📍 ހއ. ފިއްލަދޫ
ދައްޕަރުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގުމަށް 226 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ބީލަމަށް
ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ދަށުގައި އޮންނަ ދައްޕަރު ސަރަހައްދުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް، އޮޕަރޭޓްކޮށް އަދި މެނޭޖްކުރުމަށްޓަކައި މޫދާއެކު 226.13 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ފިއްލަދޫ ކައުންސިލުން އާންމުކޮށް ބީލަމަށް ހުޅުވާލައިފިއެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝަރުތުހަމަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝަރުތުހަމަވާ ފަރާތްތަކުގެ ތެރޭގައި ޤާނޫނީގޮތުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕ...