📍 ހއ. އިހަވަންދޫ
ކުދިން ތަރާވީހަށް އައުމަށް ބާރުއެޅުމަށް އިހަވަންދޫ އިމާމް މިފަހަރު ބަހަނީ އައިސްކްރީމް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ހުންނަ “މަސްޖިދުއް ތަޢާވުން” މިސްކިތުގެ އިމާމް، ހުސެއިން ރަޝީދަކީ ކުދީން މިސްކިތައް އައުމަށް ބާރުއެޅުމަށާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމިއްލަ އިސްނެންގެވުމާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ތަފާތު ޕްރޮގްރާމް ހިންގަމުން އަންނަ ފަރާތެކެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހު އެ މިސްކިތަށް ތަރާވީހަށް އައިސް ތަރާވީހް ނިމެންދެން ދެމިތިބޭ ކުދިންނަށް އިމާމް ހުސެއިން ރަޝީދު އަންނަނީ އައިސްކްރީމް ފޯރުކޮށްދެމުންނެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށ...