މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޭދޫ (145 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
145 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޭދޫގެ އެންމެ ފަހުގެ ޚަބަރުތައް

145 ޚަބަރުގެ ތެރެއިން
ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ށ. ފޭދޫ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފޭދޫ ސިއްޙީ މަރުކަޒުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެ ބިދޭސީ މީހާއަކީ މާލެއިން އެރަށަށް ގޮސް، 29 އޮކްޓޯބަރު 2020 ވަނަ ދުވަހު އެރަށުގައި ހޯމް ކަރަންޓީނުވި 15 ބިދޭސީންގެ ތެރެއިން ބިދޭސީއެއް ކަމަށް ވެސް ފޭދޫ ސިއްޙީ މަރުކަޒުން ބުންޏެވެ. ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވިއިރު، […]

ޔުމްނާ ޢަލީ
ފޭދޫ ސާމީއަށް އެހީވުމަށް މިލަންދޫގައި ވެސް ފަންޑުފޮށިތަކެއް 📍 ށ. ފޭދޫ

ފޭދޫ ސާމީއަށް އެހީވުމަށް މިލަންދޫގައި ވެސް ފަންޑުފޮށިތަކެއް

ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. މިލަންދޫ ކައުންސިލުން، އެރަށުގެ ދެ މިސްކިތެއްގައި ފަންޑު ފޮށި ބަހައްޓައިފިއެވެ. މިލަންދޫ ކައުންސިލުން ބުނީ މިލަންދޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީތެރިވުމުގެ ގޮތުން އެރަށުގެ ދެ މިސްކިތް ކަމަށްވާ، މަސްޖިދުލް އީމާން އަދި މަސްޖިދުލް އިކްރާމްގައި ފަންޑުފޮށި ބަހައްޓާފައި ވާކަމަށެވެ. މިލަންދޫ ރައްޔިތުންކުރެ، ކޮންމެ ރައްޔިތަކުވެސް ސާމީއަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ ކޮންމެވެސް މިންވަރެއް ހަދިޔާ ކުރެއްވުމަކީ މިލަންދޫ ކ...

ޔުމްނާ ޢަލީ
ށ. ފޭދޫ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފި 📍 ށ. ފޭދޫ

ށ. ފޭދޫ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފި

ފެނަކައިން، ށ. ފޭދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފިއެވެ. ފޭދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމުއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ ސަޢީދު ވިދާޅުވީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި މިހާރު...

އަޙްމަދު ވަހީދު
ފޭދޫ ސާމީއަށް އެހީވުމަށް ކޮމަންޑޫގައި ފަންޑުފޮށިތަކެއް ބަހައްޓައިފި 📍 ށ. ފޭދޫ

ފޭދޫ ސާމީއަށް އެހީވުމަށް ކޮމަންޑޫގައި ފަންޑުފޮށިތަކެއް ބަހައްޓައިފި

ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. ކޮމަންޑޫ ކައުންސިލުން، އެރަށުގެ ތިން ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައިފިއެވެ. ކޮމަންޑޫ ކައުންސިލުން މިއަދު އެ އިދާރާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީވުމަށްޓަކައި އެރަށުގެ 3 ސަރަހައްދެއްގައި ފަންޑުފޮށި ބެހެއްޓިފައިވާނެ ކަމަށެވެ. އެ ތަންތަނަކީ އެރަށު ސިއްޙީ މަރުކަޒާއި، އެރަށު މިސްކިތެއް ކަމަށްވާ މަސްޖިދުއް ރަޙީމްގަޔާއި އަދި ކޮމަންޑޫ ކައުންސިލް އި...

