މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫގައި ޖޫނިއާ ކޮލެޖް ގާއިމުކުރަން 6 ފަރާތަކުން ބީލަން ހުށަހަޅައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ޖޫނިއާ ކޮލެޖް ގާއިމުކުރަން 6 ފަރާތަކުން ބީލަން ހުށަހަޅައިފި

ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިޢުލާނާއި ގުޅިގެން 6 ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް 6 ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. މިއަހަރުތެރޭ ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދ...

ޔުމްނާ ޢަލީ
ދިއްދޫ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ބުލެކްޒީނޯ އަށް 📍 ހއ. ދިއްދޫ

ދިއްދޫ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ބުލެކްޒީނޯ އަށް

ހއ. ދިއްދޫ ކައުންސިލާއި ދިއްދޫ އިޖުތިމާޢީ މަރުކަޒު ގުޅިގެން ކުރިއަށް ދިޔަ ދިއްދޫ ޔޫތު ޗެމްޕިއަން ޝިޕް 1 ވަނަ ވޮލީ މުބާރާތް 2022 ގެ ޗެމްޕިއަންކަން ޓީމް ބުލެކްޒީނޯ ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗް ފަށާފައިވަނީ އިއްޔެ ހަވީރު 16:15 ގައެވެ. ބުލެކްޒީނޯއިން ޗެމްޕިއަންކަން ހޯދާފައިވަނީ ބީއެކްސް ސްޕޯޓްސްއާއި، ވާދަކޮށް ސީދާ 3 ސެޓުންނެވެ. މި ދެ ޓީމް އިތުރުން އެމުބާރަތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ދިއްދޫ ޕޮލިސް […]

އައިޝަތު ނަސާޔާ
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، ހއ. ދިއްދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް  📍 ހއ. ދިއްދޫ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް، ހއ. ދިއްދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް 

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެޓަރުން އިސްނަގައިގެން ދިއްދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފި އެވެ. މިމުބާރާތަކީ ހއ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން އިސްނަގައި ދިއްދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މަސްވެރިކަމަށް ލޯބިކުރާ ޒުވާނުންނާއި ހާއްޞަކޮށް ކަނބަލުންނަށް އަމާޒްކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގެ މަޤުޞަދަކީ މަސްވެރިކަމަށް ޝައުޤްވެރިކަން ހުންނަ ފަރާތްތ...

އިބްރާހިމް އަސްވާޤް
ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް އަލުން ބީލަމަށް 📍 ހއ. ދިއްދޫ

ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތް އަލުން ބީލަމަށް

ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އަލުން އިޢުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެން ޢިއުލާންކޮށްފައިވާ މި މަޝްރޫޢުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް 6 ޖެނުއަރީ 2022 ގައި ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ބީލަންތައް ބާތިލްކޮށްފައިވާ ކަމަށެވެ. އެ ބީލަންތައް ބާތިލުކޮށް، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ބީލަން ހުށަ...

ޔުމްނާ ޢަލީ
މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގެ ފައިނަލަށް ފެނަކާއާއި ހޮސްޕިޓަލް 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގެ ފައިނަލަށް ފެނަކާއާއި ހޮސްޕިޓަލް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް” ފުޓްސަލް މުބާރާތުގެ ފައިނަލުން ދިއްދޫ ފެނަކަ ބްރާންޗާއި ހއ.އަތޮޅު ހޮސްޕިޓަލްގެ ޓީމް ޖާގަ ހޯދައިފިއެވެ. މި މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. ޕޮއިންޓް ތާވަލުގެ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމްގެ މެދުގައި ސެމީ […]

އިބްރާހިމް ޚަލީލް
ދިއްދޫ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތް ފަށައިފި

ހއ. ދިއްދޫގައި ކުރިއަށް ގެންދާ “ދިއްދޫ ޔޫތު ޗެމްޕިއަން ޝިޕް 1 ވަނަ ވޮލީ މުބާރާތް” މިއަދު ފަށައިފިއެވެ. މި މުބާރާތަކީ ދިއްދޫ ކައުންސިލާއި އެރަށު ޔޫތު ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަދު ހަވީރު 16:00 ގައި ފެށުނު މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ދިއްދޫ ބީއެކްސް ސްޕޯޓްސްއާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމެވެ. މުބާރާތް ހުޅުމުގެ ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދާއި، ދިއްދޫ ކައުންސިލްގެ ރައީސްގެ […]

ޝިއުނާ އާދަމް
ދިއްދޫގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ދިއްދޫގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ.ދިއްދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވެފައި ވަނީ މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރ...

