މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
އިހަވަންދޫ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން،  އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތ...

ޝިއުނާ އާދަމް
ރޭ ދަންވަރު އައި ކޮޅިގަނޑުގައި އިހަވަންދޫއަށް ބޮޑެތި ގެއްލުން ތަކެއް 📍 ހއ. އިހަވަންދޫ

ރޭ ދަންވަރު އައި ކޮޅިގަނޑުގައި އިހަވަންދޫއަށް ބޮޑެތި ގެއްލުން ތަކެއް

ރޭ ދަންވަރު އައި ކޮޅިގަނޑުގައި ހއ. އިހަވަންދޫއަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކައުންސިލުން ބުނެފައިވަނީ ރޭ މެންދަމުއައި ގަދަ ކޮޅިގަނޑުގައި ރަށުގެ އިމާރާތްތަކަށާއި، ފަޅުގަ އަޅާފައިހުރި އޮޑި ދޯނިފަހަރަށާއި އަދި ރުއްގަހަށް ގެއްލުން ވެފައިވާކަމަށެވެ. މި ގޮތުން ރަށުގެ އަތިރިމަތީ ހުރި ކުޑަކުދިންގެ ޕާކްގެ ދެ އިމާތެއްގެ ޓިނުތައްވަނީ ވަޔާއެކު ނައްޓައިގެން ގޮސް ފުރާޅު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ގިނަ އިމާރާތްތަކެއް ފުރާ...

ޝިއުނާ އާދަމް
އިހަވަންދޫ 5 ޒުވާނުން 4 ކިލޯގެ ހުދަންބަރެއް ހޮވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ 5 ޒުވާނުން 4 ކިލޯގެ ހުދަންބަރެއް ހޮވައިފި

ހއ. އިހަވަންދޫން 5 ޒުވާނުން 4 ކިލޯގެ ހުދަންބަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ. މިދިޔަ ހޮނިހިރުވަހު ޑިންގީއެއްގައި މަސްވެރިކަން ކުރަންނިކުމެ އުޅެނިކޮން ހުދަންބަރެއްކަމަށް ބެލެވޭ އެއްޗެއް ފެނިފައިވަނީ ހއ. މަޑުލާއި ހއ. ބެރިއްމަދޫއާ ދެމެދު ކަނޑުން ނެވެ. އެޑިންގީގެ ކެޕްޓަން ޢަބްދުﷲ އިރުޝާނު “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނީ އެއީ ހުދަންބަރު މާވަހަރެއްކަމަށް ތަޖުރިބާހުރި ގިނަފަރާތްތަކުން ބުނެފައިވާކަމަށެވެ. އެހެންކަމުން ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިރުޝާނު ބުނެފައިވެއެވެ....

އަލީ އާދިލް
އިހަވަންދޫ ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫ ކައުންސިލްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ކަޕް 2020 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ކައުންސިލް ކަޕް 2020 ގެ ޤަވާޢިދު” އަދި ބައިވެރިވުމަށް އެދޭ ފޯމް އެކައުންސިލުން ވަނީ އާންމުކޮށްފަ އެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް އިހަވަންދޫ ކައުންސިލްގެ ފޭސްބުކު ޕޭޖުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ. މިއީ މިއީ މިމުބާރާތް ކައުންސިލުން ބާއްވާ ފުރަތަމަ ފަހަރެވެ. މުބާ...

ޖަލްވާން ޖާދުﷲ
އިހަވަންދޫ "މިސްކިތްމަގު މައިޒާން" ހުޅުވައިފި، ވަރަށް ޗާލު 📍 ހއ. އިހަވަންދޫ

އިހަވަންދޫ "މިސްކިތްމަގު މައިޒާން" ހުޅުވައިފި، ވަރަށް ޗާލު

ހއ.އިހަވަންދޫގެ އިރު އުތުރު ފަރާތު އަތިރިމަތީން ގޮނޑަކަށް ވެފައިވާ މިސްކިތްމަގު ނަމަކަށް ކިޔާ ސަރަހައްދު ސާފުކޮށް ރީތި މައިޒާނެއްގެ ގޮތުގައި ތަރައްޤީކޮށް ހުޅުވައިފިއެވެ. މި މައިޒާނަށް ދީފައިވާ ނަމަކީ މިސްކިތްމަގު މައިޒާނެވެ. އެ ރަށުގެ ހައެއްކަ ޒުވާނުންގެ އިސްނެގުމުގެ މަތިން އެ ރަށުގެ ކައުންސިލާ ވެސް މަޝްވަރާ ކުރެވިގެން ފެށިގެންދިޔަ މި މަސައްކަތް ފުރިހަމަ ކަމާއި ކާމިޔާބުކަމާއިއެކު ނިންމާލެވިފައި ވަނީ އެ ޒުވާނުންގެ އާއިލާތަކާއި އަދި އެ ހިސާބުގަނޑުގެ އެންމެހާ ބޭފުޅުންގެ ބުރަ މަސައްކަތާއި އެކުގައެވެ...

