މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް އެހީއެއް! 📍 ށ. ފުނަދޫ

ފުނަދޫ ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނަށް އެހީއެއް!

ށ.ފުނަދޫ ރައްޔިތުންގެ ފަރާތުން ށ.ނަރުދޫގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ފުނަދޫ އިން މި ނޫހަށް މައުލޫމާތު ދެއްވި  މީހަކު ވިދާޅުވީ  މިއީ މުޅި ނަރުދޫއައް ފޯރުކޮށްދެއްވައިފައި  އެހީތެރިކަމެއް ކަމަށެވެ. އަދި މި ތަކެތީގެ ތެރޭގައި ހިމެނެނީ ބޯފެން، ކަނޑުމަސް، މަސްދަޅު، ނޫޑުލްސް އަދި ޕާން ފަދަ ތަކެއްޗާއި މީގެ އިތުރުން ގޭތެރެއަށް ބޭނުންވާ ބްލިޗް އާއި އޯމޯ ފަދަތަކެތި ހިމެނެއެވެ. “މި އެހީތެރިކަމަކީ ފުނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނަރުދޫ ރައްޔިތުންނ...

ޖަލްވާން ޖާދުﷲ
ފުނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ށ. ފުނަދޫގައި އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެ ރަށު ކައުންސިލުން ވަރުގަދަ ކޮށްފިއެވެ. މި ނިންމުމާއި ގުޅިގެން ފުނަދޫ ކައުންސިލުން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް- 19 ގެ ނުރައްކާ ބޮޑުވަމުންދާތީ އާއި ކުރިއަށް އޮތް ދެހަފަތާއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ދެހަފްތާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފައިވާތީ އެ ކައުންސިލުން އިތުރު އެންގުމެއް އަންގަންދެން 13 […]

ޔުމްނާ ޢަލީ
ހުއްދަ ނެތި ފުރި ދެ މީހުން ފުނަދޫން ހައްޔަރު ކޮށްފި 📍 ށ. ފުނަދޫ

ހުއްދަ ނެތި ފުރި ދެ މީހުން ފުނަދޫން ހައްޔަރު ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި ށ. ފުނަދޫ ފަޅު ތެރޭގައި އަޅާފައި އޮތް ޑިންގީ އެއްގައި ހުއްދަނެތި ފުރި ދެ މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުން ބުނެފިއެވެ. ފުލުހުން މިއަަދު ބުނީ ށ. ފުނަދޫ ފަަޅުތެރޭގައި އޮތް ޑިންގީއެއްގައި ބަޔަކު ހުއްދަ ނުހޯދައި ފުރި މައްސަލަ އެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ. ހުއްދަ ނެތި އެ ޑިންގީގައި ފުރި މީހުން އެ އަތޮޅު ޅައިމަގާ ހަމައަށް ގޮސްފައިވާ ކަމަށާއި، […]

ޝިއުނާ އާދަމް
ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ށ.އަތޮޅުގެ 5 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފި އެވެ. އެޗްޕީއޭ އިން ބުނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ށ.ނަރުދޫ އާއި ށ.ފުނަދޫ އާއި ށ.މިލަންދޫ އާއި ށ.ފީވަށް އަދި ށ.މާއުނގޫދޫ ކަމަށެވެ. މީގެ އިތުރުން ނ އަތޮޅު ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށަ ގެނެސްފައެވެ. މި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިމިވަނީ ނަރުދޫ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެގޮތުން އެ […]

ޔުމްނާ ޢަލީ
ފުނަދޫ މިއޮތީ މޮނިޓަރިން ހާލަތުގައި: ކައުންސިލް 📍 ށ. ފުނަދޫ

ފުނަދޫ މިއޮތީ މޮނިޓަރިން ހާލަތުގައި: ކައުންސިލް

ށ. ފުނަދޫ އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ފުނަދޫ އޮތީ މޮނިޓަރިންގ ހާލަތުގައި ކަމަށް އެ ރަށު ކައުންސިލުން ބުނީ ދެންމެ އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައިއެވެ. އެ ޕޯސްޓްގައި ވަނީ އެއްވެސް ބޭނުމެއްގައި ބޭރަށް ނުނިކުތުމަށެވެ. https://www.facebook.com/553472748123209/posts/1822843057852832/ އެކައުންސިލުން އިތުރަށް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ށ. ނަރުދޫ ބޯޓަކުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެ ބޯޓުން16 އޭޕްރިލް2020...

