މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (303 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
303 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

303 ޚަބަރުގެ ތެރެއިން
ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް 📍 ހއ. ކެލާ

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް

ކީރިތި ޤުރުއާން ހިތުދަސްކުރައްވައި، އުމުރުން އެންމެ 13 އަހަރުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ހއ. ކެލާ، ދޭލިޔާގެ، ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޢަބްދުﷲ ޢައްޔާޝް ހޯދި މި ފުރިހަމަ ކާމިޔާބީއާ ގުޅިގެން ވަޒީރު އޭނާއާ ބައްދަލުކުރައްވައި، އެ މަތިވެރި މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށެވެ. ޢައްޔާޝްއަކީ ހއ. ކެލާ އަށް އުފ...

ޔުމްނާ ޢަލީ
ކެލާ ޑަބްލިޔުޑީސީގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީ އަށް 📍 ހއ. ކެލާ

ކެލާ ޑަބްލިޔުޑީސީގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީ އަށް

މިއަދު ބޭއްވި ލޯކަލް/ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސްގެ މަގާމު ޕީއެންސީން ކާމިޔާބުކޮށްފިއެވެ. ކެލާގައި ދެވަނަ ބުރު ބާއްވާފައި ވަނީ 4 އޭޕްރިލްގައި ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެލާ ޑަބްލިޔުޑީސީގެ ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓުން އެއްވަރުވުމުންނެވެ. އެ މަގާމަށް ވާދަކުރީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމް އާއި ޕީޕަލްސ...

ޝިއުނާ އާދަމް
ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރު ކެލާ އާއި ނޭކުރެންދޫގައި 📍 ހއ. ކެލާ

ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރު ކެލާ އާއި ނޭކުރެންދޫގައި

އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ، ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ރަށްތަކުގެ ތެރޭގައި ހއ. ކެލާ އާއި ހދ. ނޭކުރެންދޫ ހިމެނިއްޖެއެވެ. ކެލާ އަދި ނޭކުރެންދޫގައި ވާދަކުރާ ކެންޑިޑޭޓުން ހއ. ކެލާ: ކެލާގައި ދެވަނަ ބުރު ބާއްވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށެވެ. އެ މަގާމަށް ވާދަކުރަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް މަހުދިއ...

ޔުމްނާ ޢަލީ
ސްޕޯޓްސް އެވޯޑުގެ ކާމިޔާބީ އަށް ޝިމްލާ އަށް ކެލާ ކައުންސިލްގެ މަރުޙަބާ 📍 ހއ. ކެލާ

ސްޕޯޓްސް އެވޯޑުގެ ކާމިޔާބީ އަށް ޝިމްލާ އަށް ކެލާ ކައުންސިލްގެ މަރުޙަބާ

ސްޕޯޓްސް އެވޯޑްގައި ”ޓެކްނިކަލް އޮފިޝަލް އޮފްދަ އިޔަރ”ގެ އެވޯޑް ލިބުނު ހއ. ކެލާ/ފައިންރޯޒް، އައިޝަތު ޝިމްލާ (ޝިމް) އަށް އެރަށު ކައުންސިލުން މަރުހަބާ ކިޔައިފިއެވެ. ކެލާ ކައުންސިލުން ވަނީ ޝިމްގެ މި ކާމިޔާބީ އަކީ ރަން ވަނައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޝިމްގެ މި ކާމިޔާބީ އަށް އެ ކައުންސިލާއި ކެލާ ރައްޔިތުންގެ ނަމުގައި މަރުޙަބާ ކިޔާފަވެއެވެ. ޝިމް އަކީ ހޭންޑް ބޯލްގެ ދަނޑުގައި އިތުބާރު ލިބިފައިވާ ރްފެރީއެކެވެ. 2022 ވަނަ އަހަރު ހޭންޑް ބޯލް ރެފްރީ ކޯސް […]

ޔުމްނާ ޢަލީ
ކެލާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި 📍 ހއ. ކެލާ

ކެލާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ކެލާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ހޮނިހިރު ދުވަހު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ. މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒްގެ އިތުރުން ކަމާބެހޭ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ކެލާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނޭހެން ޖުމްލަ 3.9 […]

ޔުމްނާ ޢަލީ
ކެލާ މެމްބަރު ޝަރީފްގެ އެހީތެރިކަމާއެކު ކެލާ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް 'ޓީ ހަޓެއް' 📍 ހއ. ކެލާ

ކެލާ މެމްބަރު ޝަރީފްގެ އެހީތެރިކަމާއެކު ކެލާ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް 'ޓީ ހަޓެއް'

ހއ. ކެލާ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ ބޭނުމަށްޓަކައި، އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަރީފްގެ އެހީތެރިކަމާއެކު ‘ޓީ ހަޓެއް’ ހަދައި ނިންމާލައިފިއެވެ. ކެލާ ސިއްހީ މަރުކަޒުން ހާމަކުރި ގޮތުގައި، މި ކަމަކީ އެ މަރުކަޒުގެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ މުހިންމު ވަސީލަތެކެވެ. މި މަސައްކަތް ނިންމުމަށް މެންބަރު ޝަރީފް ދެއްވި ދީލަތި އެހީތެރިކަން އެ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ. “މި މަރުކަޒުގެ މުވައްޒަފުންނަށް ބޭނުންވާ ޓީ ހަޓްގެ މަސައްކަތް ނިނ...

ޝިއުނާ އާދަމް
ކެލާ ޝައިޚް އިބްރާހީމް ސުކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް 📍 ހއ. ކެލާ

ކެލާ ޝައިޚް އިބްރާހީމް ސުކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން، ހއ. ކެލާ ޝައިޚް އިބްރާހީމް ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް އެ ސުކޫލުގައި ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި ސެޝަންތަކަކީ ދަރިވަރުންގެ ހުނަރާއި އަހުލާގު ކުރިއެރުވުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ އެ ސުކޫލުގެ ގްރޭޑް 8 އަދި 9 ގެ ދަރިވަރުންގެ އިތުރުން ސްޓަރ ދަރިވަރުންނަށެވެ. މީގެ ތެރެއިން ގްރޭޑް 8 […]

ޔުމްނާ ޢަލީ
ޝަރީފްގެ އިލްތިމާސަކީ ދާއިރާގެ ރައްޔިތުން މާދަމާގެ ރިޔާސީ ބަޔާން އަޑުއެހުން 📍 ހއ. ކެލާ

ޝަރީފްގެ އިލްތިމާސަކީ ދާއިރާގެ ރައްޔިތުން މާދަމާގެ ރިޔާސީ ބަޔާން އަޑުއެހުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާދަމާ އިއްވަވާ ރިޔާސީ ބަޔާން އަޑުއެއްސެވުމަށް ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވަނީ މާދަމާ، 05 ފެބުރުއަރީ 2026 ގައެވެ. މެމްބަރު ޝަރީފް ވިދާޅުވީ، ފާއިތުވެގެން މި ވޭތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފަ...

ޔުމްނާ ޢަލީ
ކެލާ ކައުންސިލްގެ ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ކައުންސިލްގެ ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ކައުންސިލްގެ ރަސްމީ ވެބްސައިޓް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، ހޮސްޓްކުރުމުގެ އިތުރުން މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާންކޮށްފިއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނާނީ 2 ފެބްރުއަރީ 2026 އިން 8 ފެބްރުއަރީ 2026 އާ ހަމައަށެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކެލާ...

