މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ވައިކަރަދޫ (186 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
186 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވައިކަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

186 ޚަބަރުގެ ތެރެއިން
ވައިކަރަދޫ ސިއްހީ މަރަކަޒުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ސިއްހީ މަރަކަޒުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް

ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން އިއްޔެ ބޭއްވި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވައިކަރަދޫ ޕޮލިސް ފޯސްޓާއި އެ ރަށު ސިއްހީ މަރުކަޒާއި ގުޅިގެންނެވެ. މި ހަރަކާތްތަކުގައި ސިއްހީ މަރުކަޒުގެ 25 މުވައްޒަފުން ބައިވެރިވެފައިވާއިރު މައިގަނޑު ގޮތެއްގައި ލީޑަރުންގެ ދައުރާއި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ ހަރަކާތްތަކެއް އެކުލެވިގެންދިޔައެވެ....

އައިޝަތު އައިނީ އާމިރު
ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅު ބުރުގައި ރޭ ނައިވާދޫއާއި ނޭކުރެންދޫން ކުޅުނު މެޗުތަކުން ފަސެހަކަމާއިއެކު މޮޅުވިއިރު، ނޮޅިވަރަންފަރާއި ވައިކަރަދޫއިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ދަމަހައްޓައިފިއެވެ. ގްރޫޕް އޭގައި ރޭ ނޮޅިވަރަންފަރާއި ހަނިމާދޫ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޮޅިވަރަންފަރުންނެވެ. މިއީ މުބާރާތުގައި އެ ޓީމަށް ހޯދުނު ފުރަތަމަ މޮޅެވެ. ރޭ މެޗުގައި އެ ޓީމަށް ލަނޑުޖަހައިދިނީ އާދަމް...

އިބްރާހިމް ޚަލީލް
އަންނަ އޮކްޓޯބަރު މަހުން ފެށިގެން ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަނީ 📍 ހދ. ވައިކަރަދޫ

އަންނަ އޮކްޓޯބަރު މަހުން ފެށިގެން ވައިކަރަދޫ ދަނޑުބިންތަކުން ކުލި ނަގަނީ

ދަނޑުވެރިކަން ކުރުމަށް ހދ.ވައިކަރަދޫއިން ދޫކޮށްފައި ދަނޑުބިންތަކުން އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލި ނަގަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ބުނީ ދަނޑުބިމަށް އެދިލެއްވި ހުރިހާފަރާތަކަށް ދަނޑުބިން ކަނޑައަޅާ މިހާރު ނިމިފައިވާ ކަމަށާއި، ވުމާއިއެކު އަންނަ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުލީގެ ގޮތުގައި އަކަފޫޓަކަށް 02 ލާރީގެމަގުން ކުލި ހިނގަންފަށާނެ ކަމަށެވެ. ދަނޑުބިންތަކުގެ ފޫޓްއަޅާއި އެއްބަސްވުން ހެދުމުގެ މަސައްކަތް އެ ރަށު ކައުންސިލުން މިހާރު...

އިބްރާހިމް ޚަލީލް
ތިމާވެށީގެ ދުވަސް ފާހަގަ ކުރަން ވައިކަރަދޫގައި ގިނަ ހަރަކާތްތަކެއް 📍 ހދ. ވައިކަރަދޫ

ތިމާވެށީގެ ދުވަސް ފާހަގަ ކުރަން ވައިކަރަދޫގައި ގިނަ ހަރަކާތްތަކެއް

މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވައިކަރަދޫގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފަސްވަނަ ދުވަހެވެ. ވައިކަރަދޫގައި މިއަހަރު ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވަނީ އެޓްމޮސްފިއާ ފައުންޑޭޝަނާއި ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެންނެވެ. އެޓްމޮސްފެއާ ފައުންޑޭޝަނަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓް ހިންގާ އެޓ...

