މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
ފަތުހުﷲގެ ޕީއެޗްޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ހއ. އިހަވަންދޫ

ފަތުހުﷲގެ ޕީއެޗްޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ޚާއްޞަކޮށް ލިޔުންތެރިކަމާއި ކިޔަވައިދެއްވުމުގެ ރޮނގުން ވަރަށް ޚިދުމަތްތެރި ބޭފުޅެއްކަމަށްވާ ފަތުހުﷲ އަހްމަދު، މޫރިތިގެ، ހއ. އިހަވަންދޫ، ޤައުމީ ޔުނިވާސިޓީ އިން ހައްދަވަމުން ގެންދަވާ ޕީ.އެޗް.ޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޤައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ވަނީ ފަތުހުﷲ ޕީ.އެޗް.ޑީ ޕްރޮޕޯސަލް ޑިފެންސް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން މަރުޙަބާ ކިޔާފައެވެ. އަދި ފަތުހުﷲގެ މި ދަތުރަށް ކާމިޔާބީ އަށް އެދޭކ...

ޔުމްނާ ޢަލީ
އިހަވަންދޫ ރީތި ކަނބަލުންގެ ސަގާފީ ފަރި ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރީތި ކަނބަލުންގެ ސަގާފީ ފަރި ހަރަކާތްތަކަށް ގިނަ ބައެއްގެ ސަމާލުކަން

މިއަހަރުގެ އަޟްހާ ޢީދުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން ހއ. އިހަވަންދޫގައި ކުރިއަށްދިޔަ “ބަދަހި ޢީދު” ހަރަކާތުގެ ތެރެއިން، އެ ރަށުގެ ކުލަބު ޕޯލްސްޓަރ (ސީ.ޕީ.އެސް) އިން ހުށަހަޅައިދިން ފޯރިގަދަ ސަގާފީ ހަރަކާތްތަކަށް މުޅި ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަން ހުއްޓިއްޖެއެވެ. އިހަވަންދޫ ކައުންސިލުން އިންތިޒާމުކުރި މި ހަރަކާތްތަކަކީ ދިވެހިންގެ ތެރެއިން އުވެމުންދާ ސަގާފީ ކުޅިވަރުތައް އާލާކޮށް، އަންނަން އޮތް ޖީލުތަކަށް އެ ކަންކަން ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި ހަރަކާ...

ޝިއުނާ އާދަމް
މަސައްކަތްކުރަނީ ޕީއެންސީ ފިކުރުގައި، ސޮއިކުރީ 2028 ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި: ސޮބާހް 📍 ހއ. އިހަވަންދޫ

މަސައްކަތްކުރަނީ ޕީއެންސީ ފިކުރުގައި، ސޮއިކުރީ 2028 ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި: ސޮބާހް

އޭނާގެ މަސައްކަތް އަބަދުވެސް ކުރަށްވަމުން ގެންދެވީ ޕީއެންސީގެ ފިކުރުގައި ކަމަށާއި، އެ ޕާޓީއަށް ރަސްމީކޮށް ސޮއިކުރެއްވީ، ޕީއެންސީ އަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީއެންސީއަށް ރަސްމީކޮށް އިއްޔެ ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ސޮބާހް ވިދާޅުވީ، ޕާޓީގެ ފިކުރުގައި އަބަދުވެސް މަސައްކަތްކުރަމުން އައީ އެ ޕާޓީއާ...

ޔުމްނާ ޢަލީ
ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް: ފިރާގް އަދި ހުރާސަތު 📍 ހއ. އިހަވަންދޫ

ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް: ފިރާގް އަދި ހުރާސަތު

ވެރިކަންކުރާ ޕީއެންސީ އާއި ގުޅުނީ ރަށުގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށްކަމަށް ވެރިކަންކުރާ ޕީއެންސީ އަށް މިއަދު ސޮއިކުރެއްވި ހއ. އިހަވަންދޫގެ ކައުންސިލްގެ ގޮނޑިއަކާއި ޑަބްލިޔުޑީސީގެ ގޮނޑިއެއް ކާމިޔާބުކުރި މިނިވަން ދެ މެމްބަރުންކަމަށްވާ އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤު އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރު ހަލީމަތު ހުރާސަތު ވިދާޅުވެއްޖެއެވެ. މި ދެބޭފުޅުން މިފަދައިން ވިދާޅުވީ، ޕީއެންސީ އަށް ސޮއިކުރެއްވުމަށްފަހު...

ޔުމްނާ ޢަލީ
އިހަވަންދޫ އިންތިޚާބީ މިނިވަން ދެ މެމްބަރަކާއި، މިހާރުގެ ރައީސް ސޮބާހް ޕީއެންސީ އަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިންތިޚާބީ މިނިވަން ދެ މެމްބަރަކާއި، މިހާރުގެ ރައީސް ސޮބާހް ޕީއެންސީ އަށް

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ހއ. އިހަވަންދޫގެ ކައުންސިލްގެ ގޮނޑިއަކާއި ޑަބްލިޔުޑީސީގެ ގޮނޑިއެއް ކާމިޔާބުކުރި މިނިވަން ދެ މެމްބަރުން ވެރިކަންކުރާ ޕީއެންސީ އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީއާ އަލަށް ސޮއިކޮށްފައި ވަނީ އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤު އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރު ހަލީމަތު ހުރާސަތު އެވެ. ނިމިދިޔަ އިން...

