މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
އިހަވަންދޫގައި ޓާފް އަޅައަޅައިގެން ތަރައްގީ ކުރި ދަނޑު ބޭނުން ކުރަންފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ޓާފް އަޅައަޅައިގެން ތަރައްގީ ކުރި ދަނޑު ބޭނުން ކުރަންފަށައިފި

ހއ. އިވަންދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރި ފުޓްބޯޅަ ދަނޑު ބޭނުން ކުރަން ފަށައިފިއެވެ. އެ ދަނޑު ބޭނުން ކުރަން ފެށީ އިއްޔެއެވެ. ދަނޑު ބޭނުން ކުރަން ފެށުމުގެ ގޮތުން ރަށުގެ ފިރިހެން ޒުވާނުންގެ ތެރެއިން ހޮވާލެވުނު ދެ ޓީމެއްގެ މެޗުގައި އެކުވެރިކަމުގެ ފުޓް ބޯޅަ މެޗެއް އިއްޔެ ވަނީ ކުޅެފައެވެ. އިހަވަންދޫ ޔޫތު އެސޯސިއޭޓް، ޢަލީ ރަމީޒް “ތިލަދުން” އަށް ވިދާޅުވީ، ޓާފް ދަނޑު އިއްޔެއިން ފެށިގެން ޒުވާނުން ބޭނުން ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި […]

ޔުމްނާ ޢަލީ
ނޯތު ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމުގެ ޖޯޒީ އާންމުކޮށް ވިއްކަނީ 📍 ހއ. އިހަވަންދޫ

ނޯތު ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމުގެ ޖޯޒީ އާންމުކޮށް ވިއްކަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު ބާއްވާ ދިވެހި ޕްރިއާމް ލީގު ކޮލިފިކޭޝަން ބުރުގެ ނޯތު ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމްގެ ޖޯޒީ ޢާއްމުކޮށް ވިއްކަން ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް އިހަވަންދޫ ކްލަބް ޕޯލްސްޓަރއިން ބުނީ އެފްއޭއެމުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ދިވެހި ޕްރިއާމް ލީގު ކޮލިފިކޭޝަން ބުރުގެ ނޯތު ލީގުގައި، ބައިވެރިވާ އިހަވަންދޫ ޓީމް މުބާރުތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ޖާރޒީއަށް އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ޢާއްމުކޮށް ހުޅުވާލާފައި […]

ސަނިއްޔާ އަބޫބަކުރު
ރަސޫލާއަށް ފުރައްސާރަ ކުރުމުން އިހަވަންދޫ ކައުންސިލުން ކުށްވެރިކޮށްފި 📍 ހއ. އިހަވަންދޫ

ރަސޫލާއަށް ފުރައްސާރަ ކުރުމުން އިހަވަންދޫ ކައުންސިލުން ކުށްވެރިކޮށްފި

އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. އިހަވަންދޫ ކައުންސިލުގެ އިއްތިފާގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައުނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި […]

ސަނިއްޔާ އަބޫބަކުރު
ފުޓްސަލްދަނޑު ވޮލީ ކޯޓަކަށް ބަދަލުކުރާކަށް ނުނިންމަން: އިހަވަންދޫ ކައުންސިލް 📍 ހއ. އިހަވަންދޫ

ފުޓްސަލްދަނޑު ވޮލީ ކޯޓަކަށް ބަދަލުކުރާކަށް ނުނިންމަން: އިހަވަންދޫ ކައުންސިލް

ހއ. އިހަވަންދޫ ފުޓްސަލްދަނޑު ވޮލީ ކޯޓަކަށް ބަދަލު ކުރަން ނިންމާފައި ނުވާކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ފުޓްސަލް ދަނޑާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުން ގެންދާކަމަށް ބުނެ ކަމުގެ ޙަޤީޤަތް ސާފުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ފުޓްސަލް ދަނޑުގައި އަޅާފައިހުރި ޓާރފްތައް ހަލާކުވެ ގިނަދުވަސް ތަކެއްވެފައި ވާކަމަށެވެ. އެހެންކަމުން ހަލާކުވެފައިވާ ޓާރފްތައް ނެގުމަށްފަހު ފުޓްސެލް ދަނޑުގައި ކުރިން އަޅާއިހުރި ޕްލާސްޓ...

