މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އުތީމު (233 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
233 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އުތީމުގެ އެންމެ ފަހުގެ ޚަބަރުތައް

233 ޚަބަރުގެ ތެރެއިން
އުތީމުގައި ކުރިއަށްް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

އުތީމުގައި ކުރިއަށްް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހއ. އުތީމުގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަހު 11 އިން 13 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މިއީ މިގޮތަށް ކުރިއަށް ގެންދިޔަ 84 ވަނަ ފުރާވަރު ކޭމްޕެވެ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އުތީމު […]

ޔުމްނާ ޢަލީ
ތިލަދުންމަތީ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި ފަށައިފި 📍 ހއ. އުތީމު

ތިލަދުންމަތީ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި ފަށައިފި

ތިލަދުންމަތީގެ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ. މިކޭމްޕް ކުރިއަށް ދާނީ ތިން ދުވަހުގެ މުއްދަތަށް އުތީމު ގާޒީ ބަންޑާރައިން ސްކޫލުގައެވެ. މި ކޭމްޕްއާއި ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިކޭޕްގައި ތިލަދުންމަތީ އުތުރުބުރީ ފަސް ސްކޫލެއް ހިމެނޭހެން ޖުމްލަ 131 ދަރިވަރުން ބައިވެރިވެއެވެ. އެދަރިވަރުންގެ ތެރޭގައި ހިމެނެނީ 61 އަންހެން ދަރިވަރުންނާއި 70 ފިރިހެން ދަރިވަރުންނެވެ. މި ކޭމްޕުގައި ބައިވެރިވަނީ ގާޒީ ބަންޑާރައިން ސްކޫލުގެ ދަރިވ...

އަލީ އާދިލް
އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް 📍 ހއ. އުތީމު

އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް

ހއ. އުތީމުގައި ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމެއް ހިންގަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ، އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ހޭންޑް ވޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީން ޕްރޮގްރާމްގައި އެރަށުގެ ދެ ޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ. މި އޯގަސްޓް މަހުގެ 11 އިން 20ގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމ...

ޔުމްނާ ޢަލީ
ދިވެހި ފަސްގަނޑުގައި ހިންގޭ އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމުގައި ދެމިތިބޭނަން: އުތީމު ކައުންސިލް 📍 ހއ. އުތީމު

ދިވެހި ފަސްގަނޑުގައި ހިންގޭ އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހުއްޓުވުމުގައި ދެމިތިބޭނަން: އުތީމު ކައުންސިލް

އުތީމު ޣާޒީ ބަންޑާރައިން (އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން)ގެ ޖިހާދުން ބާރުލިބިގެން ދިވެހި ފަސްގަނޑުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޙަރަކާތެއް ހުއްޓުވުމުގައި ދެމިތިބޭނެ ކަމުގައި އުތީމު ކައުންސިލުން ހާމަކޮށްފިއެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ކުއްވެރިކޮށް ހއ. އުތީމު ކައުންސިލުގެ ފަސް މެންބަރުންގެ އިއްތިފާގުން ނެރުނު ބަޔާނެއްގައި، ދިވެހި ސަރުކާރުން...

ސަނިއްޔާ އަބޫބަކުރު
"އުތީމު ކޮންމެ ގެއަކަށް ރުކެއް" ޕްރޮގްރާމް ފަށައިފި 📍 ހއ. އުތީމު

"އުތީމު ކޮންމެ ގެއަކަށް ރުކެއް" ޕްރޮގްރާމް ފަށައިފި

ހއ. އުތީމުގައި އެރަށު ކައުންސިލުން “އުތީމު މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރުކެއް” ނަމުގައި ޕްރޮގްރާމް ފަށައިފިއެވެ. އުތީމު ކައުންސިލުން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އެރަށުގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ “އުތީމު މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ރުކެއް” ނަމުގައި ފެށުނު ޕްރޮގްރާމް ކަމަށް ވިދާޅުވިއެވެ. އުތީމު ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދު “ތިލަދުން” އަށް ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިފްތި...

