މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ފިނޭ (116 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
116 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފިނޭގެ އެންމެ ފަހުގެ ޚަބަރުތައް

116 ޚަބަރުގެ ތެރެއިން
ފިނޭ ކައުންސިލުން ފުޓުސަލް މުބާރާތެއް ބާއްވަނީ 📍 ހދ. ފިނޭ

ފިނޭ ކައުންސިލުން ފުޓުސަލް މުބާރާތެއް ބާއްވަނީ

ހދ. ފިނޭ ކައުންސިލުން ފުޓުސަލް މުބާރާތެއް ބާއްވަން ނިންމައި، ޢިއުލާން ކޮށްފިއެވެ. އެކަމާއި ގުޅޭ ގޮތުން ފިނޭ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ވަނީ މި އަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، “ކައުންސިލު ކަޕް 2020” ގެ ނަމުގައި ފުޓުސަލް މުބާރާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމާފައިވާކަމަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް ވާ 2020 މެއި 24 ވަނަ ދުވަހުކަމަށްވެސް އެޢިއުލާންގައި ވެއެވެ. މި މުބާރާތުގައި ބައިވެރިވާން […]

ޔުމްނާ ޢަލީ
ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި 📍 ހދ. ފިނޭ

ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި

ހދ. ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސ...

ޝިއުނާ އާދަމް
ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް 📍 ހދ. ފިނޭ

ހދ. ފިނޭ ތިލަ: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުން ރަންމެޑަލް ޖޫދީއަށް ރިހި މެޑެލް ފިނޭ ރަޝީދުއަށް 📍 ހދ. ފިނޭ

ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުން ރަންމެޑަލް ޖޫދީއަށް ރިހި މެޑެލް ފިނޭ ރަޝީދުއަށް

ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުން ރަންމެޑަލްއެއް ޖޫދީ ޚާލިދު އަދި ރިހި މެޑެލްއެއް ހދ. ފިނޭއަށް އުފަން އަބްދުލް ރަޝީދު ހޯދައިފިއެވެ. ޖަރުމަނުގެ ސްޓުޓްގާޓްގައި މިހާރު ކުރިއަށްދާ 25 ވަނަ “އިކާ ކަލިނަރީ އޮލިމްޕިކްސް” ގައި މި އަހަރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ދެ މެންބަރުން ބައިވެރިވީ ވެޑިންގް ކޭކު ކެޓަގަރީގައެވެ. އެމުބާރާތަކީ ކެއްކުމުގެ އެކި މުބާރާތްތަކުން ގޯލްޑް މެޑަލް ހޯދާ ޝެފުންނަށް އެކަނި ވާދަކުރެވޭ، ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުގެ ގޮތުގައި […]

ޔުމްނާ ޢަލީ
ފިނޭ ރަޝީދު ޖަރުމަނަށް 📍 ހދ. ފިނޭ

ފިނޭ ރަޝީދު ޖަރުމަނަށް

މިމަހު ޖަރުމަނުގައި އޮންނަ ކަލިނަރީ އޮލިމްޕިކްސްގައި ފުރަތަމަފަހަރަށް ރާއްޖެ ތަމްސީލްކުރުމަށް ހދ. ފިނެއަށް އުފަން، ކެއްކުމާއި ކޭކު އެޅުމުގެ ދާއިރާގައި މަޝްހޫރު އަބުދުލް ރަޝީދު (އަންކަލް) ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ. ދުނިޔޭގެ މައްޝޫރު ވޯލްޑް ޝެފްސް ވިލެޖްގެ 25 ވަނަ އައިކޭއޭ ކަލިނަރީ އޮލިމްޕިކްސްގައި ޝެފްސް ގިލްޑް މޯލްޑިވްސް އިން ބައިވެެރިވާން ނިންމައި، އެ ޖަމްޢިއްޔާގެ ފަރާތުން އެ ކެއްކުމުގެ އިވެންޓުގައި ރަޝީދުގެ އިތުރުން ދެން ބައިވެރިވާނީ ޖޫދީ ޚާލިދެވެ. ރާއްޖޭގެ ދެ ކެއްކުންތެެެރިން ކަމުގައި...

