📍 ހއ. ކެލާ
ހއ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށި ތިންވަނަ ރަށަކަށް ކެލާ
ހއ.އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، އެ އަތޮޅު ކެލާގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ. މިއާއެކު، ކެލާ ވެގެންދިޔައީ ހއ.އަތޮޅުގައި މި ޚިދުމަތް ލިބޭ ތިންވަނަ ރަށަށެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެލާގައި ޑިސެންބަރުމަހުގެ 13 ވަނަ ދުވަހު މި ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގަ...