މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
ޕީޕީއެމްގެ ކެލާ ދާއިރާގެ ކުރީގެ ރައީސް ޣާލިބާއެކު އެޕާޓީގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީ އަށް! 📍 ހއ. ކެލާ

ޕީޕީއެމްގެ ކެލާ ދާއިރާގެ ކުރީގެ ރައީސް ޣާލިބާއެކު އެޕާޓީގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީ އަށް!

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބާއެކު ޕިޕީއެމްގެ ގިނަ މެމްބަރުންތަކެއް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ (އެމްޑީޕީ) އާ ގުޅިއްޖެއެވެ. ޣާލިބު އެމްޑީޕީއަށް ސޮއިކުރައްވައި ފޯމު ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު އަދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ހާޒިރުގައެވެ. އެމްޑީޕީއާ ގުޅުނުކަން ހާމަކުރައްވައި ޣާލިބު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ އޭނާ މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވާފައިވާ ކަމަށާއި ޕީޕީއެމްގައި އޭނާއާއެކ...

މުޙައްމަދު އަފްރާޙް
ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާލީ ގަވާއިދުގެ ބޭނުން ހިފުމެއްނެތި: އިބްރޭ

ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާލީ ގަވާއިދުގެ ބޭނުން ހިފުމެއްނެތި: އިބްރޭ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދުގެ ބޭނުން ހިފުމެއްނެތި ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާއިން ނުނަގައި މަޖިލިސް ކުރިއަށް ގެންދަން ހުރަސްއަޅައި އަޑުގަދަކުރާތީ މިއަދުގެ ޖަލްސާ ވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ. މިއަދު މަޖިލިސްގެ ރިޔާސަތުން ޢަމަލު ކުރެއްވި ގޮތާގުޅޭ ގޮތުން އިބްރޭ ވިދާޅުވީ، މަޖިލިސް ރިޔާސަތުން ރައީސުލްޖުމްހ...

ޔުމްނާ ޢަލީ
ޣާލިބު ކެލާ ދާއިރާގެ ރައީސްކަމުން އިސްތިއުފާދީ، ޕީޕީއެމުން ވަކިވެއްޖެ 📍 ހއ. ކެލާ

ޣާލިބު ކެލާ ދާއިރާގެ ރައީސްކަމުން އިސްތިއުފާދީ، ޕީޕީއެމުން ވަކިވެއްޖެ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެލާ ދާއިރާގެ ރައީސްކަމުން އަހްމަދު ޣާލިބު މިއަދު އިސްތިއުފާ ދީފިއެވެ. ޣާލިބު މިއަދު ކުރި ޓްވީޓެއްގައި ބުނީ އޭނާ ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސްކަމުން މިއަދު އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ސެނެޓުން ވެސް އިސްތިއުފާ ދީފައިވާ ކަމަށް ވެސް އޭނާ ބުނެފަވެއެވެ. ޕީޕީއެމްގައި ވަރަށް ހަރަކާތްތެރި، އެ ޕާޓީގެ ކެމްޕޭން ތަކުގައި ވެސް ވަރަށް އިސް ސަފުގައި މަސައްކަތް ކުރާ […]

ޔުމްނާ ޢަލީ
ކެލާއިން ބަންޑާރަ ގޯއްޗަށް އެދުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި 📍 ހއ. ކެލާ

ކެލާއިން ބަންޑާރަ ގޯއްޗަށް އެދުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

ހއ. ކެލާއިން ބަންޑާރަ ގޯއްޗަށް އެދުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ. އެރަށު ކައުންސިލު އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުގައި ދާއިމީ ލިސްޓު އާންމުކޮށްފައި މިވަނީ އެރަށުން ދިރިއުޅުމަށްޓަކައި 33 ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހުއެވެ. އެރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 262 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ކެލާ ކައުނ...

މުޙައްމަދު އަފްރާޙް
ކެލާ ސްޕަރ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާ ސްޕަރ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ “ކެލާ ސްޕަރ ލީގު 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލުގެ ދަށުން އެ ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމްތަކަށްށެވެ. މި އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް ނިންމާފައިވާ މި މުބާރާތުގެ ޤުރުއަތުލުން ބޭއްވުމަށް ހަމަޖެހި...

