މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
ބީއެމްއެލްއިން މަކުނުދޫގައި ސެލްފް ސަރވިސް ސެންޓަރެއް ޤާއިމްކުރަނީ 📍 ހދ. މަކުނުދޫ

ބީއެމްއެލްއިން މަކުނުދޫގައި ސެލްފް ސަރވިސް ސެންޓަރެއް ޤާއިމްކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ހދ. މަކުނުދޫގައި ސެލްފް ސަރވިސް ސެންޓަރެއް ޤާއިމްކުރުމަށް ބީއެމްއެލްއިން މަސައްކަތް ފަށައިފިއެވެ. މަކުނުދޫގެ އިތުރުން 2 ރަށެއްގައި ބީއެމްއެލްއިން ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވަނީ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން ބީއެމްއެލްއިން ވަނީ އދ. ދަނގެތި، ކ. ހިންމަފުށީގައި ސެލްފް ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށ...

ޔުމްނާ ޢަލީ
މަކުނުދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން އެރަށު  ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. މި ފެބްރުއަރީ މަހުގެ 01 ން 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ މަކުނުދޫގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުމުގެ ގޮތުންނާއި، ފުލުހުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކަސްރަތު ކު...

އިބްރާހިމް އަސްވާޤް
މެމްބަރު ރާއީގެ ވާހަކަ ހޯމް މިނިސްޓްރީން ދޮގުކޮށްފި 📍 ހދ. މަކުނުދޫ

މެމްބަރު ރާއީގެ ވާހަކަ ހޯމް މިނިސްޓްރީން ދޮގުކޮށްފި

މިދިޔަ މަހުގެ 31 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބަށް ކެންޕެއިން ކުރެއްވުމަށް މަކުނުދޫގެ ބަޔެއް ރައްޔިތުންނާއި ބައްދަލު ކުރައްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ މަކުނުދޫގައި ހަދަމުންގެންދާ ޕާކާއި ގުޅޭގޮތުން ދެއްކެވި ވާހަކަ ހޯމް މިނިސްޓްރީއިން ދޮގުކޮށްފިއެވެ. ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިނާޝާ ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލު ވުމުގައި ރާއީ ވިދާޅުވީ މަކުނުދޫ ޕާކް ހެދުމުގެ މަސައްކަތް ކުރިޔަށްގެންދަނީ ސަރުކާރުން ޚަރަދުކޮށްގެން ހޯމް މިނިސްޓްރީގެ ފަރާތުން ކަމަށ...

ޔުމްނާ ޢަލީ
ހދ. މަކުނުދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި 📍 ހދ. މަކުނުދޫ

ހދ. މަކުނުދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ.މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ހދ. ކުޅުދުއްފުށިން ފުރައިގެން މަކުނުދުއަށް ދަތުރުކުރާ ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް މަކުނުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ 25 ވަނަ ދުވަހުގެ 16:43 ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ އެފެރީން މަކުނުދޫއަށް ގެނައި ފޮށިގަނޑެއް...

ޔުމްނާ ޢަލީ
📍 ށ. ފޭދޫ

ފެނާއި ނަރުދަމާ އަދި ބަނދަރު ހަދަން އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނު

ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށާއި ބަނދަރު ހެދުމަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ނިންމައިފި އެވެ. އޯޕެކް ފަންޑުގެ އެހީގައި ފަސް ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް އަދި އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އޯޕެކް ފަންޑުގެ އެހީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް […]

އަލީ އާދިލް
މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫގައި އަޅާ ފެނާއި ނަރުދަމާގެ ޑިޒައިން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ 📍 ށ. ފޭދޫ

މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫގައި އަޅާ ފެނާއި ނަރުދަމާގެ ޑިޒައިން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. މަކުނުދޫ، ހދ. ނޭކުރެންދޫ، ހދ. ނެއްލައިދޫގެ އިތުރުން 4 ރަށެއްގެ ފެނާއި ނަރުދަމާ އަޅަން ޑިޒައިންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ. ހދ.ނެއްލައިދޫ، ހދ.ނޭކުރެންދޫ، ހދ. މަކުނުދޫ އިތުރުން ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ގދ. ވާދޫ، ގދ. ފިޔޯރީ ، ބ.ކެންދޫ އަދި ށ. ފޭދޫ ހިމެނެ އެވެ. އެ ޕްރޮޖެކްޓަށް ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހު އެވެ.

