މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
ރައްކާތެރިވެލައްވާށެވެ. ގޭގައި މަޑުކޮށްދެއްވާށެވެ. : މަކުނުދޫ ކައުންސިލް 📍 ހދ. މަކުނުދޫ

ރައްކާތެރިވެލައްވާށެވެ. ގޭގައި މަޑުކޮށްދެއްވާށެވެ. : މަކުނުދޫ ކައުންސިލް

ކޯވިޑް-19 ފެތުރެމުން ދާ މި ދަނޑިވަޅުގައި ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ ނަންގަވައި، ރައްކާތެރިކަމަށް އިސްކަންދީ، ގޭގައި މަޑުކޮށްދިނުމަށް ހދ. މަކުނުދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ މިދުވަސްވަރު އެއްވެސް ބޭނުމެއްނެތި ގެއިން ބޭރަށް ނިކުތުމާއި، ސައިކަލުގައި ފިނިބުރުޖެހުމާއި، މައިޒާންތަކަށް އެއްވުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ” ކޯވިޑް -19 ރޯގާ އާއި ގުޅިގެން އާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަ...

ޝިއުނާ އާދަމް
މަކުނުދޫގައި ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފި 📍 ހދ. މަކުނުދޫ

މަކުނުދޫގައި ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފި

ހދ. މަކުނުދޫގެ ސިއްހީ މަރުކަޒުގެ ރެޕިޑް ރެސްޕޯންޑް ޓީމަށް ކޯވިޑް-19 ކޭސްތަކާއި ގުޅިގެން މަސައްކަތް ކުރާ މީހުން ރައްކާތެރިވުމަށް ބޭނުން ކުރާ ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފިއެވެ. އެ ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ ގޮތުގައި އެ މަރުކަޒުގެ ރެޕިޑް ރެސްޕޯންޑް ޓީމަށް ޕީޕީއީ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ދީފައި ވަނީ 13 މެއި 2020 ވަނަ ދުވަހުއެވެ. https://www.facebook.com/113868523358014/posts/250099766401555/ މީގެ އިތުރުން އެ މަރުކަޒުން ވަނީ އެރަށުގެ ޖަމާއަތްތެރީން ނަށްވެސް ޕީޕީއީ ބޭނުން […...

ޔުމްނާ ޢަލީ
ކޯޓު އަމުރެއްގެ ދަށުން މަކުނުދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި 📍 ހދ. މަކުނުދޫ

ކޯޓު އަމުރެއްގެ ދަށުން މަކުނުދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ހދ. މަކުނުދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓުއަމުރެއްގެ ދަށުން މަކުނުދޫ ގެ އެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ މެއި މަހުގެ 06 ވަނަ ދުވަހު ހިންގި އޮޕަ...

އިބްރާހިމް އަސްވާޤް
މަކުނުދޫގައި ހިންގަންއުޅުނީ ގައިރު ޤާނޫނީ އަމަލުތަކެއް، މައްސަލަ ބަލައިދީ: ރާއީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި ހިންގަންއުޅުނީ ގައިރު ޤާނޫނީ އަމަލުތަކެއް، މައްސަލަ ބަލައިދީ: ރާއީ

މިނާޒުކު ވަގުތުގެ ނާޖާއިޒު ފައިދާ ނަގާ މަސްލަހަތު ނަގާލާ، މަކުނުދޫ ފެނަކަ އިމާރާތައް ޤަވައިދާ ހިލާފަށް ވަދެގަނެ، އިންޒާރު ދީ، ހިންގަން އުޅެނީ ގައިރު ޤާނޫނީ އަމަލުތަކެއްކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ވިދާޅުވެއްޖެ އެވެ. އެހެންމަސް މަހާއި ހިލާފަށް ކަރަންޓްބިލް ބޮޑުވެފައިވާކަމަށް ބުނެ ހދ. މަކުނުދޫގައި މުޒާހަރާ ކުރުމާއި ގުޅިގެން މިކަމަށް ރައްދުދެއްވާ ރާއީ ކުރި ޓުވީޓުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ ޕޮލިސް މުޙައްމަދު ހަމީދު ޓެގު ކުރައްވާ ބުނެފައިވަނީ […]