އިބްރާހިމް ޚަލީލް
އިހަވަންދޫން ކޯވިޑް-19އަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫން ކޯވިޑް-19އަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން ތެރެއިން ބަލިން ރަނގަޅުނުވެ ތިބި ދެމީހުން، ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ. އެއާއިއެކު އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވީއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެރަށު ތަޚުތު ބޯޓުގެ ކޭހާއި، 242 ބޯޓުގެ ކޭހާއިގުޅިގެން ކޯވިޑަށް ޕޮޒިޓިވްވީ ޖުމްލަ ފަސް މީހެކެވެ. އޭގެ ތެރެއިން ތިން މީހުން ކުރިން […]

އަޙްމަދު ވަހީދު
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު 22 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު 22 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %22 މަސައްކަތް ނިމިފައިވާ ކަމަށް، އެ މަޝްރޫޢޫގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތުގެ %46 ވަނީ މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައި ވެއެވެ. މި މަޝްރޫޢުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިން […]

ޖަލްވާން ޖާދުﷲ
📍 ހއ. އިހަވަންދޫ

އިހަވަންދޫން އިތުރު ދެ މީހުން ކޯވިޑް-19 ބަލިން ރަނގަޅުވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހުން ބަލިން ރަނގަޅު ވުމުން ދޫކޮށް ލައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ އެރަށުން ދެވަނަ އަދި ތިން ވަނައަށް ކޯވިޑަށް ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ވެސް ބަލިން ރަނގަޅުވުމާއި އެކު އިއްޔެވަނީ ދޫކޮށްލާފައި އެވެ. އިއްޔެ ބަލިން ރަނގަޅުވެފައި ވަނީ އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި […]

ޙުސައިން ޝަހުދީ
އިހަވަންދޫ: ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފަސޭހަވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ: ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފަސޭހަވެއްޖެ

ހއ. އިހަވަންދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ބަލިން ފަސޭހަވުމުން ދޫކޮށްލައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ބުނީ ކޯވިޑް-19 އަށް އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ބަލިން ރަނގަޅުވުމާއި އެކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަރަންޓީނުގެ މުއްދަތުގައި ދެއްވި އެއްބާރުލެއްވުމަށާއި ކެތްތެރިކަމަށްޓަކައި ޝުކުރުދަންނަވާ ކަމަށް ވެސް އެ ޞިއްޙީ މަރުކަޒުން ވަނީ ބުނެފައެވެ. “ކޯވިޑް-19 އަށް ހއ. އިހަވަންދޫން އެންމެ ފުރަތަމަ ފައްސިވި މީހާ ބަ...

ޝިއުނާ އާދަމް
އިހަވަންދޫ މޮނީޓަރިން ހާލަތު އުވާލައިފި، ކައުންސިލުން ނިންމީ ފިޔަވަޅުތައް ދަމަހައްޓަން 📍 ހއ. އިހަވަންދޫ

އިހަވަންދޫ މޮނީޓަރިން ހާލަތު އުވާލައިފި، ކައުންސިލުން ނިންމީ ފިޔަވަޅުތައް ދަމަހައްޓަން

ހއ. އިހަވަންދޫ އިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ކަރަންޓީނަށްލުމަށްފަހު ރޭ ވަނީ ކަރަންޓީންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުވާލާފައެވެ. ރަށުގެ ކަރަންޓީނުގެ ހާލަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުވާލި ނަމަވެސް ކަރަންޓީންގެ ހާލަތާ ގުޅިގެން ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން އިހަވަންދޫ ކައުންސިލުން ވަނީ ނިންމަވާފައެވެ. މި ގޮތުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނައިރު މާސްކް އެޅުމަށާއި، ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ނަމާ...

