މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ފިއްލަދޫ (138 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
138 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިއްލަދޫގެ އެންމެ ފަހުގެ ޚަބަރުތައް

138 ޚަބަރުގެ ތެރެއިން
"ސޭވް ދައްޕަރު" ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް ހުށަހަޅައިފި 📍 ހއ. ފިއްލަދޫ

"ސޭވް ދައްޕަރު" ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް ހުށަހަޅައިފި

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި “ސޭވް ދައްޕަރު” ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅައިފި އެވެ. މި ޕެޓިޝަންގައި ފިއްލަދޫގެ 467 ރައްޔިތަކު ސޮއިކޮށްފަވެއެވެ. މި ޕެޓިޝަން އަކީ ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން އެރަށާއި ގުޅިފައިވާ ދައްޕަރު ވަކިކުރުމާއި ގުޅިގެން އެ ނިންމުން ބާތިލުކޮށް އަލުން ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށަށް ގެނައުމަށް އެދި ހުށަހަޅާ...

އަޙްމަދު އަރުޝަމް
ދައްޕަރުގެ މައްސަލާގައި މަޝްވަރާކޮށްފި 📍 ހއ. ފިއްލަދޫ

ދައްޕަރުގެ މައްސަލާގައި މަޝްވަރާކޮށްފި

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ފިއްލަދޫ ކައުންސިލާއި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފިއެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ޙަސަން މިއަދު “ތިލަދުން”އަށް ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ކުރިއަށް ދިޔަ މި މަޝްވަރާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލްއާއި، ޓޫރިޒަމް މިނި...

ޙުސައިން ޝަހުދީ
މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި 📍 ހއ. ފިއްލަދޫ

މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން ދައްޕަރު ވަކިކޮށް، އެތަނުގައި ހިންގަން އުޅޭ މަޝްރޫޢާއި ގުޅިގެން ފިއްލަދޫގެ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކޮށް އަޑު އުފުލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކުރީ ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރައްވާ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު އެރަށަށް ވަޑައިގަތުމުންނެވެ. އިބްރޭ އެރަށަށް ވަޑައިގަތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ކުރެއްވި ޒިޔާރަތެއްގައެވެ. ފިއްލަ...

އަލީ އާދިލް
ދައްޕަރުގެ މައްސަލަ: ލާމަރުކަޒީ ގާނޫނުގެ އަސާސްތަކާއި ހިލާފަކަށް ކަމެއްކުރުމުގެ ވިސްނުމެއްނެތް 📍 ހއ. ފިއްލަދޫ

ދައްޕަރުގެ މައްސަލަ: ލާމަރުކަޒީ ގާނޫނުގެ އަސާސްތަކާއި ހިލާފަކަށް ކަމެއްކުރުމުގެ ވިސްނުމެއްނެތް

ލާމަރުކަޒީ ގާނޫނުގެ އަސާސުތަކާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ދައްޕަރު ވަކި ކުރުމާގުޅިގެން އެކަމާއި ފިއްލަދޫ ކައުންސިލާ އެއްވެސް މަޝްވަރާއެއްކޮށްފައިނުވާތީ އުފެދިފައިވާ ކަންބޮޑުވުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ދައްޕަރަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ތަރައްގީ ކުރާ ރ...

އަލީ އާދިލް
ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ: ހަމްދާން 📍 ހއ. ފިއްލަދޫ

ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ: ހަމްދާން

ހއ. ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވިދާޅުވެއްޖެއެވެ. ހަމްދާން މިހެން ވިދާޅުވީ “ފިއްލަދޫގެ އިޚްތިޞާސްގައި ދައްޕަރު އޮތަސް ތަރައްގީ ކުރެވޭނެ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ހަމްދާން ވިދާޅުވެފައި ވަނީ، ފިއްލަދޫ ކައުންސިލްގެ ރައީސްއާ އިއްޔެވެސް، މިއަދުވެސް އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވ...

އަލީ އާދިލް
ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން ތަރައްގީކުރުމުގައި ހުރަހެއް ނޯންނާނެ: ފިއްލަދޫ ކައުންސިލް 📍 ހއ. ފިއްލަދޫ

ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން ތަރައްގީކުރުމުގައި ހުރަހެއް ނޯންނާނެ: ފިއްލަދޫ ކައުންސިލް

ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން އެތަން ތަރައްގީކުރުމުގައި، އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ފިއްލަދޫ ކައުންސިލުން ބުނެފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ބޭރުކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އާދިއްތަ ދުވަހުއެވެ. އެކަމަކު ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ. އެކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށެވެ. އަދި އެކަމާއިގުޅިގ...

