މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޯކައިދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޯކައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތް ފަށައިފިއެވެ. މި މުބާރާތް އިއްޔެ ފަށާފައިވާއިރު، އިއްޔެ ހަވީރު ވަނީ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސްއެވެ. މި މެޗު 17 ލަނޑު 10 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ހެލްތު ސެންޓަރުގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރ ޓީމްގެ ޖޯޒީ ނަމްބަރު […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ހޭންޑްބޯޅަ މުބާރާތުގެ ގުރުނަގައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ހޭންޑްބޯޅަ މުބާރާތުގެ ގުރުނަގައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ގުރު ނަގައިފިއެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ފޯކައިދޫ ހެލްތު ސެންޓަރ، ބްލަޑް ބްރަދާސް، މަޑުފެހި ސްޕޯޓްސް ކުލަބް، ޑަބްލިއުޑީސީގެ އިތުރުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމެވެ. މި މުބާރާތުގެ ކުޅުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ފޯކައިދޫ ހެލްތު ސެންޓަރާއި ބްލަޑް ބްރަދާސް […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސްއަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސްއަށް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މަޑުފެހި ސްޕޯޓްސް ކުލަބް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ބްލަޑް ބްރަދާސް ހޯދައިފިއެވެ. އިއްޔެ ހަވީރު ފޯކައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު ބްލަޑް ބްރަދާސް ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝްވާންއެވެ. ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ފައިނަލުގެ ފަހުޖާގަ މަޑުފެހި ސްޕޯޓްސް ކުލަބަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ފައިނަލުގެ ފަހުޖާގަ މަޑުފެހި ސްޕޯޓްސް ކުލަބަށް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ފައިނަލުގެ ދެވަނަ  ޖާގަ މަޑުފެހި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި މަޑުފެހި ސްޕޯޓްސް ކުލަބާއި ޔަންގް ވިނާސް ރިކްރިއޭޝަން ކުލަބް ބައްދަލު ކުރި މެޗު، މަޑުފެހި ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މަޑުފެހި ސްޕޯޓްސް ކުލަބްގެ ޖޯޒީ […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ބްލަޑް ބްރަދާސް ފައިނަލަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ބްލަޑް ބްރަދާސް ފައިނަލަށް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ބްލަޑް ބްރަދާސް ހޯދައިފިއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ބްލަޑް ބްރަދާސްއާއި ސްޕަރ ސްޓާ ބައްދަލު ކުރި މެޗު، ބްލަޑް ބްރަދާސް ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝްވާންއެވެ. ބްލަޑް ބްރަދާސް […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ސްޕަރ ސްޓާއާއި ޔަންގް ވިނާސް މެޗު އެއްވަރު 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ސްޕަރ ސްޓާއާއި ޔަންގް ވިނާސް މެޗު އެއްވަރު

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުގައި ސްޕަރ ސްޓާއާއި ޔަންގް ވިނާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އިއްޔެ ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ސްޕަރ ސްޓާއާއި ޔަންގް ވިނާސް ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔަންގް ވިނާސްގެ ޖޯޒީ ނަމްބަރު 25، ނަޝްފާން ރަޝީދުއެވެ. މުބާރާތުގައި މިހާހިސާބަށް ކޮންމެ ޓީމެއް […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: މަޑުފެއްސާއި ބްލަޑް ބްރަދާސް މެޗަށް ހަމަހަމަ ނިމުމެއް 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: މަޑުފެއްސާއި ބްލަޑް ބްރަދާސް މެޗަށް ހަމަހަމަ ނިމުމެއް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ޓީމް މަޑުފެއްސާއި ބްލަޑް ބްރަދާސް ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 12، ޚަލީލް ޖަމާލެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ދެވަނަ މެޗު ކާމިޔާބުކުރީ ޓީމް މަޑުފެހި 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ: ދެވަނަ މެޗު ކާމިޔާބުކުރީ ޓީމް މަޑުފެހި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗު މަޑުފެހި ޓީމުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ޓީމް މަޑުފެއްސާއި ސްޕަރ ސްޓާ ބައްދަލުކުރި މެޗު، މަޑުފެހި ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މަޑުފެހި ޓީމްގެ ޖޯޒީ ނަމްބަރު 19، މުޙައްމަދު އަހުސަމްއެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްބޯޅަ މުބާރާތް ފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ފުޓްބޯޅަ މުބާރާތް ފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގެ ކުޅުންފަށައި، ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފުޓްބޯޅަ މުބާރާތުގެ ކުޅުން ރޭ ފޯކައިދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބްލަޑް ބްރަދާސްއާއި ޔަންގް ވިނާސް ރިކްރިއޭޝަން ކްލަބެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބްލަޑް ބްރަދާސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ […]

އިބްރާހިމް ޚަލީލް
ފޯކައިދޫ އިންޑޯ ޖިމް ހުޅުވައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އިންޑޯ ޖިމް ހުޅުވައިފި

ށ.ފޯކައިދޫގައި އިންޑޯ ޖިމެއް ހުޅުވައިފިއެވެ. ފޯކައިދޫ ޒުވާނުންގެ މަރުކަޒުގައި ރޭ ހުޅުވި އިންޑޯ ޖިމަށް ބޭނުންވާ އެންމެހާ ސާމާނު ފޯރުކޮށްދީފައި ވަނީ ޔޫތު މިނިސްޓްރީގެ ފަރާތުންނެވެ. ރޭ ޖިމް ރަސްމީކޮށް ހުޅުވުމުގެ އިތުރުން ޖިމަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން ވެސް ޕްރޮގްރާމެއް ވަނީ ފައްޓަވާފައެވެ. ޖިމް އިންސްޓްރަކްޓަރަކާއި އެކު ޖުމްލަ ޖުމްލަ 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ތެރެއިން ޖިމްގައި ގެންގުޅެން ޖެހޭ އުސޫލްތަކާއި ޖިމްގައި ބޭނުންކުރާ އެންމެހާ ސާމާނުތައް ރައްކާތެރިކަމ...

