މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ދިއްދޫ (788 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
788 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ދިއްދޫގެ އެންމެ ފަހުގެ ޚަބަރުތައް

788 ޚަބަރުގެ ތެރެއިން
ދިއްދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން ޑިސެމްބަރު މަހު ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން ޑިސެމްބަރު މަހު ފަށަނީ

ހއ. ދިއްދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިއްދޫގެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނީ 45،000 ޓަނުގެ ޑްރެޖަރަކުން ކަމަށެވެ. އަދި މި މަސައްކަތް ގިނަވެގެން ތިން ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށްވެ...

ޔުމްނާ ޢަލީ
އދ.ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ 📍 ހއ. ދިއްދޫ

އދ.ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ

އދ.ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ ނޮވެންބަރު މަހު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރަށްވަމުންނެވެ. މި ބައްދަލުވުމުގައި ރަށު ކައުންސިލާއި ރައްޔިތުން ވަނީ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރި ތަނުގެ ސަބަބުން ހުޅަނގު މޫސުމުގައި ބަނދ...

ޔުމްނާ ޢަލީ
ދިއްދޫ ފިޓްނަސް ސެންޓަރުގައި ޤާއިމްކުރި ވޮލީކޯޓް ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫ ފިޓްނަސް ސެންޓަރުގައި ޤާއިމްކުރި ވޮލީކޯޓް ހުޅުވައިފި

ހއ. ދިއްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. މި ވޮލީކޯޓު ރަސްމީކޮށް ހުޅުވުމަށް އިއްޔެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު އާއި ދިއްދޫ އަންހެނުން ކޮމިޓީގެ މެންބަރުންނާއި ކައުންސިލަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ވޮލީކޯޓު ހުޅުވުމުގެ ގޮތުން ދިއްދޫއަށް ދެ ކްލަބް ޖަމިއްޔާއަކުން ވަނީ މެޗެއްވެސް ކުޅިފައެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވެފައިވަނީ، މި ކޯޓަކީ ދިއްދޫ ކަ...

އައިޝަތު އައިނީ އާމިރު
ދިއްދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ބޯޑުތަކާއި އެއްގޮތައް ބަނދަރު ބޭނުންކުރުމަށް އަންގައިފި 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ބޯޑުތަކާއި އެއްގޮތައް ބަނދަރު ބޭނުންކުރުމަށް އަންގައިފި

ހއ. ދިއްދޫ ބަނދަރު ބޭނުންކުރާނެގޮތް އަންގައިދިނުމަށް ބަހައްޓާފައިވާ ބޯޑުތަކާއި އެއްގޮތައް ބަނދަރު ބޭނުންކުރުމަށް ދިއްދޫ ކައުންސިލުން އަންގައިފިއެވެ. ދިއްދޫ ކައުންސިލުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ގެނެވުނު ބަދަލުތަކާއި އެއްގޮތައް މިއަދުން ފެށިގެން ބަނދަރު ބޭނުންކުރާ އެންމެހާ ފަރާތްތަކުން ކައުންސިލުގެ އެންގުމާއި އެއްގޮތަށް ބަނދަރު ބޭނުންކުރުމަށެވެ. ދިއްދޫ ކައުންސިލުން ވަނީ ބަނދަރު ބޭނުންކުރާނެ ގޮތުގެ ކުރެހުމާއި ލޭބަލް އާއިއެކު ބޯޑުގައި ސަރަހައްދުތައް ވަކި ވަކިން ފާހަގަކޮށްފ...

އައިޝަތު އައިނީ އާމިރު
ފެނަކަ އޮޑިޓް ރިޕޯޓުގައި ދިއްދޫ ބްރާންޗްގެ ސްޕަވައިޒަރެއްގެ މައްސަލަތަކެއް 📍 ހއ. ދިއްދޫ

ފެނަކަ އޮޑިޓް ރިޕޯޓުގައި ދިއްދޫ ބްރާންޗްގެ ސްޕަވައިޒަރެއްގެ މައްސަލަތަކެއް

ފެނަކަ ކޯޕަރޭޝަންގެ ހއ. ދިއްދޫ ބްރާންޗްގެ ސްޕަވައިޒަރެއް، އޭނާގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ “ސެގޯ ލިލީ އިންވެސްޓްމަންޓް” އިން، ފެނަކަ ކޯޕަރޭޝަނަށް ޖުމުލަ 5,614,467 (ފަސް މިލިއަން ހަ ލައްކަ ސާދަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތެއް) ރުފިޔާގެ ތަކެއްޗާއި ޚިދުމަތް ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. ރޭގެ 12 ޖަހާކަންހާއިރު އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މި ފައިސާގެ ތެރެއިން ގިނަ […]

އަލީ އާދިލް
ދިއްދޫ ފިޓްނަސް ސެންޓަރު ތަރައްޤީކުރަން އާރުޑީސީއަށް 📍 ހއ. ދިއްދޫ

ދިއްދޫ ފިޓްނަސް ސެންޓަރު ތަރައްޤީކުރަން އާރުޑީސީއަށް

ހއ. ދިއްދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްޓަަކައި މިއަދު ވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މިގޮތުން މި ރަސްމިއްޔާތުގައި ދިއްދޫގައި ފިޓްނަސް ސެންޓަރެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޟް އެވެ މީގެ...

