މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. މަކުނުދޫ (307 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
307 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މަކުނުދޫގެ އެންމެ ފަހުގެ ޚަބަރުތައް

307 ޚަބަރުގެ ތެރެއިން
މަކުނުދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.މަކުނުދޫ ކައުންސިލް އިދާރާގެ ރަސްމީ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވައިލައިފިއެވެ. ހުށައެޅޭ ލޯގޯއާއި ދިދައިގެތެރެއިން، އެންމު ރީތި ލޯގޯއާއި ދިދަ ހުށަހަޅުއްވާ ފަރާތަށް އިނާމެއްގެ ގޮތުގައި 4000ރ (ހަތަރުހާސްރުފިޔާ) ދިނުމަށް އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެ ކައުންސިލް އިދާރާގެ ލޯގޯއާއި ދިދަ ފަރުމާކުރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު 22 އޯގަސްޓް 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން ހުޅުވާލާފައިވާއިރު، އެ ލޯގޯއާއި ދިދަ ފުރުމާކުރުމުގައި ބަލަންޖެހޭ...

އިބްރާހިމް ޚަލީލް
މަކުނުދޫގެ ބަނދަރުގައި ބަހައްޓާ މޮނިއުމަންޓް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. މަކުނުދޫ

މަކުނުދޫގެ ބަނދަރުގައި ބަހައްޓާ މޮނިއުމަންޓް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.މަކުނުދޫ ބަނދަރު ސަރަހައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މޮނިއުމަންޓް ފަރުމާކުރުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ހުށައަޅާ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ކަނޑައެޅޭ ފަރުމާއަކަށް 2000ރ ( ދެހާސް ރުފިޔާ ) ދިނުމަށް ހަމަޖެހިފައިވާއިރު، މޮނިއުމެންޓް ފަރުމާ ކުރުމުގައި ގެންގުޅެން ޖެހޭނޭ އުސޫލުތައް ވެސް އެ ކައުންސިލުން ވަނީ އާންމު ކޮށްފައވެ. މިގޮތުން ފަރުމާކުރެވޭ މޮނިއުމަންޓް ވާންވާނީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފު ނުވާގޮތެއްގެ މަތިން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤ...

އިބްރާހިމް ޚަލީލް
މޮނިޓަރިން ހާލަތުގައި އޮތް މަކުނުދޫން ނެގި ސާމްޕަލްތައް ނެގެޓިވް 📍 ހދ. މަކުނުދޫ

މޮނިޓަރިން ހާލަތުގައި އޮތް މަކުނުދޫން ނެގި ސާމްޕަލްތައް ނެގެޓިވް

ކޯވިޑް-19 ޕޮޒިޓިވް ކޭހަކާއި ގުޅިގެން މޮނިޓަރިން ހާލަތުގައި އޮތް ހއ. މަކުނުދޫން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ. މަކުނުދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްކަން އިނގިފައި ވަނީ އިއްޔެއެވެ. އެ ކޭހާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ބެލެވުނު 14 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރެވިފައިވާ ކަމަށް މަކުނުދޫ ކައުންސިލުން ވަނީ ހާމަކުރަށްވާފައެވެ. އަދި އެ ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ވެސް ނެގެޓިވްކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މަކުނުދޫ މ...

ޙުސައިން ޝަހުދީ
މިއަހަރު ނިމުމުގެ ކުރިން ކުމުންދޫ ޔޫތު ކޮމްޕްލެސްގެ މަސައްކަތް ފަށަނީ 📍 ހދ. މަކުނުދޫ

މިއަހަރު ނިމުމުގެ ކުރިން ކުމުންދޫ ޔޫތު ކޮމްޕްލެސްގެ މަސައްކަތް ފަށަނީ

ހދ. ކުމުންދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން ގާއިމުކުރާ ޔޫތު ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށުމަށް ހަމަޖައްސައިފިއެވެ. މިކަން ހާމަކުރަށްވައި، ރައްޔިތުންގެ މަޖިލީހުގައި ކުމުންދޫ ތަމްސީލްކުރައްވާ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެންމެފަހުން ކުމުންދޫއަށް ކުރެއްވި ޒިޔާރަތުގައި ކުމުންދޫގެ ޒުވާނުންނަށް ހާއްސަ ކުޅިވަރު ކުޅޭނެ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އުތުރުގެ ތިން ރަށަކ...

