މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އުތީމު (233 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
233 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އުތީމުގެ އެންމެ ފަހުގެ ޚަބަރުތައް

233 ޚަބަރުގެ ތެރެއިން
އުތީމު އާދަމްބޭގެ ގަލަމުން: ސަޤާފަތުގެ ތެރެއިން ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން 📍 ހއ. އުތީމު

އުތީމު އާދަމްބޭގެ ގަލަމުން: ސަޤާފަތުގެ ތެރެއިން ބަދަލުވަމުން އަންނަ ދިވެހި މަސްވެރިކަން

އާދަކާދައާ ޘަޤާފަތު ބަދަލުވަމުން ދެއެވެ. ކަންކަމުގެ މައްޗަށް ލޯހުޅުވި އެކަންކަމާބެހޭ ގިނަގޮތްތައް ފެންނަމުންދާ ވަރަކުންނެވެ. ތަރައްޤީގެ ފާލަމުގައި ކުރިޔަށް ފިޔަވަޅު އެޅޭ މިންވަރަކުންނެވެ. ތިމާމެންކުރާ މަސައްކަތެއް ކަމަށްވިޔަސް އެކަމެއް އެހެންމީހުން ކޮށްއުޅޭގޮތް ފެނި ތަޢާރަފްވެ އެކަމެއްގެ ތެރެއަށް ވަދެވެމުންދާ ނިސްބަތަކުން ނެވެ. ކަމާބެހޭ އައު އުފެއްދުން ތަކާ ވަޞީލަތްތައް ލިބި އަތްމަތިވާ ފެންވަރަކުންވެސް މެއެވެ. ދިވެހިންނަކީ މަސްވެރި ބައެކެވެ. ދިވެހިރާއްޖޭގައި ގިނަވާނީ މަސްވެރިންނެވެ. ޒަމާނުއްސުރެ...

އުތީމު އާދަމް ޢަބްދުއްރަޙްމާން
އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށަނީ 📍 ހއ. އުތީމު

އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށަނީ

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ އުތީމު ގަނޑުވަރު 2020 ޑިސެމްބަރު 13 ވާ އާދިއްތަ ދުވަހުން ފެށިގެން އަލުން ހުޅުވާލަން ނިންމައިފިއެވެ. އެކަން ހާމަކޮށް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެނދުރުފަހު 13:30 އަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ. ގަނޑުވަރަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށ...

ޔުމްނާ ޢަލީ
ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފި 📍 ހއ. އުތީމު

ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފި

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންބުނީ މިމަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު ވައި.އެލް ސަޕްލައި ކުންފުންޏާއި ކަމަށެވެ. އެމިނިސްޓްރީއިން ބުނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާރިޗު މަހު ކަމަށެވެ. ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ސަގާފީ ތަރިކަ ރައްކާތެރ...

ޝިއުނާ އާދަމް
އުތީމު ބަނދަރު މަރާމާތުގެ މަސައްކަތާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އޮޅުވާލަމުން: އަޙްމަދު 📍 ހއ. އުތީމު

އުތީމު ބަނދަރު މަރާމާތުގެ މަސައްކަތާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އޮޅުވާލަމުން: އަޙްމަދު

ހއ. އުތީމު ބަނދަރު މަރާމާތުގެ މަސައްކަތާއި ގުޅިގެން ބައެއް ފަރާތްތަކުން އެކަމަކީ ސަރުކާރުން ކުރާ މަސައްކަތެއް ނޫންގޮތަށް، އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވިދާޅުވެއްޖެ އެވެ. މެންބަރު އަޙްމަދު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. އަޙްމަދު ވިދާޅުވީ އޭނާ ތަމްސީލުކުރަށްވާ ބާރަށު ދާއިރާގެ ލަފާފުރުމުގެ ކަންތައްތަކަށް ހައްލު ބޭނުންވާ ކ...