ޔުމްނާ ޢަލީ
ހއ.އަތޮޅުގެ ތަށި މާރަންދޫން ހޯދައިފި 📍 ހއ. ކެލާ

ހއ.އަތޮޅުގެ ތަށި މާރަންދޫން ހޯދައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން މާރަންދޫން ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި މާރަންދޫން ކެލާ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ މި ދެ ރަށަށްވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. މެޗުގައި މާރަންދޫގެ ލަނޑު ލޫތު ހުސައިން ކާމިޔާބުކޮށްދިން އިރު، ކެލާގެ ލަނޑު ޖަހައިދިނީ އިބްރާހީމް […]

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ހއ. ފައިނަލުގައި މާރަންދޫއާއި ކެލާ 📍 ހއ. ކެލާ

ގޯލްޑަން ފުޓްސަލް ހއ. ފައިނަލުގައި މާރަންދޫއާއި ކެލާ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅު ފައިނަލުގެ ޖާގަތައް މާރަންދޫ އާއި ކެލާ ކަށަވަރުކޮށްފިއެވެ. މިއީ މި ދެ ރަށްވެސް މި މުބާރާތުގެ އަތޮޅު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މާރަންދޫ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފިއްލަދޫއާ ބައްދަލުކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި މާރަންދޫގެ ހުމައިދު ހުސައިން ދެ ގޯލް ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޝަނީމް މޫސާއެވެ. ފިއްލަދޫގެ ހަމައެކަނި […]

ޔުމްނާ ޢަލީ
ފައްތާހުގެ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި 📍 ހއ. ދިއްދޫ

ފައްތާހުގެ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި

ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ކުރީގެ ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހުގެ މައްޗަށްކުރެވޭ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި ބާއްވަން ނިންމައިފިއެވެ. ދިއްދޫ ކައުންސިލުން މިރޭ ބުނީ ފައްތާހުގެ މައްޗަށް ކުރެވޭ ކަށުނަމާދު  މިރޭ ފަތިސްނަމާދަށްފަހު އެރަށު މަސްޖިދުއް ޣުފްރާން (ހުކުރު މިސްކިތް)ގައި އޮންނާނެ ކަމަށެވެ. އެއަށްފަހު ޖަނާޒާ ބާއްވަން ނިންމާފައި ވަނީ އެރަށު ދެކުނު ސަހަރާގައެވެ. އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ދިއްދޫގައި ހުންނަ ހއ.އަތޮޅު...

ޔުމްނާ ޢަލީ
ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ 📍 ހއ. ކެލާ

ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރުކަން ހޯދި ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ ކެލާގައި ހުއްޓައި ކުއްލި ސިއްހާލަތެއް ދިމާވެ ފަރުވާދިނުމަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުންކަމަށް މައުލޫމާތުލިބެއެވެ. އެނގިފައިވާގޮތުގައި ފައްތާހަށް ވަނީ ހާޓް އެޓޭކެއް ޖެހިފައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.  ފައްތާހަކީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެވެ. އޭނާ ވަނީ 2004 ވަނަ އަހަރު އާންމު ހިދުމަތުގެ...

ޔުމްނާ ޢަލީ
ކެލާ ބޭރުން ސްރީލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފި 📍 ހއ. ކެލާ

ކެލާ ބޭރުން ސްރީލަންކާގެ ދެ މަސްބޯޓެއް ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސް، ފުލުހުންނާ ހަވާލުކޮށްފިއެވެ. މި ދެ ބޯޓު ހިފަހައްޓާފައި ވަނީ ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިންނެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހި...

އަލީ އާދިލް
ހއ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށި ތިންވަނަ ރަށަކަށް ކެލާ 📍 ހއ. ކެލާ

ހއ.އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށި ތިންވަނަ ރަށަކަށް ކެލާ

ހއ.އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، އެ އަތޮޅު ކެލާގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ. މިއާއެކު، ކެލާ ވެގެންދިޔައީ ހއ.އަތޮޅުގައި މި ޚިދުމަތް ލިބޭ ތިންވަނަ ރަށަށެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެލާގައި ޑިސެންބަރުމަހުގެ 13 ވަނަ ދުވަހު މި ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގަ...

ޔުމްނާ ޢަލީ