ޔުމްނާ ޢަލީ
އެއްރަށް އަނެއްރަށާއި ތަފާތުކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސް ޞާލިޙް: ރާޢީ 📍 ހދ. މަކުނުދޫ

އެއްރަށް އަނެއްރަށާއި ތަފާތުކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސް ޞާލިޙް: ރާޢީ

އަތޮޅުތަކުގެ އެއްރަށް އަނެއްރަށާއި ތަފާތު ކުރުން ނިމުމަކަށް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ ރައީސް ޞާލިޙްގެ ދެކަނބަލުން އުތުރުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި ރާޢީ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގައި ހިމެނޭ ކުމުންދޫއަށް ވަޑައިގެންފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ. ރާޢީ ވިދާޅުވީ، އެއްރަށް އަނެއް ރަށާއި ތަފާތު ކުރުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި “ދުވަސް...

ޔުމްނާ ޢަލީ
ހދ. އަތޮޅު ނައިބު ރައީސްއަކަށް ކުމުންދޫ ރައީސް އަމީން 📍 ހދ. މަކުނުދޫ

ހދ. އަތޮޅު ނައިބު ރައީސްއަކަށް ކުމުންދޫ ރައީސް އަމީން

ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ހޮވިއްޖެއެވެ. ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުން އޮތީ މިއަދުއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުމުންދޫ ރައީސް އަމީންއާއި މި އިންތިޚާބުގައި ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ކުރިނބީ ކައުންސިލް ރައީސް ޢަބުދުﷲ އަސްލަމެވެ. ހދ. ނައިބު ރައީސް ހޮވުމަށް މިއަދު ނެގި ވޯޓުގައި ކުމުންދޫ ރައީސް އަމީންއަށް 8 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުރިނބީ ރައީސް އަސްލަމަށް ލިބިވަޑައ...

ޔުމްނާ ޢަލީ
"ނަފުރަތުގެ އަމަލު"ގެ ބިލުން ރައްޔިތުންގެ ދެ އަތާއި، ދުލުގައި ކަސްތަޅު އެޅޭނެ: މަކުނުދޫ ކައުންސިލް 📍 ހދ. މަކުނުދޫ

"ނަފުރަތުގެ އަމަލު"ގެ ބިލުން ރައްޔިތުންގެ ދެ އަތާއި، ދުލުގައި ކަސްތަޅު އެޅޭނެ: މަކުނުދޫ ކައުންސިލް

“ނަފުރަތުގެ އަމަލު” ބަޔާންކުރާ ބިލުގެ ސަބަބުން އިސްލާމްދީން ދިފާޢުކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރެވި ދިވެހިރައްޔިތުންގެ ދެއަތުގައާއި ދުލުގައި ކަސްތަޅު އެޅޭނެ ކަމަށް ހދ. މަކުނުދޫ ކައުންސިލުން ބުނެފިއެވެ. މަކުނުދޫ ކައުންސިލުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހަށް “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ގަރާރެއްގައެވެ. މަކުނުދޫ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެގަރާރުގައި ބު...

ޔުމްނާ ޢަލީ
މަކުނުދޫން އިތުރު 8 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ އެކްޓިވް ކޭސްތަކުގެ އަދަދު 105އަށް 📍 ހދ. މަކުނުދޫ

މަކުނުދޫން އިތުރު 8 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ އެކްޓިވް ކޭސްތަކުގެ އަދަދު 105އަށް