މުޙައްމަދު އިނާން
ސާމީއަށް އެހީވުމަށް، ށ.ފޭދޫ ކައުންސިލް މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާކޮށްފި 📍 ށ. ފޭދޫ

ސާމީއަށް އެހީވުމަށް، ށ.ފޭދޫ ކައުންސިލް މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާކޮށްފި

ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ށ.ފޭދޫ ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ފޭދޫ ކައުންސިލުން ބުނެފައިވަނީ، ކައުންސިލްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަވަނީ އަހްމަދު ސާމީއަށް ހަދިޔާކޮށްފައެވެ. މި އެހީއާއި ހަވާލުވެފައިވަނީ އަހްމަދު ސާމީގެ ބައްޕަ ރަޝާދު ސަޢީދުއެވެ. އަދި އެހީ ހަވާލުކޮށްދެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރުއެވެ. ސާމީއަކީ ދެމަފިރިއަކަށް ލިބުނު ދެ ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމަ އެކ...

އިބްރާހިމް އަސްވާޤް
ށ. ފޭދޫ ކައުންސިލް ވެބްސައިޓް އިފުތިތާހުކޮށްފި 📍 ށ. ފޭދޫ

ށ. ފޭދޫ ކައުންސިލް ވެބްސައިޓް އިފުތިތާހުކޮށްފި

ށ. ފޭދޫ ކައުންސިލްގެ ވެބްސައިޓް އިފުތިތާހު ކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ވެބްސައިޓް އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރު އެވެ. މި ވެބްސައިޓް އިފުތިތާހު ކުރެވިގެން ދިއުމާއި ގުޅިގެން ފޭދޫ ކައުންސިލުން ބުނީ މިވެބްސައިޓް ހިންގަން ފެށުމާއިއެކު ފޭދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބިގެން ދާނެކަމަށެވެ. މީގެއިތުރުން އެ ކައުންސިލުން ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށް އެތަކެއް ލުއިފަސޭހައެއް ލިބިގެން ދާނެ ކަމ...

ޔުމްނާ ޢަލީ
މައިންބަފައިން ތިބީ 2 ކިޑުނީ ދޭންވެސް ތައްޔާރަށް، ސާމީ އެދެނީ ދީލަތި އެހީއަކަށް! 📍 ށ. ފޭދޫ

މައިންބަފައިން ތިބީ 2 ކިޑުނީ ދޭންވެސް ތައްޔާރަށް، ސާމީ އެދެނީ ދީލަތި އެހީއަކަށް!

ޒުވާން އުމުރަކީ ކޮންމެ މީހަކު ވެސް ދިރިއުޅުމުގައި ގިނަގުނަ އުންމީދުތަކެއް ކުރާނެ އުމުރެކެވެ. ރަނގަޅު ތަޢުލީމެއް ހޯދުމާއި ރަނގަޅު ވަޒީފާއެއް އަދާކުރުމާއި ކައިވެންޏެއްކޮށް ރަނގަޅު އާއިލާއެއް ބިނާކުރުންފަދަ ގިނަ އުންމީދުތައް އެންމެ ބޮޑަށް ކުރެވިގެންދާ އުމުރަކީ ޒުވާން ކަމުގެ އުމުރެވެ. މިގޮތުން އުމުރުން 27 އަހަރުގެ ށ.ފޭދޫ، ނާރެސް އަޙްމަދު ސާމީއަކީ މިފަދަ އުންމީދުތަކެއް ކުރަމުންއައި ޒުވާނެކެވެ. ނަމަވެސް ސާމީގެ ދެ ކިޑްނީ ފެއިލްވެ އެ ބައްޔަށް ފަރުވާ ކުރަންޖެހުމުގެ ސަބަބުން ދިރިއުޅުމުގައި ވަނީ ވަރަށް ބޮޑ...

