މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. މިލަންދޫ (230 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
230 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މިލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

230 ޚަބަރުގެ ތެރެއިން
ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ގުޅޭކަންކަން ހިންގާނެ ވަކި މުއައްސަސާއެއް އުފެދެންޖެހޭ: ޢަލީ 📍 ށ. މިލަންދޫ

ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ގުޅޭކަންކަން ހިންގާނެ ވަކި މުއައްސަސާއެއް އުފެދެންޖެހޭ: ޢަލީ

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޅިވަރުގެ ކަންކަން ރާވާ ހިންގައި، ކުޅިވަރަށް ޚިދުމަތްކުރާ ވަކި މުއައްސަސާއެއް ހުންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދިޔަ މަޖިލިސްގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ސަރުކާރުތަކުން ބައިވަރު ދަނޑުތަކާއި، އެކިއެކި ތަފާ...

އަލީ އާދިލް
މިލަންދޫ އާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ އާއި ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި

ށ. މިލަންދޫ އާއި ށ. ކޮމަންޑޫއިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއްގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ، މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މިލަންދޫ ޕޮލި...

އިބްރާހިމް އަސްވާޤް
ޕީއެސްއައިޕީގެ އެންމެ މަޝްރޫޢުއެއް ވެސް މަދުކުރާކަށް ތާއީދެއް ނުކުރަން: ޢަލީ  📍 ށ. މިލަންދޫ

ޕީއެސްއައިޕީގެ އެންމެ މަޝްރޫޢުއެއް ވެސް މަދުކުރާކަށް ތާއީދެއް ނުކުރަން: ޢަލީ 

ބަޖެޓް ކުޑަކުރުމުގެ ގޮތުންކަމަށްބުނެ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ރަށްރަށުގެ ތަރައްޤީއަށް ހިމަނާފައިހުރި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ އެންމެ ޕްރޮޖެކްޓެއް ވެސް މަދުކުރަން ތާއީދު ނުކުރަށްވާކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ. ޢަލީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ޢަލީ ވިދާޅުވ...

އަލީ އާދިލް
ފޭދޫ ސާމީއަށް އެހީވުމަށް މިލަންދޫގައި ވެސް ފަންޑުފޮށިތަކެއް 📍 ށ. ފޭދޫ

ފޭދޫ ސާމީއަށް އެހީވުމަށް މިލަންދޫގައި ވެސް ފަންޑުފޮށިތަކެއް

ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. މިލަންދޫ ކައުންސިލުން، އެރަށުގެ ދެ މިސްކިތެއްގައި ފަންޑު ފޮށި ބަހައްޓައިފިއެވެ. މިލަންދޫ ކައުންސިލުން ބުނީ މިލަންދޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީތެރިވުމުގެ ގޮތުން އެރަށުގެ ދެ މިސްކިތް ކަމަށްވާ، މަސްޖިދުލް އީމާން އަދި މަސްޖިދުލް އިކްރާމްގައި ފަންޑުފޮށި ބަހައްޓާފައި ވާކަމަށެވެ. މިލަންދޫ ރައްޔިތުންކުރެ، ކޮންމެ ރައްޔިތަކުވެސް ސާމީއަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ ކޮންމެވެސް މިންވަރެއް ހަދިޔާ ކުރެއްވުމަކީ މިލަންދޫ ކ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއިއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މަސްތުވާތަކެއްޗާއިއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. މިލަންދޫއިން ހައްޔަރުކޮށްފައިވަނީ މާލެއިން މިލަންދުއަށްދާ ދެ މީހަކު އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކމަށް ފުލުހުންވަނ...

މުޙައްމަދު އިނާން
މިލަންދޫގައި "އެސް.ވަައި.އެސް ފިއުލްސް" ހުޅުވައިފި، މިއަދު 6 ޖަހަންދެން ހިލޭ! 📍 ށ. މިލަންދޫ

މިލަންދޫގައި "އެސް.ވަައި.އެސް ފިއުލްސް" ހުޅުވައިފި، މިއަދު 6 ޖަހަންދެން ހިލޭ!

ށ. މިލަންދޫގައި “އެސް.ވައި.އެސް ފިއުލްސް” މިއަދު ހުޅުވައިފި އެވެ. އެސް.ވައި.އެސް ފިއުލްސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އެވެ. ރަސްމީކޮން އެތަން ހުޅުވައިދެއްވީ މިލަންދޫ ސުކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލް އެވެ. މިއަދު 4:00 އިން 6:00 އަށް އެސްވައިއެސް ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅައިދީފައިގަނީ މުޅިން ހިލޭކަމަށް އެފަރާތުން ހާމަ ކުރެއެވެ. އެސްވައިއެސްގެ ފަރާތުން “ތިލަދުން” އަށް މަޢުލޫމާތު ދެމުން މުޙައްމަދު ޝިމާލު ވިދާޅިވީ މިއީ މިލަންދޫގައި ފުޅުފުޅިއަށް ޕެޓްރޯލް އަޅައިގެން ވިއްކާ ވިއް...

