📍 ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލްގެ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް އިފްތިތާޙް ކޮށްފިއެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުން މަޖްލިސްގެ އިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މިއީ މިހާތަނަށް އިހަވަންދޫގައި މުޢައްސަސާ އެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ވެބްސައިޓެވެ. މިވެބްސައިޓް ހިންގަން ފެށުމާއިއެކު އިހަވަންދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބި ޚިދުމަތ...