އަލީ އާދިލް
މަކުނުދޫގައި މުޒާހަރާ ކުރަނީ 📍 ހދ. މަކުނުދޫ

މަކުނުދޫގައި މުޒާހަރާ ކުރަނީ

ހދ. މަކުނުދޫގައި އެހެން މަސްމަހާއި ހިލާފަށް ކަރަންޓުބިލު ބޮޑުވެފައިވާކަމަށް ބުނެ އެރަށުގެ ބަޔަކު ފެނަކަ އޮފީސް ދޮރުމަތީ މުޒާހަރާ ކުރަމުން އެބަދެއެވެ. އެސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ އެމީހުންގެ ޝަކުވާއަކީ އެހެން މަސްމަހާއި ހިލާފަށް މިމަހުގެ ކަރަންޓު ބިލު ބޮޑުވެފައިވުމެވެ. މިކަމަށް ޖަވާބު ދިނުމަށް ފެނަކަ އޮފީސް ހިންގުމާއި ހަވާލުވެހުރި ފަރާތުން ޖަވާބުދާރީވުމަށް މުޒާހަރާގެ ބައިވެރިން ދަނީ އެދެމުންނެވެ. މިމުޒާހަރާގެ ބައިވެރިން ދަނީ އަޑުގަދަ ކުރާ ބޭނުން ކުރަމުން ނެވެ. މަކުނުދޫ ކައުންސިލްގެ ނަ...

ޔުމްނާ ޢަލީ
މަކުނުދޫންވެސް ދަނޑުވެރިކަަމަށް ބިން ދޫކުރަނީ 📍 ހދ. މަކުނުދޫ

މަކުނުދޫންވެސް ދަނޑުވެރިކަަމަށް ބިން ދޫކުރަނީ

ކޮވިޑް -19 ރޯގާ އާއި ގުޅިގެން ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަޤްޞަދުގައި ހދ. މަކުނުދޫއިން ވަގުތީ ދަނޑުބިންތަކެއް ދޫކުރުމަށް އެރަށު ކައުންސިލުން ވަނީ ނިންމައިފިއެވެ. އެގޮތުން އެރަށުގެ ކޮންމެ ގޭބިސީއަކަށް ދަނޑުވެރިކަމަށް ވަގުތީ ބިމެއް ދޫކުރަން ނިންމާފައިވާއިރު، އެބިންތައް ދޫކުރެވޭނީ އެއްވެސް ކުއްޔަކާއި ނުލައި 01 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް މަކުނުދޫ ކައުންސިލުން ބުނެފައިވެއެވެ. އެކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުން އާންމުކުރި ހާއްސަ ދެންނެވުމެއްގައި ވަނީ އެރަށުން ޓްރެކްދަނޑެ...

ޝިއުނާ އާދަމް
ފެންބޯހުރާ އާއި އިންނަފުއްޓަށް ދަތުރުދިއުން ވަގުތީގޮތުން މަނާކޮށްފި 📍 ހދ. މަކުނުދޫ

ފެންބޯހުރާ އާއި އިންނަފުއްޓަށް ދަތުރުދިއުން ވަގުތީގޮތުން މަނާކޮށްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ފަޅުތެރޭގައި އޮންނަ ފެންބޯހުރާ އާއި އިންނަފުއްޓަށް ދަތުރުދިއުން ވަގުތީގޮތުން މަކުނުދޫ ކައުންސިލުން މަނާކޮށްފި އެވެ. މަކުނުދޫ ކައުންސިލްގެ އިދާރާއިން ނެރުނު ޚާއްޞަ ދެންނެވުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާ އާއި ގުޅިގެން މިވަޤުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ އެއްވެ އުޅުން މަދުކުރުމަށްކަމަށާއި މިގޮތުން މިއަދުން ފެށިގެން އެކައުންސިލުން ވަކި ގޮތެއް އަންގަންދެން ހދ. މަކުނުދޫގެ އިޙްތިޞާސްގެތެރޭގައިވާ ފެންބޯހުރާ އާއި އިންނަފުއްޓަށް ދަތުރު ދިއުމަކީ މަނާކަމ...