ޔުމްނާ ޢަލީ
📍 ހދ. ފިނޭ

ފިނޭ ލޭންޑް ޔޫސް ޕްލޭން ހެދުމަށާއި ސާރވޭ ކުރާނެ ފަރާތެއް ހޯދަނީ

ހދ ފިނޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި ސާރވޭކުރާނެ ފަރާތެއް ހޯދުމަށްއެދި ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. ފިނޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި ސާރވޭކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020  ފެބުރުއަރީ  4 ވާ އަންގާރަ ދުވަހުގެ 10:00 އަށް ފިނޭ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަން ޖެހެއެވެ. އަގު ހުށަހަޅުއްވަން ފުރުޞަތު ހުޅުވާލާފައިވާ ސުންގަނޑިއަކީ 2020 ފެބުރުއަރީ 13  ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ. ފިނޭ ލޭންޑް ޔޫޒު ޕްލޭން ހެދުމަށް އަލުން މި ހުޅުވާލީ ނިމިމުނު ރަ...

އަލީ އާދިލް

ދައުލަތުގެ ދަރަނި 52 ބިލިއަން ރުފިޔާއަށް - "ނުރައްކަލެއް ނެތް": ފިނޭންސް މިނިސްޓަރ

ދަރަނީގެ ގޮތުގައި ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. އޮފިޑް ފަންޑުން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އޮފިޑް ފަންޑުން ނަގާފައިވާ ލޯނަކީ މިއަހަރުގެ ބަޖެޓުގައި ހިމެނޭ ލޯނެއްކަމަށެވެ. އެހެންކަމުން، މިއަހަރަށް ދަރަނި ލަފާކޮށްފައިވަނީ މި ލޯނު ހިމަނައިގެންކަމަށް މިނިސްޓަރ ވިދާޅު...

އަލީ އާދިލް
ޚާރިޖީ ސިޔާސަތުގެ ދަށުން ހޯދި ފައިސާ ފިނޭންސްގެ ބަޖެޓުން ފެންނާކަށް ނެތް: އާދަމް ޝަރީފު

ޚާރިޖީ ސިޔާސަތުގެ ދަށުން ހޯދި ފައިސާ ފިނޭންސްގެ ބަޖެޓުން ފެންނާކަށް ނެތް: އާދަމް ޝަރީފު

މިސަރުކާރުން ހާރިޖީ ސިޔާސަތު ރަގަޅޫވެފައިވާ ވާހަކަ ދެއްކި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ބަޖެޓުން އެކަން ފެންނަން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންދާކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށު...

ޝިއުނާ އާދަމް
ފިނޭ ބަނޑިޔާ ގްރޫޕްތަކުގެ މަތިން ހަނދާން އެބަހުރިތަ؟ 📍 ހދ. ފިނޭ

ފިނޭ ބަނޑިޔާ ގްރޫޕްތަކުގެ މަތިން ހަނދާން އެބަހުރިތަ؟

ފިނޭ ބަނޑިޔާ ގްރޫޕްތަކުގެ ވާހަކަ އަޑުއެހިން ހެއްއްޔެވެ؟ އައްޑިހައިގެ އަހަރު ތަކުގައި އުތުރުން ވިދާލި ބަނޑިޔާ ގްރޫޕްތައް ނިސްބަތްވާ އެއް ރަށަކީ ހދ. ފިނޭއެވެ. އެ ރަށުގައި ދެ ބަނޑިޔާ ގްރޫޕް އޮތެވެ. އަވަށަކު ބަނޑިޔާ ގްރޫޕެކެވެ. ފިނޭ ޖިންސުންލަތީފުންގެ ފަރި ހަރަކާތްތައް ބައްލަވާލެއްވުމަށް އޭރުގެ އަތޮޅުވެރިންވެސް އެރަށަށް ވަޑައިގަންނަވައެވެ. އަތޮޅުވެރިން އޭރު ބަނޑިޔާ ބައްލަވަން ވަޑައިގެން މަޑުކުރައްވަނީ މިހާރުގެ ފިނޭ ސްކޫލް ކުރިމައްޗަށްވާހެން އެހެރަ ވީރާނާ ވެފައިވާ ފިނޭ ބާ ރައްވެހިގޭގައެވެ. ބަނޑިޔާ ގް...

