📍 ހއ. އިހަވަންދޫ
ތަކަންދޫ ގޮނޑުދޮށް ހިމާޔަތްކޮށް، މާރަންދޫ އާއި މުރައިދޫގައި ލެބޯޓަރީ ތަރައްގީ ކުރުން ބަޖެޓަށް
ހއ. ތަކަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާ، އެ އަތޮޅު މާރަންދޫގައި ލެބޯޓަރީއެއް ތަރައްގީ ކުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢުއެއްގެ ގޮތުގައި އަލަށް ފެށުމަށް މި ދެ ރަށުގައި ހިމަނާފައި ހުރި މަޝްރޫޢުތަކަށް ބަލާއިރު، މާރަންދޫގައި ލެބޯޓަރީ އެއް ތަރައްގީ ކުރުމަށް 1،000،000 ރުފިޔާ ވަނީ ހިމަނާފައެވެ. އަދި އެރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުން ވެސް އައު މަޝްރޫޢުއެއްގެ ގޮތުގައި...