އިބްރާހިމް އަސްވާޤް
ރަށްރަށުން ނަމޫނާ ދައްކާއިރު، ބައެއް ކައުންސިލް ތަކާއި މަރުކަޒުގެ އިސް ވެރިން ނިދާފަ! 📍 ހދ. މަކުނުދޫ

ރަށްރަށުން ނަމޫނާ ދައްކާއިރު، ބައެއް ކައުންސިލް ތަކާއި މަރުކަޒުގެ އިސް ވެރިން ނިދާފަ!

ކޮވިޑް-19އިން ރައްޔިތުން ރައްކާތެރިކޮށް ހޭލުންތެރި ކުރުމަށް ބައެއް ރަށްރަށުގެ ކައުންސިލާއި، ހެލްތު ސެންޓަރާއި، ކޮވިޑް-19 ޓާސްކު ފޯހާއި، އަދި އެނޫންވެސް ކަމާއިބެހޭ ފަރާތްތައް ގުޅިގެން ނަމޫނާ މަސައްކަތްތަކެއް ކުރަމުންދާ މިދަނޑިވަޅުގައި ބައެއް ރަށްރަށް އޮތީ މިކަމުގައި ވަރަށް ފަހަތުގައެވެ. މުޅި ދުނިޔެއަށް ދިމާވެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރަށުފެންވަރުގައި އެކިރަށްރަށުގެ މުވައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން އަންނަނީ ތަފާތު އެކި ކަންކަން ހިނގަމުންކަން ފާހަަގަ ކޮށްލެވެ. ރަ...

ހުސައިން ހަބީބް
އުލިގަމާއި މަކުނުދޫގައި ރާޑަރު ސްޓޭޝަންތަކަށް ކަރަންޓު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. މަކުނުދޫ

އުލިގަމާއި މަކުނުދޫގައި ރާޑަރު ސްޓޭޝަންތަކަށް ކަރަންޓު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. އުލިގަމު އަދި ހދ. މަކުނުދޫގައި ގާއިމް ކޮށްފައިވާ ރާޑަރު ސްޓޭޝަންތަކަށް ދާއިމީ ކަރަންޓުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ފެނަކައިން ބުނީ އެ މަޝްރޫއުއާ ގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ސޮއި ކުރި އެ މަޝްރޫއުއަކީ ހއ. އުލިގަމު އަދި ހދ. މަކުނުދޫގައި ގާއިމް ކޮށްފައިވާ ރާޑަރު ސްޓޭޝަންތަކަށް ދާއިމީ ކަރަންޓު ދިނުމާއި ގުޅޭ އެއްބަސ...

އިބްރާހިމް އަސްވާޤް
މީމް ޖަމިއްޔާ އަދި ހެޔޮ އެދޭ ފަރާތަކުން މަކުނުދޫގައި އަތްދޮންނަ ފުޅި ބަހައިފި 📍 ހދ. މަކުނުދޫ

މީމް ޖަމިއްޔާ އަދި ހެޔޮ އެދޭ ފަރާތަކުން މަކުނުދޫގައި އަތްދޮންނަ ފުޅި ބަހައިފި

މަކުނުދޫ ޔޫތް މޫވްމެންޓް (މީމް ޖަމިއްޔާ) އާއި ހެޔޮ އެދޭ ފަރާތްތަކުން ހދ. މަކުނުދޫގައި އަތްދޮންނަ ފުޅި ބަހައިފި އެވެ. މިއަދު އެރަށުގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި އަތްދޮންނަފުޅި ބަހާފައިވަނީ މަކުނުދޫގައި އާންމުކޮން މީހުން ޚިދުމަތް ހޯދާ އިދާރާތަކާއި މިސްކިތްތަކަށެވެ. އެގޮތުން މަކުނުދޫ ކައުންސިލް، މަކުނުދޫ ފެނަކަ ބްރާންޗް، މަކުނުދޫ ހެލްތު ސެންޓަރ، މަކުނުދޫ ސުކޫލް ގެ އިތުރުން 3 މިސްކިތަކަށް ވަނީ އަތްދޮންނަ ފުޅި ފޯރުކޮށްދީފައެވެ. ދުނިޔޭގެ ހަލުވިކަމާއި އެކު ފެތުރެމުންއަންނަ ކޮރޯނާ ވައިރަސް ނުވަތަ...

