މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
މާލެއިން އިހަވަންދޫއަށް ގޮސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް އެދިއްޖެ 📍 ހއ. އިހަވަންދޫ

މާލެއިން އިހަވަންދޫއަށް ގޮސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް އެދިއްޖެ

1 އޭޕްރިލް 2020 ގެ ފަހުން މާލެއިން ހއ. އިވަންދޫއަށް ގޮސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް ހއ. އިހަވަންދޫ ކައުންސިލުން އެދިއްޖެއެވެ. އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ 1 އޭޕްރިލް 2020 ގެ ފަހުން މާލެއިން ހއ. އިވަންދޫއަށް އައިސްފައިވާ މީހުން ގޭގައި މަޑުކޮށް ދިނުމަށް އެދޭ ކަމަށެވެ. އަހަވަންދޫ ކައުންސިލްގެ މި ފިޔަވަޅަކީ، އިއްޔެ މާލެއިން ކޯވިޑްގެ އައު ކޭސްތަކެއް ފެނުމުން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެކެވެ. އެ ކައުންސިލުން […]

ޔުމްނާ ޢަލީ
ކޮވިޑް-19: އިހަވަންދޫ ކައުންސިލުން ގިނަ ހަރަކާތްތަކެއް ހިންގައިފި 📍 ހއ. އިހަވަންދޫ

ކޮވިޑް-19: އިހަވަންދޫ ކައުންސިލުން ގިނަ ހަރަކާތްތަކެއް ހިންގައިފި

އިހަވަންދޫ ކައުންސިލާއި، އެ ކައުންސިލުން އުފަށްދާފައިވާ ކޮވިޑް-19 ޓާސްކް ފޯހާއި، ސިއްޚީ މަކަޒުގެ އިތުރުން ރަށުގެ އެކި މުވައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި އަދި ހެޔޮއެދޭ އެންމެހާ ފަރާތަތައް ގުޅިގެން ކޮވިޑް-19 އާއި ގުޅިގެން އެރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރި ކަމަށްޓަކައި ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ. ރަށުގެ މަގުތަކަށް ފެންޖެހުން މި ހަރަކާތްތަކުގެ ތެރެއިން ރަށް ހިރަފުން ސަލާމަތްކޮށް ، މަގުތައް ސާފު ތާހިރު ކަންމަތީ ބޭއްވުމަށް އެރަށުގެ މަގުތަކާއި، ބަނދަރު ސަރަޙައްދަށް ފެންޖެހުމުގެ...

އަލީ އާދިލް
ކޮވިޑް-19 އަށް ޚާއްސަކޮށް އިހަވަންދޫ ކައުންސިލުން ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ! 📍 ހއ. އިހަވަންދޫ

ކޮވިޑް-19 އަށް ޚާއްސަކޮށް އިހަވަންދޫ ކައުންސިލުން ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ!

ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުނަ ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ ކުރިއަށް ގެންދަން ހއ. އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލްގެ ކޮވިޑް-19 ޓާސްކް ފޯހުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ގައި ހާލަތާއި ގުޅޭ، ދީނީ، ސިއްޚީ، އިޖްތިމާއީ އަދި އިޤްތިޞާދީ މެސެޖްތައް ފޯރުކޮށް ދެވޭނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ. މި ޕްރޮގްރާމާއި ބެހޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންދަވަނ...

އަލީ އާދިލް
ރަށުންބޭރުގައި ވަޒީފާ އަދާކުރާ އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލަނީ 📍 ހއ. އިހަވަންދޫ

ރަށުންބޭރުގައި ވަޒީފާ އަދާކުރާ އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލަނީ

ރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހއ. އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އިވަންދޫ ކައުންސިލުން ފަށައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމަށް މިއަދު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ. އެގޮތުން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ފ...

ޝިއުނާ އާދަމް
އިހަވަންދޫ ކޮވިޑް19 ޓާސްކުފޯސްއަށް ވޮލެންޓިއަރުން ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކޮވިޑް19 ޓާސްކުފޯސްއަށް ވޮލެންޓިއަރުން ހޯދަނީ

ކޮވިޑް19 ޓާސްކުފޯސްއިން ކުރަމުންދާ މަސައްކަތްތަކަށް ވޮލެންޓިއަރުން ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ޓާސްކްފޯސްއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސް ހޮޓްލައިން 7750013 އާއި ގުޅުއްވުން އެދޭކަމަށެވެ. މުޅި ދުނިޔޭގައިވެސް މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ދިވެހިރާއްޖެއިންވެސް ފެނިފައިވުމާއެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އިހަވަންދޫގައި އަންނަީ ތަފާތު ހަރަކަތްތަކެއް ހި...

