މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫގެ ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އާއި ޕިކަޕު ދިއްދުއަށް 📍 ހއ. ދިއްދޫ

ދިއްދޫގެ ވެމްކޯ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އާއި ޕިކަޕު ދިއްދުއަށް

ހއ. ދިއްދޫގައި ކުނީގެ ހިދުމަތް ދިނުމަށް ވެމްކޯގެ އޮޕަރޭޝަނަށް ބޭނުންވާ ކޮމްޕެކްޓަރ އަދި ޕިކަޕު އިއްޔެ އެރަށަށް ގެންގޮސްފިއެވެ. ދިއްދޫގައި ވެމްކޯ މެދުވެެރިކޮށް ކުނީގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުން ވެފައިވާ ވަޢުދެކެވެ. މަޖިލީހުގެ އިންތިޚާބުގެ ވަޢުދާއި އެއްގޮތަށް 22 ފެބްރުއަރީ 2025 ގައި އެރަށުގައި ވަނީ ވެމްކޯގެ ޚިދުމަތް ފަށާފައެވެ. މި މަސައްކަތާއެކު އެރަށުގައި ހުރި ކުނި ފުނިވެސް މިހާރު ދަނީ ނަގަމުންނެވެ. މިކަމަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް...

އައިޝަތު އައިނީ އާމިރު
ދިއްދޫ އާއި ކުޅުދުއްފުށި ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ އާއި ކުޅުދުއްފުށި ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފަށަނީ

ހދ ކުޅުދުއްފުށި ސިޓީ އާއި ހއ. ދިއްދޫ ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހު ފަށަން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި މާތްﷲގެ ރަޙުމަތްފުޅުން، އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފ...

އަލީ އާދިލް
ރާއްޖޭގެ ލޮނު އުފައްދާ ފުރަތަމަ ފެކްޓަރީ ދިއްދޫގައި ހުޅުވައިފި

ރާއްޖޭގެ ލޮނު އުފައްދާ ފުރަތަމަ ފެކްޓަރީ ދިއްދޫގައި ހުޅުވައިފި

ރާއްޖޭގައި ޤާއިމުކުރި ފުރަތަމަ ލޮނު ފެކްޓަރީ ހއ. ދިއްދޫގައި ހުޅުވައި، 3 ވައްތަރެއްގެ ލޮނު އުފެއްދުމުުގެ މަސައްކަތް ފަށައިފިއެވެ. އެމްޑީޕް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާއި، ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެން ތަރައްޤީކުރި މި ފެކްޓްރީ އަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކޮށްފައިވާ 15000 އަކަފޫޓުގެ ބިމެކެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ދިއްދޫގައި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ކައުންސިލުގެ އާމްދަނީއަށް ގާތްގަނޑަކަށް 12،000 ރުފިޔާގެ ފައިދާއެއް ވާނެކަމަށް ކައުންސިލުން ބުނެފައިވެއ...

އައިޝަތު އައިނީ އާމިރު
ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްތަކުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްތަކުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓްގެ މަސައްކަތުގެ ބޮޑުބައި ނިންމައިފިއެވެ. 120 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ 83.2 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއަހަރުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލާނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މީގެކުރިން ވަނީ ވިދާޅުވެފައެވެ. ރޯ ހައުސްގޮތަށް ދެ ފަންގިފިލާއަށް އިމާރާތްކުރާ އެ މަޝްރޫއުގައި ހިމެނޭ ކޮންމެ ޔުނިޓެއްގައި ހިމެނެނީ 3 ކޮޓަރިއާއި،...

އިބްރާހިމް ޚަލީލް
ވެމްކޯގެ ހިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށައިފި 📍 ހއ. ދިއްދޫ

ވެމްކޯގެ ހިދުމަތް ދިއްދޫގައި ރަސްމީކޮށް ފަށައިފި

ތިލަދުންމަތީ އުތުރުބުރީގެ ވެރިކަންކުރާ ދިއްދޫގައި ރަސްމީކޮށް ވެމްކޯގެ ހިދުމަތް ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެރަށުގައި ވެމްކޯގެ ހިދުމަތް ވީހާވެސް އަވަހަށް ފައްޓަވައި ދެއްވާނެކަމަށެވެ. އެއާއިއެކު މާލަސްތަކެއްނުވެ ސަރުކާރުން މިވަނީ އެ ހިދުމަތް ދިއްދޫގައި ފަށާފައެވެ. ދިއްދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިހިދުމަތް ފައްޓަވައިދެއްވ...

އިބްރާހިމް ޚަލީލް
ދިއްދޫގެ އުތުރު ހިއްކި ބިމުގައި ފުޓްސަލް ދަނޑެއް ތަރައްގީކުރަނީ 📍 ހއ. ދިއްދޫ

ދިއްދޫގެ އުތުރު ހިއްކި ބިމުގައި ފުޓްސަލް ދަނޑެއް ތަރައްގީކުރަނީ

ހއ. ދިއްދޫގެ އުތުރު ބިން ހިއްކާފައިވާ ސަރަހައްދުގައި ފުޓްސަލް ކުޅޭނެ ދަނޑެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ދިއްދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި ދިއްދޫ ކައުންސިލުން ކުރި ޢިއުލާނުގައިވާ ގޮތުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް ހުށަހެޅުމަށް ފުރުސަތު ދީފައި ވަނީ 17 ފެބުރުއަރީ 2025 ވާ ހޯމަ ދުވަހުން ފެށިގެން 25 ފެބުރުވަރީ 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން 14:00 އަށެވެ. […]

