މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ވައިކަރަދޫ (184 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
184 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވައިކަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

184 ޚަބަރުގެ ތެރެއިން
ވައިކަރަދޫއިން އަލަށް ދޫކޮށްފައިވާ 105 ގޯތީގެ ވަގުތީ ރަޖިސްޓްރީ ހަވާލުކުރަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫއިން އަލަށް ދޫކޮށްފައިވާ 105 ގޯތީގެ ވަގުތީ ރަޖިސްޓްރީ ހަވާލުކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން އެރަށުން ދިރިއުޅުމަށް އަލަށް ދޫކޮށްފައިވާ 105 ބަންޑާރަ ގޯތީގެ ވަގުތީ ރަޖިސްޓްރީއާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައި އިޢުލާނުކޮށްފިއެވެ. ގޯތި ލިބިފައިވާ ފަރާތްތަކަށް ލިޔުންތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 21 ނޮވެންބަރު 2025 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި ސުލައިމާނިއްޔާ ހޯލުގައެވެ. މި ބައްދަލުވުމުގައި، ގޯތި ލިބިފައިވާ ކަމުގެ ލިޔުމާއި ވަގުތީ ރަޖިސްޓްރީއާ ހަވާލުވުމަށް،...

އަލީ އާދިލް
ދެބެންގެ ދެ ވީޑިއޯއަށް ދެލައްކަ! "ވައިކަރަދޫ މުރަކަ ބަގީޗާ" ބަލާލަން ބަހީ 📍 ހދ. ވައިކަރަދޫ

ދެބެންގެ ދެ ވީޑިއޯއަށް ދެލައްކަ! "ވައިކަރަދޫ މުރަކަ ބަގީޗާ" ބަލާލަން ބަހީ

ރާއްޖޭގެ އުތުރުގެ ހިމޭން ކަނޑުތަކުގައި، ރިސޯޓުތަކާ ދުރުގައި، ހުވަފެނެއް ފަދަ ރީތި ސިއްރެއް ފޮރުވިފައިވެއެވެ. މިއީ ހދ. އަތޮޅުގައިވާ ވައިކަރަދޫގެ ފަޅުތެރޭގައިވާ މުއްސަނދި މުރަކައިގެ ބަގީޗާއެވެ. މިއީ ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނާއި ފޮޓޯގުރާފަރުންގެ ލޯމަތިން ގެއްލިފައިވާ ބަގީޗާއެކެވެ. މިފަހުން، މި މުއްސަނދި ޤުދުރަތީ ބަގީޗާ ދިވެހިންގެ ލޯތަކަށް ގެނެސްދިނީ ވައިކަރަދޫގެ ޒުވާނުންތަކެކެވެ. މީސްމީީޑިއާގައި ވައިރަލްވި ވައިކަރަދޫ ފަޅުތެރޭގެ ވީޑިއޯތަކަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ގިނަބ...

އިބްރާހިމް އަސްވާޤް
ވައިކަރަދޫ އާއި ބިލެތްފަހީގައި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އާއި ބިލެތްފަހީގައި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފި

ހދ. ވައިކަރަދޫ އަދި ށ. ބިލެތްފަހީގައި މިސްކިތެއް އިމާރާތްކުރުމަށް އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ޤުރުއާން ސެންޓަރެއް އެޅުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. އަދި ށ. ބިލެތްފަހި، ބ. ކަމަދޫ ބ. ފެހެންދޫ އަދި ބ. ފުޅަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. ބިލްތެފަހީގައި އިމާރާތްކުރާ މި...

އައިޝަތު އައިނީ އާމިރު
ވައިކަރަދޫގައި ސްކޭޓް ޕާކެއް، މުރައިދޫ، ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުރަން ހަވާލުކޮށްފި 📍 ހއ. މުރައިދޫ

ވައިކަރަދޫގައި ސްކޭޓް ޕާކެއް، މުރައިދޫ، ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުރަން ހަވާލުކޮށްފި

ހދ. ވައިކަރަދޫގައި ސްކޭޓް ޕާކެއް ތަރައްގީ ކުރުމަށާއި، އެއަތޮޅު މުރައިދޫ އާއި ހއ. ކުމުންދޫ އަދި ފީވަކު ބޯޅަދަނޑު ތަރައްގީކުން ހިމެނޭހެން 8 ރަށެއްގެ 8 މަޝްރޫޢުއެއްގެ މަސައްކަތް ހަވާލުކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫޢޫގެ ދަށުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ހއ. މުރައިދޫ، ހދ. ކުމުންދޫ އަދި ށ. ފީވަކުގައއި ފުޓްބޯޅަދަނޑެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދ...

