މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
ހއ. އަތޮޅު ކައުންސިލް ނައިބު ރައީސްކަމަށް އިހަވަންދޫ ރައީސް ޞަބާޙް 📍 ހއ. އިހަވަންދޫ

ހއ. އަތޮޅު ކައުންސިލް ނައިބު ރައީސްކަމަށް އިހަވަންދޫ ރައީސް ޞަބާޙް

ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަޤާމް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ކާމިޔާބު ކުރަށްވައިފިއެވެ. ޞަބާޙަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ޞަބާހާއި ވާދަކުރެއްވީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙު ﷲ ޙަސަނެވެ. ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް މިއަދު ހެނދުނު 1030 ގައި ކުރިއަށް ގެންދިޔަ އިންތިޚާބުގައި ޞަބާޙް ނައިބު ރައީސްކަން ކާމިޔާބު ކުރެއްވީ 8 ވޯޓުންނެވެ. ފަތުޙު ﷲ އަށް […]

ޝިއުނާ އާދަމް
"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާމެދު އިހަވަންދޫ ކައުންސިލުގެ ބޮޑެތި ކަންބޮޑުވުންތަކެއް 📍 ހއ. އިހަވަންދޫ

"ނަފުރަތުގެ އަމަލު" ބަޔާންކުރާ ބިލާމެދު އިހަވަންދޫ ކައުންސިލުގެ ބޮޑެތި ކަންބޮޑުވުންތަކެއް

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސައިން ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅުއްވާފައިވާ “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރާ ބިލާއިި ދެކޮޅަށް ހއ. އިހަވަންދޫ ކައުންސިލުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ. މިކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ކައުންސިލުން މިއަދު އެކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އިހަވަންދޫގެ 7 ކައުންސިލަރުން ތެރެއިން 6 ކައުންސިލަރަކު ސޮއިކޮށް ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނީ، އިސްލާމ...

އަޙްމަދު އަރުޝަމް
އުރީދޫ އާއި ޒުވާން މަސްވެރިޔާ ގުޅިގެން އިހަވަންދޫ މަސްވެރިންނަށް ހަދިޔާ ބަހަނީ 📍 ހއ. އިހަވަންދޫ

އުރީދޫ އާއި ޒުވާން މަސްވެރިޔާ ގުޅިގެން އިހަވަންދޫ މަސްވެރިންނަށް ހަދިޔާ ބަހަނީ

އުރީދޫ މޯލްޑިވްސް އާއި ޒުވާން މަސްވެރިޔާ ގުޅިގެން  އިހަވަންދޫ މަސްވެރިންނަށް ހަދިޔާ ބަހަން ފަށައިފިއެވެ. މިއީއެރަށު މަސްވެރި އިހަވަންދޫ އާއި ގުޅިގެން ހިންގާ ހަރަކާތެކެވެ. މަސްވެރި އިހަވަންދޫން ބުނީ ހަދިޔާގެ ގޮތުގައި ބަހާފައިވަނީ ޓީޝާޓާއި ޕެންޑްރައިވް ކަމަށެވެ. އެގޮތުން، ބައެއް މަސްވެރިންނަށް 32 ޖީބީގެ ޕެންޑްރައިވް އާއި ޓީޝާޓް ބަހާފައިވާކަމަށެވެ. އެ ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާގެ އަމާޒަކީ މަސްވެރިކަން ކުރާ ޒުވާނުންނަށް ހިތްވަރުދީ އެބޭފުޅުންނާއެކު މިކަމުގައި ސާބިތުވެ ކުރިއަށްދިއުން ކަމަށެވެ. އުރީ...

އަޙްމަދު ވަހީދު
ފަނޑުވުމެއް ނެތި ފަންސަވީސް: އިމަގުގެ ޚިދުމަތަށް 25 އަހަރު! 📍 ހއ. އިހަވަންދޫ

ފަނޑުވުމެއް ނެތި ފަންސަވީސް: އިމަގުގެ ޚިދުމަތަށް 25 އަހަރު!

ފަނޑުވުމެއް ނެތި، ފިޔަޖަހަމުން، މެދުކެނޑުމެއްނެތި ޚިދުމަތުގައި 25 އަހަރު ދެމިތިބިއެވެ. މާޒީގައި އުފުލަން ޖެހުނު ގޮންޖެހުންތައް ހިތަށް ސިފަކުރާ ހާލު، މާޒީން ކުރަހައިދިން އުފާވެރި ހަނދާންތަކާއެކުއެވެ. އާލަމީވަބާގެ މި ދަތި ދަނޑިވަޅު، އިހަވަންދޫ މަސްވެރިން ގުޅުން، އިމަގުގެ ޚިދުމަތުގެ ރިހިޔޫބީލަށް، އިމަގާއި އިމަގު ދެކެ ލޯބިވާ މިތުރުންނާއި މަދަދުވެރި، ދަރުމަވެރި އަތްތައް ގުޅި، މެހި ހިމުންވާނޭހެން ތެދުވަނީ  އުފާވެރި ހަނދާންތައް 2 އަހަރަށް ދެމިގެންދާނެހެން މުނާސަބުކުރުމުގެ ޢަޒުމުގައެވެ. އިމަގުގެ ވިސްނުމ...