އައިޝަތު އައިނީ އާމިރު
ދިއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދު ނެގުމާއިގުޅޭ އިލްތިމާސްއެއް 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދު ނެގުމާއިގުޅޭ އިލްތިމާސްއެއް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމުގައި ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ދިއްދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެ ކައުންސިލުން ބުނީ މިހާރު ބޭނުން ކުރަމުން ގެންދާ ބަނދަރު ފުންކުރުމުގެ މަސައްކަތްކުރިއަށް ގެންދާ ވަގުތުތަކުގައި އެ ސަރަހައްދުގައި އަޅާފައިވާ އޮޑިދޯނި ފަހަރާއި ޑިންގީފަދަ އުޅަނދުތައް ނެގުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ކައުންސިލުން ބަނދަރު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ...

އިބްރާހިމް ޚަލީލް
”ދިއްދޫ، މިލަންދޫ، ކޮމަންޑޫ، ބިލެތްފަހި އެއާޕޯޓު އެޅުމުގެ މަރުހަލާތައް މި އަހަރު ހިނގާނެ“ 📍 ހއ. ދިއްދޫ

”ދިއްދޫ، މިލަންދޫ، ކޮމަންޑޫ، ބިލެތްފަހި އެއާޕޯޓު އެޅުމުގެ މަރުހަލާތައް މި އަހަރު ހިނގާނެ“

ވައުދުވެފައިވާ ފަދައިން 14 އެއާޕޯޓެއް ތަރައްގީކުރުމުގެ އެކި މަރުހަލާތައް މިއަހަރު ހިނގަންފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނު ވައުދުވެވަޑައިގެންގޮތަށް، 14 އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަރުހަލާތައް މި އަހަރު ހިނގަން ފަށާނެވެ. މީގެ ތެރޭގައި މިހާރު ހިނގަމުން އަންނަ ދެ އެއާޕޯޓެއްގެ ޚިދުމަތް ފުޅާކުރުމާއި، އަލަށް މަސައްކަތްފަށާ 12 ތަނ...

ޔުމްނާ ޢަލީ
ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް 📍 ހއ. ދިއްދޫ

ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް

އަށް ރަށެއްގައި އައިސްޕްލާންޓް ގާއިމުކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށ...

ޔުމްނާ ޢަލީ
ހއ. އަތޮޅު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތާއި، ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށަނީ 📍 ހއ. ދިއްދޫ

ހއ. އަތޮޅު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތާއި، ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށަނީ

ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް ސީޓީ ސްކޭންގެ ޚިދުމަތާއި، ސްޕީޗްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އަންގަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައި ވިދ...

ޔުމްނާ ޢަލީ
ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ހއ. ދިއްދޫގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފަށްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އެރަށުގައި ފަތާ ޓްރެކް ހެދުމާއި، ރަ އޮޑިދޯނިފަހަރާ ގުޅޭ މަސައްކަތަށް ބޭނުންވާ ސަރަޙައްދެއް ހެދުމާ...

ޔުމްނާ ޢަލީ
ދިއްދޫއަށް ދެން އަންނާނީ މިރަށު އެއާޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި: ރައީސް 📍 ހއ. ދިއްދޫ

ދިއްދޫއަށް ދެން އަންނާނީ މިރަށު އެއާޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި: ރައީސް

ހއ. ދިއްދޫ އަށް ދެން ވަޑައިގަންނަވާ އެރު އެއާޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައި ކަމުގައި ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ގެންގުޅޭ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ދިއްދޫގައި އެއަރޕޯރޓެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ދިއްދޫގައި އެއަރޕޯޓެއް ތަރައްޤީ [...

ޔުމްނާ ޢަލީ
ދިއްދޫގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުވެފައި ހުރުން މުހިންމު: ކައުންސިލް 📍 ހއ. ދިއްދޫ

ދިއްދޫގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުވެފައި ހުރުން މުހިންމު: ކައުންސިލް

ހއ. ދިއްދޫ އަށް ބޭނުންވެފައިވާ ކަންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ރޭ އެ ރަށު ކައުންސިލުން ހިއްސާކުރަށްވައިފިއެވެ. ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ހަތަރު ވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ ރޭ ދިއްދޫ އަށް ވަޑައިގެންފައެވެ. އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަށްވ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އީދު ކުރިން ނިންމަނީ 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އީދު ކުރިން ނިންމަނީ

ހއ. ދިއްދޫގައި ސަރުކާރުން ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަޟްހާ އީދުގެ ކުރިން (6 ޖޫން 2025) ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމުގައި ކައުންސިލުން ބުނެފިއެވެ. މި ނޫހަށް މައުލޫމާތު ދެމުން ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދު ބުނީ އެ ރަށުގައި ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށާއި، އަންނަ އަޟްހާ އީދުގެ ކުރިން މިސްކިތް އެއްކޮށް ނިންމައި ބޭނުން ކުރަން ފެށޭވަރު […]

އިބްރާހިމް ޚަލީލް
ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ 📍 ހއ. ކެލާ

ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ދިއްދޫއާއި މާރަންދޫ ބައްދަލުކުރާއިރު ވަށަފަރުން ކެލާ އާއި ވާދަކުރަން ޖެހިއްޖެއެވެ. ހއ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ މާރަންދޫއިންނެވެ. މާރަންދޫއިން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި […]

އިބްރާހިމް ޚަލީލް