މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫގައި އަންނަ އަހަރު ޖޫނިއަރ ކޮލެޖެއް 📍 ހއ. ދިއްދޫ

ދިއްދޫގައި އަންނަ އަހަރު ޖޫނިއަރ ކޮލެޖެއް

ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ. މިގޮތުން ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވަނީ 320،000 ރުފިޔާ ހިމަނާފަ އެވެ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރަން ހިމަނާފައިވާއިރު، ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއަރ ކޮލެޖު ގާއިމުކުރުމަށާއި، ގައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް އަންނަ އަހަރަށް ލަފާކުރ...

ޝިއުނާ އާދަމް
ދިއްދޫ އައު އިންޖީނު ގޭގެ ބިންގާ އަޅައިފި 📍 ހއ. ދިއްދޫ

ދިއްދޫ އައު އިންޖީނު ގޭގެ ބިންގާ އަޅައިފި

ހއ. ދިއްދޫގައި އިމާރާތް ކުރާ އައު އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފި އެވެ. މި ބިންގާ އަޅާފައިވަނީ  މިކަމަށް ހާއްސަ ކޮށްގެން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އަދި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު އެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން […]

ޔުމްނާ ޢަލީ
ހއ. އޭއީސީ އަންހެން ބެލެނިވެރިން: 14000 ގާ އުފުލައި ތަޢުލީމަށް އޮތް ލޯބި ދައްކުވައިދީފި 📍 ހއ. ދިއްދޫ

ހއ. އޭއީސީ އަންހެން ބެލެނިވެރިން: 14000 ގާ އުފުލައި ތަޢުލީމަށް އޮތް ލޯބި ދައްކުވައިދީފި

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ވޯކްވޭ ހެދުމަށް ބޭނުންވާ ގަލުގެ ތެރެއިން 14 ހާހަށްވުރެ ގިނަ ގާ އެ ސްކޫލަށް އުފުލުމުގައި އެ ސްކޫލްގެ އަނެހެން ބެލެނިވެރިން ނަމޫނާ މަސައްކަތެއްކޮށް، ގަދަ ހިތްވަރެއް ދައްކުވައި ދީފިއެވެ. އިއްޔެ ހެނދުނު ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް މި ގާތައް އުފުލާފައިވަނީ ދިއްދޫގައި އެގާތަށް އަޅާފައި ހުރި ސަރަޙައްދުން ޕިކަޕް ތަކުގަ އެވެ. މި މަސައްކަތުގައި ބައިވެރިވި ބެލެނިވެރިންގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ […]

ޝިއުނާ އާދަމް
ދިއްދޫ ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް ޒީނޯއަށް 📍 ހއ. ދިއްދޫ

ދިއްދޫ ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް ޒީނޯއަށް

ހއ.ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން “ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020” ނަމުގައި ކުރިއަށް ގެންދިޔަ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް ޒީނޯއިން ހޯދައިފިއެވެ. 31 އޮކްޓޯބަރ 2020 ހޮނިހިރު ދުވަހު ހަވީރު ދިއްދޫ ޔޫތު ސެންޓަރުގެ ވޮލީކޯޓުގައި ކުރިއަށްދިޔަ ފައިނަލް މެޗު ބްލެކް ޒީނޯއިން ކާމިޔާބު ކޮށްފައިވަނީ ޓީމް ބީއެކްސް ސްޕޯޓްސްއާއި ވާދަކޮށް ފޯރިގަދަ ވާދަވެރި ކުޅުމަކަށް ފަހު ތިންސެޓް ދެ ސެޓުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓް ބީއެކްސް […]

އިބްރާހިމް ޚަލީލް
ދިއްދޫ އެކުވެރިކަމުގެ ޗޭނުން ޢަރަބި ބަސް ދަސްކޮށްދޭ ކުލާސްތަކެއް ބާއްވަނީ 📍 ހއ. ދިއްދޫ