އަލީ އާދިލް
ވައިކަރަދޫ އަދި މަކުނުދޫ ދާއިރާގެ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އަދި މަކުނުދޫ ދާއިރާގެ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފި

މަކުނުދޫ ދާއިރާ އަދި ވައިކަރަދޫ އަށް ދަތުރު ކުރާ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފިއެވެ. މަކުނުދޫ ދާއިރާގައި ހިމެނޭ މަކުނުދޫ، ނޭކުރަންދޫ އަދި ކުމުންދޫގެ އިތުރުން ވައިކަރަދޫ އިން ކުޅުދުއްފުއްޓަށް ކުރި މި ދަތުރުތައް ފަށާފައި ވަނީ މިއަހަރުގެ އޮގަސްޓުމަހުގެ 4 ވަނަ ދުވަހުއެވެ. ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް އަބްދުއްލަތީފް ހަސަން އަށް، އެޑްރެސްކުރައްވާ 28 ނޮވެމްބަރ ގައި އެމްޓީސީސީއިން ފޮނުވާފައިވާ ސިޓީއެއް ވަނީ މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ފޭސްބުކްއަށ...

އިބްރާހިމް އަސްވާޤް
މާމަކުނުދޫ އަތޮޅުގެ ރީތިކަން ފަތުރުވެރިއެއްގެ ޑްރޯން ވީޑިއޯތަކުން 📍 ހދ. މަކުނުދޫ

މާމަކުނުދޫ އަތޮޅުގެ ރީތިކަން ފަތުރުވެރިއެއްގެ ޑްރޯން ވީޑިއޯތަކުން

މާކަނޑު ގެ މެދުގައި އުކާލެވިފައިވާ ރަންމުތް ތަކެއްފަދައިން ވިދާ ބަބުޅަމުންދާ ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިން ދުވަހެއްދުވަހަކަށް ދަނީ ގިނަވަމުންނެވެ. އެމީހުންގެ މެދުގައި މިތަން މަގުބޫލުވެ ގުދުރަތީ ގޮތުން ދިވެހިންނަށް ލިބިފައިވާ މި ގައުމަކީ ފަތުރުވެރިންގެ މެދުގައި ހާއްސަ ގަދަރެއް ދެވިފައިވި ތަނަކަށް މިވަނީ ބަދަލުވެފައެެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ރީތިކަމަކީ މީހަކު ދުލުން ބަޔާން ކޮށްދެވޭނެ ފަދަ މަންޒިލެއްނޫނެވެ. މި ސަބަބަށްޓަކައި މިގައުމަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ދެކޭ ފަތ...

ފާތިމަތު ސިނާޒާ
މަކުނުދޫ ބަނދަރު ސަރަޙައްދު ފެހި ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ބަނދަރު ސަރަޙައްދު ފެހި ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

މަކުނުދޫ ޕޮލިސް ސުޓޭޝަންގެ ފަރާތުން މަކުނުދޫ ކައުންސިލާއި އެމް.ޓީ.ސީ.ސީ ސުޕީޑްފެރީގެ ބޭފުޅުންނާއި  ގުޅިގެން އެރަށުގެ ޖެޓީ ސަރަޙައްދު ފެހި ކުރުމުގެ ޙާއްސަ ޕްރޮގުރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން ބަނދަރު ބައްތިތަކުގެ ކައިރީގައިވަނީ މަގޫގަސް އިންދާފައެވެ. މިފަދަ ކަންކަމުގައި މަކުނުދޫ ޕޮލިސް ސުޓޭޝަންގެ ފަރާތުން ފެންނަ އިސްނެންގެވުމާއި، ކައުންސިލަށް ދެއްވަމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަން ކައުންސިލުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހަމައެއާއެކު، މަކުނުދޫގެ ނަލަކަން ދެމެހެއްޓުމުގަ...

އިބްރާހިމް އަސްވާޤް
މަކުނުދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަކުނުދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ކުޅުދުއްފުށިން މަކުނުދޫއަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު 12:20 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ފިރިހެނެކެވެ. މިއޮޕަރޭޝަންގައި، މަކުނުދޫ ބަނދަރު ސަރަޙައްދުން އޭނާ ފުލު...

އިބްރާހިމް އަސްވާޤް
ކުޑަަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތެއް މަކުނުދޫގައި ކުރިއަށް ގެންގޮސްފި 📍 ހދ. މަކުނުދޫ

ކުޑަަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތެއް މަކުނުދޫގައި ކުރިއަށް ގެންގޮސްފި

ކުޑަަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުން ފާހަގަކުރުމުގެ ގޮތުން ޙާއްސަ ހަރަކާތެއް މަކުނުދޫގައި ކުރިއަށް ގެންގޮސްފި އެވެ. 19 ނޮވެމްބަރ އަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެވެ. މިކަން ފާހަގަ ކުރުމުުގެ ގޮތުން އިއްޔެ ވަނީ މަކުނުދޫ ކައުންސިލާއި އެރަށުގެ އުންމީދީ ޕުރީސުކޫލާއި ގުޅިގެން ޙާއްސަ އަތު ގުޅާލުމުގެ ހަރަކާތެއް ހިންގާފައެވެ. މިޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އުންމީދީ ޕުރީސުކޫލުގެ މިއަހަރު ޕޯޓުފޯލިއޯ ހަވާލުކުރުމުގެ ޙަފުލާއަށް ފަހު ސުކޫލުގެ ގޯތި ތެރޭގައެވެ. މިޙަރަ...