ޔުމްނާ ޢަލީ
މިލަންދޫ އެތުލީޓުންނަށް އީދެއް 📍 ށ. މިލަންދޫ

މިލަންދޫ އެތުލީޓުންނަށް އީދެއް

ށ.މިލަންދޫ އެތުލެޓިކްސް ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ސައުތު ލިންކު މިލަންދޫ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2020” ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ދުވުމާއި، ޑިސްކަސް ތުރޯގެ އިތުރުން ޝޮޓްޕުޓް ހިމެނޭގޮތުން ޖުމްލަ ތިން ކުޅިވަރު ހިމަނައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި އަންހެން 5 ޓީމް ބައިވެރި ވެފައިވެއެވެ. ބައިވެރި ވެފައިވާ ޓީމްތަކަކީ ލޭޑީ ބަގްސް، ރާނީ ސްޓާރސް، ފެމިލީ ސްޓާރސް، ލަކީ ގާލްސް އަދި ވޮލްކޯ ޔުނައިޓެޑެވެ. މި މުބާރާތުގައި ފިރިހެން [...

އިބްރާހިމް ޚަލީލް
މިލަންދޫ ފެނަކަ އައު އޮފީހުގެ %38 މަސައްކަތް ނިމިއްޖެ: ފެނަކަ 📍 ށ. މިލަންދޫ

މިލަންދޫ ފެނަކަ އައު އޮފީހުގެ %38 މަސައްކަތް ނިމިއްޖެ: ފެނަކަ

ށ. މިލަންދޫގައި އިމާރާތް ކުރަމުންދާ މިލަންދޫ ފެނަކަ އައު އޮފީގެ %38 މަސައްކަތް ނިމިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ. މިލަންދޫގައި އަލަށް އިމާރާތް ކުރެވޭ ފެނަކަ އޮފީހަކީ 03 ފަންގިފިލާއަށް އިމާރާތް ކުރެވޭ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ އޮފީހެކެވެ. އެ އޮފީސް އިމާރާތުގެ މަސައްކަތާއި ގުޅިގެން ފެނަކައިން ބުނީ މިލަންދޫގައި އަލަށް އިމާރާތް ކުރެވޭ 03 ފަންގިފިލާގެ ފެނަކަ އޮފީހުގެެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ. އަދި މިމަޝްރޫޢުގެ %38 މަސައްކަތް މިހާރު […]

އަޙްމަދު ވަހީދު
ކޭއާރުއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް މިލަންދޫ ދާއިރާއަށް 📍 ށ. މިލަންދޫ

ކޭއާރުއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް މިލަންދޫ ދާއިރާއަށް

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ށ.މިލަންދޫ ދާއިރާ ހިމެނޭ ރަށްތަކުގައި ބަލިމީހުން ބެއްލެވުމަށް ޕްރޮގްރާމެއް ފެށުމަށް ތައްޔާރު ވެއްޖެ އެވެ. އެގޮތުން ފުރަތަމަ މި ޓީމް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ށ.މިލަންދޫ އަށެވެ. މިލަންދޫ ޞިއްޙީމަރުކަޒުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ގުޅިގެން މިހިގާ ސެޕްޓެމްބަރ މަހުގެ 21 އަދި 22 ވަނަ ދުވަހު ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ށ. އަތޮޅުގެ ހުރިހައި ރަށަކަށް ހުޅުވާލެވިގެން، އެ...

ޔުމްނާ ޢަލީ
މިލަންދޫ ސްކޫލަށް 73 އަހަރު ފުރުން ފާހަގަކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ސްކޫލަށް 73 އަހަރު ފުރުން ފާހަގަކޮށްފި

ށ.މިލަންދޫ ސްކޫލަށް 73 އަހަރުފުރުމުގެ މުނާސަބާތު ކުލަގަދަ ގޮތެއްގައި މިއަދު ފާހަގަކޮށްފިއެވެ. މިލަންދޫ ސްކޫލް ދަރިވަރުންނަށް އުނގަންނައި ދިނުމަށް ފަށްޓަވާފައިވަނީ 1947 ވަނަ އަހަރުއެވެ. މިލަންދޫ ސްކޫލަށް 73 އަހަރު މިއަދު ފުރުމާއި ގުޅިގެން މިލަންދޫ ސްކޫލުގެ ފަރާތުން ވަނީ ވަރަށް ހާއްސަ އެސެމްބްލީއެއް ވަރޗުއަލްކޮށް ބާއްވާފައެވެ. މި އެސަމްބްލީވަނީ އެސުކޫލުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކޮށްފައެވެ. މި އެސެންބްލީގައި އެރަށުގެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލް ވަނީ ދަރިވަރުންނަށާއި ބެލެނިވެރ...