އައިޝަތު އިލްމާ އަދުނާން
އިހަވަންދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާ...

އަޙްމަދު ވަހީދު
އިމަަގުން ފަޔަރ ފައިޓިން ކޯހެއް ފަށަނީ 📍 ހއ. އިހަވަންދޫ

އިމަަގުން ފަޔަރ ފައިޓިން ކޯހެއް ފަށަނީ

އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު)އިން އެރަށުގައި ފަޔަރ ފައިޓިން ކޯހެެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. އިހަވަންދޫގެ މަސްވެރިންނަށާއި އާންމުންނަށް ހުޅުވައިލާގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯސް ކުރިއަށްގެންދާނީ މޯލްޑްވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިސްޓްްރަކުުުޓަރުންގެ  އެހީތެރިކަމާއެކުގައި ކަމަށް އިމަގުން މައުލޫމާތުދެއެވެ. މިކޯހުގައި އަލިފާން ނިއްވުމުގެ އުކުޅުތަކާއި ސަމާލުވަންވީ ކަންތައްތައް ކިޔައިދޭނެވެ. މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން...

އައިޝަތު އިލްމާ އަދުނާން
އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު 📍 ހއ. އިހަވަންދޫ

އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިހާބުކޮށްފި އެވެ. ޝިފާއު އެ މަޤާމަށް އިންތިހާބުކޮށްފައިވަނީ ކޮމިޓީގައި ވޯޓްދެއްވި 9 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް ކުރިމަތިލައްވަފައިވަނީ ޝިފާއުގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް...

އަލީ އާދިލް
އިހަވަންދޫ އިމަގުގެ "ނަވުރުމާ" ޕްރޮގްރާމް ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުގެ "ނަވުރުމާ" ޕްރޮގްރާމް ނިންމާލައިފި

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު)އިން މިދިޔަ ބަރަކާތްތެރި ރަމަޟާންމަހުގައި އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ނަވުރުމާ” ޕްރޮގްރާމް ނިންމާލައިފިއެެވެ. އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނަވުރުމާގެ ފަހު އެޕިސޯޑްގެ ގުރުލުން އިއްޔެވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެޕިސޯޑުގައި ފިތުރު އީދު ދުވަހަށް ހާއްސަކޮށް ހުޅުވައިލި 3 ސުވާލަށް ނުވަތަ މަސައްކަތް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނަސިީބުވެރި 3 ފަރާތެއްވަނީ ގުރުއަތުން ނަގައިފައެވެ. ނަވުރުމާ ޕްރޮގާރާމަކީ “ގިވްއަވޭ” ޕްރޮގްރ...

އައިޝަތު އިލްމާ އަދުނާން
ތިލަދުންމަތި އިހަވަންދޫ ބަނދަރު ފުންކޮށް ނިމެނީ 📍 ހއ. އިހަވަންދޫ

ތިލަދުންމަތި އިހަވަންދޫ ބަނދަރު ފުންކޮށް ނިމެނީ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބަނދަރު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 20 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ […]

އަޙްމަދު ވަހީދު
އިޒްރޭލުގެ ޓެރަރިސްޓް ހަމަލާތައް އިހަވަންްދޫ ކައުންސިލުން ކުށްވެރިކޮށްފި 📍 ހއ. އިހަވަންދޫ

އިޒްރޭލުގެ ޓެރަރިސްޓް ހަމަލާތައް އިހަވަންްދޫ ކައުންސިލުން ކުށްވެރިކޮށްފި

ޒަޔަނިސްޓް އިޒްރޭލްއިން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް ދެމުންގެންދާ ހައްދުފަހަނައެޅި ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށް އިހަވަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލުގެ 7 މެމްބަރުން ސޮއިކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ އަތުން އެމީހުން ބިންފޭރިގަތުމަށް އަނިޔާވެރިކަން ދައްކަމުންދާ އިޒްރޭލުގެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިހަވަންދޫ ކައުންސިލާއި އިހަވަންދޫ ރައްޔިތުންގެ ނަމުގައި ހަރު އަޑުން ކުށްވެރިކުރާކަމަށް ބުނެ...

އައިޝަތު އިލްމާ އަދުނާން
ޕާޓީއެއް، ފިކުރެއް، ތަފާތުނުކޮށް، ޚިދުމަތްދޭނީ ތިލަފަތް ހަމަކޮށް: އިހަވަންދޫ ކައުންސިލްގެ ރައީސް 📍 ހއ. އިހަވަންދޫ

ޕާޓީއެއް، ފިކުރެއް، ތަފާތުނުކޮށް، ޚިދުމަތްދޭނީ ތިލަފަތް ހަމަކޮށް: އިހަވަންދޫ ކައުންސިލްގެ ރައީސް

