މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މުރައިދޫ (135 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
135 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މުރައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

135 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ 📍 ހދ. މަކުނުދޫ

ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ

ހދ. ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށްގެން ހދ. ވައިކަރަމުރައިދޫއަށް ގެންދިޔަ ދެ މީހުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއްގެ ކެޕްޓަނާއި ފަޅުވެރިންނަށް ބިރު ދައްކައިގެން ހދ. ވައިކަރަމުރައިދޫއަށް އެ ލޯންޗް ގެންދިޔައީ ހދ. މަކުނުދޫ އުނިމާގޭ މުހައްމަދު ނާއިފު އާއި އެރަށު ގުލްއަލާގޭ މުހައްމަދު ޔާސިރެވެ. އެ މީހުންގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާއަށް އެ ދެ […]

އަލީ އާދިލް
ޓާފް ދަނޑު ނުނިމި ލަސްވާތީ މުރައިދޫ ޒުވާނުން އިހުތިޖާޖުކޮށްފި 📍 ހއ. މުރައިދޫ

ޓާފް ދަނޑު ނުނިމި ލަސްވާތީ މުރައިދޫ ޒުވާނުން އިހުތިޖާޖުކޮށްފި

ހއ. މުރައިދޫގައި ފުޓްބޯޅަ ކުޅޭ ބޮޑު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ނުނިމި ލަސްވާތީ އެރަށު ޒުވާނުންތަކެއް މިއަދު އިހުތިޖާޖުކޮށްފިއެވެ. މުރައިދޫގެ ޒުވާނުން އިހުތިޖާޖުކުރަން އެއްވީ ރަށުގެ ކައުންސިލް ކައިރިއަށެވެ. އެ ޒުވާނުން އެ ސަރަހައްދު ދޫކޮށްދިޔައީ ކައުންސިލަރުންނާ ވާހަކަ ދެއްކުމަށްފަހު މިފެށޭ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޒުވާނުންގެ ކަންބޮޑުވުމަށް އެދެވޭ ޖަވާބެއް ނުލިބިއްޖެނަމަ ބޮޑު އިހުތިޖާޖަކަށް އެއްވާނެކަމަށް ބުނެފައިކަމަށް މުރައިދޫ ކައުންސިލަރަކު “ތިލަދުނ...

ތިލަދުން
މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު
މުރައިދޫ އާ ހާބަ ބޭސިން ފުން ކުރުމުގެ 80 އިންސައްތަ ނިމިއްޖެ 📍 ހއ. މުރައިދޫ

މުރައިދޫ އާ ހާބަ ބޭސިން ފުން ކުރުމުގެ 80 އިންސައްތަ ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މުޅި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފުރަތަމަ ޝިޕްމަންޓް މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މަޝްރޫއުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ބޭރުތޮށި ލުމާއި 107 މީޓަރުގެ ބޭރުތޮށި މަރާމާތު ކުރުމާއި 105 މީޓަރުގެ ސަރަހައްދެއްގައި […]

އަޙްމަދު ވަހީދު
މުރައިދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމާއި، 107 މީޓަރުގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި […]

އަޙްމަދު ވަހީދު
މުރައިދޫ ކުޑަ ކަތީބެ ނިޔާވުން، ތިލަދުންމަތީގެ ޚިދުމަތްތެރި ދަރިއެއްގެ ވަކިވުން 📍 ހއ. މުރައިދޫ

މުރައިދޫ ކުޑަ ކަތީބެ ނިޔާވުން، ތިލަދުންމަތީގެ ޚިދުމަތްތެރި ދަރިއެއްގެ ވަކިވުން

ހއ. މުރައިދޫ އަބްދުއް ރަޙްމާން އިބްރާހީމް، މުރައިދޫ މީހުންގެ ނަމުންނަމަ ބޮޑު ތުއްތުބެ ނުވަތަ ކުޑަ ކަތީބެއަކީ  މުރައިދޫއަށާއި ބޮޑު ތިލަދުންމައްޗަށް ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ތިލަދުންމަތީގެ ހަރު އުމުރުގެ ގިނަބަޔަކު ދަންނަ ހަރުދަނާ ސަހުސިއްޔަތެކެވެ. އަބްދުއް ރަޙްމާން ނިޔާވެފައި ވަނީ 28 މެއި 2022 ވީ ހޮނިހިރު ދުވަހުއެވެ. ނިޔާވިއިރު އައިޑީ ކާޑުން ފެންނަ ގޮތުގައި އުމުރަކީ 103 އަހަރެވެ. މުރައިދޫގެ ދޮށީ އުމުރުގެ މީހުން ބުނާގޮތުންނަމަ އަބްދުއް [...