އިބްރާހިމް ޚަލީލް
ފޭދޫގެ ފާރުތަކުގައި ހުރި ބޭއަދަބީ ލިޔުންތައް ފޮހެލައިފި 📍 ށ. ފޭދޫ

ފޭދޫގެ ފާރުތަކުގައި ހުރި ބޭއަދަބީ ލިޔުންތައް ފޮހެލައިފި

ށ. ފޭދޫގެ އެކިހިސާބުތަކުގެ ފާރުތަކުގައި، އިޖްތިމާޢީ އާންމު މިންގަނޑުތަކާއި ޚިލާފަށްހުރި ބޭއަދަބީ ލިޔުންތައް ފޮހުމުގެ ހާއްސަ ހަރަކާތެއް ށ.ފޭދޫ ކައުންސިލް އިން ކުރިއަށް ގެންގޮށްސި އެވެ. ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު “ތިލަދުން” އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އިއްޔެގެ މެންދުރުފަހު 2:00 އިން ފެށިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެރަށުގެ އާންމުންނާއި ފުލުހުންނާއި އެރަށުގެ އެކި އެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވާކަމަށެވެ. ރަށުތެރޭގައި ބޭއަދަބީ ބަސްތަކާއި އިޖްތިމާއީ މ...

މުޙައްމަދު އިނާން
ށ. ފޭދޫ ރައްޔިތުންގެ މުޒާހަރާ: ރައްޔިތުންގެ ކަންބޮޑުވުންތަކާއިއެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް 📍 ށ. ފޭދޫ

ށ. ފޭދޫ ރައްޔިތުންގެ މުޒާހަރާ: ރައްޔިތުންގެ ކަންބޮޑުވުންތަކާއިއެކު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަންކުރުން އިންތިހާއަށް އިތުރުވުމާއިގުޅިގެން ށ. ފޭދޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން، ރައްޔިތުން ތުހުމަތު ކުރިބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން މުޒާހަރާ ނިންމާލައިފިއެވެ. ފޭދޫގެ ހާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުން މުޒާހަރާ ފެށީ މިއަދު މެންދުރުފަހު 1:30 ހާއިރުއެވެ. އެ މުޒާހަރާ ނިންމާލީ ރަށުގައި ހިނގަމުންދިޔަ ނޭދެވޭ ކަންކަމުގެ ފަހަތުގައި ތިބިކަމަށް ރައްޔިތުން ތުހުމަތު ކުރާ ބައެއް މީހުން...

މުޙައްމަދު އިނާން
މުސްތަޤީމާގެ ޓީމު، ފޭދޫ ކަނޑޫފާ ސަލާމަތް ކުރަން އަތުކުރި އޮޅާލާފައި 📍 ށ. ފޭދޫ

މުސްތަޤީމާގެ ޓީމު، ފޭދޫ ކަނޑޫފާ ސަލާމަތް ކުރަން އަތުކުރި އޮޅާލާފައި

ށ. ފޭދޫގެ ވަށައިގެންވާ ކަނޑޫ ގަސްތައް މަރުވަމުންދާ މައްސަލަ މީސް މީޑިއާގެ ސަމާލު ކަމަށް ގެނެސް، އެ މަސައްކަތަށް އިސްނެގި ށ. ފޭދޫ ޒުވާން ކަނބަލެއް ކަމަށްވާ އެރަށު ކޮޕީގެ އާގެ، އާއިޝަތު މުސްތަޤީމާއާއި އޭނާގެ ޓީމުން އަތުކުރި އޮޅާލައިގެން ތިބީ ރަށުގެ ކަނޑޫ ގަސްތައް ހިމާޔަތް ކުރުމަށް ކުރުވެންހުރި މަސައްކަތެއް ކުރުމަށެވެ. ދެ ޖިންސްގެ ޒުވާނުން ހިމެނޭ، ފޭދޫގެ އެ ޓީމުން މިހާރު ވަނީ އެ ރަށުގެ ކަނޑޫ ގަސްތައް މަރުވާ މައްސަލަ، ތިމާވެށީގެ ހިމާޔަތުގައި […]

ޙުސައިން ޝަހުދީ
ށ. ފޭދޫ ކަނޑޫފާވެސް މަރުގެ ތުންފަތްމަތީ! 📍 ށ. ފޭދޫ

ށ. ފޭދޫ ކަނޑޫފާވެސް މަރުގެ ތުންފަތްމަތީ!