އަލީ އާދިލް
📍 ހއ. އުތީމު

އުތީމު ކައުންސިލުގެ ރައީސް ސަސްޕެންޑް ކުރުން: ޝުޖާޢު ސިފަކުރެއްވީ ބިރުދެއްކުމެއް ކަމަށް

ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، އެއީ ބިރުދައްކައިގެން ކައުންސިލް އިންތިޚާބު ކާމިޔާބުު ކުރުމަށް ކުރިކަމެއްގެ ގޮތުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ސިފަކުރަށްވައިފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށް 14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހު (މިއަދު) ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން މި މަހު 8 ވަނަ ދުވަހު  ބޭއްވި...

އަޙްމަދު ވަހީދު
📍 ހއ. އުތީމު

އެއްވެސް ބާރެއް އެހެން ބަޔަކަށް ދޫކޮށްލައިފިނަމަ، ފަހުން ރޯން ޖެހޭނެ

ދިވެހިރާއްޖޭގެ އެއްވެސް ބާރެއް އެހެން ބަޔެއްގެ އަތްމަށްޗަށް ދޫކޮށްލައިފިނަމަ ފަހުން ކަރުނައަޅާ ރޯން ޖެހޭނެ ކަމަށް ހއ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ރަޝީދު މިހެން ވިދާޅުވީ، އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އިއްޔެ ކުރިއަށް ދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ، އުތީމަށް އުފަން ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޚިދުމަތަށްޓަކައި ދިވެހި ބިމަށް ނޭވާލާ ކޮންމެ ދަރިއަކު ވެސް ބޮ...

ޝިއުނާ އާދަމް
ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި 📍 ހއ. އުތީމު

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރެވެމުންދާ77 ވަނަ ޤައުމީ ދުވަހާއި ގުޅުވައިގެން އުތީމުގައި މިއަދު ވަނީ ޤައުމީ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތަކުން ދުވަސް ފަށާފައެވެ. މި ރަސްމިއްޔާތުގައި އުތީމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިތުރުން، ސްކޫލު ކުދިންވެސް ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތަަށްފަހު، ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒުގައިވަނީ މި ދުވަހާއި ބެހޭ ގޮތުން ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާ...

މުޙައްމަދު މާއިލް ހަސަން
އުތީމު ޔުނައިޓެޑްގެ ފަރާތުން ދިވެހިންނަށް "ޤައުމީ ސްޓިކަރ ޕެކެެއް" 📍 ހއ. އުތީމު

އުތީމު ޔުނައިޓެޑްގެ ފަރާތުން ދިވެހިންނަށް "ޤައުމީ ސްޓިކަރ ޕެކެެއް"

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެކި ދިވެހިންނާއި، ޖަމިއްޔާތަކުން ކުރަމުން އަންނަނީ އެކިއެކި ތަފާތު ކަންކަމެވެ. ޤައުމީ ދުވަހެއް ޤައުމެއްގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ކިބައިގައި ޤައުމީ ރޫޙު އާލާކޮށް އެއްބައިވަންތަކަން ދިރުވުމެވެ. އެކިއެކި ފަރުދުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮށް އުޅެނީ، އެކިއެކި ކަންކަމެވެ. ޤައުމީ ލަވަ އާއި ޅެން ހެދުމަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ކަމެކެވެ. ޤައުމީ ދުވަހުގެ ޖަލްސާތައް ބޭއްވުމާއި، ޤައުމަށްޓަކައި ޤުރުބާންވ...

މުޙައްމަދު މާއިލް ހަސަން
އުތީމުން ދަނޑުބިން ދޫކުރި ގޭބިސީތަކަށް ލިޔުން ހަވާލުކޮށްފި 📍 ހއ. އުތީމު

އުތީމުން ދަނޑުބިން ދޫކުރި ގޭބިސީތަކަށް ލިޔުން ހަވާލުކޮށްފި

ހއ. އުތީމުން ދަނޑުވެރި ކަމަށް ބިން ހޯދުމަށް އެދުނު އެރަށުގެ ރައްޔިތުންނަށް ބިން ދޫކޮށް، ބިންތައް ހަވާލު ކުރި ކަމުގެ ވަގުތީ ލިޔުން ހަވާލު ކޮށްފިއެވެ. އުތީމު ކައުންސިލުން ބުނީ ދަނޑުވެރިކަން އެރަށުން ބިން ހޯދުމަށް އެދުނު އެރަށުގެ 44 ގޭބިސީއަކަށް ބިން ދޫކޮށްފައި ވާ ކަމަށެވެ. މިގޮތުން އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރި ގޭބިސީތަކަށް، އެ ގޭބިސީތަކަށް ބިން ދޫކުރި ކަމުގެ ވަގުތީ ލިޔުން ހަވާލުކުރުން އޮތީ އިއްޔެ އުތީމު ކައުންސިލްގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި […]