ޙުސައިން ޝަހުދީ
އުތީމު ކަރަންޓު ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް، ކޯރުކޮނެ ކޭބަލް ވަޅުލުމަށް އަންބަލަން ކޮންސްޓްރަކްޝަން އަށް 📍 ހއ. އުތީމު

އުތީމު ކަރަންޓު ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް، ކޯރުކޮނެ ކޭބަލް ވަޅުލުމަށް އަންބަލަން ކޮންސްޓްރަކްޝަން އަށް

ހއ. އުތީމު ކަރަންޓު ކޭބަލް ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ކޯރުކޮނެ ކޭބަލް ވަޅުލުމަށް އަންބަލަން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފި އެވެ. މިމަސައްކަތް ކުރުމަށް، އަންބަލަން ކޮންސްޓްރަކްޝަން އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު އެގްރިމެންޓްގައި ސޮއި ކުރެވިފައިވަނީ އިއްޔެ އެވެ. އުތީމު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރ މުޙައްމަދު ހަމްދޫން ވިދާޅުވީ، މިއީ މީގެ 30 އަހަރު ކުރިން އެރަށުގައި އަޅާފައިވާ ކޭބަލް ނެޓްވޯކް ބަދަކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ. “މިކަމަށްޓަކައި ރައީސް އިބްރާހި...

އަލީ އާދިލް
އުތީމުގައި ކުނިމެނޭޖުކުރާ މަރުކަޒެއް އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އުތީމު

އުތީމުގައި ކުނިމެނޭޖުކުރާ މަރުކަޒެއް އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދަނީ

ހއ. އުތީމުގައި ކުނިމެނޭޖުކުރާ މަރުކަޒު އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އުތީމު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތާއި ގުޅިގެން މައުލޫމާތު ސާފުކުރުން އޮންނާނީ 6 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި އެކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވަނީ 08 މޭ 2022 ވާ އާދިއްތަ ދު...

އައިޝަތު ނަސާޔާ
އުތީމް ކައުންސިލްގެ ޤުރުއާން މުބާރާތް މާދަމާ ފަށަނީ 📍 ހއ. އުތީމު

އުތީމް ކައުންސިލްގެ ޤުރުއާން މުބާރާތް މާދަމާ ފަށަނީ

ހއ. އުތީމް ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، އެ ކައުންސިލްގެ ހަތްވަނަ ޤުރުއާން މުބާރާތް މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. ކުރިން މިއަދު ފަށަން ނިންމާފައިވާ މި މުބާރާތް މާދާމާއަށް ފަސް ކުރެވިފައިވާ ކަމަށް އުތީމު ކައުންސިލުން ވިދާޅުވެއެވެ. މި މުބާރާތް ފަށާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި...

އިބްރާހިމް ޚަލީލް
އުތީމު ގަނޑުވަރުގެ ޚިދުމަތް މާދަމާއިން ފެށިގެން އަލުން ފަށަނީ 📍 ހއ. އުތީމު

އުތީމު ގަނޑުވަރުގެ ޚިދުމަތް މާދަމާއިން ފެށިގެން އަލުން ފަށަނީ

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ އުތީމު ގަނޑުވަރު މާދަމާއިން ފެށިގެން އަލުން ހުޅުވާލަން ނިންމައިފިއެވެ. އެކަން ހާމަކޮށް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެނދުރުފަހު 14:00 އަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ. ގަނޑުވަރު ބެލުމަށް ޓިކެޓް ވިއްކާނީ އެދުވަސްތަކުގެ ހެދުނު 8:15 އިން 13...

ޔުމްނާ ޢަލީ
އުތީމު ކައުންސިލުން އެރަށު ސްކޫލް މުދައްރިސުންނަށް ބޮޑު އެހީތެރިކަމެއް 📍 ހއ. އުތީމު

އުތީމު ކައުންސިލުން އެރަށު ސްކޫލް މުދައްރިސުންނަށް ބޮޑު އެހީތެރިކަމެއް

ހއ. އުތީމު ކައުންސިލްގެ ފަރާތުން އެރަށު ޣާޒީ ބަންޑާރައިން ސްކޫލްގެ މުދައްރިސުންނަށް ބެންޗް އޭރިއާއެއް ޤާއިމް ކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިމަސައްކަތަކީ 4 ވަނަ ދައުރު ފެށުނީއްސުރެ އެކައުންސިލްއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތެއް ކަމަށެވެ. ނަމަވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން މަސައްކަތް ފެށުން ލަސްވެފައިވީ ކަމަށް ރަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން 35000 ރުފިޔާގެ ބަޖެޓްއަކާއިއެކު މިމަސައްކަތް އެއްކޮށް ނިންމާލާ...