ޝިއުނާ އާދަމް
ދައްޕަރުން ނާޖާއިޒް ފައިދާ ނެގުން ހުއްޓާލަން އިދިކޮޅުން ގޮވާލައިފި 📍 ހއ. ފިއްލަދޫ

ދައްޕަރުން ނާޖާއިޒް ފައިދާ ނެގުން ހުއްޓާލަން އިދިކޮޅުން ގޮވާލައިފި

ހއ. ފިއްލަދޫގެ އިހްތިސާސް އިން ވަކިކޮށް ދައްޕަރުން ނާޖާއިޒް ފައިދާ ނެގުން ހުއްޓާލަން އިދިކޮޅުން ގޮވާލައިފިއެވެ.  ހއ. ފިއްލަދޫގެ އިހްތިސާސްއިން ދައްޕަރު ބޭރުކޮށްލީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގާރާރަކުންނެވެ. އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކުރުމަށް ނިންމެވި ޤަރާރު އަނބުރާ ގެންދަވާ، ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ނަމުގައި ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލައިގެން ނާޖާއިޒްގޮތުގައި މަންފާ ހޯދުމަށް ކުރ...

ޝިއުނާ އާދަމް
ރައީސްގެ ގަރާރަކުން ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ބޭރުކޮށްފި 📍 ހއ. ފިއްލަދޫ

ރައީސްގެ ގަރާރަކުން ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ބޭރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން ހއ. ދައްޕަރު އެ އަތޮޅު ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ބޭރުކޮށްފި އެވެ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުންނެވެ. މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ. މީގެ ކުރިން އެންމެ ފުރަތަމަ ރަށްތަކުގެ އިޚުތިޞާޞު ބަޔާންކުރި ޤަރާރުގައި ދައްޕަ...

ޝިއުނާ އާދަމް
ފިއްލަދޫގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފަށައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފަށައިފި

ފިއްލަދޫ ސްޕޯޓްސް އެކެޑަމީގެ ޔޫތު ޑިވެލޮޕްމަންޓު ޕްރޮގްރާމް ފަށައިފިއެވެ. ހަ އަހަރާއި 13 އަހަރާ ދެމެދުގެ ޖުމްލަ 60 ކުދިންނާއި އެކު މިއަދު ފެށި މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަންއެވެ. އެކަޑަމީން ބުނިގޮތުގައި މި ޕްރޮގްރާމްގެ މިއަދުގެ ސެޝަންތައް ނަގައިދިނީ ދިއްދޫގެ ކޯޗު އަހުމަދު ޝަފީގެވެ. އަހުމަދު ޝަފީގަކީ ސީ ލައިސަންސް ކޯޗެކެވެ. ފިއްލަދޫ ޔޫތު ޑެވެލޮޕްމަންޓް އެކަޑަމީން ފެށި މި ޕްރޮގްރާމުގެ ޓްރެއިނިން ސެޝަންތައް ކުރިއަށްގެންދަނ...

ޝިއުނާ އާދަމް
ޓޫރިޒަމް މިނިސްޓްރީން ތިލަދުންމަތީ އުތުރުބުރިއަށް 📍 ހއ. ބާރަށް

ޓޫރިޒަމް މިނިސްޓްރީން ތިލަދުންމަތީ އުތުރުބުރިއަށް

ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށްފިއެވެ. މި މަހުގެ 18 ވަނަ ދުވަހު އެ މިނިސްޓްރީން ފެށި މި ދަތުރުގައި މިނިސްޓަރ އަބްދުﷲ މައުސޫމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ މައުސޫމް އާ އެކު މިނިސްޓްރީގެ ޓީމް ވަނީ ހއ. ބާރަށާއި، ވަށަފަރުގެ އިތުރުން އުތީމާއި، ކެލާ، އަދި ދިއްދޫގެ އިތުރަށް، ފިއްލަދޫ އަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. މިނިސްޓަރގެ އެ ދަތުރުފުޅުގައި ޓޫރިޒަމް ސިންދަފާތު ކުރުމާއި، ލޯކަލް...

ޝިއުނާ އާދަމް
ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި

ހއ.ފިއްލަދޫގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެއް ކަމުގައިވާ ދައްޕަރަށް ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ. މިކަން އަންމު ކުރުމުގެ ގޮތުން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/7 ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ، ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ އުސޫލުގެ ދަށުން، 18 މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އ...