ސަނިއްޔާ އަބޫބަކުރު
އިހަވަންދޫގެ ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންގޮސްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގެ ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންގޮސްފި

ހއ. އިހަވަންދޫގެ މުޅި ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންގޮސްފިއެވެ. ސަރުކާރުން ވަނީ އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓްގެ ޚިދުމަތް ވީހާވެސް ފުރިހަމަކުރުމަށްޓަކައި އެރަށުގެ ކަރަންޓް ނެޓްވޯރކު ހައިވޯލްޓޭޖް ނެޓްވޯކަކަށް ބަދަލުކޮށް ޓްރާންސްފޯމަރު ބެހެއްޓުމަށް ނިންމާފައެވެ. ހަވަންދޫގެ މުޅި ކަރަންޓް ނެޓްވޯކު ބަދަލުކުރުމަށް ބޭނުންވާ ކޭބަލް އެރަށަށް ގެންދިޔުމާއި ގުޅިގެން އެކަން ފާހަގަކުރައްވައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެފައި ވަނީ، އެރަށަކީ...

ޔުމްނާ ޢަލީ
އިހަވަންދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި

ހއ. އިހަވަންދޫ ފެރީ ޓަރމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި ފެރީ ޓަރމިނަލަކީ އިންޓަރގްރޭޓޭޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ޒޯން 1 އަށް ޚިދުމަތް ދިނުމަށް އިމާރާތްކުރެވިފައިވާ ޓަރމިނަލްއެކެވެ. މި ޓަރމިނަލުން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި، ޕޭރެންޓް ރޫމަކާއި، ލަގެޖް ރޫމަކާއި، ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނާ ވަ...

އަޙްމަދު ވަހީދު
އިހަވަންދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތުގެ 88 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 95 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ބުންޏެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމެންޓް ވަނީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ […]

އަޙްމަދު ވަހީދު
އިހަވަންދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 90 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން. މި މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަ...

އަޙްމަދު ވަހީދު
ދަނޑުގައި އަޅަނީ ކޮލިޓީ ރަނގަޅު ޓާފު، ޓާފު ރޯލްތަކަށް ގެއްލުންދިން މީހުންނަށް ހިތްވަރުދިނުން ބަލައެއް ނުގަންނަން: ޝިފާޢު 📍 ހއ. އިހަވަންދޫ

ދަނޑުގައި އަޅަނީ ކޮލިޓީ ރަނގަޅު ޓާފު، ޓާފު ރޯލްތަކަށް ގެއްލުންދިން މީހުންނަށް ހިތްވަރުދިނުން ބަލައެއް ނުގަންނަން: ޝިފާޢު

ހއ. އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި އަޅަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާއިން އެޕުރޫވުކޮއްފައި ވާކޮލިޓީ ރަނގަޅު ޓާފު ކަމަށާއި، ޓާފު ރޯލްތަކަށް ގެއްލުންދިން މީހުންނަށް ހިތްވަރުދީ ވާހަކަދައްކަމުން ދިއުމަކީ ބަލާގަނެވޭނެ ކަމެއްނޫން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި އަޅާ ޓާފާއި ގުޅިގެން އެރަށުގެ ޒުވާނުންތަކެއް ވަނީ އެމީހުންގެ ކަންބޮޑުވުން ކައުންސިލާއި ހިއްސާކޮށްފައި ކަމަށާއި، އެކަން ބޮޑުވުންތައް އަންނަ...

