📍 ހއ. މޮޅަދޫ
މޮޅަދޫން 2 ބިދޭސިއަކު ޕޮޒިޓިވްވެއްޖެ
ހއ. މޮޅަދޫ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތް ކުރަން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، މޮޅަދޫން ޕޮޒިޓިވްވި 2 ބިދޭސިންނަކީ، އެރަށުގެ އިންޖީނުގޭ އިމާރާތް ކުރުމުގެ މަސައްކަތްކުރަން އެރަށަށް ގޮސް، ހޯމް ކަރަންޓީނުގައި ތިބި 15 ބިދޭސީންގެ ތެރެއިން 2 މީހުންކަމަށެވެ. ”އެ 15 ބިދޭސީން ވެސް ތިބީ ކަރަންޓީނުގައި، ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން 2 މީހުން މި...