ޖަލްވާން ޖާދުﷲ
އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު ޕޮޒިޓިވް ވެެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު ޕޮޒިޓިވް ވެެއްޖެ

ހއ. އިހަވަންދޫއިން އިތުރު 2 ބިދޭސީއަކު މިރޭ ޕޮޒިޓިވްވެ އެރަށުން މިބަލި ޖެހުނު މީހުންގެ އަދަދު ފަހަކަށް އަރައިފިއެވެ. އިހަވަންދޫ އާމިނާ ދިޔޯ ހެލްތުސެންޓަރ އިން މަޢުލޫމާތުދޭގޮތުގައި މިދިޔަ އަންގާރަދުވަހު އެރަށުން ނެގިފައިވާ 41 ސާންޕަލްއެއްގެ ތެރެއިން މިއަދު ޕޮޒިޓިވްވެފައިވަނީ 2 މީހުންކަމަށާއި ނަތީޖާ ނުލިބޭ 24 ސާންޕަލްއެއް އެބަހުރިކަމަށެވެ. އަދި15 ސާންޕަލްއެއް ނެގެޓިވްވެފައިވާކަމަށް އެސެންޓަރުން މަޢުލޫމާތު ދެއެވެ. ޕޮޒިޓިވްވެފައިވަނީ ތަހުތު ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 2 ބިދޭސީންނެވެ....

އިބްރާހިމް އަސްވާޤް
ޔުނެސްކޯގެ ދާއިމީ ލިސްޓުގައި "އިހަވަންދޫ ހިރިގަލު މިސްކިތް" ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނަން: ޠާރިޤު 📍 ހއ. އިހަވަންދޫ

ޔުނެސްކޯގެ ދާއިމީ ލިސްޓުގައި "އިހަވަންދޫ ހިރިގަލު މިސްކިތް" ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނަން: ޠާރިޤު

ޔޫއެން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ދާއިމީ ލިސްޓުގައި ހއ. އިހަވަންދޫ ހިރިގަލު މިސްކިތް ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. މިއަދު ޠާރިޤު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ އިހަވަންދޫ ހުކުރު މިސްކިތް، ޔުނެސްކޯގެ ދާއިމީ ލިސްޓުގައި ހިރިގަލު މިސްކިތްތައް ހިމެނުމަށްކުރާ އުންމީދު ދޫކޮށެއް ނުލާނެކަމަށާއި މިދައުރުގެ ތެރޭގައ...

އިބްރާހިމް އަސްވާޤް
އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ފިލައިގެން ހޯދަނީ

އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ފިލައިގެން ހޯދަނީ

ހއ. އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ޑޮކްޓަރަށް ދެއްކުމަށް އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ގެންދިއުމުން ފިލައިފި އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވަނީ މިކަން “ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. ރަޝީދު އިތުރަށް ބުނީ އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަންމުން އަންނަކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ހާލުބެލުމުގެ ޕޮޓަލްދަށުން ރަޖިސްޓްރީވެގެން އެރަށަށް ގޮސްފައިވާ މީހެކެވެ. އެމީހާ އަކީ އުމުރުން 32 އަހަރުގެ މީހެކެވެ. ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެނ...

އަލީ އާދިލް
އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި 📍 ހއ. އިހަވަންދޫ

އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި

ހއ. އިހަވަންދޫ ތަހުތު ބޯޓާއި، 242 ބޯޓުން ދަތުރު ކުރިބަޔަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ބޯޓު ބަނދަރުކުރި އުތުރުގެ ހަތަރު ރަށެއް ކަރަންޓީނު ކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ. މިގޮތުން އެޗްޕީއޭއިން އަރައި ފޭބުން މަނާކޮށް، ކަރަންޓީނު ކުރީ އެ ދެ ބޯޓު ނިސްބަތްވާ ހއ. އިހަވަންދޫގެ އިތުރުން ހދ. ގެ 3 ރަށް ކަމަށްވާ ފިނޭ، ނޮޅިވަރަމް އަދި މަކުނުދޫ އަށެވެ. އެޗްޕީއޭއިން އެރަށްތަކަށް އަރާ ފޭބުން […]

ޝިއުނާ އާދަމް
242 ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެ އިހަވަންދޫ ހާސްކަމުގެ ތެރެއަށް! 📍 ހއ. އިހަވަންދޫ

242 ބޯޓުގެ އިތުރު ފަޅުވެރިއަކު ޕޮޒިޓިވްވެ އިހަވަންދޫ ހާސްކަމުގެ ތެރެއަށް!

242 ބޯޓުގެ އިތުރު ފަޅުވެރިއަކު މިރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ހއ. އިހަވަންދޫއިން މިބަލި ޖެހުނު މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ މިރޭ ދަންވަރު ޕޮޒިޓިވްވެފައިވަނީ 242 ބޮޓުގެ ފަޅުވެރިއެއް ކަމަށާއި އެއީ ދިވެއްސެއްކަމަށެވެ. ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިއުމުގެ ކުރިން ރަށް ފުރަބަންދަކަށް ދާންޖެހިދާނެ، ގޭގައި ތިއްބަވާ، ބައްދަލުވާ އަދަދު މަދުކުރޭ، އަޅަމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވާށި، ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ފޭސްބުކްގ...

އިބްރާހިމް އަސްވާޤް