ޝިއުނާ އާދަމް
އިހަވަންދޫގައި ކުދިންނަށް އަމާޒުކޮށްގެން ބަންގި ގޮވަން ދަސްކޮށްދިނުމުގެ ތަމްރީނެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ކުދިންނަށް އަމާޒުކޮށްގެން ބަންގި ގޮވަން ދަސްކޮށްދިނުމުގެ ތަމްރީނެއް

ހއ. އިހަވަންދޫގައި ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ބަންގި ގޮވަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ނިންނާލައިފިއެވެ. އިހަވަންދޫގެ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެރަށުގެ އިހަވަންދޫ ކައުންސިލުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމެކެވެ. “ބަންގި ގޮވަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް 2026” ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްމާ ނިންމާލާފައި ވަނީ ބައިވެރިވި ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި ހާއްސަ ހަފ...

ޔުމްނާ ޢަލީ
މުހައްމާގެ ތާއީދު އިހަވަންދޫގެ މިނިވަން ކެންޑިޑޭޓުންގެ ޓީމަށް 📍 ހއ. އިހަވަންދޫ

މުހައްމާގެ ތާއީދު އިހަވަންދޫގެ މިނިވަން ކެންޑިޑޭޓުންގެ ޓީމަށް

އަންނަ މަހު ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިންތިޚާބުގައި ހއ. އިހަވަންދޫ ކައުންސިލަށާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ޓީމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ތާއީދުކުރަށްވައި، އެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ނުކުންނަވައިފިއެވެ. އިހަވަންދޫ ކައުންސިލަށް ވާދަކުރާ މިނިވަން ކެންޑިޑޭޓުންގެ ޓީމަކީ އެރަށުގެ މިހާރުގ...

ޔުމްނާ ޢަލީ
އިދިކޮޅު ކައުންސިލުތައް އޮތް ރަށްރަށް މިހާރުވެސް އޮތީ ތަރައްގީ ނުވެ: މެމްބަރު ނަސީރު 📍 ހއ. އިހަވަންދޫ

އިދިކޮޅު ކައުންސިލުތައް އޮތް ރަށްރަށް މިހާރުވެސް އޮތީ ތަރައްގީ ނުވެ: މެމްބަރު ނަސީރު

އިދިކޮޅު ކައުންސިލަރުންނަށް މެޖޯރިޓީ ދީފައިއޮތް ރަށްރަށް މިއަދާ ހަމައަށް އައިއިރުވެސް އޮތީ ތަރައްގީ ނުވެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކޮންގްރެސް ޕާޓީން މީޑިއާތަކުގެ ޒަރިއްޔާއިން ކުރިއަސް ގެންދާ ކެމްޕެއިން ހަރަކާތް “ދިވެހިންގެ ރާއްޖެ” ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން މެމްބަރު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކައުންސިލުތަކުގެ ދައުރެއް އޮތް ކަމަށް ގަބޫލު ނުކ...

އައިޝަތު ޢާދަމް
ފަހު ދިހައިގެ ރޭ ތަކުގައި އިހަވަންދޫ ކުޅިވަރު ދަނޑުތައް ނުދިއްލާނެ 📍 ހއ. އިހަވަންދޫ

ފަހު ދިހައިގެ ރޭ ތަކުގައި އިހަވަންދޫ ކުޅިވަރު ދަނޑުތައް ނުދިއްލާނެ

މި ރޯދަމަހުގެ ފަހު 10ގެ ރޭ ތަކުގައި ހއ. އިހަވަންދޫގެ ކުޅިވަރު ދަނޑުތައް ނުދިއްލާނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ރޯދަ މަހުގެ ފަހު ދިހަ މިރެޔާއެކު ފެށިފައިވާއިރު، އިހަވަންދޫ ކައުންސިލުން ވަނީ މި ނިންމުންނިންމައި އެކަން ޢިއުލާންކޮށްފައެވެ. ފަހު ދިހައިގެ ރޭތައް އަޅުކަމަށް ވީހާ ވެސް ބޮޑަށް ތަންދޭގޮތަށް ޢަމަލުކުރަމުން އަންނައިރު، އިހަވަންދޫ ކައުންސިލުން ބުނެފައިވާގޮތުގައި އިހަވަންދޫގައި ހުކުރު ކުރަމުން އަންނަ ފަސް މިސްކިތުގައި ވެސް ރޯދަ މަހުގެ 21 ވަނަ ވިލޭރޭން ފެށިގެން ދަމުނަމާދު ކުރާނެ […]

