މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. މާރަންދޫ (83 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
83 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މާރަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

83 ޚަބަރުގެ ތެރެއިން
ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން 📍 ހއ. ބާރަށް

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ: 1- ތުރާ...

އިބްރާހިމް އަސްވާޤް
މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި 📍 ހއ. މާރަންދޫ

މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. މާރަންދޫއާއި، އެ އަތޮޅު ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މާރަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަޙްމަދު ސައީދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. އެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަކީ ހިޔާ މޯލްޑިވްސް ޕްރެއިވެޓް ލިމިޓެޑާއެވެ.180 ދުވަސް ތެރޭ ނިންމަން ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ3،134،640.67 ރުފިޔާއެވެ. ފެނަކައިން ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވައިލައްވައި، ހައްލު...

ޔުމްނާ ޢަލީ
މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި

ހއ. މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އާރް.ޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މިއަދު އޮތް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީއެވެ. އަދި އާރް.ޖީ އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަހްމަދު އާސިފްއެވެ. މިއީ 29 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2،115،3...

އަލީ އާދިލް
މާރަންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ދުވަހު ބޭނުންވާ ސާމާނު ރަށަށް ގެނެސްފި 📍 ހއ. މާރަންދޫ

މާރަންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ދުވަހު ބޭނުންވާ ސާމާނު ރަށަށް ގެނެސްފި

ހއ. މާރަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް މަސައްކަތް ފަށައިފި އެވެ. މާރަންދޫގެ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މަސައްކަތަށް ބޭނެންވާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފަށާފައި ވަނީ ވެސް އިއްޔެގެ ވަގުތެއްގަ އެވެ. އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކައުން...

Thiladhun
ތަޢުޒިޔާ: މާރަންދޫއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު! 📍 ހއ. މާރަންދޫ

ތަޢުޒިޔާ: މާރަންދޫއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު!

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ އަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު ނިޔާވެއްޖެ އެވެ. އިބްރާޙިމް ވަހީދު ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭގައެވެ. ވަހީދުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިޔަދު މެންދުރުނަމާދުގެ ފަހުގައި މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތް) ގަ އެވެ. ވަހީދު ނިޔާވި އިރު އުމުރަކީ 60 އަހަރެވެ. މާރަންދޫ ކައުންސިލްގެ އިދާރާއިން ނެރުނު ތަޢުޒިޔާ މެސެޖުގައި ބުނެފައިވަނީ ސަރުކާރަށާއި މިރަށުގެ ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެތް ކުރައްވާފައިވާ މިއިދާރާގެ ޑިޕ...

އަލީ އާދިލް
މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި

ހއ. މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން މި ޢިއުލާން ކުރީ 16 މާޗް 2020 ގައި އެކަމަށް ކުރި ޢިއުލާން ބާޠިލު ކުރުމަށްފަހު އެވެ. މިގޮތުން މާރަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 27 އިނ...

ޙުސައިން ޝަހުދީ
މާރަންދޫ ކުނިގޮނޑު ސާފުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ކުނިގޮނޑު ސާފުކޮށްފި

ހއ. މާރަންދޫ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން އެރަށުގެ އެއް ކުނިގޮނޑު ސާފުކޮށްފިއެވެ. އެރަށުގެ ދެވަނަ ކުނިގޮނޑު މިއަދު ސާފު ކުރާން ހަމަޖެހިފައިވާއިރު، މާރަންދޫ ކައުންސިލުން ވިދާޅުވީ، ކޯވިޑްގެ ކުރީން ވެސް އެރަށުގައި އޮންނަ ދެ ކުނި ގޮނޑުވެސް ސާފުކޮށް، ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ ރަށުގެ ރައްޔިތުން ކަމަށެވެ. މާރަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޙަސަން ”ތިލަދުން”އަށް ވިދާޅުވީ، ކޯވިޑްގެ ސަބަބުން މިދިޔަ ހައެއްކަ މަހެއްހާ ދުވަހު އެ ރަށުގެ ކުނިގޮނޑުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުނ...

ޙުސައިން ޝަހުދީ
މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. މާރަންދޫ

މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. މާރަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޢުލާންކޮށްފި އެވެ. އެމިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ މިމަހުގެ25 ވަނަދުވަހު މާފަންނު އިޖުތިމާޢީ މަރުކަޒުގައި އެދުވަހުގެ 12:30 ގައި ކަމަށެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިއަންނަ މަހުގެ4 ވަނަ ދުވަހު12:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނ...

ޔުމްނާ ޢަލީ
މާރަންދޫ، ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހއ. މާރަންދޫ

މާރަންދޫ، ފެނަކަ އާ އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހއ.މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ހއ. މާރަންދޫ ފެނަކަ އާ އޮފީސް އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފ...

އަޙްމަދު ވަހީދު
15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް 📍 ހއ. މާރަންދޫ

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާ...