އިބްރާހިމް އަސްވާޤް
ފެނަކައިން އިހަވަންދޫގައި އައު އޮފީސް އިމާރާތެއް އަޅަނީ 📍 ހއ. އިހަވަންދޫ

ފެނަކައިން އިހަވަންދޫގައި އައު އޮފީސް އިމާރާތެއް އަޅަނީ

ފެނަކައިން ހއ. އިހަވަންދޫގައި އައު އޮފީސް އިމާރާތެއް ކުރުމަށް ޢިއުލާން ކޮށްފިއެވެ. ފެނަކައިން ބުނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އިހަވަންދޫގައި އައު އޮފީސް އިމާރާތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ފެނަކައިންވަނީ ފުރުޞަތު ހުޅުވާލާފައެވެ...

އަލީ އާދިލް
ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު 📍 ހއ. އިހަވަންދޫ

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން: ރަޝީދު

ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫންކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިގާބުގެ ފޯރި ރަށްރަށުގައި ގަދަވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ އިހަވަންދޫގެ އެއްވެސް ރައްޔިތަކީ ދީނުން ބޭރުވެފައިވާ މީހެކަން އަދި އެންގިފައެއް ނެތްކަމަށެވެ. އިހަވަންދޫގެ ރައްޔިތުއްނަކީ 100% އިން 100% މުސްލިމުން ތިބި ރަށެ...

އަލީ އާދިލް
އިހަވަންދޫއަށް އާދަޔާއި ހިލާފަށް އުދައަރާ ގޮނޑުދޮށުގައި ހުރި ބައެއްތަކެތި އޮޔާ ދާތީ ސަމާލުވާން އެދެފި

އިހަވަންދޫއަށް އާދަޔާއި ހިލާފަށް އުދައަރާ ގޮނޑުދޮށުގައި ހުރި ބައެއްތަކެތި އޮޔާ ދާތީ ސަމާލުވާން އެދެފި

ހއ. އިހަވަންދޫއަށް އާދަޔާއި ހިލާފަށް އުދައަރާ ގޮނޑުދޮށުގައި ހުރި ބައެއްތަކެތި މޫދަށް ފައިބައިގެން އޮޔާ ދާތީ ސަމާލުވާން އެދެފި އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ އެރަށަށް އުދައަރަމުންދާތާ ދެދުވަސް ވެފައިވާކަމަށާއި އެހެން ނަމަވެސް މިއަދު އާދަޔާއި ޚިލާފަށް އުދައަރާތީ ގޮނޑުދޮށުގައި ހުރި ބަޔެއް ތަކެތި ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. ރަށުގެ އިރުމަތީ ފަރާތުން އާދަޔާ ޚިލާފަށް އުދަ އަރާ ގިރަމުން ދާތީ، އެ ސަރަހަދުގައި ހުރި ބައެއް ތަކެތި މޫދަށް […]

އިބްރާހިމް އަސްވާޤް
އިހަވަންދޫ ކައުންސިލްގެ އާންމު ޖަލްސާއެއް ފުރަތަމަ ފަހަރަށް ލައިވްކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލްގެ އާންމު ޖަލްސާއެއް ފުރަތަމަ ފަހަރަށް ލައިވްކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އާންމު ޖަލްސާއެއް ފުރަތަމަ ފަހަރަށް ލައިވްކޮށްފިއެވެ. އިހަވަންދޫ ކަންސިލްގެ 102 އާއްމު ބައްދަލުވުން މިއަދު ވަނީ އެކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮން ލައިވް ކޮށްފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ރިޔާސަތު ބެލެހެއްޓެވި މިޖަލްސާ ބާއްވާފައިވަނީ ރަށްވެހި ހިޔާ ހޯލުގައެވެ. މިއަދު ހެނދުނު 10:30 ފެށިގެން ކުރިއަށް ދިޔަ މިޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ އެޖެންޑާ އަދި ޔައުމިއްޔާ ފާސްކުރުމާއި އައިސްޕްލާންޓް ކައުންސިލްގެ ބެލުމުގެ...

އަލީ އާދިލް
އިހަވަންދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިހަވަންދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ 12:18ހާއިރު ހިންގި އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެ ބަލައި...