އައިޝަތު އައިނީ އާމިރު
މެގަ ހޯރަ ބޯޓު ފުންކޮށްފި 📍 ހއ. ދިއްދޫ

މެގަ ހޯރަ ބޯޓު ފުންކޮށްފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އެރި ހއ. ދިއްދޫ މެގަ ހޯރަ ބޯޓް މިއަދު ހެނދުނު ފުންކޮށްފިއެވެ. މި ބޯޓު ފުންކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުކަމަށް މައުލޫމާތު ލިބިއެވެ. ރޭ މި ބޯޓު ފަރަށް އެރިއިރު 61 މީހުން ބޯޓުގައި ދަތުރުކުރިއެވެ. މި ބޯޓު ފުން ކުރުމަށް ބޯޓުގައި ހުރި ބަރު މުދާތައް ވަނީ ކަންނެލި ދެ ދޯންޏަކަށް އަރުވާފައެވެ. ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން […]

ޔުމްނާ ޢަލީ
މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި 📍 ހއ. ދިއްދޫ

މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އަރާފައިވާ ހއ. ދިއްދޫ މެގަ ހޯރަ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިފައިން ބުނެފިއެވެ. މެގަ ހޯރަ މާލޭގެ ނޯތު ހާބަރުން ފުރީ އިއްޔެ ހެނދުނު 11:59 ގައެވެ. އެ ބޯޓު ފަރަށް އަރާފައި ވަނީ ރޭ 12:10 ޖަހާކަށް ހާއިރުއެވެ. މި ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން ދަތުރުތައް ކުރަމުން އަންނަ 98 ފޫޓްގެ އުޅަނދެކެވެ. ދިއްދޫ މެގަ ހޯރަ ބޯޓު […]

ޔުމްނާ ޢަލީ
ދިއްދޫ މެގަ ހޯރަ ބޯޓު ފަރަށް އަރައިފި 📍 ހއ. ދިއްދޫ

ދިއްދޫ މެގަ ހޯރަ ބޯޓު ފަރަށް އަރައިފި

ހއ. ދިއްދޫ މެގަ ހޯރަ ބޯޓު މާލެ އިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް ފަރަށް އަރައިފިއެވެ. ’’ދިއްދޫ އޮންލައިން’’ ފޭސްބުކް ޕޭޖުން ބުނެފައިވާގޮތުގައި މި ބޯޓު އަރާފައި ވަނީ ނ.އަތޮޅުގެ ފަރަކަށެވެ. މި ހާދިސާގެ އިތުރު މައުލޫމާތު ހޯދަން ބޯޓަށް ގުޅޭގޮތް ނުވުމުން އިތުރު މައުލޫމާތު ސާފުވާގޮތެެއް އަދި ނުވެއެވެ. އަދި މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ވެސް އެއްޗެއް ނުބުނެއެވެ. މެގަ ހޯރަ މާލޭ ނޯތު ހާބަރުން ފުރީ މިއަދު (21 ސެޕްޓެމްބަރ) ހެނދުނު […]

ޔުމްނާ ޢަލީ
ދި-ފައުންޑޭޝަނުން ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތްދޭން ފަށަނީ 📍 ހއ. ދިއްދޫ

ދި-ފައުންޑޭޝަނުން ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތްދޭން ފަށަނީ

ދި-ފައުންޑޭޝަނުން ހއ.ދިއްދޫގައި ދާއިމީ ގޮތެއްގައި 4 ތެރަޕީއެއްގެ ހިދުމަތް ފެށުމަށުމަށް ވާންޖެހޭ ރައްޔާރީތައް ފަށައިފިއެވެ. ހއ.އަތޮޅާއި ދިއްދޫގައި ތެރަޕީގެ ހިދުމަތް ބޭނުންވާ ފަރާތްތައް ތިބި އަދަދު ދެނެގަތުމަށްޓަކައި ދި-ފައުންޑޭޝަނާއި ބްލޫސްޕަން ކެއާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުން ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ، ތެރަޕީ ދިނުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޭމްޕްގައި ހަތަރު ތެރަޕީއެއްގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އެ ތެރަޕީތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރ...

