މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޭދޫ (145 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
145 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޭދޫގެ އެންމެ ފަހުގެ ޚަބަރުތައް

145 ޚަބަރުގެ ތެރެއިން
ށ.ފޭދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ށ. ފޭދޫ

ށ.ފޭދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ އެއްގަމުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 378 މީޓަރުގެ ބޭރުތޮށި ލުމާއި، 1380 އަކ...

އަޙްމަދު ވަހީދު
ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ށ. ފޭދޫ

ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުލް ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެއްގަމުތޮށި ލުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް […]

އަޙްމަދު ވަހީދު
ށ. ފޭދޫ ކައުންސިލުން ބޭއްވި ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ކައުންސިލުން ބޭއްވި ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ނިންމާލައިފި

ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ކުޅިވަރު ޙަރަކާތްތައް ނިންމާލައިފިއެވެ. ފޭދޫ ކައުންސިލުން އިންތިޒާމު ކޮށްގެން މުޅިން އަލަށް ބޭއްވި ކުޅިވަރު ތަކުގެ ތެރޭގައި ކަނބަލުންނަށް ޚާއްސަކޮށް ބޭއްވި ހޭންޑްބޯލް މުބާރާތަކާއި ފިރިހެނުންނަށް ޚާއްސަކޮށް ބޭއްވި ފުޓްސެލް މުބާރާތް ހިމެނެއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް ވިދާޅުވީ، މިކުޅިވަރުތަކުގެ ތެރެއިން ހޭންޑް ބޯލް މުބާރާތް ބާއްވާފައިވަނީ އެރަށުގެ މުއައްސަސާތަކަށް ހުޅުވާލައިގެ...

ސަނިއްޔާ އަބޫބަކުރު
ށ. ފޭދޫގައި ފިރިމީހާ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި 📍 ށ. ފޭދޫ

ށ. ފޭދޫގައި ފިރިމީހާ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި

ށ. ފޭދޫގައި ފިރިމީހާ، އަނބިމީހާ އަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ރޭ 21:30 ހާއިރު ށ. ފޭދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދިނުމާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް “ތިލަދުން” އަށް ވިދާޅުވީ، ރޭ 21:30 ހާއިރު އެ މައްސަލާގައި ޝާމިލްވާ ފިރިހެން މީހާގެ މަންމަ ގުޅާފައި އެގޭދޮށަށް އައިސްދިނުމަށް އޭނާ ގާތުގައި […]

ސަނިއްޔާ އަބޫބަކުރު
އައްޑޫ ސިޓީގެ ފޭދޫގައި ހިނގި މާރާމާރީގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީގެ ފޭދޫގައި ހިނގި މާރާމާރީގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީގެ ފޭދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި މީހަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގާފައިވާ މި މާރާމާރީ ހިންގާފައިވަނީ ރޭ ފަތިހު 3:10 ހާއިރު އެވެ. ޒުވާނާ ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 3:10 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ […]

ޔުމްނާ ޢަލީ
ށ. ފޭދޫގައި އިމާމުން އުފެއްދުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވި ފަރާތާއެކު ސޮއިކޮށްފި 📍 ށ. ފޭދޫ

ށ. ފޭދޫގައި އިމާމުން އުފެއްދުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވި ފަރާތާއެކު ސޮއިކޮށްފި

ށ. ފޭދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި އިމާމުން އުފެއްދުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވި ފަރާތާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފޭދޫ ކައުންސިލުން އަންނަނީ އެ ރަށުގައި ފަންނީ މީހުން މަދު ދާއިރާތަކުން މީހުން ބިނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އިމާމުން ތަމްރީން ކުރުމަކީ ވެސް އެ ކައުންސިލުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ފަންނީ މީހުން ބިނާ ކުރުމުގެ ޕްރޮގްރާމުގެ ދަށުން ކައުންސިލުން ސްޕޮންސަކޮށްގެން ބައިވެރިންނަށް އިމާމް ލެވެލް 3 ގެ ކޯސް ފުރިހަމަ ކުރުމަށް ދެވޭ […...

