މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
''ގޮވާން ކުރުން''، ހާއްސަ ދަރުސް މިރޭ އިހަވަންދޫގައި 📍 ހއ. އިހަވަންދޫ

''ގޮވާން ކުރުން''، ހާއްސަ ދަރުސް މިރޭ އިހަވަންދޫގައި

ހއ. އިހަވަންދޫގައި ”ގޮވާން ކުރުން” ނަމުގައި ހާއްސަ ދަރުހެއް މިރޭ ބާއްވަން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން ބުނީ، ” ގޮވާންކުރުން” ނަމުގައި މިރޭ އެރަށުގައި ހާއްސަ ދަރުހެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މި ދަރުސް ދެއްވަން ހަމަޖެހިފައި ވަނީ މަޝްހޫރު ދީނީ ޢިލްމް ވެރިޔާ އައްސެއިޚް އިލްޔާސް ޙުސައިން އެވެ. މި ދަރުސް އޮންނާނީ ޕާކް ސަރައްހައްދުގައި ކަމަށް އިހަވަންދޫ ކައުންސިލުން ބުންޏެވެ. މިރޭ 20:15 ގައި ފަށަން ނިންމާފައިވާ މި ދަރުސް އަޑުއެއްސެވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން...

ޔުމްނާ ޢަލީ
ކުޅިމަގު ބަލިކޮށް މައިކަޕްގެ ޗެމްޕިއަންކަން އެންވީކޭ އަށް 📍 ހއ. އިހަވަންދޫ

ކުޅިމަގު ބަލިކޮށް މައިކަޕްގެ ޗެމްޕިއަންކަން އެންވީކޭ އަށް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި “ބިއުޓިފުލް ބުލޫ މައިކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ އިން ހޯދައިފިއެވެ. ކުޅިމަގާއި އެންވީކޭ ބައްދަލުކުރި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ ރޭ އިހަވަންދޫ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އެންވީކޭ އިންނެވެ. މި […]

އިބްރާހިމް ޚަލީލް
ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ 📍 ހއ. ހޯރަފުށި

ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެންވީކޭ އިން ކުރި ހޯދީ 6-5 ގެ ނަތީޖާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ އަލީ […]

އިބްރާހިމް ޚަލީލް
މަރާމާތަށް ފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކް ހުޅުވައިފި 📍 ހއ. އިހަވަންދޫ

މަރާމާތަށް ފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކް ހުޅުވައިފި

2009 ވަނަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހުޅުވު ކުޑަކުދިންގެ ޕާކް ހަލާކުވެ ވީރާނާވެފައި ވަނިކޮށް، އެ ރަށު ކައުންސިލުން ބޮޑު ހަރަދެއްކޮށްގެން އެތަން މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވައިފިއެވެ. ޕާކް ހުޅުވުމަށް ރޭ ބޭއްވި ރަށްމިއްޔާތުގައި ރަސްމީކޮށް ޕާކް ހުޅުއްވައި ދެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމްއެވެ. ޕާކް ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ އިހަވަންދޫއަކީ ކުށްމަދު...

އިބްރާހިމް ޚަލީލް
އިހަވަންދޫ ޑޮކްޔާޑް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޑޮކްޔާޑް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޑްކޮޔާޑް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދެމެދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމެވެ. އަދި އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. ޑޮކްޔާޑް ތަރައްގީކުރުމަށް އިހަވަންދޫއިން އެއްލައްކަ އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާއިރު، ޑޮކްޔާޑުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮ...

އިބްރާހިމް ޚަލީލް
އިރަމާ އާއި ސެންސިޓީ މެޗުން ހޮނިހިރު ދުވަހު މައިކަޕް ފަށަނީ 📍 ހއ. އިހަވަންދޫ

އިރަމާ އާއި ސެންސިޓީ މެޗުން ހޮނިހިރު ދުވަހު މައިކަޕް ފަށަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ “ބިއުޓިފުލް ބުލޫ މައިކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފިއެވެ. މި މުބާރާތުގައި ހަ ރަށަކުން ޖުމްލަ ނުވަ ޓީމް ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އިހަވަންދޫ ހަތަރު ޓީމް ހިމެނެއެވެ. އެ ޓީމްތަކަކީ ކްލަބް އިރަމާ، ސެންސިޓީ، ކުޅިމަގުގެ އިތުރުން އެންވީކޭއެވެ. ދެން މި މުބާރާތުގައި ދެން ބައިވެރިވެފައި ވަނީ ބީބީ ބްރަދާސް، އިލިގަން، ތުރާކުނު، ހޯރަ ޔުނައިޓެޑްގެ އިތުރުން...

އިބްރާހިމް ޚަލީލް
މައިކަޕްގައި މި އަހަރު ވާދަކުރަނީ ހަ ރަށަކުން 📍 ހއ. އިހަވަންދޫ

މައިކަޕްގައި މި އަހަރު ވާދަކުރަނީ ހަ ރަށަކުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ “މައިކަޕް 2024” ފުޓްބޯޅަ މުބާރާތުގައި ހަ ރަށަކުން ޓީމްތައް ބައިވެރިވެއްޖެއެވެ. މި މުބާރާތުގައި ބައިވެރިވާން ހުޅުވާލި ފުރުސަތު މި މަހުގެ ތިންވަނަ ދުވަހަށް ހަމަވީއިރު، މުބާރާތް ބާއްވާ އިހަވަންދޫއިން ވަނީ ހަތަރު ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އެންވީކޭ، ކްލަބް އިރަމާ، ކުޅިމަގު އަދި ސެންސިޓީއެވެ. ދެން މި މުބާރާތުގައި ވާދަކުރާ ފަސް ރަށުގެ ތެރެއިން ކޮންމެ ރަށަކުން […]