ޔުމްނާ ޢަލީ
އުތުރު ސްޕޯޓްސް ކްލަބު: އުތީމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އައު ކްލަބެއް 📍 ހއ. އުތީމު

އުތުރު ސްޕޯޓްސް ކްލަބު: އުތީމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް އައު ކްލަބެއް

ހއ. އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަށާއި، އުތީމުގެ ދުޅަހެޔޮކަމަށް ގުޅިގެން މަސައްކަތް ކުރުމަށް ”އުތުރު ސްޕޯޓްސް ކްލަބު”ގެ ނަމުގައި އައު ކްލަބެއް އުފަށްދައިފިއެވެ. ”އުތުރު ސްޕޯޓްސް ކްލަބު” ރަޖިސްޓަރީ ކޮށްފައި ވަނީ 6 އޮކްޓޫބަރ 2020 ގައި އެވެ. މިކްލަބް ރަޖިސްޓަރީ ކުރެވުނު އިރު މިކްލަބްގައި 58 މެންބަރުން ތިބިކަމަށް އެ ކްލަބްގެ ފުރަތަމަ ރައީސް އަޙްމަދު ޞަބާޙް ބުންޏެވެ. އުތީމު ”އުތުރު ސްޕޯޓްސް ކްލަބު”ގެ ރައީސް އަޙްމަދު ޞަބާޙް ”ތިލަދުން”އަށް ބުނީ އެ ކްލަބަކީ އުތީމުގެ ތަރައްޤީއަށް މަސައްކަތްކުރުމަ...

ޙުސައިން ޝަހުދީ
އުތީމު ޔުނައިޓެޑްގެ 7 ވަނަ އަހަރީ ދުވަހު ބަންޑާރައިންގެ މިސްކިތަށް ހަދިޔާއެއް 📍 ހއ. އުތީމު

އުތީމު ޔުނައިޓެޑްގެ 7 ވަނަ އަހަރީ ދުވަހު ބަންޑާރައިންގެ މިސްކިތަށް ހަދިޔާއެއް

އުތީމު ޔުނައިޓެޑް (ޔޫޔޫ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމު ބަންޑާރައިންގެ މިސްކިތަށް ހަދިޔާއެއް ދީފި އެވެ. އެގޮތުން އުތީމު ޔުނައިޓެޑްއިން ވަނީ އުތީމު ބަންޑާރައިންގެ މިސްކިތުގެ ވޯކްވޭގެ ލައިޓާއި އައުޓްޑޯ ލައިޓް އަދި މިސްކިތުގެ ގަސްތަކަށް ފެންދިނުމަށް ފެންހޮޅި ހަދިޔާކޮށްފަ އެވެ. އުތީމު ޔުއިޓެޑްގެ 7 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މި ތަކެތި އުތީމު ކައުންސިލާއި ހަވާލުކޮށްފައިވަނީ މިއަދު އެވެ. އުތީމު ކައުންސިލުން ބުނީ އުތީމު ޔުނައިޓެޑްގެ މިއެހީތެރިކަން ފާހަގަ ކުރަނީ ޝުކުރުވެރިކަމާއި […]

