📍 ހއ. މާރަންދޫ
މާރަންދޫ ކައުންސިލްގެ ނައިބުރައީސް އަޙްމަދު ރަމީޒު ނިޔާވެއްޖެ
ހއ. މާރަންދޫ ކައުންސިލްގެ ނައިބުރައީސް އަޙްމަދު ރަމީޒު (ޕެލޭ) ނިޔާވެއްޖެ އެވެ. އަޙްމަދު ރަމީޒު ނިޔާވެފައިވާކަން މާރަންދޫ ކައުންސިލުންވެސް ވަނީ ކަށަވަރުކޮއްދެއްވާފަ އެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރަމީޒު ނިޔާވީ މިއަދު ހަވީރު ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހއ. ދިއްދޫގަ އެވެ. އެރަށުން ވާހަކަ ދެއްކި މީހަކު މިނޫހަށް މާޢުލޫމާތު ދެމުން ބުނީ، ރަމީޒު ނިޔާވީ ހާރޓްއެޓޭކެއް ޖެހިގެން ކަމަށް ގަބޫލުކުރެވޭކަމަށެވެ. މިއަދު ހަވީރު އެރަށުގައި ކުޅުނު ފުޓްބޯޅަމެޗެއްގައިވެސް ރަމީޒު ކުޅުނެވެ. މެޗު...