ހދ. މަކުނުދޫން އިތުރު 8 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ހދ. އަތޮޅުގެ އެކްޓިވް ކޭސްތަކުގެ އަދަދު 105 އަށް އަރައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ މަކުނުދޫ އަލަށް ޕޮޒިޓިވްވި 8 މީހުންގެ ތެރޭގައި ހިމެނެނީ މަކުނުދޫ ފްލޫ ކްލިނިކުން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ސާމްޕަލަކާއި، ކޮންޓެކްޓު ޓްރޭސިން ސާމްޕަލްތަކުގެ ގޮތުގައި ނެގި ސާމްޕަލަކުން ޕޮޒިޓިވްވި 7 ސާމްޕަލެއް ކަމަށެވެ. މަކުނުދޫގައި މިބަލީގެ 11 މީހަކު މިހާރު ތިބިއިރު އެރަށް ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ […]

ޙުސައިން ޝަހުދީ
ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު މަކުނުދޫން ޕޮޒިޓީވް ވެއްޖެ 📍 ހދ. މަކުނުދޫ

ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު މަކުނުދޫން ޕޮޒިޓީވް ވެއްޖެ

ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ހދ. މަކުނުދޫން ޕޮޒިޓީވް ވުމާއިގުޅިގެން އެރަށް މޮނީޓަރިން އަށް ލައިފި އެވެ. މަކުނުދޫ ހެލްތު ސެންޓަރުން މިރޭ ބުނެފައިވަނީ ރޯގާގެ ޢަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް މިމަހުގެ 3 ވަނަ ދުވަހު ދެއްކި މީހެއްގެ ސާމްޕަލް، މިމަހުގެ 5 ވަނަ ދުވަހު ނެގިފައިވާ ކަމަށާއި އެސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިކޭސްއާއި ގުޅިގެން އެމީހާ ދިރިއުޅެމުންދާ ގޭގައި ދިރިއުޅޭ އެހެން ފަރާތްތަކާއި ކޮންޓެކްޓްވެފައިވާ ފަރާތްތަކުގެ ކޮންޓެކް ޓްރޭސިންގ ހެދުމަށް...

އިބްރާހިމް އަސްވާޤް
މަކުނުދޫ ޕާކުގެ މަސައްކަތް ހަލުވިކުރުމަށް ރާޢީ، 10 ހާސްރުފިޔާ ހަދިޔާކުރަނީ 📍 ހދ. މަކުނުދޫ

މަކުނުދޫ ޕާކުގެ މަސައްކަތް ހަލުވިކުރުމަށް ރާޢީ، 10 ހާސްރުފިޔާ ހަދިޔާކުރަނީ

ހދ. މަކުނުދޫގައި ގާއިމުކުރާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ހަލުވިކުރުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ މާލީގޮތުން އެހީތެރިވާން ނިންމަވައިފިއެވެ. މެންބަރު ރާޢީ ވިދާޅުވީ، ޔޫތު މިނިސްޓްރީ ރަށް ރަށުގައި އަޅަން ކައުންސިލް ތަކާއި ހަވާލު ކުރި ކުޑަ ކުދިންގެ ޕާކް ތަކަކީ ބޭރު ސަރުކާރަކުން ރާއްޖެ އަށް ހަދިޔާ ކުރި ޕާކް ތަކެއް ކަމަށެވެ. އަދި ޔޫތު މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީ އިން ޕާރކް ހަދިޔާ ކުރި ކޮންމެ ރަށަކަށް ވެސް ޕާކާއި […]

އަލީ އާދިލް
ނޭކުރެންދޫއިން އިތުރު 16 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ ޖުމްލަ 87 ކަށް 📍 ހދ. ފިނޭ

ނޭކުރެންދޫއިން އިތުރު 16 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ ޖުމްލަ 87 ކަށް

އިއްޔެގެ ނިޔަލަށް ހދ. އަތޮޅުގެ 7 ރަށެއްގައި ކޯވިޑް ބަލީގެ 87 އެކްޓިވް ކޭސް އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. މިގޮތުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓީވްވެފައިތިބީ ހދ. ނޭކުރެންދޫގަ އެވެ. އެގޮތުން އިއްޔެ ނޭކުރެންދޫން ވަނީ އަލަށް 16 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ފުރަބަނދުގައި ހުރި އެކަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްފައިވާ 15 މީހަކު ހިމެނެއެވެ. މިއާއި އެކު އެރަށުގެ […]