އިބްރާހިމް ޚަލީލް
މުރައިދޫ ފެނަކަ ބްރާޗުން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެ 📍 ހއ. މުރައިދޫ

މުރައިދޫ ފެނަކަ ބްރާޗުން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެ

ހއ. މުރައިދޫ ފެނަކަ ބްރާޗްގެ ފަރާތުން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެއެވެ. މުރައިދޫ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ މަރުކަޒަށް ލިބުނު އެންބިއުލާންސް ބާއްވަން ނިންމާފައިވާ ގަރާޖުގެ ތަޅުން އެޅުމުގައި ފެނަކަ ކޯޕަރޭޝަން މުރައިދޫ ބްރާންޗްގެ އެހީތެރިކަމަށް އެ މަރުކަޒުން އެދުނެވެ. އެ މަރުކަޒުގެ އެދުމަށް މުރައިދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުން ދެއްވީ ވަރަށް ފުރިހަމަ އެއްބާރުލުމެއްކަމަށް ސިއްހީ މަރުކަޒުން ފާހަގަ ކުރައްވާފަވެއެވެ. އެ މަސައްކަތް ކޮށްދީފައި ވަނީ މުރައިދޫ ފެނަކަ ބްރާންޗްގެ މުވ...

ޔުމްނާ ޢަލީ
މުރައިދޫއަށް ދިމާވެފައިވާ އެމްބިއުލާންސްގެ ދަތިކަން ސަރުކާުރުން ހައްލު ކޮށްދެއްވައިފި 📍 ހއ. މުރައިދޫ

މުރައިދޫއަށް ދިމާވެފައިވާ އެމްބިއުލާންސްގެ ދަތިކަން ސަރުކާުރުން ހައްލު ކޮށްދެއްވައިފި

ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްޤީކޮށް ރަނގަޅު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހއ.މުރައިދޫއަށް ފޮނުވުމަށް ހަމަޖެހިފައިވާ އެމްބިއުލާންސް އެ ރަށަށް ފޮނުވައިފިއެވެ. މުރައިދޫއަށް އެ އެމްބިއުލާންސް ގެންގޮސްފައި ވަނީ 10 މެއި 2022 ވީ އަންގާރަ ދުވަހުއެވެ. އައު އެމްބިއުލާންސް ލިބުމާއި ގުޅިގެން މުރައިދޫ ހެލްތު ސެންޓަރުން ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ޒަމާނީ ވަސީލަތްތަކާއިއެކު ރާއްޖޭގެ ރަށްތަކަށް  ޒަ...

އިބްރާހިމް ޚަލީލް
ފެނަކައިން މުރައިދޫއަށް ފެން ފޯރުކޮށްދީފި

ފެނަކައިން މުރައިދޫއަށް ފެން ފޯރުކޮށްދީފި

ވާރެ ނުވެހޭތާ ގިނަ ދުވަސްތަކެއް ވޭތުވުމުން ފެނަށް ޖެހިފައިވާ ހއ. މުރައިދޫ ރައްޔިތުންނަށް އެރަށު ފެނަކަ ބްރާންޗްއިން ފެން ފޯރުކޮށްދީފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުން އެއްކޮށް ފެން ހުސްވުމުން ރައްޔިތުން ފަހުން ބޭނުން ކުރަމުން ދިޔައީ ކައުންސިލް އިދާރާގެ ޓޭންކްތަކުން ދޫކުރަމުން ދިޔަ ފެން ކަމަށެވެ. އަދި ފެނަށް ވަރަށް ބޮޑަށް ދަތިވެފައި ވަނިކޮށް ފެނަކައިގެ ފަރާތުން މިދިޔަ ބުދަ ދުވަހު އެރަށަށް 12000 ލީޓަރުގެ ފެން […]

އައިޝަތު ނަސާޔާ
މުރައިދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހއ. މުރައިދޫ ކައުންސިލްއިން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވީ މިއީ މުޅި ރަށަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށެވެ. މިމާރޗް މަހުގެ 4 އަދި 5 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާ މިމުބާރާތުގައި ސްކޫލް ދަރިވަރުންގެ އިތުރުން ރަށުގެ ރައްޔިތުންގެ ތެރެއިން ވެސް ބައިވެރިން ބައިވެރިވެފައިވާކަން އެކައުންސިލުން ވަނީ އުފަލާއި އެކު ފާހަގަ ކުރަށްވާފައެވެ. މި މުބ...