އަލީ އާދިލް
ދަނޑުގައި އަޅާ ޓާފާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކުރާނަން: އިހަވަންދޫ ކައުންސިލް 📍 ހއ. އިހަވަންދޫ

ދަނޑުގައި އަޅާ ޓާފާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކުރާނަން: އިހަވަންދޫ ކައުންސިލް

އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައިވާ ޓާފް އިއްޔެ އަޅަން ފަށާފައިވާއިރު، އެ ޓާފާއި ގުޅިގެން އެރަށުގެ ޒުވާނުންތަކެއް ވަނީ އެމީހުންގެ ކަންބޮޑުވުން ކައުންސިލާއި ހިއްސާކޮށްފައި ކަމަށާއި، އެކަން ބޮޑުވުންތައް އަންނަ އާދީތައް ދުވަހު ސަރުކާރާއި ރަސްމީކޮށް ހިއްސާކުރަށްވާނެ ކަމަށް އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އިހަވަންދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ދަނޑުގައި ޓާފް އަޅަން ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެފައި ވަނީ، އ...

އަލީ އާދިލް
މައިޒާން އިލެކްޓްރޯނިކްސްގެ ފަރާތުން އިހަވަންދޫ ކައުންސިލަށް އެހީތެރިވެއްޖެ 📍 ހއ. އިހަވަންދޫ

މައިޒާން އިލެކްޓްރޯނިކްސްގެ ފަރާތުން އިހަވަންދޫ ކައުންސިލަށް އެހީތެރިވެއްޖެ

މައިޒާން އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑްގެ ފާރާތުން ހއ. އިހަވަންދޫ ކައުންސިލަށް ފެން ހޫނުކޮށް ފިނިކުރުމަށް ބޭނުންކުރާ އާލާތެއް ހަދިޔާ ކޮށްފިއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާހް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކުންފުނީގެ ފަރާތުން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްފައިވަނީ މިއަދު ކަމަށެވެ. މި އާލާތް އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފައިވަނީ އެކޮމްޕެނީގެ ޗެއަރމަން އަހައްމާދީދީއެވެ. ކައުންސިލްގެ ފަރާތުން ޕްލާންޓާއި ހަވާލުވެފައިވަނީ ކައުންސިލްގެ ރައީސް އަޙްމަދު...

އައިޝަތު ނަސާޔާ
އިމަގުން ބާއްވާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފި 📍 ހއ. އިހަވަންދޫ

އިމަގުން ބާއްވާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފި

ހއ.އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހު (މިއަދު) މެންދުރު ފަހު ފަށާފައިވާއިރު، މުބާރާތް ކުރިއަށް ދަނީ އިމަގު ހޯލުގައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި 100 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ކުލްބް ޕޯލްސްޓާގެ 20 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކުލްބް ޕޯލްސްޓާގެ 20 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުލަބް ޕޯލްސްޓާ 20 ވަނަ ޤުރުއާން މުބާރާތް 1443” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު 13 އޭޕްރިލް 2022 ވީ ބުދަ ދުވަހުން ފެށިގެން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، މުބާރާތުގައު ބައިވެރިވުމަށް ތިރީގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ފޮނުވުމަށް އެ ކުލަބުން ވަނީ އެދިލައްވާފައެވެ. ފޯމް: https://forms.gle/w2Yi58QZw6gTGsAz7 […]

އިބްރާހިމް ޚަލީލް
އިމަގުން ބާއްވާ މަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިމަގުން ބާއްވާ މަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 އަހަރު ވެސް ބާއްވާފައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް “އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދެވެނީ  މަރުހޫމް ހުސައިން ޒުހައިރަކީ އެ ޖަމިއްޔާގެ އެއް މުއައްސިސް ކަމަށް […]

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި

ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގައި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓުގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް އިހަވަންދޫގައި ފެށުމަށް ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އެރަށަށް ވަޑައިގެންފައި ވަނީ ހުސްވި މާރިޗް މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ ޚިދުމަތާއި ގުޅިވަޑައިގަތް ފުރަތަމަ ސްޕެޝަލިސްޓް ޑޮކްޓަރެވެ. ރޯދަ މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު، ހުކުރު ދުވަސްފިޔަވާ ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 […]

ޙުސައިން ޝަހުދީ