އިބްރާހިމް ޚަލީލް
މީހުންގެ އަބުރު ނަގައިލަމުން ދަނީ ހުދޫދެއްނެތި، ނުހުއްޓުވިއްޖެނަމަ މުޖުތަމައު ހަލާކުވެދާނެ: ލަތީފް

މީހުންގެ އަބުރު ނަގައިލަމުން ދަނީ ހުދޫދެއްނެތި، ނުހުއްޓުވިއްޖެނަމަ މުޖުތަމައު ހަލާކުވެދާނެ: ލަތީފް

މީހުންގެ އިއްޒަތު ނަފްސަށް އަރައިގަނެ އަބުރު ނަގައިލަމުން މިއަދު ދަނީ ހުދޫދެއްނެތި ކަމަށާއި، މިކަން ނުހުއްޓުވިއްޖެނަމަ މުޖުތަމަޢު ހަލާކުވެދާނެކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، މެންދުރު ޓީވީން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން “ބޮޑުސައްލާ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ލަތީފް ވިދާޅުވީ، މީޑިއާ ބިލުގައި (މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި، ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި އެންމެ އިންސައްތައެއް، ވަރަށް ޗާލު 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި އެންމެ އިންސައްތައެއް، ވަރަށް ޗާލު

ހއ. ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިސްލާމީ ކަންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން ބުނެފައިވަނީ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައިފައިވާ ކަމަށެވެ. އެގޮތުން 1500 މީހުންގެ ޖާގައިގެ މި މަރުކަޒުު އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ މިއަންނަ އޮކްޓޯބަރ މަހު 15 ގައިކަމަށް އެ ވުޒާރާއިން ބުންޏެވެ. “މި މަރުކަޒުގެ 99%...

އައިޝަތު އައިނީ އާމިރު
ރައީސް މައުމޫނާއި ޔާމީނަކީ ''އުޑާ ބިމާހާ ތަފާތު'' ދެވެރިން: ލަތީފް

ރައީސް މައުމޫނާއި ޔާމީނަކީ ''އުޑާ ބިމާހާ ތަފާތު'' ދެވެރިން: ލަތީފް

ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމާއި، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ ”އުޑާ ބިމާހާ ތަފާތު” ދެވެރިން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ މެންދުރު ޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ”ޖަވާބުދާރީ” ޕްރޮގްރާމްގައި އެ ދެބޭފުޅުންގެ ތަފާތާއި ބެހޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ލަތީފް ރައީސް މައުމޫން ސިފަކުރެއްވީ ޚުލްޤުހެޔޮ، ކެތްތެރިކަމާއި ރުޅިމަޑު ބޭފުޅެއްގެ ގޮތުގައެވެ. މައުމުނާއެކު ބާއްވާ ބައްދަ...

ޔުމްނާ ޢަލީ
ހއ.އަތޮޅު މެޑިކަލް ކޭމްޕު ދިއްދޫގައި ފަށައިފި

ހއ.އަތޮޅު މެޑިކަލް ކޭމްޕު ދިއްދޫގައި ފަށައިފި

ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ މެޑިކަލް ކޭންޕެއް ދިއްދޫގައި މިއަދު ފަށައިފިއެވެ. މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި މެޑިކަލް ކޭމްޕުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚާއްސަ މެޑިކަލް ޓީމެއް ބައިވެރިވެއެވެ. މި މެޑިކަލް ކޭމްޕުގައި ބަލިމީހުން ބެލުމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ 7 ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ބައިވެރިވާއިރު އޭގެތެރޭގައި ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި ހިތުގެބަލިތަކުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހިމެނ...

އިބްރާހިމް ޚަލީލް
ޖެހިޖެހިގެން 3 އަހަރު ދިއްދޫ ކަޕްގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކްލަބުން ހޯދައިފި 📍 ހއ. ދިއްދޫ

ޖެހިޖެހިގެން 3 އަހަރު ދިއްދޫ ކަޕްގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކްލަބުން ހޯދައިފި

ހއ. ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ދިއްދޫ ކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކްލަބުން ހޯދީ ދިއްދޫގައި ރޭ ކުޅުނު ފައިނަލް މެޗުގައި އައްސޭރި އެފް.ސީ އާއި ވާދަކޮށް 3-2 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ. އެގޮތުން މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ރިއަލް ޓީ ސްޕޯޓްސް ކްލަބުގެ މުޙައްމަދު ނައުޝާދު އެވެ. އަދި […]

އައިޝަތު އައިނީ އާމިރު