ތިލަދުން
އުތީމުގެ ގޮނޑުދޮށުން ވެލި ނުނެގުމަށް އެދިއްޖެ 📍 ހއ. އުތީމު

އުތީމުގެ ގޮނޑުދޮށުން ވެލި ނުނެގުމަށް އެދިއްޖެ

ހއ. އުތީމުގެ ތިމާވެށީގެ ރައްކާތެރިކަމަށާއި، އާންމު މަސްލަހަތަށްޓަކައި އެރަށު ގޮނޑުދޮށުން ޤަވާޢިދާ ޚިލާފަށް ވެލި ނުނެގުމަށް އުތީމު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އުތީމު ގޮނޑު ދޮށުން ވެލި ނެގުން އެ ކައުންސިލް ވަނީ ކުރިއްސުރެ މަނާ ކޮށްފައެވެ. އުތީމު ކައުންސިލުން ބުނީ މިހާރަކަށް އައިސް އެ ރަށުގެ ގޮނޑު ދޮށުން ބައެއް ރައްޔިތުން ޤަވާޢިދާ ޚިލާފަށް ވެލި ނަގަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ. އެކަން މަނާކޮށް 9 ޑިސެމްބަރު 2019 ގައި އާންމުކޮށް އަންގާފައިވާ އެންގުމާއި […]

ޙުސައިން ޝަހުދީ
އުތީމު ރަޝާދު ޙުސައިން ގެ ހަނދާނުގައި ސްކޮލަޝިޕްއެއް ދެނީ 📍 ހއ. އުތީމު

އުތީމު ރަޝާދު ޙުސައިން ގެ ހަނދާނުގައި ސްކޮލަޝިޕްއެއް ދެނީ

ހއ.އުތީމުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ އުތީމު ޔުނައިޓެޑްގެ ފަރާތުން، އުތީމުގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރްޙޫމް ރަޝާދު ޙުސެއިން ހަނދާނުގައި ދެވޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. އުތީމު ޔުނައިޓެޑާއި އެމްއައި ކޮލެޖު ގުޅިގެން ހުޅުވައިލާފައިވާ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގުރާމް (ޔޫޕީޕީ) ފުރިހަމަ ކުރައްވާ ފަރާތްތަކަށް އެ ޕްރޮގުރާމް ނިންމާލުމަށްފަހު ތިން ދާއިރާއަކުން ޑިގްރީ ހާސިލް ކުރުމުގެ ފުރުޞަތު ތަނަވަސްވެ...

އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ ހުނަރުވެރިން: ކައިވެނީގެ ރަން ޒަމާނާއި ގުޅުވާލި "އުތީމު މަހާރަދުން" 📍 ހއ. އުތީމު

ތިލަދުންމަތީގެ ހުނަރުވެރިން: ކައިވެނީގެ ރަން ޒަމާނާއި ގުޅުވާލި "އުތީމު މަހާރަދުން"

“ކައިވެނީގެރަން ޒަމާނާއި ގުޅުވާލި މޭސްތިރިޔާ” މިވަރަށް ބުނެލުމުން ވެސް ގިނަބަޔަކަށް މި ދައްކަން އުޅެނީ ކާކުގެ ވާހަކައެއް ކަން އެނގޭނެއެވެ. ހއ.އުތީމަށް އުފަން އެ ރަށު ކޮތަރިވިލާ، އަޙްމަދު ޝުހައިލްއަކީ ކައިވެނީގެ ހަފްލާތަކުގައި ރަނުގެ ގޮތުގައި ދެމުންއަންނަ ފައިސާ ހުށަހަޅައިދިނުން ޒަމާނާއި އެއްގޮތަށް ބަދަލު ކޮށްލި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ހުނަރުވެރިޔާއެވެ. އެމްއެންޑީފްގައި ވަޒީފާ އަދާކުރަމުން އަންނަ ޝުހައިލް މި މަސައްކަތް ފެށުނުގޮތް ނުވަތަ މި މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް “ތިލަދުން” އ...

އިބްރާހިމް ޚަލީލް
އުލިގަމާއި، އުތީމުގެ އައު އިންޖީނުގޭގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް 📍 ހއ. އުތީމު

އުލިގަމާއި، އުތީމުގެ އައު އިންޖީނުގޭގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް

ހއ. އުލިގަމު އަދި ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި މިނެއްގައި ކުރެވެމުން ދާކަމަށް ފެނަކައިން ބުނެފިއެވެ. އެ ދެ ރަށުގައި ފެނަކައިން އައު އިންޖީނުގޭ އިމާރާތް ކުރުމުގެ މަޝްރޫޢު ހިންގަމުންދާއިރު ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 65 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ފެނަކައިން ބުންޏެވެ. މީގެ އިތުރުން ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ […]

އަޙްމަދު ވަހީދު