ޝިއުނާ އާދަމް
އިހަވަންދޫގައި ރަސްމީކޮށް ކޮމިއުނިޓީ ސްކައުޓު އިފްތިތާހް ކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ރަސްމީކޮށް ކޮމިއުނިޓީ ސްކައުޓު އިފްތިތާހް ކޮށްފި

އާބާދީ ބޮޑު މަސްވެރިކަމާއި ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ހއ. އިހަވަންދޫގައި ރަސްމީކޮށް ކޮމިއުނިޓީ ސްކައުޓު އިފްތިތާހް ކޮށްފި އެެވެ. އިހަވަންދޫގައި 2005 ވަނަ އަހަރު އުފެދުނު ސްކޫލުގެ ސްކައުޓް ގްރޫޕު (8 ވަނަ ހއ އަތޮޅު ސްކައުޓު ގްރޫޕު) ގެ ފުރަތަމަ ބެޗްގެ ސްކައުޓުންގެ އިސްނެގުމުގެ މަތިން، އިހަވަންދޫގައި ރޯވާ ސްކައުޓު ގްރޫޕެއް މިވަނީ “ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް” ގައި 19 ޑިސެމްބަރ 2019 ގައި “އިހަވަންދޫ ކޮމިއުނިޓީ ސްކައުޓް ގްރޫޕު” ގެ ނަމުގައި ރަޖިސްޓްރީ […]

އަލީ އާދިލް
އިހަވަންދޫ ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް ސޮއިކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް ސޮއިކޮށްފި

މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލަށް ހޮވިވަޑައިގަތް ކައުންސިލް މެމްބަރު އަހްމަދު ރިޟްވާން ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސްއާ ގުޅިވަޑައިގެން އެޕާޓީއަށް ސޮއިކޮށްފިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ޕީޕީއެމް ހަރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ ޕީޕީއެމްއާ ގުޅުނުކަން އިޢުލާނުކޮށް، ރަމްޒީކޮށް ފޯމް ހަވާލުކޮށްފައެވެ. ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް ޢަބުދުއްރަހީމް ޢަބުދުﷲ އެވެ. ސޮއިކުރި ޖަލްސާގައި ރިޟްވާން ވަނީ ސަރުކާ...

ޔުމްނާ ޢަލީ
އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ

އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ. އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި މިސީޓީ ހިއްސާ ކުރަމުން ބުނެފައިވަނީ އައިސް ޕްލާންޓް އިހަވަންދޫ ގެ ރައްޔިތުންގެ މުދަލެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން، މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދެވި، ރަށްވެހި ކަމުގެ އި...

އަލީ އާދިލް
📍 ހއ. އިހަވަންދޫ

އަންނަ މަހުގެ ތެރޭގައި އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށޭނެ : އެމްޕީ ޝިފާޢު

ހއ. އިހަވަންދޫގެ ބަނދަރު އަޕްގްރޭޑް މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެ އެވެ. މެމްބަރު ޝިފާއު އެހެން ވިދާޅުވީ ހުކުރުދުވަހުގެ ހެނދުނު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދޫގައި މިހާރުވެސް ބޮޑު ބަނދަރެއް އޮންނަކަން މެމްބަރު ޝިފާޢު ފާހަގަ ކުރެއްވިއެވެ. ޝިފާއު ވިދާޅުވީ ބަނދަރުގެ ދަތިކަން އިހަވަންދޫގައި ވަރަށް ބޮޑު ކަމަށާއި، އެ ރަށަކީ...

ޔުމްނާ ޢަލީ
އިހަވަންދޫ ބަނދަރުގެ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށްފި

ހއ. އިހަވަންދޫ ބަނދަރުގެ އިރު އުތުރު ކަނުގައި ހެދިފައިވާ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށް، ވެލި ދޫކުރުމުގެ ތައްޔާރިތައް ވެއްޖެއެވެ. އިހަވަންދޫ ބަނދަރުގައި ހެދިފައިވާ ވެލިގަނޑުން ވެލި ނެގުމަށް ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ވެލި ދޫކުރުނަން ފެށުމަށް ހަމަޖެހިފައިވަނީ 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ވެލި ނެގުމަށް ނަންނޯޓް ކޮށްފައިވާ ތަރުތީބުން ކޮންމެ ދުވަހަކު 10 ފަރާތަކަށް، ވެލިދޫކުރުމަށް ކަނޑައަޅައި، އާންމުކޮށްފައިވާ އުޞޫލުގެ ދަށ...

ޔުމްނާ ޢަލީ