އިބްރާހިމް ޚަލީލް
ޑރ. ފާޠިމަތު ފައިރޫޒް ހއ. އަތޮޅު ހޮސްޕިޓަލުގައި ޚިދުމަތްކުރަށްވަން ފައްޓަވައިފި 📍 ހއ. ދިއްދޫ

ޑރ. ފާޠިމަތު ފައިރޫޒް ހއ. އަތޮޅު ހޮސްޕިޓަލުގައި ޚިދުމަތްކުރަށްވަން ފައްޓަވައިފި

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގެ ޑެންޓަލް އޮފިސަރެއްގެ ގޮތުގައި ދިއްދޫއަށް ނިސްބަތްވެވަޑައިގަންނަވާ އެރަށު ފެހިވިލާގެ ޑރ. ފާޠިމަތު ފައިރޫޒް ޚިދުމަތް ކުރައްވަން ފައްޓަވައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ފައިރޫޒްއަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައިވާއިރު، “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ ހުސެއިން ޝިމާން ވިދާޅުވީ، ޑރ. ފާޠިމަތު ފައިރޫޒްއަށް ތަނަވަސް އެތައް ފުރުސަތެއް އޮވެމެ، ރަށާއި އަތޮޅަށް ޚިދުމަތް ކުރުމުގެ މަތިވެރި މަޤްޞަދުގައި، އެ...

އައިޝަތު ނަސާޔާ
"ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރަތުގެ އޮޑިޝަން ނިންމާ މުބާރާތަށް 20 ބައިވެރިން 📍 ހއ. ދިއްދޫ

"ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރަތުގެ އޮޑިޝަން ނިންމާ މުބާރާތަށް 20 ބައިވެރިން

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ އޮޑިޝަން ނިންމައި މުބާރާތަށް 20 ބައިވެރިން ހޮވައިފިއެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް އެދި 34 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. ނަމަވެސް 26 ފެބްރުއަރީ 2022 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އޮޑިޝަންގައި ބައިވެރި ވެފައި […]

އިބްރާހިމް ޚަލީލް
ދިއްދޫ މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ މިޑްލް ސްޕޯޓްސްގެ "އެންޒްޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ފަށައިފި

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް” ފަށައިފިއެވެ. މި މުބާރާތް 28 ފެބްރުއަރީ 2022 ވީ ހޯމަ ދުވަހު ދިއްދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ހއ. އަތޮޅު ހޮސްޕިޓަލުގެ ޓީމާއި ފެނަކައެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 4-4 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު […]

އިބްރާހިމް ޚަލީލް
ދިއްދޫ ބަނދަރު ޖެޓީގެ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރު ޖެޓީގެ މަސައްކަތް ފަށައިފި

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން ޖެޓީ ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 62 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ބޭރުތޮށި ލުމާއި، 58 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 185 […]

އަޙްމަދު ވަހީދު
ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމް ދިއްދޫގައި ފެށިގެން ކުރިއަށް ދަނީ 📍 ހއ. ދިއްދޫ

ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމް ދިއްދޫގައި ފެށިގެން ކުރިއަށް ދަނީ

ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިސްނަގައިގެން ދިއްދޫގައި ކުރިއަށް ގެންދާ ހިލޭ ސްޕީޗް ތެރަޕިސްޓަކަށް ދެއްކޭ ޕްރޮގްރާމް ފަށައިފިއެވެ. މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް މިޑްލް ސްޕޯޓްސް ކުލަބުން ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެންނެވެ. މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން މި ޕްރޮގްރާމް މި އަހަރު ހިންގަން ޕްލޭންކޮށް ފާއިތުވި އަހަރުގެ ޑިސެމްބަރު […]

އިބްރާހިމް ޚަލީލް
ދިއްދޫގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިންމާލައިފި

ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފިއެވެ. އެ ރަށުގެ އަންހެން ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދި މި ޕްރޮގްރާމްގައި ފަނުން ތަކެތި ވިޔަން ދަސްކޮށް ދިނީ އެރަށު އަލިވާގެ އަބްދުލް ހަކީމެވެ. މިމަހުގެ 14 އިން 17 އަށް ކުރިއަށް މި ޕްރޮގްރާމްގައި ނިންމުމުގެ ރަސްމިއްޔާތު އޮތީ ރޭގައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ ހަނދާނީ […]

ޔުމްނާ ޢަލީ
"ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ އޮޑިޝަން މި މަހު 26 ގައި 📍 ހއ. ދިއްދޫ

"ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ އޮޑިޝަން މި މަހު 26 ގައި

ހއ.ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލިބޭ “ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ އޮޑިޝަން 26 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލު ކޮށްފިއެވެ. 01 އޭޕްރިލް 2022 އިން 15 އޭޕްރިލް 2022 އަށް މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 34 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. […]

އިބްރާހިމް ޚަލީލް
ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެ

ހއ.ދިއްދޫ އާހިޔާ ކުރި ފިހާރައިގެ 2022 ވަނަ އަހަރުގެ ރޯދަ ސޭލް ފެށިއްޖެއެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާއި ދިމާކޮށް މުޅި އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ ރޯދަ ސޭލެކެވެ. މި ސޭލުން ކުރާ 500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ދޫކުރެވޭ ކޫޕަނުގެ ގުތުއަތުލުން 03 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެއްވަނައަށް ހޮވޭ ފަރާތަކަށް 10000 (ދިހަހާސް ރުފިޔާ) ވައުޗަރެއް […]

އިބްރާހިމް ޚަލީލް