ހުސައިން ހަބީބް
މަކުނުދޫން ނަމޫނާ ދައްކަނީ! 📍 ހދ. މަކުނުދޫ

މަކުނުދޫން ނަމޫނާ ދައްކަނީ!

ކޮވިޑް-19 އިން ހދ. މަކުނުދޫ ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް އެރަށުގެ ކައުންސިލާއި، ހެލްތު ސެންޓަރާއި، ކޮވިޑް-19 މަކުނުދޫ ޓާސްކު ފޯހާއި، އަދި އެނޫންވެސް ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ނަމޫނާ މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. އެގޮތުން އެރަށުގެ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ރައްޔިތުން އަމަލުކޮށް، ސަމާލުކަންދޭންވީ ގޮތުގެ އިރުޝާދުތައް އެކައުންސިލުން ދަނީ ދެމުންނެވެ. އެގޮތުން ރައްޔިތުން ސަމާލުވުމަށް އެދި އާންމުކޮށްފައިވާ އިރުޝާދުތައް: އަތޮޅުގެ އެއްރަށުން އަނެއް ރަ...

އަލީ އާދިލް
މަކުނުދޫ ރައްޔިތުން ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް ދޮރުން ދޮރަށް ހިނގައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ރައްޔިތުން ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް ދޮރުން ދޮރަށް ހިނގައިފި

ހދ. މަކުނުދޫގައި ކޮވިޑް-19 އަށް ހޭލުންތެރިކޮށް ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ހިންގައިފިއެވެ. މިގޮތުން އިއްޔެވަނީ މަކުނުދޫ ކޮވިޑް-19 ޓާސްކް ފޯހުން މަކުނުދޫގެ ގޭބިސީތަކަށް ދޮރުން ދޮރަށް ހިނގައި، ކޮވިޑް-19 އާއި މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ފޯރުކޮށްދީފައެވެ. މަކުނުދޫ ކޮވިޑް-19 ޓާސްކް ފޯހުން އެރަށުގެ ގޭތަކަށް އިއްޔެ ދޮރުން ދޮރަށް ހިނގައި މައުލޫމާތު ދިނުމުގެ އިތުރަށް ކޮވިޑް-19 އާއި ބެހޭ މައުލޫމާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ލުއި ފޮތެއްވ...

ޝިއުނާ އާދަމް
ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި 📍 ހދ. ފިނޭ

ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތަކެއް ކައުންސިލްތަކާއި ހަވާލުކޮށްފި

ހދ. ފިނޭ، ވައިކަރަދޫ އަދި މަކުނުދޫގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތައް ތަރައްޤީ ކުރުމާގުޅޭ މަސައްކަތްތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސ...

ޝިއުނާ އާދަމް
މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ދަޢުވަތަކަށް ހދ. މަކުނުދޫ އަދި ހދ ކުމުންދޫއަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ޒިޔާރަތް ކުރައްވައިފިއެވެ. އިއްޔެ ހެނދުނު ހދ. މަކުނުދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ފެނަކައިގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން އިން ދެމުން ގެންދާ ހުރިހާ ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއްނެތި ދެމުން ގެންދާނެ ކަމަށެވެ. އަދި ފެނަކައިންދޭ އެއްވެސް ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއ...

ޝިއުނާ އާދަމް
މަކުނުދޫއަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދު ނުފުއްދާތީ ރާއީގެ ސުވާލު މިނިސްޓަރ އަމީންއަށް 📍 ހދ. މަކުނުދޫ

މަކުނުދޫއަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދު ނުފުއްދާތީ ރާއީގެ ސުވާލު މިނިސްޓަރ އަމީންއަށް

ހދ. މަކުނުދޫއަށް އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދުފުޅު، ވެރިކަމަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ތަންފީޒުކުރެވިފައި ނުވާތީ އެއީ ކީތްވެގެންތޯ އާއި އަދި އެކިއެކި ތާރީޚްތައް ދެއްވައި އަދިވެސް އެކަން ނުވެ ވަނީ ކީތްވެގެންތޯ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، މިއަދު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި ސުވާލު ކުރައްވައިފިއެވެ. މަކުނުދޫގެ ޞިއްޙީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން، މިނިސްޓަރާއި ރާއީ ސުވާލުކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލ...

ޔުމްނާ ޢަލީ