އިބްރާހިމް ޚަލީލް
ޑިމޮކްރަސީ އަކީ ވަކި ފަރުދަކަށް ކިޔާ ނަމެއްނޫން: އިބްރޭ

ޑިމޮކްރަސީ އަކީ ވަކި ފަރުދަކަށް ކިޔާ ނަމެއްނޫން: އިބްރޭ

ޑިމޮކްރަސީ އަކީ ވަކިބަޔަކަށް ނޫނީ ފަރުދަކަށް ކިޔާނަމެއް ނޫން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، މީސްމީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ. ރައްޔިތުންގެ މަޖިލިސް ޓެގް ކުރައްވާ ކުރައްވާފައިވާ މި ޓްވީޓްގައި އިބްރޭ ވިދާޅުވީ، ޑިމޮކްރަސީ އަކީ ވަކިބަޔަކަށް ނޫނީ ފަރުދަކަށް ކިޔާނަމެއް ނޫން ކަމަށެވެ. އަދި އެއީ އެބައެއް ނުވަތަ ޤައުމެއްގެ ކަންކަމާމަތިކޮށްފައިވާ ފަރާތް ތަކުން ޢަމަލުކުރާ އުސޫލްތަކަށް ކިޔާނަމެއްކަމަށް ވިދ...

ޔުމްނާ ޢަލީ
ކެލާ ކައުންސިލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞތު ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާ ކައުންސިލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިން އަންނަ ރަމަޟާން މަހުއެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1444” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކެލާ ސްކޫލް މަދަރުސާ ތަކަށާއި ރަޖިސްޓްރީ ކޮށްގެން އެ ރަށުގައި ހިންގާ ޤުރްއާން ކުލާސްތަކަށެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރުއާން ކިޔަވަންޖެހޭ އެންމެ ރަނގަޅު ހަމަތަކުގެ މަތީން އެ ރަށުގައި ޤުރުއާން އުނ...

އިބްރާހިމް ޚަލީލް
ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ރަމްޒުކޮށްދޭ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ކެލާ ރަމްޒުކޮށްދޭ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ކެލާ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ، މޮނިއުމެންޓް ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ. މިގޮތުން ހުށަހަޅާ ޑިޒައިން އޮރިޖިނަލް ޑިޒައިނަކަށް ވާނެ ޖެހޭނެކަމަށާއި، މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެ ކަމަށާއި އަދ...

އިބްރާހިމް ޚަލީލް
ކެލައާއި ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލައާއި ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލައާއި ހދ. ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. ކެލާގައި އައުޓްޑޯ ވޮލީ ކޯޓް އެޅުމުގެ މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަސް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. ކޮންމެ ފަރާތަކަށް ވެސް އެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނ...

އިބްރާހިމް ޚަލީލް
ތިލަދުންމަތީގެ ފުރަތަމަ "ލޯކަލް އޮތޯރިޓީ ކުންފުނި" ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަނީ 📍 ހއ. ކެލާ

ތިލަދުންމަތީގެ ފުރަތަމަ "ލޯކަލް އޮތޯރިޓީ ކުންފުނި" ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަނީ

ތިލަދުންމަތީގެ ފުރަތަމަ “ލޯކަލް އޮތޯރިޓީ ކުންފުނި” ކެލާ ގައި ރަޖިސްޓްރީކޮށް ވިޔަފާރި ހަރަކާތްތައް ފަށަން ތައްޔާރު ވެއްޖެ އެވެ. މިކަމާއި ގުޅިގެން ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު ”ތިލަދުން” އަށް ވިދާޅުވީ އެ ކުންފުނީގެ ފުރަތަމަ އިންވެސްޓަކީ ރަށުގެ ގޭ ބިސީތަކުން ކުނި އުކާލުމުގެ ހިދުމަތް ކަމަށެވެ. އެގޮތުން މި ހިދުމަށް މިއަހަރު އެއް މިލިއަން ރުފިޔާގެ އިންވެސްޓްކޮށް، މުވައްޒަފުން ނަގައިގެން މާރިޗު މަހުގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ […]

މުޙައްމަދު އަފްރާޙް
ޔާމީނަށް އިންސާފު ހޯދައިދޭން ކެލާ ކައުންސިލުން ގޮވާލައިފި 📍 ހއ. ކެލާ

ޔާމީނަށް އިންސާފު ހޯދައިދޭން ކެލާ ކައުންސިލުން ގޮވާލައިފި

ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ހޯދައިދިނުމަށް ހއ. ކެލާ ކައުންސިލުން ގޮވާލައިފިއެވެ. ކެލާ ކައުންސިލުން މިފަދައިން ގޮވައިލީ، ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ. ވ. އާރަށް މައްސަލާގައި […]