އިބްރާހިމް އަސްވާޤް
މަކުނުދޫން 2 މީހުންނާއިއެކު ފީނަން ނިކުތް ޑިންގީއެއް ބަންޑުން ޖަހާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫން 2 މީހުންނާއިއެކު ފީނަން ނިކުތް ޑިންގީއެއް ބަންޑުން ޖަހާލައިފި

ހދ މަކުނުދޫއިން 2 މީހުންނާއިއެކު ފީނަން ނިކުތް ޑިންގީ އެއް ރޭ ބަންޑުން ޖަހާލައިފިއެވެ. މަކުނުދޫއިން 2 މީހުންނާއިއެކު ފީނަން ނިކުން ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ރޭ 8:55 އެހާއިރު މަކުނުދޫ ޕޮލިސް ސްޓޭޝަން ލިބިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މި މަޢުލޫމާތާއި ގުޅިގެން މަކުނުދޫ ފުލުހުން ރޭ ވަނީ އެސަރަހައްދަށް ގޮސް ޑިންގީއާއިއެކު އެ ދެމީހުން މާކުރަތު ދޯންޏެއްގެ އެހީތެރިކަމާއިއެކު މަކުނުދޫ އަށް ގެނެސްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި […]

އަޙްމަދު މުޖުތަބާ
ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި 📍 ހދ. މަކުނުދޫ

ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި ގަރާރެއް ހުށަހަޅައިފި

ރާއްޖޭގައި ޝިޕިންގ ލޯ ނުވަތަ މެރިޓައިމް ޝިޕިންގ ގާނޫނެއް އެކުލަވާލުމަށް ގޮވާލައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރަރު ހުށަހަޅާފައިވަނީ މެރިޓައިމް އިންޑަސްޓްރީއަށް ނިސްބަތްވާ ގިނަ ފަރާތްތަކަކުން، އެ އިންޑަސްޓްރީގައި މަސައްކަތް ކުރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށާއި މިހާރު ބޭނުން ކުރަމުން އަންނަ ދިވެހި ސީމަނުންގެ ފޮތަކީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން، އައިއެލްއޯގެ 1958 ވަނަ ކޮންވެން...

ފާތިމަތު ސިނާޒާ
ބުރިޖިންގ ޕޮރޮގުރާމްގެ ނިންމުން މަކުނުދޫގައި ފާހަގަ ކޮށްފި 📍 ހދ. މަކުނުދޫ

ބުރިޖިންގ ޕޮރޮގުރާމްގެ ނިންމުން މަކުނުދޫގައި ފާހަގަ ކޮށްފި

އެން.އައި.އީ އާއި މަކުނުދޫ ސުކޫލު އަދި މަކުނުދޫ ސކައުންސިލުން ގުޅިގެން ހިންގި ބުރިޖިންގ ޕޮރޮގުރާމު ރޭ މަކުނުދޫ ސުކޫލުގައި ބޭއްވިގެން ދިޔަ ކުލަ ގަދަ ހަފުލާއަކާއެކު މަކުނުދޫ ބުރިޖިންގ ޕޮރޮގުރާމްގެ ނިންމުން ފާހަގަ ކޮށްފިއެވެ. މި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ސާމީއެވެ. މި ޕޮރޮގުރާމްގެ ނިންމުން ކުލަ ގަދަގޮތެއްގައި ފާހަގަ ކުރުމުގެ މަޤުސަދަކީ ބައިވެރިވި ދަރިވަރުންނަށް ހިތްވަރުދީ، މި ޕޮރޮގުރާމާއި ދޭތެރޭ އޮންނަ ޝައުގުވެރިކަން އިތުރު ކުރު...

އިބްރާހިމް އަސްވާޤް
މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަނީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަނީ

ހދ. މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަން އަލުން އިޢުލާންކޮށްފިއެވެ. ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ އެފަރާތުން ކުރިން ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތަކީ މަކުނުދޫގެ ރައްވެއްސެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި އަދި  ގަނޫނީ ނަމްބަރު 2014/18 ނުވަތަ 2014/19 ގެ ދަށުން ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފ...

ފާތިމަތު ސިނާޒާ