މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫ ޕޮލިހާއި މުރައިދޫ ޕޮލިހުގެ އެހީތެރިކަމާއެކު މުރައިދޫ މޮނިޔުމަންޓްގެ މަރާމާތުކުރުމުގެ މަސައްކަތްފަށައިފި 📍 ހއ. މުރައިދޫ

ދިއްދޫ ޕޮލިހާއި މުރައިދޫ ޕޮލިހުގެ އެހީތެރިކަމާއެކު މުރައިދޫ މޮނިޔުމަންޓްގެ މަރާމާތުކުރުމުގެ މަސައްކަތްފަށައިފި

ހއ.މުރައިދޫގައި ޤާއިމްކޮއްފައި ހުންނަ މޮނިޔުމަންޓް މަރާމާތުކޮށް، ޒީނަތްތެރިކުރުމުގެ މަސައްކަތް، އެ އަތޮޅު ދިއްދޫ ޕޮލިހާއި އެ ރަށު ޕޮލިސްގެ އެހީތެރިކަމާއެކު، ކުރިއަށް ގެންދަން ފަށައިފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ މި މަސައްކަތަކީ، “މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް”އާ ގުޅިގެން ރަށުތެރެ ރީތި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށެވެ. 16 ނޮވެމްބަރ 2025ގައި ބެހެއްޓިފައިވާ މި މޮނިޔުމަންޓްގެ މަރާމާތުގެ މަ...

ފާތިމަތު ސަޙާ
މުޖުތަމައުގެ އިސްކަންދޭ ކަންކަން އަމަލީ މަސައްކަތަށް ބަދަލުކުރުމަށް ޑަބްލިއުޑީސީތަކަށް ޚާއްސަ ވެބިނާއެއް 📍 ހއ. ދިއްދޫ

މުޖުތަމައުގެ އިސްކަންދޭ ކަންކަން އަމަލީ މަސައްކަތަށް ބަދަލުކުރުމަށް ޑަބްލިއުޑީސީތަކަށް ޚާއްސަ ވެބިނާއެއް

މުޖުތަމައުގެ އިސްކަންދޭ ކަންކަން އަމަލީ މަސައްކަތަށް ބަދަލުކުރުމަށްޓަކައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއު.ޑީ.ސީ) ޚާއްސަކޮށްގެން ބާއްވާ ވެބިނާއެއްގައި ބައިވެރިވުމަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ވެބިނާއަކީ “މުޖުތަމައުގެ ބޭނުންތަކުން އަމަލީ ނަތީޖާއަށް” މި ޝިއާރުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ވެބިނާއަކީ ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާ އާއި ހައިވް ޑިޖިޓަލް ސެންޓަރު ގުޅިގެން، ޑަބްލިއު.ޑީ.ސީ ތަކަށް ބޭއްވުމަށް ނިންމާފައި...

ޔުމްނާ ޢަލީ
176 ދަރިވަރުންނާއެކު ދިއްދޫގައި ނަމާދުވޯކްޝޮޕް 📍 ހއ. ދިއްދޫ

176 ދަރިވަރުންނާއެކު ދިއްދޫގައި ނަމާދުވޯކްޝޮޕް

ހއ.ދިއްދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ނަމާދުވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ބުނިގޮތުގައި މި ނަމާދު ވޯކްޝޮޕަކީ އެ ކޮމެޓީއާއި ދިއްދޫ ކައުންސިލް ގުޅިގެން ރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ޖުމްލަ 176 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެ ކޮމެޓީން މައުލޫމާތުދެއެވެ. މި ނަމާދު ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ އިސްލާމިކް ލައިފް ކޯޗިންގެ ސީއީއޯ އައްޝައިޚް މުޙައްމަދު އަފްޒަލްއެވެ. މި ވޯ...

ފާތިމަތު ސަޙާ
ބީއެމްއެލްގެ ފަންޑުގެ އެހީ ދިއްދޫ ކުރިމަގާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އަދި ކަނޑިތީމު ބްލޫ ގިލްޑް އަށް 📍 ހއ. ދިއްދޫ

ބީއެމްއެލްގެ ފަންޑުގެ އެހީ ދިއްދޫ ކުރިމަގާއި ފުނަދޫ ޔުނިޓީ ސްޕޯޓްސް އަދި ކަނޑިތީމު ބްލޫ ގިލްޑް އަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑު މެދުވެރިކޮށް މި އަހަރު ހިލޭ އެހީ ލިބޭ ފަސް މަޝްރޫޢުގެ ތެރޭގައި ހއ. ދިއްދޫ ކުރިމަގު ޖަމްޢިއްޔާއާއި، ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީގެ އިތުރުން ށ. ކަނޑިތީމު ބްލޫ ގިލްޑް ފައުންޑޭޝަނުން ހުށަހެޅި މަޝްރޫޢުތައް ހިމެނިއްޖެއެވެ. ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ފަންޑުން މިއަހަރު އެހީ ލިބޭ މަޝްރޫޢުތައް ބުރާސްފަތި ދުވަހު އިޢުލާންކޮށްފައެވެ. ބީއެމްއެލް ފަންޑުގެ އެހީގައި ދިއްދޫ ކުރިމަގު ޖަމްޢިއްޔާއިން ހއ. ދިއްދޫގައި ‘ހައިވް’ […]

ޔުމްނާ ޢަލީ
ދިއްދޫ ކައުންސިލްގެ ލޯގޯ، ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކޮށްގެން 15000ރ. 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލްގެ ލޯގޯ، ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކޮށްގެން 15000ރ.

