މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ކެލާ (304 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
304 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކެލާގެ އެންމެ ފަހުގެ ޚަބަރުތައް

304 ޚަބަރުގެ ތެރެއިން
ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި، ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި 📍 ހއ. ކެލާ

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި، ޒުވާނުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފި

ކެލާ ދާއިރާގެ ކުޅިވަރުގެ ހާލަތާއި ގުޅޭކަންކަމާއި، އެ ދާއިރާގެ ޒުވާނުންގެ ކަންބޮޑުވުންތައް ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއި ހިއްސާ ކޮށްފިއެވެ. މިކަންކަން ހިއްސާ ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)، ކުޅިވަރާއިބެހޭ ވަޒީރު، އަޙްމަދު މަހްލޫފާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައިއެވެ. އިއްޔެ ޔޫތު މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން އިބްރޭ “ތިލަދުން”އަށް ވިދާޅުވީ އެ ބައްދަލު ވުމަކީ ކުޅިވަރާއިބެހޭ ވަޒީރު މަހްލޫފްގެ ފަރާތްޕުޅުން އުންމީދީ ޖަވާބ...

ޔުމްނާ ޢަލީ
ކެލާއިން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ 📍 ހއ. ކެލާ

ކެލާއިން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެ މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެމީހުން ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 3 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ދެމީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. އެރަށުން ވަނީ ޑިސެމްބަރު 14 ވަނަ ދުވަހު ވެސް ހޯމް ކަރަންޓީނުގައި ހުރި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެރަށުން އިތުރުން ދެ މީހުން […]

ޝިއުނާ އާދަމް
ކެލާ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފި 📍 ހއ. ކެލާ

ކެލާ ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފި

ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެ ހޮޓާ ތަރައްޤީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފިއެވެ. އެކަން ހާމަކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީއިން ޢިއުލާން ކުރީ ހުސްވި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެކަމަށް ކުރިމަތި ލުމަށް މުއްދަތު ހަމަވީ،...

ޝިއުނާ އާދަމް
ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ކެލާއިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 7 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެމީހާގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. ޕޮަޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ. “ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫން […]

ޝިއުނާ އާދަމް
ތޫފާނު ބުރެވި: ކެލާގެ އިރު އުތުރުން 760 ކިލޯމީޓަރު ދުރުގައި

ތޫފާނު ބުރެވި: ކެލާގެ އިރު އުތުރުން 760 ކިލޯމީޓަރު ދުރުގައި

ތޫފާނު ”ބުރެވި” މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުގައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން މިއަދު މެންދުރު ފަހު 14:00 އިން މިރޭ މެންދަމު 2:00 އަށް ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ”ބުރެވި” މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުން ގަލް އޮފް މަނާރުގައި ކަމަށެވެ. މި ތޫފާނު ދަތުރު ކުރަމުންދަނީ […]

ޔުމްނާ ޢަލީ
ތޫފާނު ބުރެވި: މިހާރު ހުރީ ކެލާގެ އިރު އުތުރުން 870 ކިލޯމީޓަރު ދުރުގައި 📍 ހއ. ކެލާ

ތޫފާނު ބުރެވި: މިހާރު ހުރީ ކެލާގެ އިރު އުތުރުން 870 ކިލޯމީޓަރު ދުރުގައި

ތޫފާނު ބުރެވި މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރ ދުރުގައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން މިރޭ ދަންވަރު 02:00 ގައި ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ދަތުރުކުރަމުންދަނީ ހުޅަނގު – ހުޅަނގުއުތުރަށް ރާއްޖޭގެ އުތުރުން ގަލް އޮފް މަނާރަށް ކަމަށެވެ. މިރޭ 23:00 ގައި ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ މޫސުމާއި ބެހޭ މަޢުލޫމާތުގައިވަނީ “ބުރެވި” ތޫފާން ހުޅަނގުއުތުރަށް ދަތ...

ޝިއުނާ އާދަމް
ހަނިމާދޫގައި ގާއިމު ކުރި ފެކްޓަރީތައް ފެއިލްވީ އެއާޕޯޓު ތަރައްގީ ނުކުރެވިގެން: އިބްރޭ

ހަނިމާދޫގައި ގާއިމު ކުރި ފެކްޓަރީތައް ފެއިލްވީ އެއާޕޯޓު ތަރައްގީ ނުކުރެވިގެން: އިބްރޭ

ރަނގަޅު ޕްލޭނެއް ނެތި މަސައްކަތްތައް ހިންގުމުން ބޮޑެތި އިންވެސްޓްމަންޓްތައް ފެއިލްވާން މެދުވެރިވާނެ ކަމަށާއި، ހދ. ހަނިމާދޫގައި މީގެ އަހަރުތަކެއް ކުރިން ހިންގި ފަހާ ފެކްޓަރީތައް ފެއިލްވެ އެ މަސައްކަތް ހުއްޓުނީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ނުކުރެވިގެން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް […]

އަލީ އާދިލް
ކެލާ މަސްމާރުކޭޓް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ މަސްމާރުކޭޓް އަޅައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުގެ އިދާރާގެ ފަރާތުން އެ ރަށުގައި އެޅުމަން ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް އެ ކައުންސިލުގެ އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. ކެލާގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހު 10:00 އަށް އެ ކައުންސިލަށް ވަޑައިގަނެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެ މަހުގެ 15 ވަނަ ދުވަހުގެ 13:00 އަށް އ...