އައިޝަތު އައިނީ އާމިރު
ވައިކަރަދޫ އާއި ދިއްދޫގައި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް" ފެސިލިޓީ ހުޅުވައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އާއި ދިއްދޫގައި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް" ފެސިލިޓީ ހުޅުވައިފި

ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައާއި، ހއ. އަތޮޅު ހޮސްޕިޓަލުގައި “ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް” ފެސިލިޓީއެއް ހުޅުވައިފިއެވެ.ީ ވައިކަރަދޫ ސިއްހީ މަރުކަޒުގައި ޤާއިމްކުރި މި ފެސިލިޓީއަކީ، ވޯރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އާއި ހެލްތް މިނިސްޓްރީ ގުޅިގެން ޔުނައިޓެޑް ނޭޝަންސް ޑެވެލެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ކެނޭޑިއަން ފަންޑްގެ ދަށުން ޤާއިމްކޮށްފައިވާ ފެސިލިޓީ އެކެވެ. ވައިކަރަދޫގައި މި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު، މި ފެސިލިޓީ ހުޅުވައިދެއްވާފައި...

އައިޝަތު އައިނީ އާމިރު
ވާހަކަ: އުމުށޭމު 📍 ހދ. ވައިކަރަދޫ

ވާހަކަ: އުމުށޭމު

ރޭގަނޑެއްގެ ހަމަހިމޭންކަމެވެ. އޮރެންޖު ކުލައިގެ އަލިން މުޅި ބަނދަރުމަތި ވަނީ ވިދާލާފައެވެ. ބައެއްމީހުންގެ ބަހުން ނަމަ “ގަޑިބުރު” ގައި އެތިބީ ހަމަ ވަރަށް މަދު ބައެކެވެ. ދެ ޒުވާނުންނާއި، ހަރުކުލައިގެ ބޮޑު މީހެކެވެ. އޭނާގެ ދިރިއުޅުމުގެ ތަޖުރިބާ ކިތަންމެހައި ވެސް ގިނައެވެ. އަޑު ގަދަ އެވެ. ބަސްވިކެއެވެ. އާދެ! ހދ. ވައިކަރަދޫ ރޯޒް މުސްޠަފާ މޫސާ މިހާރު އެ އުކަނީ، އޭނާގެ ޙަޔާތުނާމާގެ ސަފުހާތަކެވެ. ނޫނެކެވެ. ހަމަ އެންމެ ސަފުހާއެކެވެ. އެންމެ ތަޖުރިބާއެކެވެ. އެންމެ ވާހަކައެކެވެ. ފެށުން […]

ޙުސައިން ޒަބީރު (ހޒމވ)
ވައިކަރަދޫގައި ފުރިހަމަ ފުޓްބޯޅަ ދަނޑަކާއި، އައުޓްޑޯ ޖިމެއް، ހޭންޑްބޯލް ކޯޓެއް އަދި ސްކޭޓް ޕާކެއް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ފުރިހަމަ ފުޓްބޯޅަ ދަނޑަކާއި، އައުޓްޑޯ ޖިމެއް، ހޭންޑްބޯލް ކޯޓެއް އަދި ސްކޭޓް ޕާކެއް

ދ. ވައިކަރަދޫގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ވައިކަރަދޫގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދެއްވުމަށް ސަރުކާ...

ޔުމްނާ ޢަލީ
ވައިކަރަދޫ އާއި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އާއި ނޭކުރެންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ވައިކަރަދޫ އާއި ނޭކުރެންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑި...

ޔުމްނާ ޢަލީ
ވައިކަރަދޫގައި އަންނަ އަހަރު ކުރީކޮޅު ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި އަންނަ އަހަރު ކުރީކޮޅު ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކުރަނީ

ހދ. ވައިކަރަދޫގައި އަންނަ އަހަރުގެ ކުރީކޮޅު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދެއްވައިފިއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވައިކަރަދޫ އަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ވައިކަރަދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދިނުމަކީ އެރަށު ކައުންސިލުންވެސް...

ޔުމްނާ ޢަލީ
ވައިކަރަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ވައިކަރަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މިއަދު ވައިކަރަދޫގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގ...

އަލީ އާދިލް
ތިލަދެކުނު ޤުރްއާން މުބާރާތުގެ އެއްވަނަ، ވައިކަރަދޫ ދަރިވަރު އަލްޠާފް 📍 ހދ. ވައިކަރަދޫ

ތިލަދެކުނު ޤުރްއާން މުބާރާތުގެ އެއްވަނަ، ވައިކަރަދޫ ދަރިވަރު އަލްޠާފް

ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” ގެ ދަރިވަރުންގެ ބައިން އެއްވަނަ، ހދ. އަތޮޅު މަދަރުސާގެ ދަރިވަރު އަލްތޯފް މުޙައްމަދު ޝަފީޤު، ކަނބުރު، ހދ. ވައިކަރަދޫ ހޯދައިފި އެވެ. ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މި އަހަރުގެ މުބާރާތުގެ ސްކޫލްބައިން، މުޅި މުބާރާތުން އެއްވަނަ އަށް އިނާމް ހަވާލުކޮށްދެއްވީ މި ރަސްމި...

