ކޭޑީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. ދިއްދޫ ރައްޔިތުންނަށް ފޮގު ކުރާ މެޝިންއެއް ހަދިޔާކޮށްފިއެވެ.

މިއަދު ދިއްދޫ ކައުންސިލްގައި ކުރިއަށްދިޔަ މިރަސްމިއްޔާތު އޮތީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. ކޭޑީ އެންޓަޕްރައިސަސްގެ ފަރާތުން ދިއްދޫ ކައުންސިލްއާއި މިމެޝިން ހަވާލުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މާހިރު މަޖީދު (ކޭޑީ) އެވެ.

Ad
rt

މިއެހީތެރިކަމާއި ގުޅޭ މަޢުލޫމާތު ތިލަދުންއަށް ހިއްސާކުރަމުން ކޭޑީ ހާމަކުރިގޮތުގައި މިއީ ދިއްދޫ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހަދިޔާކުރި ފޮގް މެޝިންކެވެ. 26 ހާސްރުފިޔާގެ މި އަގު ހުރި މެޝިނާއިއެކު 5 އަހަރު ދުވަހު ބޭނުން ކުރާނެ ކެމިކަލް ފަދަ ތަކެތިވެސް ވަނީ ދިއްދޫ ކައުންސިލާއި ހަވާލުކޮށްފައެވެ.

ދިއްދޫ ކައުންސިލްގެ ފަރާތުންވަނީ ދިއްދޫ ރައްޔިތުންގެ ނަމުގައި ކޭޑީ އެންޓަޕްރައިސަސް އަށް ޝުކުރުއަދާކޮށްފައެވެ.

މިއެހީތެރިކަމާއި ގުޅިގެން ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ ވަހީދު ބުނެފައިވަނީ ޢާންމު ފަރުދުންނާއި، ވިޔަފާރިވެރިން އަދި ޖަމްޢިއްޔާ/ޖަމާޢަތްތަކުން ދިއްދޫގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ވެދެއްވާ އެހީތެރިކަމަކީ ރަށަށް ނުހަނު މުހިންމު އިޖްތިމާޢީ ޚިދުމަތްތަކެއް ކަމުގައެވެ. އަދި ރަށުގެ ކުރިއެރުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެއިން ރަނގަޅު އަސަރުތަކެއް ކުރާނެކަމީ ޝައްކު ހިނގާ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. ކޭޑީ އެންޓަޕްރައިސަސްގެ ފަރާތުން ދިއްދޫ ރައްޔިތުންނަށް މިއަދު ވެދެއްވި އެހީތެރިކަމަށްޓަކައި، ހިތުގެ ފުންމިނުން އެ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށް ބުނެފައިވެއެވެ.

ކޭޑީ އެންޓަޕްރައިސަސްއަކީ ދިއްދޫގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރާތެކެވެ. މާލޭގެ އިތުން ހއ އަތޮޅުގެ ރަށްރަށުގައިވެސް ކޭޑީއިން އަންނަނީ ވިޔަފާރިކުރަމުންނެވެ. އެގޮތުން ތިމެންތިއާއި ހިލަވެލީގެ އިތުރުން ގޭސް ވިއްކުމުގެ ވިޔަފާރި ވެސް އަންނަނީ ކުރަމުންނެވެ. ރިސޯޓު ސަޕްލައިގެ އިތުރުން ލޮޖިސްޓިކް އަދި ހެވީ ވެހިކަލްގެ ހިދުމަތް ދިނުމުގައި އެއީ ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.