އައިޝަތު ނަސާޔާ
މުރައިދޫގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ފަށައިފި 📍 ހއ. މުރައިދޫ

މުރައިދޫގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހއ. މުރައިދޫ ސިއްޚީ މަރުކަޒުގައި މޮބައިލް ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެމަރުކަޒުގެ މެނޭޖަރު ހަސަން ރިޔާޒް ވިދާޅުވީ މުރައިދޫ ކައުންސިލާއި ގުޅިގެން މިޚިދުމަތް ރައްޔިތުންނަށް ދޭން ފަށާފައިވަނީ މިއަދު ކަމަށެވެ. އެގޮތުން ދިއްދޫގައި ހުންނަ ހއ އަތޮޅު ހޮސްޕިޓަލުން ހަދާދޭ ހުރިހާ ޓެސްޓްތަކެއްގެ ސޭމްޕަލް ނެގުމުގެ ޚިދުމަތް މިހާރު އެމަރުކަޒުންވެސް ލިބެމުންދާނެ ކަމަށާއި މިޓެސްޓްތަކުގެ ނަތީޖާ 2 ގަޑިއިރު ތެރޭ ލިބިގެންދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އޭގެތެރޭގައި...

އައިޝަތު ނަސާޔާ
މުރައިދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމާއި، 107 މީޓަރުގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި، 50 […]

އަޙްމަދު ވަހީދު
ވެރިކަމުން ފައިބާ ބަޔަކަށް "މުރައިދޫގެ" ދަބަހަކަށް ލައިގެން ނުގެންދެވޭނެ: އުޝާމް

ވެރިކަމުން ފައިބާ ބަޔަކަށް "މުރައިދޫގެ" ދަބަހަކަށް ލައިގެން ނުގެންދެވޭނެ: އުޝާމް

މުރައިދޫގެއަކީ ދައުލަތުގެ މުދަލެއް ކަމަށާއި، ވެރިކަމުން ފައިބާ ބަޔަކަށް މުރައިދޫގެ ދަބަހަކަށް ލައިގެން ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ހުޝާމް މި ހެން ވިދާޅުވީ، މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް މިހާރު ޚާއްޞަކޮށްފައިވާ “މުރައިދޫގެ” ތަޅާލަންޖެހޭކަމަށް މި ސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވުމުން އެކަމަށް އިޝާރ...

އަލީ އާދިލް
މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކު މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުالله އެވެ. މި ރަސްމިއްޔާތުގައި، މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރު އެއްގަމުތޮށި ލުމާއި، 407 މީޓަރު ބޭރުތޮށި ލުމާއި، 107މީޓަރު ބޭރުތޮށި މަރާމާތުކުރުމާއި، 105 މީޓަރު...

އަޙްމަދު ވަހީދު
ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްޖެ

ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްޖެ

ހދ. ކުޑަމުރައިދޫއަށް ދަތުރު ދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓިއްގެން އެމްއެންޑީއެފުން އެހީތެރިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުޑަމުރައިދޫއަށް ދަތުރުދިޔަ ބަޔަކު ދަތުރުކުރި ދޯންޏެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެ އިދާރާގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ދޯންޏަކީ “ފެމެލީ” ކިޔާ ދޯންޏެކެވެ. އެ ދޯނި އިންޖީނު ހުއްޓުނީ ކުޑަމުރައިދޫއިން ފުރައިގެން ކުޅުދުއްފުށީ ސިޓީއަށް ދަތުރުކުރި މަގުމަތީގައި ކަމަށް އެމްއެންއެންޑީއެފުން ވިދާޅުވެ...

ޔުމްނާ ޢަލީ