ދިއްދޫ އެކުވެރިކަމުގެ ޗޭނުން ޢަރަބި ބަސް ދަސްކޮށްދޭ ކުލާސްތަކެއް ބާއްވަނީ

ހއ.ދިއްދޫގެ ޖަމުޢިއްޔާއެއް ކަމަށްވާ “ދިއްދޫ އެކުވެރިކަމުގެ ޗޭނު” ގެ ފަރާތުން މި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ޢަރަބި ބަސް ދަސްކޮށްދޭ ކުލާސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ. ްއެޖަމިއްޔާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި ކުލާސްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ޢަރަބި ބަހުންނާއި އިނގިރޭސި ބަހުންކަމަށެވެ. އަދި މި ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސްކޫލް ކުދިންނާއި ބޮޑެތި މީހުންނަށް ވަކިންކަމަށެވެ. މިއިން ކޮންމެ ކުލާހަކުންވެސް ޖާގަ ދިނުމަށް ހަމަޖެހ...

މުޙައްމަދު އިނާން
ނެކްސްޓް ބައި ވޮލީ މުބާރާތުގެ ފައިނަލަށް، ބްލެކް ޒީނޯ އަދި ބީއެކްސް ސްޕޯޓްސް 📍 ހއ. ދިއްދޫ

ނެކްސްޓް ބައި ވޮލީ މުބާރާތުގެ ފައިނަލަށް، ބްލެކް ޒީނޯ އަދި ބީއެކްސް ސްޕޯޓްސް

ހއ.ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން “ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020” ނަމުގައި ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ބްލެކް ޒީނޯ އަދި ބީއެކްސް ސްޕޯޓްސް ދަތުރު ކޮށްފިއެވެ. 27 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހު ކުޅުން މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލު ކޮށްފައިވަނީ ބްލެކް ޒީނޯ އާއި ބީއެކްސް ސްޕޯޓްސްއެއެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށް، މުބާރާތުގެ ފައިނަލުގެ […]

އިބްރާހިމް ޚަލީލް
ދިއްދޫގެ ބިމުގެ ދަފްތަރު އަދާހަމަ ކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގެ ބިމުގެ ދަފްތަރު އަދާހަމަ ކުރުމުގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫގައި ޢިމާރާތް ކޮށް ނިމިފައިވާ250 ހައުސިންގް ޔުނިޓު ރަޖިސްޓްރީ ހެދުމާއި، ބިމުގެ ދަފްތަރު އަދާ ހަމަ ކުރުމުގެ މަސައްކަތް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން ފަށައިފިއެވެ. ދިއްދޫ ކައުންސިލުން ޢާންމު ކުރި އިޢުލާނުގައިވާ ގޮތުން، އެ ރަށުގައި ޢިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގް ޔުނިޓްގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރި135 ހައުސިންގް ޔުނިޓާއި، ދެވަނަ ބުރުގައި ދޫކުރި110 ހައުސިންގް ޔުނިޓްގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތާއި، ބިމުގެ ދަފްތަރު އަދާ ހަމަކުރުމުގެ މަސައްކަތް ދަނީ ކުރުމަށް މަ...

މުޙައްމަދު މާއިލް ހަސަން
ދިއްދޫ ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމުތައް ދަތުރުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމުތައް ދަތުރުކޮށްފި

ހއ. ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން “ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020” ނަމުގައި ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމުތަށް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗު 26 އޮކްޓޯބަރ 2020 ވީ ހޯމަދު ދުވަހު 16:15 ގައި ދިއްދޫ ޔޫތުސެންޓަރުގެ ވޮލީ ކޯޓުގައި ކުޅެފައިވާއިރު މި މެޗުގައި ބައްދަލު ކޮށްފައިވަނީ ބީ އެކްސް ސްޕޯޓްސް އާއި ޓީމް ނެކްސްޓް ބައިއެވެ. މި މެޗު ސީދާ ތިން ސްޓުން […]

އިބްރާހިމް ޚަލީލް
ދިއްދޫއިން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫއިން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ

ހއ. ދިއްދޫގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް އެ ބަލިން ރަނގަޅުވެއްޖެއެވެ. ދިއްދޫގައި ބަލިޖެހިފައިވާ ފަރާތްތައް ރަނގަޅުވެފައިވާ ކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ޕޮޒިޓިވްވެފައިވާ ހުރިހާ ފަރާތްތަކެއް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، އެ ރަށުގައި ކޯވިޑް-19 ބަލި ޖެހިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތްކަމަށް ވިދާޅުވެ އެ ކައުންސިލް އިދާރާއިން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ. މި ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވާ ގޮތުގ...

މުޙައްމަދު މާއިލް ހަސަން

އިބްރާހިމްބެ އަކީ ދިއްދޫގެ ތަރައްޤީއަށް ޚިދުމަތް ކުރެއްވި ހަރުދަނާ މުރުޝިދެއް!

ހއ.ދިއްދޫ އިރަމާގޭ އަލްމަރްޙޫމު އިބްރާހީމް ޤާސިމް (އިބްރާހިމްބެ) އަކީ ނަމޫނާ ޝަޚްޞިއްޔަތެކެވެ. މަދުން ނޫނީ ނުފެންނަފަދަ ލީޑަރެކެވެ. ކަންކަމުގައި ” ނޫން” ” ނުވާނެ” “ނުކުރެވޭނެ” ފަދަ ބަސްބަހަކީ “އިބްރާހީމްބެގެ ބަސްކޮށާރު”ގައި ހުންނަ ބަސްބަހެއް ނޫނެވެ. “އެވޭލާ ދިއްދޫ”ގައި އިބްރާހީމްބެއާ ބެހޭގޮތުން ޖެހި ޕޯސްޓަކާ ގުޅިގެން ކޮމެންޓު ކުރެއްވި ދިއްދޫގެ އެކިއެކި ޢިއްޒަތްތެރިން ކުރައްވާފައިވާ ކޮމެންޓުތަކުން ވެސް އިބްރާހިމްބޭގެ ލީޑަރޝިޕްގެ ކޮލިިޓީ ހާމަވެގެން ދެއެވެ. “ރަށް ކުރިއަރުވާ ކޮމިޓީގެ ދުވަސްވަރު ވަރަ...

އަބްދުﷲ ނަޢީމް
ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެ

ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެ

ހއ. ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެ އެވެ. މިއަދު ހަވީރު 16:00 ހާއިރު ދިއްދޫގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 2 ސައިކަލް ދުއްވަންއިން 2 ޒުވާނުންނަށްވެސް އެކިވަރުގެ އަނިޔާލިބިގެން ހޮސްޕިޓަލްއަށް ވަނީ ގެންދެވިފަ އެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ އެކްސިޓެންޑްގައި އަނިޔާވެގެން މިއަދު އެ ހޮސްޕިޓަލަށް ދެމީހަކު ގެނެސްފައިވާކަމަށާއި އެތަނުން އެކަކު މިހާރު ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި ޒ...

އަލީ އާދިލް
ދިއްދޫއިން އިތުރު ޕޮޒިޓިވް ކޭސްއެއް، މިފަހަރު ފުލުހެއްގެ އަންހެނުން 📍 ހއ. ދިއްދޫ

ދިއްދޫއިން އިތުރު ޕޮޒިޓިވް ކޭސްއެއް، މިފަހަރު ފުލުހެއްގެ އަންހެނުން

މިމަހުގެ 7 ވަނަ ދުވަހު ދިއްދޫއިން ކޯވިޑްއަށް ޕޮޒިޓިވްވީ 3 ފުލުހުންގެތެރެއިން ފުލުހެއްގެ އަންހެނުން ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ މިއަދު ނަތީޖާ ލިބުނު 5 ސާމްޕަލްގެ ތެރެއިން ޕޮލިސް ކުލަސްޓަރ އާއި ގުޅޭ ސާންޕަލް އެއް ޕޮޒިޓިވް ވެފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ 27 އަހަރުގެ އަންހެނެކެވެ. https://www.facebook.com/1550171861962798/posts/2654782748168365/?extid=0&d=n   އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން އިއްޔެ ހެނދުނާއި...