އިބްރާހިމް ޚަލީލް
ފޭދޫ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ފޭދޫ

ފޭދޫ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ.ފޭދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުންނަ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް 2022” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފޭދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކުރުމާއި ހަށިހެޔޮ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި، ކުޅިވަރުގެ ރޮނގުން ހުނަރުވެރި މީހުން އެ ރަށުގައި އެފެއްދުމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހި...

އިބްރާހިމް ޚަލީލް
‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ފޭދޫ

‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

‏ށ. ފޭދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތް އިން މައުލޫމާތު ދެއްވި ގޮތުގައި އެ މިނިސްޓްރީގެ ފަރާތުން މި މައްސައްކަތް ހަވާލުކޮށްފައި ވަނީ ރައިސަރ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތަށް 4,100,958.67 ރުފިޔާ ޚަރަދު ކުރާނެއެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ކޮންޓެކްޓަރަކާއި މިއަދު ހަވާލުކުރުމާއި ގުޅިގެން ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މި މަސައްކަ...

ޔުމްނާ ޢަލީ
ށ. ފޭދޫ ކައުންސިލުން ބާއްވާ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ކައުންސިލުން ބާއްވާ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ށ. ފޭދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ށ. ފޭދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” އަދި “އިންޓަރ އޮފީސް ހެންޑް ބޯލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 09 ވަނަ ދުވަހު އެވެ. މި މުބާރާތްތައް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފޭދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙް އާލާކުރުމެވެ. ފޭދޫގައި […]

އިބްރާހިމް ޚަލީލް
ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފަށަނީ 📍 ށ. ފޭދޫ

ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފަށަނީ

ށ. ފޭދޫގައި ސެޓްފިކެޓް ލެވެލް 3 ގެ އިމާމު ކޯހެއް ފެށުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ކޯހަކީ، ފޭދޫ ކައުންސިލާއި، ދާރުލް ޤުރުޢާން ވައްސުންނާއާއި ގުޅިގެން ހިންގަން ނިންމާފައިވާ ކޯހެކެވެ. ރަމަޟާން މަހަށްފަހު ފެށުމަށް ނިންމާފައިވާ މިކޯހުގައި ބައިވެރިވާ ބައިވެރިންކުރެ 2 ބައިވެރިއަކަށް ކޯސް ފީ ދައްކައިދޭގޮތަށް ނިންމާފައި ވަނީ ފޭދޫ ކައުންސިލުންނެވެ. މި ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަޠު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. މިގޮތުން މިކޯހުގައި ބައިވެރިވުމަށް ނަންނ...

ޔުމްނާ ޢަލީ
ކުޅިވަރު މުބާރާތްތަކުގައި ށ. ފޭދޫ ތަމްސީލުކުރާ ޓީމުތަކުން ބޭނުންކުރާނެ ލޯގޯތައް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ފޭދޫ

ކުޅިވަރު މުބާރާތްތަކުގައި ށ. ފޭދޫ ތަމްސީލުކުރާ ޓީމުތަކުން ބޭނުންކުރާނެ ލޯގޯތައް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ކުޅިވަރު މުބާރާތްތަކުގައި ށ. ފޭދޫ ތަމްސީލްކުރާ ޓީމްތަކުން ބޭނުންކުރާނެ ލޯގޯތައް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ފޭދޫ ކައުންސިލުން ހުޅުވާލައިފިއެވެ. މިއަދު އެ ކައުންސިލުން ހުޅުވާލާފައި ވަނީ އެ ރަށް ތަމްސީލްކުރާ ތިން ކުޅިވަރެއްގައި ބޭނުންކުރާނެ ތިން ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުޞަތެވެ. އެ ކުޅިވަރު ތަކަކީ ފުޓްބޯޅައާއި ވޮލީބޯޅައިގެ އިތުރުން ހޭންޑްބޯޅައެވެ. އެ އިޢުލާނާއިއެކު ލޯގޯތަށް ފަރުމާ ކުރުމުގައި ހުންނަންވާނޭ ޝަރުތުތަކުގެ ތަފްސީލް ވެސް ވަނީ ހިމަނާފައެވެ. މިގޮތުން ބުނެފައިވާ ތިން ކުޅިވަރަށް ކޮން...

