މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅަން ބިޑަށް 📍 ށ. ފުނަދޫ

ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅަން ބިޑަށް

ށ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ. ފުނަދޫ އަކީ މިހާރު ވެސް ށ. އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައި ހުންނަ ރަށެވެ. އެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމުން، ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމުގައި ބައިވެރިވުމަށް -/1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަ...

މުޙައްމަދު އަފްރާޙް
ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ 📍 ށ. ފުނަދޫ

ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ

ފުނަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭސިކް ވޮލީ ކޯޗިންގ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ. މި ކޭމްޕުގެ މައުލޫމާތު “ތިލަދުން” އާ ހިއްސާ ކުރައްވަމުން އެރަށު ކައުންސިލުގެ ރައީސް އަހްމަދު އިބްރާހިމް ވިދާޅުވީ މި ކޭމްޕު ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި މިއީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށެވެ. އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕަކީ ހަމައެކަނި އެރަށުގެ […]

މުޙައްމަދު އަފްރާޙް
ޔާމީނަށް އިއްވީ ނުހައްގު، ސިޔާސީ ހުކުމެއް: ފުނަދޫ ކައުންސިލް 📍 ށ. ފުނަދޫ

ޔާމީނަށް އިއްވީ ނުހައްގު، ސިޔާސީ ހުކުމެއް: ފުނަދޫ ކައުންސިލް

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވީ ނުހައްގު އަދި ސިޔާސީ ނުފޫޒުގެ ތެރެއިން ކޮށްފައިވާ ހުކުމެއް ކަމަށާއި، އެއީ ދިވެހިންނަށް ލިބުނު  ނިކަމެތި ކަމެއްކަމަށް ށ. ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެކައުންސިލުން […]

މުޙައްމަދު އަފްރާޙް
ފުނަދޫ އާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ގާޒީން އައްޔަން ކުރައްވައިފި 📍 ށ. ފުނަދޫ

ފުނަދޫ އާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ގާޒީން އައްޔަން ކުރައްވައިފި

ށ. ފުނަދޫ އާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށްމ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީން އައްޔަނުކޮށްފި އެވެ. ކުޑަހުވަދޫ ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ. ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ. ފުނަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ރ. މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޛު އިބްރާހިމް ނައީމް އެވެ. މީގެތެރެއިން އަލްއުސްތާޛު ޔާސިރު މުޙައްމަދަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވައި، ޝަރުއީ ދާއިރާ ގައި ތިން އަހަރު ހޭދަކުރައްވާފައިވާ […]

މުޙައްމަދު އަފްރާޙް
ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި 📍 ށ. ފުނަދޫ

ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ށ. ފުނަދޫގަައި ކަށުކަމާކެމީގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ، ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އެރަށު ކައުންސިލާއި އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކަލް އެންޑް އިންޓަރ ނޭޝަނަލް ރިލޭޝަންސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. އިއްޔެ ހެނދުނުން ރޭނގަނޑަށް ދެމިގެން ދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފުނަދޫގެ 25 މީހަކު ވަނީ ބައިވެރިވެފައެވެ. މި ފަރާތްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލޯކ...

ޙުސައިން ޝަހުދީ
ފުނަދޫގައި ކުރިއަށް ގެންދިޔަ "އިސްލާމިކް ސެމިނާ 2022" ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫގައި ކުރިއަށް ގެންދިޔަ "އިސްލާމިކް ސެމިނާ 2022" ނިންމާލައިފި

ށ.ފުނަދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން ފުނަދޫގައި ކުރިއަށް ގެންދިޔަ “އިސްލާމިކް ސެމިނާ 2022” ނިންމާލައިފިއެވެ. މި މަހުގެ ދިވަހަނަ ދުވަހާއި އެގާރަވަނަ ދުވަހު ފުނަދޫގައި ކުރިއަށް ގެންދިޔަ މި ސެމިނާގައި ޖުމަލް ހަތަރު މަޢުލޫއަކަށް ހަތަރު ސެޝަންއެއް ވަނީ ބާއްވާފައެވެ. މިގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުނަދޫ ކައުންސިލް ޖަލްސާ ކުރާ މާލަމުގައި ގެންގޮސްފައި ވަނީ، މުޖުތަމަޢުގައި ޒުވާނުންގެ ދައުރާއި އަމިއްލަ މަސައްކަތުން […]

އިބްރާހިމް ޚަލީލް
ޓެކްސް ބޮޑު ނުކުރުމަށް ފުނަދޫ ކައުންސިލުން ގޮވައިލައިފި 📍 ށ. ފުނަދޫ

ޓެކްސް ބޮޑު ނުކުރުމަށް ފުނަދޫ ކައުންސިލުން ގޮވައިލައިފި

ރާއްޖޭގައި ނަގާ ޓެކްސް ބޮޑު ނުކުރުމަށް ށ. ފުނަދޫ ކައުންސިލުން ގޮވައިލައިފިއެވެ. އެ ކައުންސިލުން މިފަދައިން ގޮވައިލެއްވީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެނައުމަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލާއި ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައި އެވެ. އެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޓެކްސް ބޮޑުކޮށްފިނަމަ ރައްޔިތުން ޟަރޫރީގޮތުންނާއި އެނޫން މުހިއްމު ބޭނުންކުރަންޖެހޭ ތަކެތީގެ އަގު ވަރަށްބޮޑުތަނުން އުފުލޭނެ ކަމަށެވެ. އަދި އެ ކ...