އިބްރާހިމް ޚަލީލް
ލައްކަ ރުފިޔާދޭ "މައިކަޕް" ބައިވެރިވުމުގެ ފުރުސަތު އުތުރުގެ ހުރިހާ ރަށަކަށް 📍 ހއ. އިހަވަންދޫ

ލައްކަ ރުފިޔާދޭ "މައިކަޕް" ބައިވެރިވުމުގެ ފުރުސަތު އުތުރުގެ ހުރިހާ ރަށަކަށް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއިން އިންތިޒާމް ކޮށްގެން މާލެއިން އުތުރުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ “މައިކަޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިމުބާރާތް ހުޅުވާލާފައިވަނީ އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި އަދި އިހަވަންދޫ ފިޔަވައި ހއ.ހދ.ށ.ނ.ރ.ބ.ޅ އަތޮޅުތަކުގައި، އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، އެ އަތޮޅުތަކުގައި ހުރި ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމިއްޔާތަކަށާއި، އެ އަތޮޅުތަކުގައި ހުރި ކުންފުނިތަކާއި، އެ އަތޮޅު...

އިބްރާހިމް ޚަލީލް
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް 📍 ހއ. އިހަވަންދޫ

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އިހަވަންދޫއިން ހޯދައިފިއެވެ އުތީމާއި އިހަވަންދޫ ބައްދަލުކުރި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅެފައި ވަނީ ކެލާ ފުޓްސަލް ދަނޑުގައެވެ. ދެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު ފޯރިގަދަ މި މެޗު އިހަވަންދޫއިން ކާމިޔާބުކުރީ އުތީމުގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި މެޗުގައި […]

އިބްރާހިމް ޚަލީލް
އުތީމާއި އިހަވަންދޫ ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް 📍 ހއ. އިހަވަންދޫ

އުތީމާއި އިހަވަންދޫ ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ފައިނަލުން އުތީމާއި އިހަވަންދޫއިން ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވާދަކުރީ ބާރަށާއި އުތީމެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އުތީމުން ވަނީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގައި އުތީމަށް ލަނޑުތައް ޖަހައިދިނީ ކެޕްޓަން މުޙައްމަދު މަޒީން، މުހައްމަދު ނަބީލްގެ އިތުރުން އަލީ އިލްހާމެވެ. މަޒީން ވަނީ […]

އިބްރާހިމް ޚަލީލް
ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ، ހަނިމާދޫ އަދި މިލަންދޫ 📍 ހއ. އިހަވަންދޫ

ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި އިހަވަންދޫ، ހަނިމާދޫ އަދި މިލަންދޫ

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ ތެޔޮ ވިއްކާ ސެޓަޕް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ތިން ރަށެއް ހިމެނިއްޖެއެވެ. މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްުޔާތެއްގައި ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއ...

ޔުމްނާ ޢަލީ
އިހަވަންދޫގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމް ކުރަން ބޭނުންވާ ފަންޑް ވަނީ ހަމަޖެހިފައި: ޝިޔާމް 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ގާއިމް ކުރަން ބޭނުންވާ ފަންޑް ވަނީ ހަމަޖެހިފައި: ޝިޔާމް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި މި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އައިއެސްޑީބީގެ އެހީގެ ދަށުން އިހަވަންދޫގައި ގާއިމްކުރަން ނިންމާފައިވާ 500 ޓަ...

އިބްރާހިމް ޚަލީލް
ރަންތާޖު ޤުރުއާން މުބާރާތް: މުޅިމުބާރާތުން އެއްވަނަ އިހަވަންދޫ ނަސްރަތު އަށް، އެންމެ މޮޅު ރަށަކަށް ދިއްދޫ 📍 ހއ. އިހަވަންދޫ

ރަންތާޖު ޤުރުއާން މުބާރާތް: މުޅިމުބާރާތުން އެއްވަނަ އިހަވަންދޫ ނަސްރަތު އަށް، އެންމެ މޮޅު ރަށަކަށް ދިއްދޫ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024” ގެ އެންމެ މޮޅު ދަރިވަރަކަށް އިހަވަންދޫ އާމިނަތު ނަސްރަތު ހޮވުނުއިރު އެންމެ މޮޅު ރަށަކަށް ދިއްދޫ ހޮވިއްޖެއެވެ. އެ އަތޮޅުގެ 13 ރަށަކުން 134 ދަރިވަރުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އުތީމުގައެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ކަނބަލުންގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކަނބަލުންގެ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ” ޑަބްލިއު.ޑީ.ސީ އަންހެން ވޮލީބޯޅަ މުބާރާތް 2024″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫ އަށް ނިސްބަތްވާ ޓީމްތަކަށާއި އެ ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އެރުވޭ ރަށު ކައުންސިލް/ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށެވެ. މި މުބާރާތް އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ފެ...

އިބްރާހިމް ޚަލީލް
އެމްޕީއެލްގެ އެހީގައި އިހަވަންދޫ ކައުންސިލަށް ކެރޭނެއް 📍 ހއ. އިހަވަންދޫ

އެމްޕީއެލްގެ އެހީގައި އިހަވަންދޫ ކައުންސިލަށް ކެރޭނެއް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފިއެވެ. މި ކެރޭން އިހަވަންދޫ ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. ކައުންސިލްގެ ފަރާތުން ކެރޭނާއި ހަވާލުވެލެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އެވެ. އިހަވަންދޫ ކައުންސިލްގެ އެދުމުގެ މަތީން އެމްޕީއެލް އިން ހަދިޔާކޮށްފައި ވަ...

އިބްރާހިމް ޚަލީލް