ތިލަދުން
ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، އެއީ އުރައްޕެއް ނެތް އެއްޗެއް: ރާޢީ 📍 ހދ. މަކުނުދޫ

ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، އެއީ އުރައްޕެއް ނެތް އެއްޗެއް: ރާޢީ

މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ހަވާލުކުރުމަށްފަހު، އެ މަސައްކަތްތަކާއި ހަވާލު ފަރާތްތަކުން ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، ކޮންޓްރެކްޓް އެއްބަސްވުންތަކަކީ އުރައްޕެއް ނެތް އެއްޗެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިގޮތަށް ވިދާޅުވީ، އޭނާގެ ދާއިރާގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާޢީ ވިދާޅުވީ، ކުމުންދޫ އަދ...

އަލީ އާދިލް
ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް 📍 ހދ. ފިނޭ

ނޭކުރެންދޫ، ނޮޅިވަރަމް، ހަނިމާދޫ، ފިނޭ އަދި މަކުނުދޫން ޕޮޒިޓިވް ކޭސްތަކެއް

ހދ. އަތޮޅުގެ ބައެއް ރަށްތަކުން އިތުރު ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިގޮތުން އެ އަތޮޅު ނޭކުރެންދޫން އަލަށް 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނޭކުރެންދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް ފިޔާޒް “ތިލަދުން”އަށް ވިދާޅުވީ އެއީ މިފަހަރު ފުރަތަަމަ އެރަށުން ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެއްގެ ތެރެއިން ޕޮޒިޓިވްވި 8 މީހުން ކަމަށެވެ. މި 8 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު އެވެ. އެހެންކަމުން ނޭކުރެންދޫގެ މިހާރުގެ އެކްޓިވް […]

ޝިއުނާ އާދަމް
މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ 📍 ހދ. މަކުނުދޫ

މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ

ހދ. މަކުނުދޫން 4 މީހަކު އަދި ށ. ފީވަކުން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރި ކޯވިޑާގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 10 އަކަށް އަަރައިފައެވެ. އެރަށުން ޖުމްލަ 587 ސާމްޕަލް އެއް ނެގިފައިވާއިރު، 571 ސާމްޕަލްވަނީ ނެގަޓިވްވެފައެވެ. މަކުނުދޫން ޖުމްލަ 14 ފަރާތެއް ފޮޒިޓިވްވެފައިވާއިރު، 4 ފަރާތެއް ވަނީ މިބަލިނ...

އައިޝަތު އިލްމާ އަދުނާން
ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް މަކުނުދޫ "އެމްވައިއެމް"އިން ހާއްސަ ހަރަކާތްތެއް ފަށައިފި 📍 ހދ. މަކުނުދޫ

ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް މަކުނުދޫ "އެމްވައިއެމް"އިން ހާއްސަ ހަރަކާތްތެއް ފަށައިފި

ހދ. މަކުނުދޫގެ ރައްޔިތުން ތިބީ ފަލަސްތީނާއެކުކަން ހާމަކޮށްދިނުމުގެ ގޮތުން “މަކުނުދޫ ފަލަސްތީނާއެކު” ނަމުގައި ހާއްސަ ހަރަކާތްތަކެއް، މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް) އިންތިޒާމްކޮށްގެން އެރަށުގައި ފަށައިފިއެވެ. މިގޮތުން މިއަދު ހަވީރު ވަނީ މަކުނުދޫގެ މުޅި ރައްޔިތުން ޝާމިލްވާ ސައިކަލް ބުރަކާއެކު ހިނގާލުމެއް އެރަށުގައި ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި އެރަށުގެ ވަރަށް ގިނަ ކުދި ބޮޑު ރައްޔިތުން ބައިވެރިވިއެވެ. އިޒްރޭލުން ފަލަސްތީނަށް ދެމުންދިޔަ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން ފަލަސްތ...

އައިޝަތު އިލްމާ އަދުނާން