ޝިއުނާ އާދަމް
ފޮޓޯއިން އެދުވަސް - ފަރުކޮޅުފުނަދޫއަށް ކުރި ފުރަތަމަ ދަތުރު 📍 ށ. ފުނަދޫ

ފޮޓޯއިން އެދުވަސް - ފަރުކޮޅުފުނަދޫއަށް ކުރި ފުރަތަމަ ދަތުރު

މި ފޮޓޯއިން ފެންނަ އިމާރާތް ފެނުމުން ހަނދާންތައް ގޮސް ހުއްޓެނީ މީގެ ތިރީސްފަސްވަރަކަށް އަހަރުގެ ދުރު މާޒީ އަކަށެވެ. އަހަރެންގެ އުމުރުން އޭރުވާނީ އަށެއްކަ އަހަރެވެ. މިގޭގެ ވެރިފަރާތަކީ އެދުވަސް ވަރު މިރަށުގައި ޤަދަރު ކުރެވޭ އަޝްރާފުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އަހަރެންގެ ބައްޕަގެ ގާތް ރަޙުމަތެރިއެކެވެ. އެހެންކަމުން ފުނަދޫއަށް ކުރާ ޒިޔާރަތްތަކުގައި ފުރަތަމަ މަންޒިލަކަށް ވާނީ މިގެއެވެ. ގޭގެ އެންމެން ފުނަދޫއަށް ކުރި ޒިޔާރަތެއްގައި މިގޭގެ ބޮޑުކޮޓަރީގައި މަޑުކޮށްލައިގެން އިނީމެވެ. އޭރު ކެއުމާއި ބު...

އާދަމް ޝަރީފް
ފުނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސޯސަލް ސަޕޯޓް ޑެސްކެއް ޤާއިމް ކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސޯސަލް ސަޕޯޓް ޑެސްކެއް ޤާއިމް ކޮށްފި

ށ. ފުނަދޫ ރައްޔިތުންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެރަށު ކައުންސިލުން، ސޯސަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) އެއް ޤާއިމް ކޮށްފިއެވެ. ފުނަދޫ ސޯސަލް ސަޕޯޓް ޑެސްކްގެދައުރު އެކައުންސިލުންވަނީ ކޮވިޑް-19 އާއި ގުޅިގެން އެކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ހޯދުމުގެ ގޮތުން އެރަށުގެ ވިޔަފާރިވެރިންނާއިވެސް ބައްދަލު ކޮށްފައެވެ. ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ށ. ފޮނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން  ކުރިންވެސްވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަ...

ޝިއުނާ އާދަމް
ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފި 📍 ށ. ފުނަދޫ

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކުން ށ. ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފިއެވެ. ށ. ފުނަދޫ ކައުންސިލް އިދާރާއިން އިއްޔެ އެކައުންސިލް އިދާރާގެ ރަސްމީ ފޭސް ބުކް ޕޭޖްގައި އާންމު ކޮށްފައިވާ ލިޔުމެއްގައިވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިއްޔެ ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން އެއްވެސް ރިސޯޓަކުން މީހުން އެރަށަށް އެރުމާއި، އެރަށުން އެއްވެސް މީހަކު އެއްވެސް ރިސޯޓަކަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ. […]

ޔުމްނާ ޢަލީ
ކޮވިޑް-19 އާއި ގުޅިގެން ފުނަދޫ ކައުންސިލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިފި 📍 ށ. ފުނަދޫ

ކޮވިޑް-19 އާއި ގުޅިގެން ފުނަދޫ ކައުންސިލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިފި

ދުނިޔޭގެ ކަންކޮޅުތަކަށް ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ށ. ފުނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން ފުނަދޫ ކައުންސިލުންވަނީ މިއަދުން ފެށިގެން ވަގުތީ ގޮތުން އެރަށުގެ ކުޑަކުދިންގެ ޕާކު ބޭނުން ކުރުން މަނާ ކޮށްފައެވެ. އިތުރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ވަގުތީ ގޮތުން ފުނަދޫ އައުޓް ޑޯ ޖިމް ބޭނުން ކުރުންވެސް ވަނީ އެރަށު ކައުންސިލުން މަނާ ކޮށްފައެވެ. އެކައުންސިލުން ވަނ...

އިބްރާހިމް އަސްވާޤް
ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި 📍 ށ. ފުނަދޫ

ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި

ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި އެވެ. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިނަ މަޢުލޫމާތުދޭ ގޮތުގައި މި އޮއިވާލި ކަނދުފަތި އަލުން ހަރުކުރެވިފައިވާ ސަރަޙައްދަކީ ށ. ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައެވެ. ކަނދުފަތި ނަންބަރަކީ 523 އެވެ. ޕޮޒިޝަން: 06 ދަރަޖަ 12 މިނިޓް 32 ސިކުންތު، އުތުރު އަރުޟު 06°12’32” N 73 ދަރަޖަ 28 މިނިޓް 30 ސިކުންތު، ދެކުނު އަރުޟު 73°28’30” E މިކަނދުފަތި ހަރުކުރެވިފައިވަނީ މިދިޔަ ހޮނިހިދު ދުވަހުގައެވެ.