ށ. ފޭދޫގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައްމަރުވެ، ކަނޑޫފާ ނެތި ދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ށ. ފޭދޫ ކަނޑޫފާ މަރުވާ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެންނަމުން، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ”ސޭވް މޯލްޑިވްސް” ހަރަކާތުން ބުނީ ފޭދޫގެ ކަނޑޫފާ މަރުވާ މައްސަލައަކީ އެ ހަރަކާތުން ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. ރާއްޖޭގެ އުތުރުގެ ގިނަ ކަނޑޫފާތަކެއް މަރުވެ، ހަލާކުވާން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށޭނަ ދިރާސާކޮށް، ހަރުދަނާ ފިޔަވ...

ޙުސައިން ޝަހުދީ
8 މީހުންނާއި އެކު ފޭދޫއަށް ދަތުރުކުރި ބޯއްޓެއް ފަރަށް އަރައިފި

8 މީހުންނާއި އެކު ފޭދޫއަށް ދަތުރުކުރި ބޯއްޓެއް ފަރަށް އަރައިފި

8 މީހުންނާއި އެކު ފޭދޫއަށް ދަތުރުކުރި ބޯއްޓެއް ފަރަށް އަރައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިވާން ފަށައިފިއެވެ. މާލެއިން ފުރައިގެން ސ. ފޭދޫއަށް ދަތުރުކުރި “އަލްމާ” ނަމަކަށް ކިޔާ މިބޯއްޓު ފަރަށް އަރާފައިވަނީ ގދ މާވަރަލާ ފަރަށްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. 8 meehunaa eku Male' in furaigen S.Feydhoo ah dhathurkuri "Alma" namakah kiyaa boat Gdh.Maavarla farah araigen MNDF Southern Area Coast Guard Squadron in eheetherikan foarukohdheyn […]

ޔުމްނާ ޢަލީ
އުތުރުގެ 16 ރަށަކަށް ސްޕޯޓްސް ކައުންސެލަރ އިން ހޯދަނީ 📍 ށ. ފޭދޫ

އުތުރުގެ 16 ރަށަކަށް ސްޕޯޓްސް ކައުންސެލަރ އިން ހޯދަނީ

އުތުރުގެ 16 ރަށަކަށް ސްޕޯޓްސް ކައުންސެލަރ އިން ހޯދަންމިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްް އިން އިޢުލާން ކޮށްފިއެވެ. އެ މިނިސްޓްރީއިން ސްޕޯޓްސް ކައުންސެލަރ އިން ބޭނުންވެގެން ހއ އަތޮޅުން އިޢުލާން ކޮށްފައިވަނީ ހއ.ތަކަންދޫ އަދި ހއ. ދިއްދޫ އިންނެވެ. ހދ އަތޮޅުން ހދ.ނެއްލައިދޫ، ހދ.ހަނިމާދޫ، ހދ. މަކުނުދޫ، ހދ.ކުޅުދުއްފުށި، ހދ.ކުރިނބީ އަދި ހދ.ނޭކުރަންދޫ އަށެވެ. ށ އަތޮޅުން ށ.މިލަންދޫ، ށ.ފީވަށް، ށ. ކަނޑިތީމް އަދި ށ.ފޭދޫ ހިމެނޭއިރު ނ. އަތޮޅުން ނ.ކުޑަފަރީ، ނ.ހެނބަދޫ، ނ.ކެނދިކުޅުދޫ...

އަލީ އާދިލް
މަސްތުވާތަކެއްޗާއެކު ފުނަދޫން މީހަކު ހައްޔަރުކޮށްފި 📍 ށ. ފޭދޫ

މަސްތުވާތަކެއްޗާއެކު ފުނަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުނަދޫން ހައްޔަރުކޮށްފިއެެވެ. ފުނަދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ޅައިމަގުން ތިން މީހަކު ހައްޔަރުކޮށްފި 📍 ށ. ފޭދޫ

މަސްތުވާތަކެއްޗާއެކު ޅައިމަގުން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ށ. ޅައިމަގުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ޅައިމަގުގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނ...

އިބްރާހިމް އަސްވާޤް