އައިޝަތު ނަސާޔާ
އުތީމަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު، ރައްޔިތުން ނިކުމެ ރަށުން ބާލައިފި 📍 ހއ. އުތީމު

އުތީމަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު، ރައްޔިތުން ނިކުމެ ރަށުން ބާލައިފި

ހއ. އުތީމަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު، އެރަށު ރައްޔިތުން ނިކުމެ އެ ރަށުން ބާލައިފި އެވެ. އުތީމު ކައުންސިލް މެންބަރ ޙުސައިން ނަޞީރު “ތިލަދުން” އަށް ވިދާޅުވީ މިކަން ހިނގާފައިވަނީ ރޭ އިރާ ކޮޅުގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން އެރަށުން ބާލާފައިވަނީ އެރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގޮސްއުޅުނު 6 މީހުންގެ ގުރޫޕަކުން 2 މީހުން ކަމަށެވެ. ބާކީ ތިބި 4 މީހުން ފަތިހުގެ ވަގުތެއްގައި އެރަށުން ފުރާނެކަމަށް ވިދާޅުވި އެވެ. ކައުންސިލް މެންބަރ ހުސައިން ނަޞީރު ވިދާޅުވީ އެގުރޫޕ...

އިބްރާހިމް އަސްވާޤް
އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު 📍 ހއ. އުތީމު

އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދު

ހއ. އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައި މިވަނީ އެރަށުަގއި ކޯވިޑް-19 ގެ ގިނަ ކޭސްތަކެއް މިދުވަސްކޮޅު ފެންނަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެރަށުގެ ޓާސްކްފޯސްއިން ކައުންސިލަށް އެގޮތަށް ލަފާ ދެއްވާފައިވާތީއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގ...

އައިޝަތު ނަސާޔާ
މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި 📍 ހއ. ތުރާކުނު

މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލް ތެރޭ ހިމެނުނު ތުރާކުނު އަދި އުތީމު ކައުންސިލަށް މަރުހަބާ ކިޔައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލްގެ ތެރޭގައި ހިމެނުނު ހއ. ތުރާކުނު އަދި އުތީމު ކައުންސިލަށް ހއ. އަތޮޅު ކައުންސިލުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެ ރޭންކިންގައި ތުރާކުނު ހިމެނުނީ މުޅި ރާއްޖެއިން 3 ވަނައިގައެވެ. އެއާއެކު ތުރާކުނު ކައުންސިލަށް ވަނީ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިން ވަނަތައް ހާސިލްކޮށްފައިވާ ރަށު […]

ޔުމްނާ ޢަލީ
އުތީމު އަންހެނުންގެ ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ފަށަނީ 📍 ހއ. އުތީމު

އުތީމު އަންހެނުންގެ ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ފަށަނީ

ހއ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން، އެރަށުގައި ކަސްރަތު ޕްރޮގްރާމެއް ހިންގަން ނިއްމައި، ބައިވެރިވާން ފުރުޞަޠު ހުޅުވާލައިފިއެވެ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ހަފުތާގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ އެރަށުގެ މީހުން ވައިބާ މެދުވެރިކޮށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެންގުމަށް އެ ކޮމެޓީން ވަނީ އެދިފައެވެ. އެ ކޮމެޓީން މިކަމަށް ޚާއްޞަކޮށްފައިވާ ވައިބާ ނަމްބަރުތަކަކީ، 774...

ޙުސައިން ޝަހުދީ
ޤުރްއާނާބެހޭ މަރުކަޒުގެ އުތީމު ގޮފީގައި މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި 4 ކޯހެއް، 120 ޖާގަ 📍 ހއ. އުތީމު

ޤުރްއާނާބެހޭ މަރުކަޒުގެ އުތީމު ގޮފީގައި މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި 4 ކޯހެއް، 120 ޖާގަ

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހއ. އުތީމު ގޮފީގައި މި އަހަރުގެ ފުރަތަމަ ސެމިސްޓާގައި ހިންގާ ކޯސްތައް ޢިއުލާން ކޮށްފިއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ، އެ މަރުކަޒުގެ ހއ. އުތީމު ގޮފީގައި 2022 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާ ގައި 4 ކޯހެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެ ކޯސްތަކަކީ، ޤިރާއަތު ސެޓްފިކެޓް 1 ކޯހާއި، ޤިރާއަތު ސެޓްފިކެޓް 2 ކޯހާއި، ޤިރާއަތު ސެޓްފިކެޓް 3 ކޯހާއި، އަދި ޤާރީކަމުގެ […]

ޔުމްނާ ޢަލީ