އިބްރާހިމް ޚަލީލް
ފެނަކަ ސީއެސްއާރުގެ ދަށުން ށ. ފޭދޫ ސިއްޚީ މަރުކަޒަށް އޭސީ އާއި ކޮމްޕިއުޓަރު ހަދިޔާ ކޮށްފި 📍 ށ. ފޭދޫ

ފެނަކަ ސީއެސްއާރުގެ ދަށުން ށ. ފޭދޫ ސިއްޚީ މަރުކަޒަށް އޭސީ އާއި ކޮމްޕިއުޓަރު ހަދިޔާ ކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރު ގެ ދަށުން ށ. ފޭދޫ ސިއްޚީ މަރުކަޒަށް އޭސީއާއި ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކޮށްފިއެވެ. އެމަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި ފެނަކައިން އެމަރުކަޒަށް ހަދިޔާ ކޮށްފައިވަނީ 24000ބީ.ޓީ.އޫ ގެ 2 އޭސީ އާއި، 2 ކޮމްޕިއުޓަރ ސިސްޓަމެވެ. އެކަމަށްޓަކައި ފެނަކާއިގެ އެމްޑީ އަޙްމަދު ސަޢީދަށާއި، ށ. ފޭދޫ ފެނަކަ ބްރާންޗުގެ އެންމެހާ މުވައްޒަފުންނަށް އެމަރުކަޒުގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެޗެ. މީގެ އިތުރުން ފެނަކައިން ށ. އަތޮޅަށް މިފަހުން ފޯރުކޮށްދިން […]

އައިޝަތު ނަސާޔާ
ފޭދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި 📍 ށ. ފޭދޫ

ފޭދޫގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފި

ށ. ފޭދޫގައި ދިރިއުޅޭ ހާއްސައެހީއަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަނެ އެމީހުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް އެރަށު ކައުންސިލުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ފަށައިފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް “ތިލަދުން”އަށް ވިދާޅުވީ، މިއީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް 8 ވަނަ އިސްލާޙް ގެނެވުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގެ ތެރެއިން ފަށާފައިވާ ހަރަކާތެއްކަމަށެވެ. “އެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ހަތަރު މަހަކު އެރަށ...

ޙުސައިން ޝަހުދީ
ފޭދޫ ވޮލީކޯޓުގައި ލައިޓް ޖަހައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޭދޫ

ފޭދޫ ވޮލީކޯޓުގައި ލައިޓް ޖަހައިދޭނެ ފަރާތެއް ހޯދަނީ

ށ. ފޭދޫ ވޮލީކޯޓުގައި ލައިޓް ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިބީލަމުގެ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް އެއިދާރާއިން ދޫކުރާ “ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް” ފުރިހަމަކުރެއްވުމަށްފަހު 15 މާރިޗު 2022 ވާ އަންގާރަދުވަހުގެ 11:00 ގެ ކުރިން އެއިދާރާއަށް ނުވަތަ...

އައިޝަތު ނަސާޔާ
ށ. ފޭދޫން ހައްޔަރުކުރި 2 މީހުން ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫން ހައްޔަރުކުރި 2 މީހުން ދޫކޮށްލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ށ. ފޭދޫގައި ތަރައްގީ ކުރަމުންދާ ޕްރީސްކޫލް ބޭރު ފާރުގައި ތަކުރާރުކޮށް ލިޔެ ކުރަހާފައިވާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ދޫކޮށްލަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައްވައިފިއެވެ. އެ ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ  ޢާންމު ތަނެއްގައި “އިންޑިއާ އައުޓް” ލިޔެގެން ހައްޔަރު ކުރި ށ. ފޭދޫގެ 2 މީހުން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ހައްޔަރުކުރި ރޭ ހަތަރުދަމު އެ ދެ މީހުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި ބައިތިއްބާފައި ވަނީ […...

އައިޝަތު ނަސާޔާ