އިބްރާހިމް ޚަލީލް
ކެލާގެ ގެސްޓްހައުސްތައް ހުޅުވާލަން ދަނީ މަޝްވަރާ ކުރަމުން: ކައުންސިލް 📍 ހއ. ކެލާ

ކެލާގެ ގެސްޓްހައުސްތައް ހުޅުވާލަން ދަނީ މަޝްވަރާ ކުރަމުން: ކައުންސިލް

ކޯވިޑް-19 ސަބަބުން ބަންދުކުރި ހއ. ކެލާގެ ގެސްޓް ހައުސްތައް އަލުން ފަތުރުވެރިކަމަށް ހުޅުވާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ކެލާ ކައުންސިލުން ބުނެފިއެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް އަލުން ހުޅުވާލަން ސަރުކާރުން ހުއްދަދޭން ފެށީ ހުސްވި އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލިއިރު، ގެސްޓް ހައުސްތައް ހުޅުވުމަށް ރަށްރަށަށް ހުއްދަ ދިނު...

ޝިއުނާ އާދަމް
ކެލާގެ ރައްޔިތުން ހިޖުރަކުރުން ހުއްޓުވޭނީ ރަށުން ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން: އިބްރޭ

ކެލާގެ ރައްޔިތުން ހިޖުރަކުރުން ހުއްޓުވޭނީ ރަށުން ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން: އިބްރޭ

ހއ. ކެލާއިން ލިބެންހުރި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއްޓުވޭނެ ކަމަށް ކެލާދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެއެވެ. އިބްރޭ ވިދާޅުވީ ކެލާ ތުނޑީގައި ރިސޯޓެއް ނުހެދި ލަސްވާނަމަ ކެލާގެ ޓޫރިމް ތަރައްޤީވުން ލަސްވެގެންދާނެ ކަމަށާއި، ކެލާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ލަސްވެގެންދާނެ ކަމަށެވެ. އަދި ކެލާގައި ލިބެންހުރި އިޤްތިޞޯދީ ފުރުޞަތުތައް އިތުރުކުރެވިގެން ނޫންގޮތަކަށް ކެލާގެ ރައްޔިތުން ހިޖުރަކުރުމެއް ނުހުއ...

ޝިއުނާ އާދަމް
ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އެބައޮތް، މަސައްކަތް ފަށަންޖެހޭ: އިބްރޭ

ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އެބައޮތް، މަސައްކަތް ފަށަންޖެހޭ: އިބްރޭ

ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އޮތީ ތަނަވަސްވެފައި ކަމަށާއި، އެ ސަރަޙައްދުގައި އެފަދަ މަސައްކަތެއް ފެށިއްޖެނަމަ، އެ ސަރަޙައްދުގެ އިޤުތިޞާދު ރަނގަޅުވެ، އެ ސަރަޙައްދުގެ މީހުންނަށް ވަޒީފާ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެ އެވެ. މެންބަރު އިބްރޭ މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ […]

އަލީ އާދިލް
ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަން ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަން ހުޅުވާލައިފި

ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލައިފި އެވެ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ، އެ ސަރަޙައްދުގެ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު 13:00...

ޝިއުނާ އާދަމް
ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.ކެލާ ލިލީ ހައުސް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިޢުލާން ކޮށްފި އެވެ. އެމަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.ކެލާ ލިލީ ހައުސް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލެވި...

އިބްރާހިމް އަސްވާޤް
ކެލާ ޔޫތު ފޯރަމުން ހޯރަފުށީ އެއަރޕޯޓުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް 📍 ހއ. ކެލާ

ކެލާ ޔޫތު ފޯރަމުން ހޯރަފުށީ އެއަރޕޯޓުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް

ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއާޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެއަތޮޅު ކެލާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ”ކެލާ ޔޫތު ފޯރަމް” އިން ބައިވެރިވެއްޖެއެވެ. މި ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ 100000 ގަސް އިންދުމުގެ ޕްރޮގްރާމްގައި ”ކެލާ ޔޫތު ފޯރަމް” އިން ބައިވެރިވެ ގަސް އިންދާފައިވާ ކަމަށެވެ. ”ކެލާ ޔޫތު ފޯރަމް”ގެ ފަރާތުން އެ ޕްރޮގްރާމްގައި ބައިވެރިވި އެ ޖަމްޢިއްޔާގެ މެންބަރުންނާއި، ހޯރަފުށީ ދާއިރާގެ މަޖި...

ޝިއުނާ އާދަމް
ކެލައިން އަނެއްކާވެސް ޕޮޒިޓިވް ކޭސް އެއް 📍 ހއ. ކެލާ

ކެލައިން އަނެއްކާވެސް ޕޮޒިޓިވް ކޭސް އެއް

ހއ.ކެލާއިން އަނެއްކާވެސް ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ ރަށުގެ ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 3 މީހުންގެ ތެރެއިން އެކަކެވެ. އެ ތިންމީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެތަނުން އެކަކުގެ ނަތީޖާ ޕޮޒިޓިވްވެފައިވާއިރު އަނެއް ދެ މީހުންގެ ނަތީޖާވަނީ ނެގެޓިވް ވެފައެވެ. ހޯމް ކަރަންޓީނަށް މާލެއިން އައިސް ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއްނޫނެވެ. އަދި އެއީ އެޗްޕީއޭ އިން މަނާކޮށްފައިވާ ކަމަކަށްވާއިރު މިބަލި […]

އިބްރާހިމް ޚަލީލް