ހއ.ދިއްދޫ ކައުންސިލް އިދާރާގެ ލޯގޯ،ދިދަ އަދި ޓީޝާޓް ކިޓް ފަރުމާކުރުމުގެ ފުރުސަތު އެ ކައުންސިލުން ހުޅުވާލައިއެވެ. އެ ފުރުސަތު ހުޅުވާލައި ދިއްދޫ ކައުންސިލުން ކުރި ޢިއުލާނުގައި ވާގޮތުން މިކަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މުބާރާތެއްގެ ސިފައިގައެވެ. މި މުބާރާތަށް ހުށަހެޅޭ ޑިޒައިންތަކުގެތެރެއިން އެއްވަނައަށް ހޮވޭ ޑިޒައިނަކަށް، ފައިސާގެ އިނާމުގެ ގޮތުގައި 15000.00 ރުފިޔާ ދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. ދިއްދޫ ކައުންސިލުން ބުނާ ގޮތުގައި މި މުބާރާތުގެ މަޤްޞަދަކީ ހއ. ދިއްދޫ ކައުންސިލުން ބ...

ފާތިމަތު ސަޙާ
ދިއްދޫ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު ހަތަރެއްގައި، ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ހޭންޑްބޯޅަ މުބާރާތް ސެޕްޓެމްބަރު ހަތަރެއްގައި، ބައިވެރިވާން ހުޅުވާލައިފި

ހއ. ދިއްދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ދިއްދޫގެ އަންހެން ބޭފުޅުންނަށް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ “ހއ.ދިއްދޫ ހޭންޑްބޯޅަ މުބާރާތް 2026” ގައި  ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ހަމައެކަނި ދިއްދޫގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިފައިވާ މި މުބާރާތުގެ މަޤްޞަދަކީ ދިއްދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހި ކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމެވެ. މި މުބާރާތަށް...

ފާތިމަތު ސަޙާ
ދިއްދޫ ކައުންސިލަރުން ވެސް ބައިވެރިވި ޖަނާޒާ ޕްރޮގްރާމެއް 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލަރުން ވެސް ބައިވެރިވި ޖަނާޒާ ޕްރޮގްރާމެއް

ހއ ދިއްދޫ ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމަށް ޖަނާޒާ ޕްރޮގްރާމެއް ބާއްވައިފިއެވެ. ދިއްދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި، އަދި އެރަށު ކީރިތި ގުރުޢާނާއި ބެހޭ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ދިއްދޫ ކައުންސިލުން ބުނީ މި ޕްރޮގްރާމްގައި އެރަށުގެ ކައުންސިލަރުން ގެ އިތުރުން އެކި އުމުރުފުރާގެ ބޭފުޅުން ބައިވެރި ވެފައިވާކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 6 އިން 8 އަށް ދެ ދުވަހުގެ […]

ފާތިމަތު ސަޙާ
ކުރިމަގު ޖަމިއްޔާގެ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް 📍 ހއ. ދިއްދޫ

ކުރިމަގު ޖަމިއްޔާގެ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް

ހއ. ދިއްދޫއަށް ނިސްބަތްވާ ކުރިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ “ޕްލާސްޓިކާ ނުލައި” ކެމްޕޭނުގެ ދަށުން، ފެން އަޅާ ބިއްލޫރިފުޅި ހަދިޔާކުރުމުގެ ޕްރޮގްރާމަށް އެދި ނަން ނޯޓުކުރުމުގެ އައު ފުރުސަތެއް މިއަދު ހުޅުވާލައިފިއެވެ. މި ކެމްޕޭނަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އާދަތަކަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ސްކޫލްތަކަށާއި ސަރުކާރުގެ އޮފީސްތަކަށް އަލުން ބޭނުންކުރެވޭ “ވޮސް” (VOSS) ބ...

ފާތިމަތު ސަޙާ
އެމްޑީޕީން ދިއްދޫގައި 18 މިލިއަނަށް އެޅޭނެ އިންޖީނުގެއަކަށް 64 މިލިއަން ޚަރަދުކުރި، ދެބައިކުޅަ އެއްބައިވެސް ނުނިމޭ: ލަތީފް

އެމްޑީޕީން ދިއްދޫގައި 18 މިލިއަނަށް އެޅޭނެ އިންޖީނުގެއަކަށް 64 މިލިއަން ޚަރަދުކުރި، ދެބައިކުޅަ އެއްބައިވެސް ނުނިމޭ: ލަތީފް

ނިމުނު އެމްޑީޕީގެ ސަރުކާރުން ހއ. ދިއްދޫގައި 18 މިލިއަން ރުފިޔާއަށް އެޅޭނެ ފަދަ އިންޖީނުގެއެއް އެޅުމަށް 64 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ނަމަވެސް އެތަނުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައިވެސް ނިމިފައި ނުވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހުރިހާ ރަށަކ...