ޔުމްނާ ޢަލީ
ނަޝީދު ވެސް ވައުދުވި، އެކަމަކު ''ރިއެކްޓް ނުކޮށް'' ދެއްވީ އިސްތިއުފާ: އިބްރޭ

ނަޝީދު ވެސް ވައުދުވި، އެކަމަކު ''ރިއެކްޓް ނުކޮށް'' ދެއްވީ އިސްތިއުފާ: އިބްރޭ

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް މަރުތަކަށް އިންސާފު ހޯދައިދީ، ކުރިން ޖަލުގައި ހިންގާފައިވަ ޖަރީމާތަކަށް އިންސާފު ހޯދައިދޭން ވައުދުވި ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމަށްކަށް ”ރިއެކްޓް” ނުކުރަށްވާ ދެއްވީ މަޤާމުން އިސްތިއުފާކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މާލޭ ސަލްޓަންޕާކުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ރައީސް ޞާލިޙަށް ނިސްބަތްކުރައްވާ، ރައީސް ޞާލި...

ޔުމްނާ ޢަލީ
އިބްރޭގެ ތައުރީފް ރައީސަށް، ކޮންމެ ތަނަކަށް ވަޑައިގަތަސް ފެންނަނީ ހިތްހެޔޮކަމާއި އޯގާތެރިކަން

އިބްރޭގެ ތައުރީފް ރައީސަށް، ކޮންމެ ތަނަކަށް ވަޑައިގަތަސް ފެންނަނީ ހިތްހެޔޮކަމާއި އޯގާތެރިކަން

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ކޮންމެތަނަކަށް ވަޑައިގަތަސް ފެނިގެންދަނީ އެމަނިކުފާނުގެ ހިތްހެޔޮކަންކަމަށް ވިދާޅުވެ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)، ރައީސް ޞާލިޙަށް ތައުރީފް ކުރައްވައިފިއެވެ. އިބްރޭ، ރައީސް ޞާލިޙަށް މިމޭރުމުން ތައުރީފް ކުރައްވާފައި ވަނީ މޯލްޑިވިއަންގެ ފްލެޓެއްގެ ތެރޭގައި ދޮށީ އުމުރުގެ މީހަކާއި ރައީސް ޞާލިޙް ވާހަކަ ދައްކަވަން ހުންނެވި ފޮޓޯއެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ބެލެވޭގޮތުގައި އެ ފޮޓޯތަކީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކު...

ޔުމްނާ ޢަލީ
ކެލާ ސްކޫލުން ވައްކަންކޮށްފި 📍 ހއ. ކެލާ

ކެލާ ސްކޫލުން ވައްކަންކޮށްފި

ހއ. ކެލާގައި ހުންނަ ސެއިޚް އިބްރާޙިމް ސްކޫލްގެ ސްޓާފް ރޫމުން ވައްކަން ކޮށްފިއެވެ. މިކަމާއިގުޅިގެން މައުލޫމާތު ހޯދުމަށް ”ތިލަދުން” އިން ސުވާލު ކުރުމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކެލާ ސެއިޚް އިބްރާޙިމް ސްކޫލްގެ ސްޓާފް ރޫމުން ވައްކަންކޮށްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ އިއްޔެ ހެނދުނު 7:50 ގައެވެ. މި މައްސަލައިގެ ތުހުމަތުގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މައްސަލަ ތަހްގީގު ކުރައްވަމުން ގެންދަވާ ކަމަށް ފު...

ޔުމްނާ ޢަލީ
ކެލައިން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ވަގުތީ ނަތީޖާ އާންމުކޮށްފި 📍 ހއ. ކެލާ

ކެލައިން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ވަގުތީ ނަތީޖާ އާންމުކޮށްފި

ހއ.ކެލައިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ވަގުތީ ނަތީޖާ އެ ކައުންސިލުން އާންމު ކޮށްފިއެވެ. ކެލައިން ދޫކުރުމަށް ހަމަޖެހިފައިވާ 33 ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން 263 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. މިއަދު އެ ކައުންސިލުން ގޯއްޗަށް ކުރިމަތިލީ ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ލިސްޓް އާންމު ކޮށްފައިވާއިރު، 11 ފަރާތަކަށް ވަނީ 90 މާކްސް ލިބިފައެވެ. އެ އަދަދަށް މާކްސް ލިބިފައިވާ […]

އިބްރާހިމް ޚަލީލް