އަލީ އާދިލް
ވައިކަރަދޫގައި ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން ކޯހެއް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން ކޯހެއް

ހދ. ވައިކަރަދޫގައި “ބޭސިކް އަދި އެޑްވާންސް ޓެއިލަރިންގ އެންޑް ޑިޒައިން” ކޯހެއް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. ވައިކަރަދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ކޯހަކީ ވައިކަރަދޫގައި ދިރިއުޅެމުންދާ އަންހެނުންނާއި ޒުވާނުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން އެ ފަރާތްތަކަށް ފެހުމުގެ އަސާސީ ހުނަރުތަކާއި އަމިއްލައަށް މިންނަގައިގެން ހެދުން ފެހުމުގެ ޤާބިލުކަން އިތުރުކޮށް، އާމްދަނީ ހޯދުމުގެ ފަހިކޮށްދިނުމުގެ މަޤުސަދުގައި ހިންގުމަށް ހަމަޖ...

އައިޝަތު އައިނީ އާމިރު
އިމުގެ ތެރެއިން އީދު ފާހަގަކުރުމުން، ވައިކަރަދޫ އާއި ނޮޅިވަރަމަށް ސަލަފުގެ ހަނދާނީ ލިޔުން 📍 ހދ. ވައިކަރަދޫ

އިމުގެ ތެރެއިން އީދު ފާހަގަކުރުމުން، ވައިކަރަދޫ އާއި ނޮޅިވަރަމަށް ސަލަފުގެ ހަނދާނީ ލިޔުން

1446 ވަަނަ އަހަރުގެ އަޟްޙާ ޢީދު އިސްލާމީ އިމުގެ ތެރެއިން ފާހަގަކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ޖަމްޢިއްޔަތުއްސަލަފުން ހދ.ވައިކަރަދޫ ކައުންސިލަށާއި ހދ.ނޮޅިވަރަމު ޖަމްޢިޔަތުލް ރިސާލާ އަށް ހަނދާނީ ލިޔުންދީފިއެވެ. ރޭގައި ސަލަފުން ބޭއްވި ހަފުލާއެއްގައި ވަނީ ވައިކަރަދޫ އާއި ނޮޅިވަރަމުގެ އިތުރުން 6 ފަރާތަކަށް ހަނދާނީ ލިޔުން ދީފައެވެ. މި ހަފްލާގައި ހަނދާނީ ލިޔުން ލިބުނު އިތުރު ފަރާތްތަކަކީ އދ.ދަނގެތި ޖަމްޢިއްޔަތުލް ޤަލަމް، ގާފަރު ކައުންސިލް ،، ރ. ކިނޮޅަސް ކައުންސިލް، ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސް...

އަލީ އާދިލް
ވައިކަރަދޫ ސިއްހީ މަރަކަޒުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ސިއްހީ މަރަކަޒުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް

ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން އިއްޔެ ބޭއްވި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވައިކަރަދޫ ޕޮލިސް ފޯސްޓާއި އެ ރަށު ސިއްހީ މަރުކަޒާއި ގުޅިގެންނެވެ. މި ހަރަކާތްތަކުގައި ސިއްހީ މަރުކަޒުގެ 25 މުވައްޒަފުން ބައިވެރިވެފައިވާއިރު މައިގަނޑު ގޮތެއްގައި ލީޑަރުންގެ ދައުރާއި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ ހަރަކާތްތަކެއް އެކުލެވިގެންދިޔައެވެ....

އައިޝަތު އައިނީ އާމިރު
ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ، ނޭކުރެންދޫއަށް ފަސޭހަ މޮޅެއް، ވައިކަރަދޫއާއި ނޮޅިވަރަންފަރުން އުންމީދު ދަމަހައްޓައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހދ.އަތޮޅު ބުރުގައި ރޭ ނައިވާދޫއާއި ނޭކުރެންދޫން ކުޅުނު މެޗުތަކުން ފަސެހަކަމާއިއެކު މޮޅުވިއިރު، ނޮޅިވަރަންފަރާއި ވައިކަރަދޫއިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ދަމަހައްޓައިފިއެވެ. ގްރޫޕް އޭގައި ރޭ ނޮޅިވަރަންފަރާއި ހަނިމާދޫ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނޮޅިވަރަންފަރުންނެވެ. މިއީ މުބާރާތުގައި އެ ޓީމަށް ހޯދުނު ފުރަތަމަ މޮޅެވެ. ރޭ މެޗުގައި އެ ޓީމަށް ލަނޑުޖަހައިދިނީ އާދަމް...

އިބްރާހިމް ޚަލީލް