އިބްރާހިމް ޚަލީލް
ވައިކަރަދޫ އަށް އާ ޖަނަރޭޓަރެއް ގެންގޮސް ކަރަންޓު ދޭން ފަށައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އަށް އާ ޖަނަރޭޓަރެއް ގެންގޮސް ކަރަންޓު ދޭން ފަށައިފި

ހދ. ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވެ އެ ރަށުން ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި ވަނިކޮށް އާ ޖަނަރޭޓަރެއް ގެންގޮސް ރަށަށް 24 ގަޑިއިރު ކަރަންޓު ދޭން ފަށައިފިއެވެ. ފެނަކަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ. ވައިކަރަދޫ ފެނަކައިން އެ ރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އަންނަ ދެ އިންޖީނުގެ ތެރެއިން މައްސަލަ […]

މުޙައްމަދު
ވައިކަރަދޫ ކަނު އަނދިރީގައި ހަތަރު ދުވަސް، ރައްޔިތުން ތަކުލީފެއްގައި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކަނު އަނދިރީގައި ހަތަރު ދުވަސް، ރައްޔިތުން ތަކުލީފެއްގައި

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވެ އެ ރަށުން ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި އޮންނަތާ ހަތަރު ދުވަސް ވެއްޖެއެވެ. ވައިކަރަދޫ ފެނަކައިން އެ ރަށަށް ކަރަންޓް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން އަންނަ ދެ އިންޖީނުގެ ތެރެއިން މައްސަލަ ޖެހިފައިވަނީ ބޮޑު އިންޖީނަށެވެ. މީގެ ދެ ދުވަސް ކުރިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމ...

އިބްރާހިމް ޚަލީލް
ވާހަކަ ނުދެއްކޭ، އަޑުނީވޭ މަންމައަކާއި ބައްޕަގެ ދަރިފުޅަށް ޤުރުއާން މުބާރާތުން 1 ވަނަ 📍 ހދ. ވައިކަރަދޫ

ވާހަކަ ނުދެއްކޭ، އަޑުނީވޭ މަންމައަކާއި ބައްޕަގެ ދަރިފުޅަށް ޤުރުއާން މުބާރާތުން 1 ވަނަ

އުމުރުން 12 އަހަރުގެ އަލްވާ ހުސެއިން އަކީ އަރަބިއްޔާ ސްކޫލުގެ ގްރޭޑް 6 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އޭނާގެ މަންމައަކީ ހދ.ވައިކަރަދޫ އައިމިނަތު ފަހުދާއެވެ. ބައްޕައަކީ ހުސެއިން ސުނިލްއެވެ. ސުނިލްއަކީ މާލޭ މީހެކެވެ. މި ކުޑަ އާއިލާއަކީ ވަރަށް ތަފާތު އާއިލާއެކެވެ. އަލްވާގެ މަންމައާއި ބައްޕައަކީ އުފަންވީއްސުރެ ވާހަކަ ނުދެއްކޭ އަދި އަޑުނީވޭ ދެ މީހުންނެވެ. އެ ދެ މީހުންގެ ހަމަހިމޭން ދިރިއުޅުން ފަޅުފިލުވައިދޭ އަލްވާއަކީ ވާހަކަ ދެއްކުމާއި އަޑު އިވުމުގައި އެއްވެސް […]

އިބްރާހިމް ޚަލީލް
ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ: ޘަޤީފް 📍 ހދ. ވައިކަރަދޫ

ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ: ޘަޤީފް

ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޘަޤީފް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދޭ “މަޖިލިސް ބަހުސް 2024” ގައި ވާހަކަ ދައްކަވަމުން ޘަޤީފް ވިދާޅުވީ ވައިކަރަދޫ ދާއިރާ އަށް އެންމެ ބޮޑަށް ބޭނުން ވަނީ […]

މުޙައްމަދު
ދަނޑުވެރިކަމަށް ވައިކަރަދޫއިން ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ވައިކަރަދޫ

ދަނޑުވެރިކަމަށް ވައިކަރަދޫއިން ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫއިން ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިންތަކަށް އެދުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުން ދަނޑުވެރިކަމަށް ދަނޑުބިން ދޫކުރުމުގެ އުސޫލް ނިންމައި އާންމު ކޮށްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ އުސޫލުގައި ތިން ގިންތިއަކަށް ދަނޑުބިންތައް ވަނީ ބައި ކޮށްފައެވެ. ކުދި ދަނޑުގެ ގޮތުގައި ދޫކުރަނީ 1000 (އެއްހާސް) އަކަފޫޓުގެ ދަނޑެވެ. މެދު ދަނޑުގެ ގޮތުގައި ދޫކުރަނީ 1001 (އެއްހާސް އެކެއް) އަކަފޫޓާއި 5000 (ފަސްހާސް) އަކަފޫޓާއި ދެމެދުގެ […]

އިބްރާހިމް ޚަލީލް
މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓު ޘަޤީފަށް 📍 ހދ. ވައިކަރަދޫ

މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓު ޘަޤީފަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ ނައިބު ރައީސް ޙުސައިން ޘަޤީފަށް ދިނުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ 17 ގައެވެ. އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތ...