މުޙައްމަދު އިނާން
މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތަށް ކުރިމަތިލާން ހުޅުވާލައިފި 📍 ށ. މިލަންދޫ

މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތް ކުރުމުގެ މަސައްކަތަށް ކުރިމަތިލާން ހުޅުވާލައިފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ށ. މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، މިލަންދޫ ޞިއްޙީ މަޒުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތްތަށް ޝަރުތުހަމަ...

ޔުމްނާ ޢަލީ
މިލަންދޫން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ށ. މިލަންދޫ

މިލަންދޫން ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫއިން ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫ ސިއްހީ މަރުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ފާމަސީއެއްގައި މަސައްކަތްކުރާ ބިދޭސީއެއް ކަމަށެވެ. އެރަށުން ޕޮޒިޓިވްވެފައިވާ ބިދޭސީ މީހާއާއި އެއްވެސް މީހަކު ޑައިރެކްޓް ކޮންޓެކްޓްވެފައި ނުވާކަމަށް ވެސް މިލަންދޫ ސިއްޙީ މަރުކަޒުން ބުންޏެވެ. މީގެ ކުރިންވެސް އެރަށުން ކޯވިޑަށް ވަނީ މީހަކު ޕޮޒިޓިވްވެފައިއެވެ. އެފަހަރު ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައި ވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކޭހުގައ...

ޝީޒާ މުހައްމަދު
ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި މިލަންދޫއަށް ދާ މީހުންނަށް ހުއްދަ ނުދޭން ނިންމައިފި 📍 ށ. މިލަންދޫ

ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި މިލަންދޫއަށް ދާ މީހުންނަށް ހުއްދަ ނުދޭން ނިންމައިފި

ހަމައެކަނި ކަރަންޓީން ވުމުގެ ބޭނުމުގައި ށ. މިލަންދޫއަށް ދާ މީހުންނަށް، އެ ރަށުގައި ކަރަންޓީނު ވުމަށް ހުއްދަ ނުދޭން އެ ރަށު ކައުންސިލުން ފާސްކޮށްފިއެވެ. މި ނިންމުން ނިންމާފައި ވަނީ މިއަދު މެންދުރުފަހު 13:00 ގައި އޮތް މިލަންދޫ ކައުންސިލުގެ ތިންވަނަ ދައުރުގެ 93 ވަނަ ޢާއްމު ޖަލްސާގައެވެ. މިއަދު އެ ކައުންސިލުން އެކަމާއި ގުޅިގެން ނިންމި ނިންމުމުގައި ބުނަނީ ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ކޯވިޑް-19 ހަލުއިކަމާއި އެކު ފެތުރެމުންދާ މިދަނޑިވަޅުގައި އެހެނިހެން ރަށްރަށުގެ މީހުން ހަމައެކަނި ކަރަންޓީނުވުމުގެ ބޭ...

ޔުމްނާ ޢަލީ
ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ބަލަނީ 📍 ށ. މިލަންދޫ

ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ބަލަނީ

ބ. ބޮޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާއި ހަވާލުވެފައިވާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ތުހުމަތު ކުރެވޭ މައްސަލަތަކެއްގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ރިޒް ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތ...

ޝިއުނާ އާދަމް
ވިޔަފާރިވެރިންނަށް ވުރެ ރައްޔިތުމީހާގެ މަސްލަހަތު އިސްކުރެވެން ވާނެ: ރިޟާ 📍 ށ. މިލަންދޫ

ވިޔަފާރިވެރިންނަށް ވުރެ ރައްޔިތުމީހާގެ މަސްލަހަތު އިސްކުރެވެން ވާނެ: ރިޟާ

ދިމާވާ ހާލަތްތަކުގައި ވިޔަފާރިވެރިންނަށް ވުރެ އަބަދުވެސް އިސްކުރެވެންވާނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި، ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެންދާނީ އެ ގައުމެއްގައި ރައްޔިތުން ތިބެގެންކަމަށް ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާ ވިދާޅުވެއްޖެއެވެ. މިއަދުގެ މަޖިލީހުގައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ރިޟާ ވިދާޅުވީ މިއަދުގެ މުޖުތަމައުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްކުރަންވީ ކޮންފަރާތެއްގެ ބަހެއްކަން ނޭގި އުޅުން ކަމަށެވެ. އެގޮތުން އެއްކޮޅުގައި ވި...

އަޙްމަދު ވަހީދު