އެއްވެސް މީހަކު ބާކީކޮށްލުމެއްނެތި އެންމެންގެ ހިޔާލާއި މަޝްވަރާގެ ބޭނުންހިފައި ވަކި ޕާޓީއެއް، ވަކި ފިކުރެއް، ވަކި ކުލައެއް އިސްތިސްނާ ނުވާނެހެން ތިލަފަތް ހަމަކޮށް، އެންމެނަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމުގައި ހއ. އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހުމަދު ޞަބާހް ވިދާޅުވެއްޖެވެ. ޞަބާހް މިހެން ވިދާޅުވީ، އިއްޔެ ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު ނިންމާ، އިހަވަންދޫގެ ރައްޔިތުންނާ މުހާތަބުކޮށް ފޭސްބުކް ޕޭޖް މެދުވެރިކުރައްވާ ދެއްވި ހިތާބެއްގަ އެވެ. މި ހިތާބުގައި ޞަބާހް ވިދާޅުވީ، ރ...

އައިޝަތު އިލްމާ އަދުނާން
އިހަވަންދޫ އިމަގުގެ "މެރަނާ" ވޮލީބޯޅަ މުބާރާތް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުގެ "މެރަނާ" ވޮލީބޯޅަ މުބާރާތް ފަށަނީ

އިހަވަންދޫ މަސްވެރިންގެ ގުޅުން، އިމަގުން އިންތިޒާމްކޮށްގެން މެރަނާ ވޮލީބޯޅަ މުބާރާތެއް ފެށުމަށް ނިންމައިފިއެވެ. އިހަވަންދޫގައި ޒުވާން ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި، އިހަވަންދުއަށް ނިސްބަތްވާ ޒުވާނުންނަށް އަމާޒުކޮށް، ދެޖިންސަށް ވަކިން މި މުބާރާތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރު ޖުލައި މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ކުޅެވޭނީ ހަމައެކަނި އިހަވަންދޫއަށް ނިސްބަތްވާ ކުޅުންތެރިންނަށެެވެ. ޗެމްޕިއަން ޓީމަށް 7000 ރުފިޔާ...

އައިޝަތު އިލްމާ އަދުނާން
އިހަވަންދޫއިން މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން މީހަކު ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މާލެއިން އިހަވަންދޫއަށް ގޮސް ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ، ބަށްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން ޓެސްޓްކުރުމުންނެވެ. އަދި، ޕޮޒިޓިވްވި މީހާއާއިއެކު އިތުރު ދެމީހަކު ހޯމް ކަރަންޓީނުގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އިހަވަންދޫއިން ކޯވިޑަށް މީހަކު ޕޮޒިޓިވްވުމާއެކު ހޯމް ކަރަންޓީނަށް އެރަށަށް ދާ ފަރާތްތައް އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު އިތުރަށް ވަނީ ހަރުދަނާ ކޮށްފައެވެ. އެގޮތުން، މިހާރަށްވުރެ ރައް...

އައިޝަތު އިލްމާ އަދުނާން
އިހަވަންދޫ ކްލަބް ޕޯލްސްޓާގެ 19 ވަނަ ޤުރުއާން މުބާރާތް ބާއްވަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކްލަބް ޕޯލްސްޓާގެ 19 ވަނަ ޤުރުއާން މުބާރާތް ބާއްވަނީ

ހއ. އިހަވަންދޫ ޕޯލްސްޓާގެ 19 ވަނަ ގުރުއާން މުބާރާތް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިބެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ކްލަބުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި އިހަވަންދޫގެ ކުދިބޮޑު އެންމެންގެ މެދުގައި ކީރިތި ޤުުރުއާނަށް ލޯބިޖެއްސުމާއި، ރީތިކޮށް ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ގުރުއާން ކިޔެވުމުގެ ރޫޙު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުން ހިމެނެއެވެ. އަދި ޤުރުއާން ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤުރުއާން ކިޔެވުމުގެ ޤ...

އައިޝަތު އިލްމާ އަދުނާން
ކްލަބް ޕޯލްސްޓަރ އިން އިހަވަންދޫ މަސްވެރިންނަށް ފުޓްސެލް މުބާރާތެއް ބާއްވަނީ 📍 ހއ. އިހަވަންދޫ

ކްލަބް ޕޯލްސްޓަރ އިން އިހަވަންދޫ މަސްވެރިންނަށް ފުޓްސެލް މުބާރާތެއް ބާއްވަނީ

ހއ. އިހަވަންދޫ ކްލަބް ޕޯލްސްޓަރ އިން އިންތިޒާމްކޮށްގެން މަސްވެރިންނަށް ހާއްސަކޮށް ފިޝްމެން ފުޓުސެލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މި މުބާރާތުގެ މަގްސަދަކީ މަސްވެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި އިހަވަންދޫގައި ހުނަރުވެރި ކުޅަދާނަ  ފްޓްސަލް ކުޅުންތެރިން އުފެއްދުމަށާއި، އިހަވަންދޫގެ މަސްވެރިންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުންކަމަށް އެކުލަބުން މަޢުލޫމާތުދެ އެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫގައި ކަނޑު މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެ...

އައިޝަތު އިލްމާ އަދުނާން