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ފުނަދޫން މީހަކު ހައްޔަރުކޮށްފި 📍 ށ. ފޭދޫ

މަސްތުވާތަކެއްޗާއެކު ފުނަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުނަދޫން ހައްޔަރުކޮށްފިއެެވެ. ފުނަދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ...

ޔުމްނާ ޢަލީ
ފުނަދޫ، މާލެ އެއްކޮޅު ޓިކެޓް 805 ރުފިޔާއަށް 📍 ށ. ފުނަދޫ

ފުނަދޫ، މާލެ އެއްކޮޅު ޓިކެޓް 805 ރުފިޔާއަށް

ށ. ފުނަދޫ، މާލެ އެއްކޮޅު ޓިކެޓް ފެށޭ އަގަކީ 805 ރުފިޔާ ކަމަށް މޯލްޑިވިއަނުން ހަމަޖައްސައިފިއެވެ. މިމަހު 24 ގައި ޓެސްޓް ފްލައިޓް ޖައްސައި، އޮޕަރޭޓް ކުރަން ތައްޔާރުވެފައިވާ ށ. ފުނަދޫ އެއަރޕޯރޓަށް ދަތުރުކުރުމަށް މޯލްޑިވިއަނުން އެ އަގުގައި ޓިކެޓް ވިއްކަން ފަށަން ހަމަޖައްސާފައިވަނީ 3 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެންނެވެ. އެ އެއާޕޯޓަށް ފެބްރުއަރީ 1 ގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން މަސައްކަތް ކުރަމުން އަންނަކަމަށް ކުރިންވަނީ ބުނެފައެވެ. ކުރީގެ ސަރުކާރުން ހަދަން ފެށި […]

އަލީ އާދިލް
📍 ށ. ފުނަދޫ

ފުނަދޫ ރަށްޔިތުންގެ ފަންސާސް އަހަރުގެ އިންތިޒާރު ނިމުމަކަށް

ށ.ފުނަދޫގައި ތަރައްޤީކުރި އެއަރޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖެއްސުމާއިއެކު، ފޮނަދޫ ރަށްޔިތުންގެ ފަންސާސް އަހަރުގެ އިންތިޒާރު ނިމުމަކަށް އައިސްފިއެވެ. ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެއް ފުނަދޫ އެއާޕޯޓުގައި ޖެއްސީ މިއަދު ހެނދުނު 8:10 ގަ އެވެ. ފުނަދޫ ރައްޔިތުންނަށް ލިބުނު ބޮޑު އުފާ ހާމަކޮށްދެމުން އެކައުންސިލްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ މިއަދަކީ ފުނަދޫ ރައްޔިތުން ޒަމާނުއްސުރެ ދެކެމުންއައި ހުވަފެނުގައި ހަޤީޤީކުލަ ޖެހުނު ތާރީޚީ ދުވަސްކަމަށެވެ.   އިތުރަށް އެކައުންސިލުން ބުނީ ވޭތުވި 50 އަހަ...

ޔުމްނާ ޢަލީ
ށ. ފުނަދޫ އެއާޕޯޓު އަންނަމަހު ހުޅުވަނީ 📍 ށ. ފުނަދޫ

ށ. ފުނަދޫ އެއާޕޯޓު އަންނަމަހު ހުޅުވަނީ

ށ. ފުނަދޫގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓު އަންނަމަހު ހުޅުވަން މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުނެއްގައި ވިދާޅުވީ ފުނަދޫ އެއާޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު އިންސްޕެންޝަންތައް ފަށައި، ވަރަށް އަވަހަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށް ޒުހައިރު ވިދާޅުވިއެވެ. އެހެންނަމަވެސް އެއަޕޯޓް ހުޅުވާނެ ސީދާ ތ...

އަލީ އާދިލް
ށ. ފުނަދޫއިން ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

ށ. ފުނަދޫއިން ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ. މި ހަ ހަތަރު މީހުންނަކީވެސް ދިވެހިންނެވެ. ފުލުހުން ބުނީ މި މީހުންގެ ތެރެއިން 18 އަހަރުގެ މީހާ އާއި، 29 އަހަރުގެ މީހާ އަދި 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ […]

ޔުމްނާ ޢަލީ