ބޯޅަދަނޑުގެ މަސައްކަތް އަލުން ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ޒުވާނުން ނުކުމެ ހުއްޓުވި ބޯޅަދަނޑުގެ މަސައްކަތް އަލުން ފަށައިފި

ހއ ދިއްދޫގައި ޒުވާނުންތަކެއް ނުކުމެ ހުއްޓުވި ދިއްދޫ ބޯޅަދަނޑުގެ ޓާފް ސަބްބޭސް  މަސައްކަތް އަލުން ފަށައިފިއެވެ. ހއ. ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދުު ހާސިމް ” ތިލަދުން ” އަށް ބުނީ ކަންބޮޑުވުން ހުރި ކަންތައްތައް  އިސްލާހުކޮށް މަސައްކަރް މިހާރު ފަށާފައިވާ ކަމަށާއި މި ކަމުގައި ޔޫތް މިނިސްޓަރާއި މަސްވަރާކޮށްފައި ވާކަމަށް އޭނާ ބުންޏެއެވެ. ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ޓާފްގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިއްދޫ ޒުވާނުން ނިކުމެ ދަނޑުގައި  ކުރަމުންދާ […]

އަލީ އިބްރާހިމް
ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން، ލޭހަދިޔާ ކުރާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ދީފި 📍 ހއ. ދިއްދޫ

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން، ލޭހަދިޔާ ކުރާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ދީފި

ހއ. އަތޮޅު ހޮސްޕިޓަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން 1 އަހަރު ދުވަހަށް ޖޫސް ޕެކެޓް ސްޕޮންސަރ ކޮށްފި އެވެ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން މއިަދު ބުނެފައިވަނީ ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ދޭ ޖޫސް ޕެކެޓް ސްޕޮންސާރ ކުރިކަމުގެ ލިޔުން ހއ. އަތޮޅު ހޮސްޕިޓަލް އަށް ހަވާލުކޮށްފައިވާނެކަމަށެވެ. އެ ކުލަބުގެ ރައީސް ނަޝްވާން އިބްރާހިމް މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ލޭ ހަދިޔާ ކުރާ […]

އިބްރާހިމް އަސްވާޤް
ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ޒުވާނުންގެ ޚިޔާލު، އެމްޕީ ވަހީދު ހޯއްދަވައިފި 📍 ހއ. ދިއްދޫ

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ޒުވާނުންގެ ޚިޔާލު، އެމްޕީ ވަހީދު ހޯއްދަވައިފި

ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫ ދާއިރާ ގެ މެންބަރ ޢަބްދުﷲ ވަޙީދު ހއ. ދިއްދޫގެ ބައެއް ޒުވާނުންގެ ޚިޔާލު ހޯއްދަވައިފިއެވެ. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމާ ބެހޭ ބިލާއި އެ ބިލަށް ހުށަހެޅިފައިވާ އިޞްލާޙުތަކާ ބެހޭ ގޮތުން ދިއްދޫގެ ބައެއް ޒުވާނުންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާއެކު ރޭ އަބްދުﷲ ވަހީދުވަނީ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިން ބައްދަލުކުއްރަވާފައެވެ. މި ބައްދަލު ކުރެއްވުމާއި ބެހޭގޮތުން ވަހީދު […]

އިބްރާހިމް އަސްވާޤް