މުޙައްމަދު އަފްރާޙް
އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ އާއި ޖަލާލުއްދީން ސްކޫލަށް މޮޅެއް 📍 ށ. ފުނަދޫ

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ އާއި ޖަލާލުއްދީން ސްކޫލަށް މޮޅެއް

އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތައް ފުނަދޫ ސްކޫލާއި ޖަލާލުއްދީން ސްކޫލުން ކާމިޔާބުކޮށްފި އެވެ. 13 އަހަރުން ދަށުގެ މި ދެ މެޗުގެ ތެރެއިން ފުނަދޫ ސްކޫލުން މެޗު ކާމިޔާބުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ބައްދަލުކޮށް 12 ޝޫޓު 3 ޝޫޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ފުނަދޫ ސްކޫލުގެ ގޯލް އެޓޭކަރ އަލައިކާ އަބްދުލް އަލީމް އެވެ. މިއަދުގެ ދެވަނަ […]

މުޙައްމަދު އަފްރާޙް
އިންޓަރ ސްކޫލް ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ، ނެއްލައިދޫއަށް ހަމަހަމަ ނިމުމެއް، އަފީފުއްދީން ސްކޫލަށް ބޮޑުމޮޅެއް 📍 ހދ. ކުޅުދުއްފުށި

އިންޓަރ ސްކޫލް ނޯތް ޒޯން ނެޓްބޯލް މުބާރާތް: ފުނަދޫ، ނެއްލައިދޫއަށް ހަމަހަމަ ނިމުމެއް، އަފީފުއްދީން ސްކޫލަށް ބޮޑުމޮޅެއް

ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު އެެއްވަރުވެގެން ނިމިއްޖެ އެވެ. މި މެޗުގައި ބައްދަލުކުރީ ފުނަދޫ ސްކޫލާއި ނެއްލައިދޫ ސްކޫލެވެ. 13 އަހަރުން ދަށުގެ އުމުރުފުރައިގެ މި މެޗު ނިމުނީ 4 ޝޫޓް 4 ޝޫޓުން އެއްވަރުވެގެން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ނެއްލައިދޫ ސްކޫލުގެ ސާރާ އަހްމަދެވެ. މިއަދުގެ ދެވަނަ މެޗަކީ ވެސް […]

މުޙައްމަދު އަފްރާޙް
ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި 📍 ށ. ފުނަދޫ

ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި

ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވައިފި އެވެ. އެގޮތުން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ. ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ. ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލް ކުރައްވާފައިވާ ޔާސިރަކީ ތިން އަހަރު ޝަރުޢީ ދާއިރާގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހައިތަަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގަ އެވެ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރައްވާފައިވާ ރ....

މުޙައްމަދު އަފްރާޙް
ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި 📍 ށ. ފުނަދޫ

ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ށ. އަތޮޅު ފުނަދޫ ބަނދަރު ތެރޭގައި އޮތް މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ރޯޒީ ނަމަކަށް ކިޔާ ފައިބަރު ދޯންޏެއްގަ އެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު 11 ޖަހައިކަށް ހާއިރު އެވެ. އެ ދޯނީގައި އަލިފާން ރޯވުމާއިއެކު ފަޅުތެރޭގައި އޮތް އެހެން ކަންނެލި ދޯނިތަކުގެ ފަޅުވެރިންނާއި، އެ ރަށު ރައްޔިތުންނާއި، އެ ރަށު އެއާޕޯޓްގެ ފަޔަރ ޓީމާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު […]

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި 📍 ށ. ފޭދޫ

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯލް މުބާރާތް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހި

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ހޭންޑްބޯލް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ފޭދޫ، ނަރުދޫ، ފުނަދޫ އަދި ބިލެތްފަހިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް އޭގައި މިއަދު ހަވީރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބިލެތްފައްސާއި ފޯކައިދޫއެވެ. މި މެޗު 10 ލަނޑު 4 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ބިލެތްފައްސެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބިލެތްފަހީ […]

އިބްރާހިމް ޚަލީލް
ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ފުނަދޫ ޢަބްދުﷲ ޢަލީ އަށް 📍 ށ. ފުނަދޫ

ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ފުނަދޫ ޢަބްދުﷲ ޢަލީ އަށް

އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް (ވޮލަންޓިއަރިޒަމް) ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ށ. ފުނަދޫ ރަބީޢުގެ، އަލްފާޟިލް ޢަބްދުﷲ ޢަލީ އަށް ލިބިވަޑައިގެންފި އެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ލިބިވަޑައިގެންނެވި […]

އަލީ އާދިލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފި

މިލައުތުރު ސްޕޯޓްސް ފިއެސްޓާ: ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފި

ށ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔަ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފުނަދޫއިން ހޯދައިފިއެވެ. ފުނަދޫއާއި ނަރުދޫ ބައްދަލުކުރި، މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފުނަދޫއިން ވަނީ 4-0 ގެ ނަތީޖާއިން ފަސޭހަކަމާއިއެކު ނަރުދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ފުނަދޫއިން ވަނީ މުބާރާތުގައި އެ ޓީމް ކުޅުން ހުރިހާ މެޗަކުން ވެސް މޮޅުވެ...

އިބްރާހިމް ޚަލީލް
މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއަށް

މިލައުތުރު ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ” ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022” ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއިން ހޯދައިފިއެވެ. މިއަދު ހަވީރު ފޭދޫ ފުޓްސަލް ދަނޑުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފުނަދޫއާއި ކަނޑިތީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން، […]

އިބްރާހިމް ޚަލީލް