ޔުމްނާ ޢަލީ
ދުނިޔޭގެ ޕޯސްޓް ދުވަހާ ގުޅިގެން ދިއްދޫ ރައްޔިތުންގެ ޝުޢޫރުތައް އޮއްސާލައިފި 📍 ހއ. ދިއްދޫ

ދުނިޔޭގެ ޕޯސްޓް ދުވަހާ ގުޅިގެން ދިއްދޫ ރައްޔިތުންގެ ޝުޢޫރުތައް އޮއްސާލައިފި

ދުނިޔޭގެ ޕޯސްޓްގެ ދުވަހާ ގުޅިގެން، ދިއްދޫގައި ޕޯސްޓްގެ ޚިދުމަތަށް އެދި ދިއްދޫ ރައްޔިތުންގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި މިއަދު އޮއްސާލައިފިއެވެ. ދިއްދޫގައި ދާދި ފަހުން ޙަރަކާތްތެރިވާން ފަށާފައިވާ ޖަމާޢަތެއް ކަމުގައިވާ “ދިއްދޫ ރައްޔިތުންގެ އަޑު” ގެ ފަރާތުން އިސްނަގައިގެން، މިއަދު ހެނދުނުއްސުރެ ފޭސްބުކްގައާއި ޓުވިޓަރގައި، ދިއްދޫ ރައްޔިތުންގެ ފޮޓޯއާއެކު ޕޯސްޓްގެ ޚިދުމަތަށް އެދޭކަމުގެ މެސެޖްތައް ދަނީ ޕޯސްޓްކުރަމުންނެވެ. އެ ގޮތުން ދިއްދޫގެ ޒުވާނުންނާއި، ވިޔަފާރިވެރިންނާއި، ރިސޯޓްތަކުގައި މަސައްކަތްކު...

ތިލަދުން
ދިއްދޫ ޕޮލިސް ކްލަސްޓާ: ހައިރިސްކް 5 ސާމްޕަލް، 16 މީހުން އެކަހެރި ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ޕޮލިސް ކްލަސްޓާ: ހައިރިސްކް 5 ސާމްޕަލް، 16 މީހުން އެކަހެރި ކޮށްފި

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، ދިއްދޫ ޕޮލިސް ކްލަސްޓާގައި ހިމެނެނީ ހައިރިސްކް 5 މީހުން ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ. ދިއްދޫގައި ހުންނަ ހއ. ހޮސްޕިޓަލުން ރޭ ބުނީ ދިއްދޫ ޕޮލިސް ކްލަސްޓާގައި ހިމެނޭ ހައިރިސްކް 5 މީހުންގެ ސާމްޕަލްތައް ނެގިފައިވާ ކަމަށެވެ. އަދި އެރަށުން އެ ކްލާސްޓާއާއި ގުޅުން ހުރި 16 މީހެއް މިހާރު އެކަހެރި ކުރެވިފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. މިމަހުގެ […]

ޔުމްނާ ޢަލީ
ދިއްދޫއިން ފުލުހުންތަކެއް ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫއިން ފުލުހުންތަކެއް ޕޮޒިޓިވް ވެއްޖެ

ހއ.ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއް ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫއިން ޕޮޒިޓިވް ވެފައިވަނީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ 3 ފުލުހެކެވެ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑް19 އަށް ޕޮޒިޓީވްވުމާއި ގުޅިގެން އެރަށުން އިއްޔެ ނެގި ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. މިއަދު އެރަށުން ވަނީ 23 ސާމްޕަލް އެއް ނަގާފަ އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އަދި ހުރިހާ ސާންޕަލެއްގެ ނަތީޖާ ލިބިފައެއް ނުވެއެވެ. މިކޭސް […]

އަލީ އާދިލް