📍 ށ. މިލަންދޫ
މިލަންދޫގެ މުއައްސަސާތަކުގެ މެދުގައި ބާއްވާ ކުޅިވަރު ފެސްޓިވަލް ފަށައިފި
މިލަންދޫ ކޮމިއުނިޓީ ސެންޓަރުގެ ފަރާތުން އިންތިޒާމުކޮށްގެން މިލަންދޫ މުއައްސަސާތަކުގެ މެދުގައި ކުޅިވަރު ފެސްޓިވަލެއް ފަށައިފިއެވެ. މިލަންދޫ އިންޓަރ އޮފީސް ސްޕޯޓްސް ފެސްޓިވަލް 2022ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލުގައި މިލަންދޫގެ ހުރިހާ މުއައްސަސާއަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޕޮލިސް، ފެނަކަ، ހެލްތު ސެންޓަރ، އާރުޑީސީ މިލަންދޫ، ކައުންސިލް، ކޯޓު، މީގެ އިތުރުން ސުކޫލުގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ. ފެސްޓިވަލް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހުރިހާ މުއައްސަސާތަކުގެ ވެރ...