މުޙައްމަދު
އުސޫލު އިސްލާހްކޮށް ވައިކަރަދޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ވައިކަރަދޫ

އުސޫލު އިސްލާހްކޮށް ވައިކަރަދޫން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. ވައިކަރަދޫ އިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހްކޮށް އެރަށުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ވައިކަރަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ބުނެފައިވާގޮތުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އެކަށައަޅާ ފާސްކޮށް، 31 ޑިސެންބަރު 2023 ގައި ގެޒެޓް ކުރި “ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު” ވަނީ އެ ކައުންސިލުން މިހާރު އިސްލާޙްކޮށްފައެވެ. މިގޮތުން 23 ޖަނަވަ...

ޔުމްނާ ޢަލީ
ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމް އަނެއްކާވެސް ބާއްވަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމް އަނެއްކާވެސް ބާއްވަނީ

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމަށް ބޭނުންވާ ބައިވެރިން ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ގްރީން ހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން އެ ރަށުގައި ހިންގި ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ގާއިމްކޮށްފައިވާ ގްރީން ހައުސްތަކުގައި ގަސް އިންދައި ހައްދާނެ ގޮތުގެ ދެވަނަ ޕްރޮގްރާމެއް އަންނަ ފެބްރުއަރީ މަހު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ...

އިބްރާހިމް ޚަލީލް
ވައިކަރަދޫ ދާއިރާއަށް ޘަޤީފް ވާދަކުރަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ދާއިރާއަށް ޘަޤީފް ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް، މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ ނައިބު ރައީސް ޙުސައިން ޘަޤީފް ވާދަކުރަން ނިންމާ އެކަން އިޢުލާން ކުރައްވައިފިއެވެ. 2024 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީ (އޭޕީ) ގެ ފަރާތުން ވާދަކުރައްވާނެ ކަން ޘަޤީފް ހާމަކުރައްވާފައި ވަނީ މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މީގެ ކުރިން ހދ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ޘަޤީފް ކުރެއްވި އެޕޯސްޓުގައި ވިދާޅުވެފައިވަނީ، މާތް ﷲ ގެ ވާގިފުޅާއި […]

ތިލަދުން
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަލީ އަޙްސަން 📍 ހދ. ވައިކަރަދޫ

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަލީ އަޙްސަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ހދ. ވައިކަރަދޫ ހިސާން، އަލީ އަޙްސަން އައްޔަން ކުރައްވައިފި އެވެ. އަޙްސަން އަކީ، ދީނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ ޢިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސް އެވެ. އަދި އައިއޯސީސީ ނައިބު ރައީސްކަން ވެސް އެއިގެ ކުރިންކުރެއްވި އެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގިނަދުވަސް ތަކެއް ހޭދަކުރެއްވި އަޙްސަން ވަނީ މޯލްޑިވްސް މީޑިޔ...

އަލީ އާދިލް
ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް 📍 ހދ. ވައިކަރަދޫ

ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް

އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ވައިކަރަދޫ ދާއިރާއިރާގެ ތިން ރަށުގައި މުޅިން އަލަށް ހަ މަޝްރޫޢެއް ފަށަން ހިމަނައިފިއެވެ. މިގޮތުން އެ ދާއިރާގައި އަލަށް މަޝްރޫޢުތައް އެންމެ ގިނައިން ހިމަނާފައި ވަނީ ނެއްލައިދޫގައެވެ. އެރަށުގައި ތިން މަޝްރޫޢެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެރަށުގައި ޑިންގީ ޕްލެޓް ފޯމެއް ގާއިމުކުރަން 300،000 ރުފިޔާ ބަޖެޓްގައި ޖަހާފައި އޮތްއިރު، އެރަށުގައި އިންޑޯ ޖިމެއް އަޅަން 150،000 ރުފިޔާ ޖަހާފަވެއެވެ. އަދި ފުޓްސަލް ދަނޑެއް އަޅަން 220،000 […]

ޔުމްނާ ޢަލީ