އަލީ އާދިލް
ފިނޭ އަދި އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި 📍 ހދ. ފިނޭ

ފިނޭ އަދި އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ހއ. އުލިގަމުގައި އަދި ފިނޭގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. މިދެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ. HDh. Finey gai alah imaaraiy kuraa engine geyge bingaa Managing Director Ahmed Saeed Mohamed adhi HDh. Finey council ge raees Hassan Rasheed miadhu alhuhvaidhevvaifi. #TeamFenaka (1/2) pic.twitter.com/VNunFZGNQq — Fenaka Corporation Ltd (@TeamFenaka) N...

އިބްރާހިމް އަސްވާޤް
ފުލުހުންނާއި ފިނޭ ހެލްތު ސެންޓަރު ގުޅިގެން މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި 📍 ހދ. ފިނޭ

ފުލުހުންނާއި ފިނޭ ހެލްތު ސެންޓަރު ގުޅިގެން މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ހދ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ހދ.ފިނޭ ހެލްތު ސެންޓަރު ގުޅިގެން އެރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ފިނޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ފުލުހުންނާއި އާއްމު ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުކުރުމަށް ކުރިއަށްގެންދާ  ޕްރޮގްރާމެކެވެ. ދެދަންފަޅި އަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކަސްރ...

އިބްރާހިމް އަސްވާޤް
ފިނޭ އަދި ފޯކައިދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. ފިނޭ

ފިނޭ އަދި ފޯކައިދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ.ފިނޭ އަދި ށ.ފޯކައިދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. ށ.ފޯކައިދޫގައި އަލަށް އިމާރަތްކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި ފެނަކައާއި ވަލީދު ކޮންސްޓްރަކްޝަން އާއި ދެމެދު ސޮއިކޮށްފައިވާއިރު މި ޕްރޮޖެކްޓަކީ 5660951.96 ރުފިޔާ ގެ ޕްރެޖެކްޓެކެވެ. އިއްޔެ މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވަލީދު ކޮންސްޓްރަކްޝަން ގެ އޯނަރ އަލީދު އަބުދުލް ޤާދިރު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާ...

ފާތިމަތު ސިނާޒާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ފައިނަލަށް ޓީމު ހަނިމާދޫ ބަލިކޮށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ދަތުރު ކޮށްފިއެވެ. ފައިނަލްގައި ބައްދަލުކުރާނީ ޓީމް ނޮޅިވަރަމް އަދި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. ސެމީ ފައިނަލްގެ ފަހު މެޗުގައި މިރޭ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ވަނީ ސީދާ ތިން ސެޓުން ޓީމު ހަނިމާދޫ ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް އިން ކާމިޔާބު ކުރީ 20-25 އިންނެވެ. ދެވަނަ ސެޓު 22-25 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް […]

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ފައިނަލަށް 📍 ހދ. ހަނިމާދޫ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ފައިނަލަށް ޓީމު ހަނިމާދޫ ބަލިކޮށް ޓީމު ނޮޅިވަރަމް ދަތުރު ކޮށްފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗު ގައި ލީގުގެ އެއްވަނާގައި އޮތް ޓީމު ހަނިމާދޫ އާއި ދެވަނާގައި އޮތް ޓީމު ނޮޅިވަރަމް ބައްދަލުކުރި މެޗު ޓީމު ނޮޅިވަރަމް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ޓީމު ހަނިމާދޫ ބަލިކޮށްފައެވެ. ރޭ 20:00 ގައި ފިނޭ ޒުވާނުންގެ ވޮލީ ކޯޓުގައި ކުޅެވުނު މި މެޗުގެ ފުރަތަމަ ސެޓު ޓީމު ނޮޅިވަރަމް އިން 23-25 އިން ކާމިޔާބު ކުރިއިރު […]

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަންފަރާއި ކުޅުދުއްފުށި ސެމީ ފައިނަލަށް 📍 ހދ. ފިނޭ

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަންފަރާއި ކުޅުދުއްފުށި ސެމީ ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ސެމީ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު އަދި ޓީމް ކުޅުދުއްފުށި ދަތުރުކޮށްފިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ވަނީ ސީދާ 3 ސެޓުން ޓީމް ނޮޅިވަރަމް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޯޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ އަލީ ޙުޒާމް އެވެ. މި މެޗުގެ ފުރަތަމަ ސެޓު 21-25 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު ކާމިޔާބުކުރިއިރު ދެވަނަ ސެޓު އެޓީމުން ކާމިޔަބުކުރީ 22-25 […]

އަޙްމަދު މުޖުތަބާ