އަލީ އާދިލް
ވަޒީފާއިން މީހުން ވަކިކުރުމަކީ އެމްޑީޕީ އަށް ވެރިކަން ލިބުމުން ''ޖަހަންފެށި ސަކަރާތެއް'': ލަތީފް

ވަޒީފާއިން މީހުން ވަކިކުރުމަކީ އެމްޑީޕީ އަށް ވެރިކަން ލިބުމުން ''ޖަހަންފެށި ސަކަރާތެއް'': ލަތީފް

ވަޒީފާއިން މީހުން ވަކިކުރުމަކީ އެމްޑީޕީ އަށް ވެރިކަން ލިބުމުން ޖަހަންފެށި ސަކަރާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެއްޅުވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ލަތީފް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއާއެކު އެމްޑީޕީ ވެރިކަމަށް އައުމަށްފަހު، ރަށްރަށުގެ އޮފީސްތަކުގައި ތިބި ކަތީބުންނާ...

އަލީ އާދިލް
ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހއ. ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް އިއްޔެ ފަށައިފިއެވެ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، ރައީސްގެ 5 މިލިއަން ގަސް އިންދުމުގެ ވަޢުދުގެ ދަށުން ހއ. ދިއްދޫ ކައުންސިލާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 26 ޖުލައި 2026 ގައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހާ […]

ޔުމްނާ ޢަލީ
ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތަށް ބައެއް ރަށްތަކުން ގަސް ހަދިޔާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތަށް ބައެއް ރަށްތަކުން ގަސް ހަދިޔާކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހއ. ދިއްދޫގައި ހިންގާ ބޮޑު ގަސް އިންދުމުގެ ހަރަކާތަށް އެކި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުން ގަސް ހަދިޔާކޮށްފިއެވެ. ދިއްދޫ ‘ކުރިމަގު ޖަމިއްޔާ’ އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ޖުލައި 26 ވަނަ ދުވަހު އެރަށުގައި 7،000 ގަސް އިންދުމަށް ހިންގާ ބ...

ޔުމްނާ ޢަލީ
ދިއްދޫގައި އަޅާ 75 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ހއ. ދިއްދޫ

ދިއްދޫގައި އަޅާ 75 ހައުސިން ޔުނިޓުގެ މަސައްކަތް ނިމުމަކާ ގާތަށް

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓުގެ ބޮޑުބައި ނިމި، އަމަލީ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ދިއްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ. ޖުމްލަ 120 މިލިއަން ރުފިޔާ ހ...

ޝިއުނާ އާދަމް
ދިއްދޫގައި 7،000 ގަސް އިންދުމުގެ ބޮޑު ހަރަކާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް 📍 ހއ. ދިއްދޫ

ދިއްދޫގައި 7،000 ގަސް އިންދުމުގެ ބޮޑު ހަރަކާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް

ހއ. ދިއްދޫގައި 7،000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް އެރަށު ކުރިމަގު ޖަމިއްޔާއިން އިސްވެ ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފަހުގެ ތައްޔާރީތައް ކުރިއަށް އެބަދެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މި ބޮޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެންނެވެ. މި ހަރަކާތަކީ ކުރިމަގު ޖަމިއްޔާ އާއި މޫސުމީ ބަދަލްތަކާއި […]

ޔުމްނާ ޢަލީ
ދިއްދޫގައި މިވަގުތު ހުރި އެންމެ ދުވަސްވީ މީހާއަށް 100 އަހަރު ފުރިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫގައި މިވަގުތު ހުރި އެންމެ ދުވަސްވީ މީހާއަށް 100 އަހަރު ފުރިއްޖެ

ހއ. ދިއްދޫގައި މިވަގުތު ދިރިއުޅެމުންދާ އެންމެ ދުވަސްވީ މީހާ ކަމަށްވާ އެރަށު އިތާމާގެ، އާމިނަތު މޫސާ އަށް 100 އަހަރު ފުރިއްޖެއެވެ. އާމިނަތު މޫސާގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. ދިއްދޫ ކައުންސިލްގެ ރައީސާއި، ނައިބު ރައީސްގެ އިތުރުން ކައުންސިލް މެންބަރުން ވަނީ އޭނާގެ ގެއަށް ޒިޔާރަތްކޮށް މަރުހަބާ ކިޔާފައެވެ. މީގެ އިތުރުން ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި، ނައިބު ރައީސް އަދި އެ ކޮމިޓީގެ މެންބަރުން ވެސް ވަނީ މި […]

ޔުމްނާ ޢަލީ