ޔުމްނާ ޢަލީ
އިހަވަންދޫ ސްކޫލްގައި ދީނީ ކަންކަމަށް ހާއްސަކޮށް ޞާލިޙް ބިނާކޮށްދެއްވި "ދާރުލް ޢިލްމު" އިމާރާތް ހުޅުވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލްގައި ދީނީ ކަންކަމަށް ހާއްސަކޮށް ޞާލިޙް ބިނާކޮށްދެއްވި "ދާރުލް ޢިލްމު" އިމާރާތް ހުޅުވައިފި

ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ އަދި ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ބިނާކުރި ދެ ބުރީގެ އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. “ދާރުލް ޢިލްމު” ގެ ނަމުން ނަންދެވިފައިވާ މި އިމާރާތަކީ އިހަވަންދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ ކިބައިގައި ދީނީ ރޫޙު ވަރުގަދަކުރުމުގެ މަޤްޞަދުގައި ބިނާކުރެވުނު ތަނެކެވެ. މި އިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ނަމާދުކުރުމަށާއި، ކ...

ޔުމްނާ ޢަލީ
އިހަވަންދޫގައި ގާއިމުކުރި އެފްއެސްއެމް ފިއުލް ޝެޑުން ތެޔޮވިއްކަންފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ގާއިމުކުރި އެފްއެސްއެމް ފިއުލް ޝެޑުން ތެޔޮވިއްކަންފަށައިފި

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހއ. އިހަވަންދޫގައި ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ. މިއަދު އިހަވަންދޫ އެފްއެމް ފިއުލް ޝެޑުން އެސްޓީއޯ ރޭޓްގައި ތެޔޮ ވިއްކަން ފަށާފައިވާއިރު، މި މަޝްރޫޢުގެ ދަށުން އިހަވަންދޫ ހިމެނޭހެން ބޮޑުތިލަދުންމަތީގެ ތިން ރަށެއްގައި ޝެޑްތައް ތަރައްގީ ކުރާނެއެވެ. އެއީ ހދ. އަތޮޅުން ހަނިމާދޫ އަދި  ށ. […]

ޔުމްނާ ޢަލީ
ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި 📍 ހއ. އިހަވަންދޫ

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހއ. އިހަވަންދޫ ސުކޫލާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒާއި، ކުޅުދުއްފުށި ސިޓީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލުގެ އިތުރުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. މި ފެބުރުވަރީ މަހުގެ 7 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމަށް ވަކިވަކި ރަސްމިއްޔާތުތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ކުޅު...

ޔުމްނާ ޢަލީ
ހެޔޮއެދޭ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި 📍 ހއ. އިހަވަންދޫ

ހެޔޮއެދޭ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީއާއެކު ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ. އިހަވަންދޫ ކައުންސިލުން ބުނީ މި މިސްކިތަކީ ނިޝާން މުލީގެ އިއްޒަތުގެ ވެރިޔާ، ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި އެރަށުގައި ބިނާކޮށްފައިވާ މިސްކިތެއްކަމަށެވެ. މި މިސްކިތް ހުޅުވުމަށް މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ ”މަސްޖިދު ޒ...

ޔުމްނާ ޢަލީ
އިހަވަންދޫ ހިމެނޭހެން އަންނަ ރޯދަމަހު 10 ރަށެއްގައި އިޙްޔާ ފޯރަމްތައް ބާއްވަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހިމެނޭހެން އަންނަ ރޯދަމަހު 10 ރަށެއްގައި އިޙްޔާ ފޯރަމްތައް ބާއްވަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ “އިޙްޔާ ފޯރަމް” މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ވުޒާރާއިން ހާމަކޮށްފިއެވެ. މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މާލޭގައި 8 ފޯރަމް އަދި އަތޮޅުތެރޭގެ 10 ރަށެއްގައި ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އަތޮޅުތެރޭގައި އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ ރަށްރަށުގެ ކައުންސިލްތަކުން ހު...

ޔުމްނާ ޢަލީ
އިހަވަންދޫގައި މަސްވެރިކަމުގެ މަސައްކަތަށް ދިގު މުއްދަތަށް ބިން ދޫކުރަން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި މަސްވެރިކަމުގެ މަސައްކަތަށް ދިގު މުއްދަތަށް ބިން ދޫކުރަން ހުޅުވާލައިފި

ހއ. އިހަވަންދޫގައި ދިގު މުއްދަތަށް މަސްކައްކައި މަސްވެރިކަމާ ގުޅޭ އެކި މަސައްކަތްތައް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި އިހަވަންދޫ ކައުންސިލުން އާދީއްތަ ދުވަހު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިއީ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދެވޭ ފުރުސަތެއް ކަމަށެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްސީލް އިހަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުން 3,000 އަކަފޫޓުގެ 04 ބިން ދޫ...

ޔުމްނާ ޢަލީ