މުޙައްމަދު އިނާން
މާރަންދޫ އަދި ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ތެރޭ ހަވާލު ކުރެވޭނެ: އަސްލަމް 📍 ހއ. މާރަންދޫ

މާރަންދޫ އަދި ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ތެރޭ ހަވާލު ކުރެވޭނެ: އަސްލަމް

ހއ. މާރަންދޫ އަދި ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ތެރޭ މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި އެ ދާއިރާތަކަށް ނިސްބަތްވާ މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބު ދެއްވަމުންނެވެ. […]

ޔުމްނާ ޢަލީ
ހޯރަފުށީ އެއާޕޯޓް ފެހިކުރުމުގައި މާރަންދޫއިން ބައިވެރިވެއްޖެ 📍 ހއ. މާރަންދޫ

ހޯރަފުށީ އެއާޕޯޓް ފެހިކުރުމުގައި މާރަންދޫއިން ބައިވެރިވެއްޖެ

ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެއަތޮޅު މާރަންދޫ އިން  ބައިވެރިވެއްޖެއެވެ. މިގޮތުން އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި ގަސްއިންދުމުގައި ބައިވެރިވެފައި ވަނީ މާރަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުންނެވެ. މި ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ 100000 ގަސް އިންދުމުގެ ޕްރޮގްރާމްގައި މާރަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ”އެކުވެރި މާ...

ޔުމްނާ ޢަލީ
މާރަންދޫއިން ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިމެއް ދޫކުރަނީ 📍 ހއ. މާރަންދޫ

މާރަންދޫއިން ލޮނުމަސް އެޅުމަށާއި، މަސް ކައްކާ ހިއްކުމަށް ބިމެއް ދޫކުރަނީ

ލޮނުމަސް އެޅުމަށާއި، މަސް ކައްކައި ހިއްކުމަށް ބިމެއް ދޫކުރުމަށް ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފި އެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ އެރަށުގެ ހަވާގޭގެ އިރުމަތިން، ގޮނޑުދޮށާ ދިމާލު ހޭޅިފަށުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިން 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. މި ބިމުގެ ބޮޑުމިން 1500 އަކަފޫޓް އެވެ. ބިން އޮތްތަންނަކީ ހަވާގޭގެ އިރުމަތިން ކޯރުކެނޑިމަގުގެ އުތުރުފަޅީގައި ކަމަށް އިޢުލާނުގައި ބުނެފ...

އިބްރާހިމް އަސްވާޤް
ތަކަންމާރަންދޫ 📍 ހއ. މާރަންދޫ

ތަކަންމާރަންދޫ

ތަކަންދުއާއި މާރަންދުއަކީ ބޮޑު ތިލަދުއްމައްޗަށް ނިސްބަތްވާ ދެ ރަށެވެ. ތާރީޚީ ގޮތުން ބަލާއިރު، ބޮޑު ތަކުރުފާނުގެ ބޭބޭފުޅު އަލި ތަކުރުފާނުގެ މަންމާފުޅަކީ މާރަންދޫ ތޭރަވާ މުދިން ކަލޭގެގެ ދަރިކަނބަލެކެވެ. އަލި ތަކުރުފާނު ހުންނެވީ މާރަންދޫގެ ކަތީބުކަމުގައެވެ. ނަމަވެސް ކައިވެނި ބައްލަވައިގެންނެވީ ތަކަންދޫ ބޭކަނބަލަކާއެވެ. އަނބިކަނބަލުންނާއެކު ދިރިއުޅުއްވީ މާރަންދޫގައެވެ. ޖޯގުރަފީ ގޮތުން ބަލާއިރު މިއީ ވަރަށް ކައިރީގައި އޮންނަ ދެ ރަށެވެ. ކުރީގައި އިދާރީ ހިންގުމަށް އަތޮޅުގެ ރަށްތަައް ތިން ބައަކަށް ބަހައި...

ޢާޠިފާ ޒަކަރިއްޔާ
ތަކަންދޫގެ ތާރީޚް: މާރަންދޫ އަންހެނުންނަށް ހެދި 5 ރައިވަރު 📍 ހއ. މާރަންދޫ

ތަކަންދޫގެ ތާރީޚް: މާރަންދޫ އަންހެނުންނަށް ހެދި 5 ރައިވަރު

ކުޑައިރު މަންމަމެންނާއެކު ހަވީރު ސަޔަށް މާރަންދުއަށް ދާ ދިޔުމަކީ މާރަންދޫގެ އެންމެ ދުރު ހަނދާންތަކެވެ. ހަވީރު ގޮސް އިރުއޮއްސެން ވާއިރަށް އެނބުރި ރަށަށް އަންނާނެއެވެ. މިކަހަލަ ދަތުރުދަތުރަކީ ތަކަންދު އާއި މާރަންދޫ އަންހެނުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ އިޖުތިމާޢީ ކަންކަމެވެ. އެއްރަށެއްގައި ޚާއްޞަކަމެއް އޮތިއްޔާ ނުވަތަ ކުޅިވަރެއް އެއްޗެއް ކުޅެންޏާ އަނެއް ރަށުމީހުން ނާންނާނޭކަމަށް ބަލައިގެން ތިބުމަކީ މޮޔަކަމެކެވެ. ގިނަ ފަހަރަށް މިކަހަލަ ކޮންމެ ކަމަކަށް އަނެއްމީހުނަށް އޮންނާނީ ސިއްރުގައި ވިޔަސް،...

އަޙްމަދު ސާލިމް