އިބްރާހިމް ޚަލީލް
ފިއްލަދޫ މޮނިޓަރިން ހާލަތުން ވީއްލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ މޮނިޓަރިން ހާލަތުން ވީއްލައިފި

“ޖޫން 17 ފިއްލަދޫ ކްލާސްޓާ”އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް، ހއ. ފިއްލަދޫ އެ ހާލަތުން ވީއްލައިފިއެވެ. ފިއްލަދޫ ސިއްހީމަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ކުއްޖެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް ބަންދުކުރީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:20 އިން ފެށިގެންނެވެ. އެރަށް އެ ހާލަތުން ވީއްލާފައި ވަނީ މިރޭ 9:51 އިން ފެށިގެންނެވެ. ފިއްލަދޫ ކައުންސިލުން މިރޭ ވިދާޅުވީ، މިއަދު […]

ޙުސައިން ޝަހުދީ
އިބްރޭގެ އެހީތެރިކަން ފިއްލަދޫ ރައްޔިތުންނަށް 📍 ހއ. ފިއްލަދޫ

އިބްރޭގެ އެހީތެރިކަން ފިއްލަދޫ ރައްޔިތުންނަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮތް ހއ. ފިއްލަދޫ ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ހިމެނޭ ދާއިރާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ރޯ މަސް ހަދިޔާ ކުރަށްވައިފިއެވެ. ފުރަބަންދުގެ ސަބަބުން ފިއްލަދޫގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މެންބަރު އިބްރޭ މިއަދު ވަނީ 975 ކިލޯ ރޯމަސް އެރަށަށް ހަދިޔާ ކުރަށްވާފައެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަޠުޙުﷲ ޙަސަން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އިބްރޭ މިއަދު...

ޔުމްނާ ޢަލީ
ފިއްލަދޫގެ 8 ޒުވާނުން އިސްވެ އެރަށު ރައްޔިތުންނަށް 24413 ރުފިޔާގެ މަސް ހަދިޔާކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގެ 8 ޒުވާނުން އިސްވެ އެރަށު ރައްޔިތުންނަށް 24413 ރުފިޔާގެ މަސް ހަދިޔާކޮށްފި

ހއ. ފިއްލަދޫގެ 8 ޒުވާނުން އިސްނަގައިން އެރަށުގައި ދިރިއުޅޭރައްޔިތުންނަށް 24413 (ސައުވީސް ހާސް ހަތަރުސަތޭކަ ތޭރަ) ރުފިޔާގެ ތާޒާ ފިނިކުރިމަސް ހަދިޔާކޮށްފިއެވެ. އެ ޒުވާނުންތައް މިކަންކުރީ، މިމަހުގެ 16 ވަނަ ދުވަހު ފުލޫކުލިިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމައި ގުޅިގެން މިވަގުތު މޮނިޓަރިންގައި އޮތް ފިއްލަދޫއިން މަސްލިބުން ދަތިވެފައިވާ ދުވަސްވަރެއްގަ އެވެ. މި މަސްތައް ވިއްކާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ އަތޮޅު އިހަވަންދޫގައި މަސައްކަތްކުރާ ޖަމިއްޔާއެއްކަމުގައިވާ “މަސްވެރި އިހަ...

އަޙްމަދު އަރުޝަމް
ފިއްލަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 13 އަށް އަރައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 13 އަށް އަރައިފި

ހއ. ފިއްލަދޫން އިތުރު 4 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 13 އަށް އަރައިފިއެވެ. ފިއްލަދޫ ކައުންސިލުން މިއަދު ވިދާޅުވީ، ކޯވިޑަށް ޕޮޒިޓިވްވެފައިވާ 8 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަހު މިމަހު 19 ވަނަ ދުވަހު ނެގުނު 47 ސާމްޕަލްގެ ނަތީޖާ މިއަދު 14:30 ގައި ލިބިފައިވާކަމަށެވެ. އޭގެތެރެއިން އިތުރު 4 ފަރާތެއް ކޯވިޑް ބައްޔައް ޕޮޒިޓިވް ވުމާއިއެކު، “ޖޫން 17 ފިއްލަދޫ ކްލާސްޓާ”އާއި ގުޅިގެން މިހާތަނަށް 13 މީހެއް […]

އަޙްމަދު އަރުޝަމް