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ 📍 ށ. ކަނޑިތީމު

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ޅައިމަގު، ފޯކައިދޫ، ކަނޑިތީމު އަދި މިލަންދޫ

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ޅައިމަގު، ފޯކައިދޫ، ކަނޑިތީމް އަދި މިލަންދޫން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫއާއި ގޮއިދޫއެވެ. މި މެޗު 6 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ފޯކައިދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި […]

އިބްރާހިމް ޚަލީލް
ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި 📍 ހއ. ފިއްލަދޫ

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި

ބޮޑު ތިލަދުންމަތީގެ 8 ރަށެއް ހިމެނޭހެން 28 ރަށަކަށް ބިލިއާޑް ބޯޑު ހަވާލުކޮށްފި އެވެ. އެ ރަށްތަކުގައި ގާއިމުކޮށްފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ބިލިޔާޑު ބޮޑުތަކާއި ހަވާލުވެލައްވާފައިވަނީ އެދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުންނެވެ. މި ރަސްމިއްޔާތުގައި ބިލިއާޑް ބޯޑު ހަވާލުކޮށްފައިވަނީ ހއ. ކެލާ، މޮޅަދޫ، ފިއްލަދޫ، ދިއްދޫ އަދި ތަކަންދޫ އާއ...

މުޙައްމަދު އަފްރާޙް
ރައީސް ވިދާޅުވި ބަނދަރު ލިބުމުން ފޯކައިދޫ ރައްޔިތުން އުފަލުން 📍 ށ. ފޯކައިދޫ

ރައީސް ވިދާޅުވި ބަނދަރު ލިބުމުން ފޯކައިދޫ ރައްޔިތުން އުފަލުން

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެއް ވައުދަކީ ށ. ފޯކައިދޫ ރައްޔިތުންނަށް ހިތްފަސޭހަ ބަނދަރެއް ތަރައްގީ ކޮށްދެއްވާނެ ކަމުގެ ވައުދުފުޅެވެ. މިއަހަރުގެ ހުޅަނގުމޫސުމުގެ ވިއްސާރައިގެ ކުރިން އެ ރަށުގެ ރައްޔިތުންނަށް ހިތްހަމަ ޖެހުން ލިބޭނެ ކަމުގެ ވައުދުފުޅެވެ. އެމްޓީސީސީގެ ބުރަ މަސައްކަތާއެކު މިއަދު ރައީސްގެ ވައުދުފުޅުވަނީ ހަގީގަތަކަށްވެފައެވެ. ފޯކައިދޫ ބަނދަރަކީ ހުޅަނގު މޫސުމުގައި ކަނޑުގަދަވުމުގެ ސަބަބުން އެއް ގޮތަކަށްވެސް ބޭނުން ނުކުރެވޭ ބަނދަރެކެވެ....

އަޙްމަދު ވަހީދު
ފޯކައިދޫ ބޯޓުން މާލެ ދަތުރުކުރި ޒުވާނަކު ޙާލު ދެރަވެ ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ބޯޓުން މާލެ ދަތުރުކުރި ޒުވާނަކު ޙާލު ދެރަވެ ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފި

ށ. ފޯކައިދޫން ފުރައިގެން މާލެ ދަތުރުކުރި ފުރާގު ބޯޓުގައި ހުރި ޒުވާނެއްގެ ޙާލު ދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ، އުމުރުން 24 އަހަރުގެ އަންހެނަކަށް ކަމަށެވެ. ސީ އެމްބިއުލާންސްގައި އެ އަންހެން މީހާ ވަނީ ރޭ 19:45 ހާއިރު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ 18:10 ގައި ކަމަށާއި، މި ޚަބަރު ލިބުމާއެކު، ދޯނި އޮތ...

ސަނިއްޔާ އަބޫބަކުރު
ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން ހަވާލުކޮށްފި

ތިލަދުންމަތީގެ 7 ރަށެއް ހިމެނޭހެން، ޖުމްލަ 25 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަކަށް ބޭނުންވާ ޑްރެގް ބްރަޝް މެޝިން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެ ރަށްތަކާއި ހަވާލުކޮށްފިއެވެ. 25 ޑްރެގް ބްރަޝް މެޝިންތައް ރަށްތަކާއި ހަވާލުކުރުމަށް މިއަދު ވަނީ އެކުވެނި ސިންތެޓިކް ޓްރެކްގައި ރަސްމީޔާތެއް ބާއްވާފައެވެ. މި ރަސްމީޔާތުގައި ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެޑައިގެންފައެވެ. ޔޫތް މިނިސްޓްރީން ޑްރެގް ބްރަޝް މެޝ...

އަލީ އާދިލް